ކަރަން ޖޯހަރު ޑައިރެކްޓްކުރި ރޮމޭންޓިކް ޑްރާމާ ފިލްމު ކަބީ އަލްވިދާ ނާ ކެހެނާ ފުރަތަމަ ފެނިގެން ދިޔައީ 2006 ވަނަ އަހަރު އެވެ. ކައިވެނީގެ ޚިޔާނާތާއި ގުޅުންތައް ރޫޅިގެން ދިއުމުގެ މައުޟޫއަށް ފުންކޮށް ވަދެފައިވާ މި ފިލްމުގައި ރާނީ މުކަރްޖީ ވަނީ ފާހަގަކޮށްލެވޭ ރޯލެއް އަދާކޮށްފައެވެ.

ރާނީ ވަނީ ފިލްމުން ބެލުންތެރިންނަށް ކުރި ފުން އަސަރުގެ ވާހަކަ ހިއްސާކޮށްފައެވެ. ރާނީ ބުނި ގޮތުގައި، އެއީ ގިނަ އާންމުންގެ ލޯ ހުޅުވާލައި، ކައިވެންޏެއްގައި ޖެހޭނެ މައްސަލަތަކާއި ވަރި ގިނަވާ ސަބަބު ހާމަވެގެންދާ ފިލްމެއްކަމެވެ. އަދި މި ފިލްމަކީ ވަރަށް "ޓްރިގާރޑް" ފިލްމެއް ކަމަށް ފާހަގަވެފަ އޮތް ފިލްމެކެވެ.

"އަހަރެންނަށް ހީވަނީ ކަބީ އަލްވިދާ ނާ ކެހެނާއާ އެކު ދިމާވި ކަމަކީ، ފިލްމަށް ފަހު ވަރަށް ގިނަ ވަރިތަކެއް ހިނގާފައިވާ ކަމެވެ." ރާނީ ބުނެފައިވެއެވެ.

ފިލްމު ބަލަން ތިއްބާ ގިނަ ބެލުންތެރިންނަށް އިންތިހާއަށް ނުތަނަވަސްކަން ކުރިމަތިވި ކަމަށް ވެސް ރާނީ ގަބޫލުކުރިއެވެ.

މި ފިލުމުގައި އޭނާގެ ކެރެކްޓަރ މާޔާ އާއި އަބިޝެކް ބައްޗަންގެ ރިޝީ އާއި ޝާހްރުކް ޚާންގެ ދޭވް އާއި ގުޅުން ހުރި ޑައިނަމިކްސް އާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުން ދަނިކޮށް ރާނީ ބުނެފައިވަނީ، މާޔާގެ ކެރެކްޓާގެ ރީތި ކަމަކީ އޭނާ ރިޝީ ދެކެ ތަފާތު ކެޕޭސިޓީއެއްގައި އަދި ރައްޓެއްސެއްގެ ގޮތުގައި ލޯބިކުރިކަމެވެ. އަދި ޝާހްރުކްގެ ކެރެކްޓަރ އިން އޭނާއަށް ފެނުނު އެއްޗަކީ އޭނާ އަބަދުވެސް ހޯދަމުން ދިޔަ ރޮމޭންސް ސީންއެއް ކަމެވެ.

އެ ވާހަކައިގެ ތެރޭގައި ރާނީ މުކަރްޖީ ވަނީ އަންހެނެއްގެ އެދުންތަކާއި އިޚްތިޔާރުތަކާ ބެހޭގޮތުން މަޝްވަރާ ކުރަން ޖެހޭ ކަމަށް ފާހަގަކޮއްފައެވެ. އަދި ވަރުގަދަ ފިލްމުތަކާއި ޕޯޓްރެއިލްތަކަށް ސަޕޯޓް ދިނުމުގެ މުހިންމުކަން ރާނީ ވަނީ ގަބޫލުކޮށްފައެވެ.