ކުރީގެ ރައީސް ޔާމީން އުފައްދަވާ އާ ސިޔާސީ ޕާޓީ އުފެއްދުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު އާއި ދެމީހުންނަކީ ވެސް ސިޔާސީ މަސްރަހުގައި ލާހޫރޭ ދެމީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ މުޝީރު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމް މިފަދައިން ވިދާޅުވީ، ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމް/ޕީއެންސީއާއި ރައީސް ޔާމީނާއި ޖެހުނު މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާއި ދެމެދު އެއްވެސް މައްސަލައެއް ނޯންނާނެ ކަށެވެ. އަބުދުއްރަހީމް ވިދާޅުވީ ޑރ. ޖަމީލުއަކީ އަބަދުވެސް މޮޅުވާ ކޮޅުގައި ހުންނަވަން ބޭނުންވާ ބޭފުޅެއް ކަމަށާއި ޖަމީލް މަސައްކަތް ކުރެއްވީ ބަޢާވާތް ކުރުމަށް ކަމަށެވެ.

"ހަގީގަތުގައި ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް އެންމެ ފުރަތަމަ ނުކުތް މީހަކީ ޑރ. ޖަމީލު. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރާއްޖެއިން ބޭރުގަ އިނގިރޭސިވިލާތުގަ ހުންނަވައިގެން ހެއްދެވި ޔުނައިޓެޑް އޮޕޮޒިޝަން އުފައްދަވައިގެން އޭގެ ލީޑަރަކީ ކާކުތޯ؟ ޑރ. ޖަމީލް. މިއަދު ރައީސް ޔާމިން ވަރުގެ އިޚްލާސްތެރި، ރައީސް ޔާމިންވަރުގެ ތެދުވެރި، ރައީސް ޔާމިންވަރުގެ ޚިދުމަތްތެރި ލީޑަރަކު ނެތޭ ވިދާޅުވާ ބޭފުޅަކު އެދުވަހު ކީކޭތޯ ވިދާޅުވީ؟ ބާރު ސްޕީޑުގަ ރައީސް ޔާމިން ދިވެހި ގައުމަށް ގެންނެވީ ކޮރަޕްޝަނާއި ފަސާދައޭ. ވައްކަމޭ. ޚިޔާނާތޭ. މިއީ ނޫންތޯ ދެއްކެވި ވާހަކައަކީ! ތިއީ ރައީސުލްޖުމްހީރިއްޔާއޭ، އީ ވައިސީގެ ޗެއާރޕާސަނަކީ ރައީސުލްޖުމްހީރިއްޔާއޭ، އެމްއެމްޕީއާރސީގެ ހިޔާނާތުން ރެކެވޭނެ އެއްވެސް ގޮތެއް ނޯންނާނެއޭ" ޖަމީލް ރައީސް ޔާމިނަށް ނިސްބަތްކޮށް ދައްކަވާފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ ކުރީ ސަރުކާރުން ރައީސް ޔާމިން ޖަލަށް ލުމުން، ރައީސް ޔާމީން ހިމާޔަތުގައި ޕީޕީއެމްއިން މަސައްކަތް ކުރިއިރުވެސް ރައީސް ޔާމިންއަކީ އަނިޔާވެރިއެއްކަމަށް ބުނެ، އެވާހަކަތައް އޭރުވެސް އެންމެ ބޮޑަށް ދެއްކެވީ ކުރީ ސަރުކާރުގެ ވަޒީރުކަމުގައި ހުންނަވައިގެން މަލީހު ކަމުގައެވެ.

"ކީކޭތޯ މަލީހު ވިދާޅުވީ؟ 2018ގެ އިންތިޚާބު ކާމިޔާބު ވީމަ ކީކޭތޯ ވިދާޅުވީ؟ ތިމަންނަމެން ނިކުތީ ޕީޕީއެމްއާ ދެކޮޅަކަށް ނޫނޭ. ޕީޕީއެމް ބަލިކުރާކަށް ނޫނޭ. ރައީސް ޔާމިން ބަލިކުރާށޭ ނިކުތީ. އަލްހަމްދުﷲ އޭ." އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ ކުރީ ސަރުކާރުން ރައީސް ޔާމިން ޖަލަށް ލުމުން، ރައީސް ޔާމިން ހިމާޔަތުގައި ޕީޕީއެމްއިން މަސައްކަތްކޮށް މަގުމަތިގައި އުޅުނުއިރުވެސް ރައީސް ޔާމިންއަކީ އަނިޔާވެރިއެއްކަމާއި ވިޔާނުދާކަމާއި ދެވަނަ ދައުރެއް ލިބިއްޖެއްޔާ ގައުމަށްޖެހޭނެ ހާލަތު ބުނެ، އެވާހަކަތައް އޭރުވެސް އެންމެ ބޮޑަށް ދެއްކެވީ ކުރީ ސަރުކާރުގެ ވަޒީރުކަމުގައި ހުންނަވައިގެން މަލީހު ކަމުގައެވެ.

