އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖެ އޮތީ 100 އިންސައްތަ ދަރަނީގައި ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިހެން ވިދާޅުވެފައިވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގެ ތަޅުގައި ވާހަކަދައްކަވަމުންނެވެ.

ބޮންޑެ ވިދާޅުވީ ދައުލަތުގެ ބަޖެޓް ސަރުކާރުން ފޮނުވާފައި އޮތީ، ފާއިދުވެދިޔަ ތިން އަހަރު ދުވަހުގައި ވެސް ބަޔާންކޮށްފައިވާ ކަންތައްތަކެއް ބަޔާންކޮށްފައި ކަމަށެވެ. ކޮންމެ ފަހަރަކު ވެސް ހަރަދުކުޑަކުރުމަށް ކަންތައްތަކެއް ސަރުކާރުން ކަނޑައަޅާ ކަމަށާއި އެހެން ނަމަވެސް އަހަރު ނިމޭއިރު އެކަމެއް ފެންނަން ނޯންނަ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"މި ބަޖެޓްގެ ސޮފްހާ ނަންބަރު 17 އާއި ސޮފްހާ ނަންބަރު 16 އަށް ބަލާލުމުން އެކަން ވަރަށް ރަނގަޅަށް ސާފުވޭ. މެދު ރާސްތާ ފިޒިކަލް ދަރަނީގެ ދެމެހެއްޓެނެވިކަން ކަށަވަރުކޮށް ފިޒިކަލް ސިޔާސަތު ތަންފީޒު ކުރުމަށް ގެންގުޅޭ އިންތައް ކަނޑައެޅުމަށް ފިޒިކަލް ސްޓެޖަޖީ 2024 ގައި ވަނީ ހަތަރު ފިޒިކަލް އެއްކާއެއް ކަނޑައަޅާފައޭ. ހަރަދު ފިޒިކަލް ލޮތާރިއެއް ވައްޓާލި ވާހަކައެއް މި އޮތީ. ކޮންމެ ފަހަރަކު ވެސް މި ލޮތާރި ކަހާފަ ގޮސް ފަރަށް އުރިފައި އޮންނަނީ." ބޮންޑެ ވިދާޅުވިއެވެ.

މި ފަހަރުގެ ބަޖެޓްގައި ވެސް އޮތީ 2026 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ދަރަނީގެ ގެރެންޓީ ނުހިމަނާ ގީޑީޕީގެ ނިސްބަތުން 95 އިންސައްތަ ތިރިކުރުން ކަމަށް ބޮންޑެ ވިދާޅުވިއެވެ. ނަމަވެސް ދަރަނި ތިރިއެއް ނުކުރެވޭ ކަމަށާއި މިހާރު ދަރަނީގެ އިންސައްތަ 100 އަށް އަރައިފި ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 އިންސައްތަ އޮތީ ދަރަނި. ރާއްޖޭގެ އިގްތިސޯދާއި މާލީ ނިޒާމް ތަކުރާރުކޮށް އެކި ފަހަރު މަތިން އެކި ފަރާތްތަކުން ހާއްސަކޮށް ދުނިޔޭގެ މާލީ އިދާރާތަށް، ވޯލްޑް ބޭންކާއި އައީއެމްއެފްއިން ތަކުރާރުކޮށް ގިވަމުން ދަނީ ދަރަނިތައް އަލުން އެކުލަވާލަށޭ. ދަރަނިތައް އަލުން އެކުލަވާލައިގެން 2026 ވަނަ އަހަރު ދައްކަންޖެހޭ ބޮޑު ސިންގަހާ ދަރަންޏެއް އެބައޮތް." ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުން ބަޖެޓް ފޮނުވިއިރު އެއް ބިލިއަން ޑޮލަރު ކިރިޔާ އޭގައި ހަމަވާ ކަމަށެވެ. ނަމަވެސް މިހާރު އެއް ބިލިއަން ޑޮލަރު ފަހަނަ އަޅައިގެން އޭގެ 10 އިންސައްތައަށް އަންނަ އަހަރުގެ ބަޖެޓް އިތުރުވެފައިވާ ކަމަށެވެ. ކޮންމެ ފަހަރަކު ވެސް ބަޖެޓަށް އާމްދަނީގެ ގޮތުގައި ހޯދަނީ ބޭރުގެ ހިލޭ އެހީ ނުވަތަ ބޭންކުން އެތެރެއިން ސްކޫކާއި ބޮންޑާއި ވިއްކައިގެން އެތެރޭގައި ބާޒުން ބޭންކުތަކުން ނަގާ ފައިސާ ކަމަށް ވިދާޅުވިއެވެ. ނުވިތާކަށް އެމްއެމްއޭއިން ދަރަނި ނަގައިގެން ދައުލަތުގެ މުސާރަތަކާއި އަދި އެހެނިހެން ކަންކަން ފުއްދަމުންދާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަކުރޭ

    މިސޮރު މަޖިލީހުގާ މިދައްކަނީ ކޮންވާހަކައެއްތަ ބޭކާރު މީހުންދޯ

  2. 2222

    ކޮންމެ ވާހަކައެއް ދެއްކިޔަސް ބޮންޑެވެސް ވޯޓްދީގެން ގެނައި ސަރުކާރުން ރާއްޖެ އިނދަޖައްސާލީ. އެހެނޭ ކިޔާފައި އެވެރިކަން ނިންމަން ކުރިކަމެއްނެތް. އެވެރިކަމާ ދެކޮޅުވީ އަންނިއާ ރާއްޖެ އިންދަޖައްސާލި މީހާއާހަތުރުވުމުން. މީ ހަގީގަތް.