ހދ.މަކުނުދޫއާ ހަ މޭލު ބޭރުން ކަނޑުމަތިން މަރުވެފައިއޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
އެރަށުން މައުލޫމާތު ދިންގޮތުގައި އެހަށިގަނޑު ފުރަތަމަ ފެނިފައިވަނީ އާއިލާ 2 ކިޔާ ދޯންޏަކަށެވެ. އަދި މިހާރު އެހަށިގަނޑު ބަލާ ފުލުހުންގެ ލޯންޗް ގޮސްފައިވާކަމަށްވެސް މައުލޫމާތުދެއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މަކުނުދޫއިން މަރުވެފައިއޮތް މީހަކު ފެނިފައިވާކަމަށް ފުލުހުންނަށް މިއަދު 12:55 ހާއިރު ރިޕޯޓްކޮށްފައިވާކަމަށާއި، ފުލުހުން މިހާރު އެސަރަހައްދަށް ގޮސްފައިވާކަމަށެވެ.
ފުލުހުން މިމީހާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އިތުރު މައުލުމާތު ލިބުނުހާ އަވަހަކަށް ހިއްސާ ކުރަމުންގެންދާނެކަމަށެވެ.
ތި ވާނީ އަނާރާއަށް
ހީހީހީ ހަލާކު
ތީ އަންނީއަށްވެސް ވެދާނެ
ތިވާނީ ޔާމިނުގެ ކާފަދަރިކަމަށް
ޥެދާނެ ރިޒްވާންގެ ހަށިގަނޑު ކަމަށް