އަބުދުއްރަހީމް ވިދާޅުވީ ރައްޔިތުން އެމީހުންނަށް އިތުބާރު ނުކުރާނެ ކަމަށާއި، އަދި ޖަމީލާ މަލީހާ ދެމީހުން ދައްކާ ވާހަކައަށް ރައްދު ދޭން ޖެހޭނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމެވެ. މަލީހުއާއި ޖަމީލުއާއި ދެމީހުންނަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ލާހޫރޭ ދެމީހުން ކަމަށެވެ. އަދި އެދެ ބޭފުޅުން ނޫޅުއްވާ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ ކުރައްވަމުން ގެންދަވަނީ ގައުމީ މަސައްކަތެއް ކަމަށާއި އަބަދު ރައްޔިތުންގެ ސަނާކިޔުން ލިބޭނެ ކަމަށް ބަލައިގެން ނޫންކަމަށެވެ. އަދި ޖަމީލާ މަލީހާ ދޭތެރޭގައި އެއްވެސް ހަސަދަވެރިކަމެއްނެތް ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޢަޒްރާ

    ތިވަރުގެ ތެދެއް މީހަކަށް ބުނެވޭނީ އެކަން އިނގޭނެ މަލީހުމެންގެ ޕްރޮފައިލް އޭރު ބަލާލި ކޮންމެ މީހަކަށް

    33
    3
  2. ނިޝްރީނު

    ތިދެމީހުން ފާހގެ ގޮތުން މޮޅަސް ސިޔާސީ ރޭހުގައި ރައިސް ޔާމީނަށްވުރެވެސް އަދުރޭ މޮޅުކަން މިހާރު ޤަބޫލުކުރަން ޖެހިއްޖެ. ޢިލްމެއް ހުއްޓަސް ހިލްމެއް ނެތިއްޔާ ކަމަކުނުދޭ. އަދި ބޮޑާ ކިބުރުވެރިންގެ ވެރިކަން ވަރަށް އަވަހަށް ނެތިދާނެ. ޔާމީނަކީ ޙަޤީޤަތުގައި ވަރަށް ބޮޑާ މީހެއް.

  3. ކޮމާކޯޅި

    މާލީހުއާއީ ޖަމީލަށް ސިޔާސީ ދާއިރާގައި އެއްކަމެއްވެސް ހާސިލުނުވޭ. މަގާމަކަށް ލައިފިއްޔާ ވެކިކުރަން ޖެހޭ. ޖަމީލަށް ޔާމީނު ޖަލުން މިނިވަން ކުރުވުނުތޯ؟

    21
    3
  4. ޚޮކި

    ކަނޑު ކޮހަކަސް ރަނގަޅުވާހަކައެއް ބުނެފިނަމަ ވާނީ ރަނގަޅު ވާހަކައަކަށް.

    27
    2
  5. ފ4ރތ5

    މަލީހަކާ ޖަމީލަކީ ހަމަ ބޮޓުން.. ތިޔަ މީހުން ފަހަތުން އުޅޭނީ ވެސް ބޮޓުން

    24
    4
  6. ގަބުޅިބާދަލާ

    ފޯއްމުލަކުމީހުންވެސް މިދެމީހުންނަށް މިހާރުު ސަޕޯޓެއް ނުކުރޭ.ވަރަށް ފޮނިބޮޑު ދެމީހުންމީ. ފެނުނަސް ފޫހިވޭ.ފިތުނައުފާއްދަންއާބަދު އުޅޭތީވެ.މިގާއިމުގެ ނިކަމެތިން ބިކަކުރާންނޫޅޭ.މަޑުންތިބޭންވެއްޖެނޫންތަ.

