ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދަރިކަލުން ޒޭން ޔާމީން ވެއްޓި ފުއްޕާމެޔަށާއި މޭކަށިގަނޑަށް ލިބުނު ގެެއްލުމުގެ ސަބަބުން އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެން އަންނަ ކަމަށް އޭނާގެ ގާތް މީހަކު ބުނެފިއެވެ.

މީގެ ފަސް ވަރަކަށް ދުވަސް ކުރިން ޒޭން ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސް ބޮޑު އޮޕަރޭޝަނެއްވެސް ވަނީ ކޮށްފައެވެ. އަދި އޭރު ދައުރުވަމުންދިޔައީ ޒޭން ފިޓުޖެހިގެން ގޭތެރެއަށް ވެއްޓި ލިބުނު އަނިޔާ ކަމަށެވެ.

އެހެން ނަމަވެސް ޒޭންގެ ޒޭން އާ ހަވާލާދީ އޭނާގެ ގާތް މީހަކު "ވަގުތު" އަށް ބުނީ އޭނާ ވެއްޓުނީ ފައި ކައްސާލައިގެން ސިޑިން ކަމަށެވެ. އަދި ޖެހުނު ގޮތަކުން މޭގެ ހަތަރު ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އޭގެ އިތުރުން ފުއްޕާމެޔަށްވެސް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަދިވެސް އޮތީ އައިޖީއެމްއެޗުގައި. ވަރަށް ހާލުގަ އަދި އޮތީ. މެޔަށް ހޮޅިވެސް ލައްވާފަ. ނޭނގެ ސީދާ ދޫކޮށްލާނެ ދުވަހެއް ބުނާކަށް. އަނެއްހެން ސްޓޭބަލް. ވޯޑުގަ މިވަގުތު އޮތީ." ޒޭންގެ ގާތް މީހަކު ބުންޏެވެ.

ޒޭން އަށް ފަރުވާދެމުންދާކަމަށް ސޯޝަލް މީޑިއާގައި ދައުރުވުމާއެކު ގިނަ ބަޔަކު ދަނީ އޭނާ އަށް އަވަސް ޝިފާއަކަށް އެދި އެކި ޕްލެޓުފޯމުތަކުގައި ޕޯސްޓުތައް ޖަހަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮއްޔާ

    އަވަސް ޝިފާއަށް އެދެން //،،

  2. ކިޔުންތެރިޔާ

    އަވަސް ޝިފާއެއް މިންވަރުކުރައްވާށި!

    116
    0
  3. ނަރުގިސް

    ޒައިން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އަމީން

    114
    0
  4. Anonymous

    ﷲގެ ރަޙުމަތްފުޅުން ޒައިން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އަމީން،

  5. ކުދުބެއްޔާގެ ހަމީދު

    އަވަސް ޝިފާއެއް މިންވަރުކުރައްވާށި

  6. Anonymous

    ލޮބުވެތި ރައީސް ޔާމީނުގެ ލޮބުވެތި ދަރިކަލުންނަށް މާތްﷲ އަވަސް ޝިފާއެއް މިންވަރުކުރައްވާށި!

  7. ފަރި

    جزكﷲ