މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެކި ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވި އިބްރާހިމް ޝަރީފު މުހައްމަދު މިއަދު އައްޔަން ކުރައްވައިފިއެވެ.

ޝަރީފް އެންމެ ފަހުން ހުންނެވީ އޮސްޓްރޭލިއާގައި ހުންނަވާ ރާއްޖޭގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ މަގާމުގައެވެ. އޭގެކުރިން އޭނާ ވަނީ ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް ކަމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަންކަން ކުރައްވައިފައެވެ.

https://twitter.com/MACLmedia/status/1729511557980127493

އޮސްޓްރޭލިއާގައި ކޮމާސްގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާ ޝަރީފް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމަށް ހިދުމަތް ކުރައްވައިފައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރުމާ ގުޅިގެން އެމްއޭސީއެލް އިން ވަނީ މަރުހަބާ ކިޔައިފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ފަހުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ މަހުޖޫބު ޝުޖާއުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހާމިދު ޝާޙިދު

    އޮސްޓޭލިއާއާއި، ނިއުޒިލެންޑްގައި ދިރިއުޅެމުންދިއަ އެތައް ބަޔަކު ރާއްޖެގެނެސް މިތަންތަން ހަވާލުކުރަނީ ކީއްވެގެންތޯ މުއިއްޒު ކުރެން އައްސަވަބައްލަވާ!

    • ހުވަދޫ އަލިބެއްޔާ

      އެހެންޏާ މުއިއްޒުގެ ޢަމަލުތައް ހުރިގޮތުން ދިވެހިރާއްޖޭގައި ދިރިއުޅޭ އެއްވެސް މީހަކީ އެއްވެސް ފެންވަރެއް ހުރި މީހެއްކަމަށް ނުވޭ.. މުއިއްޒަށް މާގިނަ ދުވަހު ވެރިކަމުގައި ހިފަހައްޓާ ލެވޭނެހެނެއް ހިޔެއް ނުވޭ..

    • ނެގުނުކަތީބު

      ހާމިދު ޝާހިދު ކޮމެންޓްކުރަނީ ލިޔުންކިޔާފައެއްނޫންދޯ؟ އޮންނަ ޒާތީ ހަސަދަ ގަނޑެއް ފިލުވާލަންދޯ؟ މިލިޔުމުގައި އެއޮތީ ކުރިން އަދާކުރި ވަޒީފާތަކުގެ ވާހަކަވެސް. ރާއްޖޭންބޭރުގައި ހުންނަން ޖެހުނީ ސަރުކާރަށް އެތަށްއަހަރެއްވަންދެން ކޮށްދިން ޚިދުމަތްތަކަށް ނުބަލާ ސޯލިހުގެ ސަރުކާރުން ވަޒީފާއިން ކަނޑާއެއްލާލީމާ. މުއިއްޒު އެމީހުނަށް ވަޒީފާދެނީ އެއީ ގައުމަށްޚިދުމަތްކުރި އަގުހުރިދަރިންވީމާ.

  2. ސަރަފަކައްދަ

    ތި ޔަންތަނަށް ކަމަށް ޤާބިލު ބޭބޭ ފުޅުން ތިއްބާ ގޮނޑުން ދަނބަރު ފިލުވާލާފައި ނަގާ އެއްޗެތި ކަމަކު ނުދާނޭ ބުރޯ! މިހިރަ މިހިރަ ކަންކަން މސލ ގައި ތިބޭ ތަޢުލީމީ ބޭބޭ ފުޅުން ނާއި ރައްޔިތުން ބަލައެއް ނުގަންނާނޭ! ބަލަ އެމް.ސީ.އެލް ގައިވެސް އެބަ ތިއްބޭ އެ ދާޢިރާ އިން މަތީ ތަޢުލީމު ހާސިލް ކޮއްގެން ތިބި ޒުވާނުން. މީތި ކަޑައޭ ކަޑައޭ!