    21
    2
  7. އެދުރޭ

    ދެން އެންމެ އަވަހަށް އިވޭނެ އަޑަކީ މުއިޒު އަދުރޭ ބޭރުކޮށްލާފިއޭ ކިޔާ އަޑު

    14
    7
  8. ދަތްނެތްކުއްޖާ

    އަދުރޭމަނަށް މަޖުލިހުގެ އިންތިޙާބުގައި މުލަކުން ތިކަން ދައްކައިދޭނަން. އިބޫ އަށްވެސް ވީވަރު ނުވާނެ އެ އަތޮޅަކުން އިބަމެނަކަށް ދެނެއް.

    14
    14
  9. ކޮސޯޥޯ

    މިފަހަރު ޔާމީނަށް ޙަރާމްކޯރުވީ މަލީހެއް ، ޖަމީލެއް ނޫން. ޢަލީޒާހިރާ ގުޅިގެން ޝަރީޢަތުގެ އަޑުއެހުންތައް ކެންސަލްކުރަމުން ގެންދިޔައީ މަލީހެއް ޖަމޅެއް ނޫން. ހެއްދެވި ފަރާތަށް އޮޅުވައެއް ނުލެވޭނެ. މިދުނިޔޭގަ ކިތަންމެބޮޑު ދޮގެއްވެސް ހެދިދާނެ.

  10. ރާޝިދާ

    ތިޔަ 3 މީހުނަކީވެސް މުޅިންވެސް އަމިއްލަ އެދުމާހެދި ފޯވެފައި ތިބިބައެއް ރައީސް މުޢިއްޒުގެ ހަލާކު އަދުރޭއަކީ އަދުރޭގެ އާއިލާ އަދި ގާތް މީހުނަން 30 ސިޔާސީ މާޤާމްމް މިހާރު ބަހާލާފި ރައީސް ޔާމީނުގެ ހަލާކު ތިޔަ ދެމީހުންނަކީ މުޅިންވެސް އަމިއްލަ ބާލީސް ބޮޑުކުރާ މީހުން

  11. އަހްމަދު

    އަދުރޭ އަކީ މުއިއްޒު ވެރިކަމަށް ދިމާވާނެ އެނމެބޮޑު ނޮފޮރުއްޕާން!!

  12. ާދަލޭކް

    މިފަހަރުގެ ބުރޯ އަކަށް ވާން އަދުރޭގެ ދަރިވެސް އެފައި ވިއްދާލީ އެންވެސް ވެރިކަމަށް އައިމަ ޖެހެނީ އެއްބައްޔެއް.މުއިއްޒުމެން އަދުރޭމެން ބުނި އިބުރާގެ އާއިލާ ވަޒީފަ ތިބިވާހަކަ މިހާރު މިވަނީ ކިހިނެއި

  13. ޒާ

    އަބުދުއްރަހީމުއެކޭ މާރިއާއެކޭ ހޮޅިވާހަކަ ދެއްކުމުގައި އެއްވަރު. ތިހެން ވާހަކަ ދައްކާވަރަކަށް ތިމާގެ އަގުވެއްޓޭނީ. އަބަދު ބަޔަކާ އަޅައިގަނެގެން އުޅުމަކީ ވަރަށް ދަށްފެންވަރުގެ ކަމެއް.

    7
    2
  14. ހާމިދު ޝާހިދު

    ހުސް ލާ ހޫރޭ މީހުން މިތިބީ! އެކަމަކު އެންމެ ބޮޑަށް އެންމެ ނުބައި ވަގުތުގައި ނަގިލި އެއްލާފައި ރަށަށް އަރާ ދުށުމަންވި ހަމައެކަނި މީހަކީ އަދުރޭ!

  15. މިބަސް

    ތިޔަ ތިންމީހުން ވެސް ތިޔައީ ވަރަށް ފޫހި ތިންމީހުން އެކަމް މިފަހަރު އަދުރޭއެއް ކަމަކު ތިޔަ ބުނެވުނީ ތެދެއް.

  16. ނަމާޝް

    ވަރަށް ބޮޑު ތެދެއް

  17. ކަށިކެޔޮ އާދަނު

    މުސްތަޝާރުބެ ނަހައްދަވާނެދޮގެއް