ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަގާމުން ދުރުކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައި ނުވިނަމަވެސް އެމައްސަަލަ އެޖެންޑާކޮށް ފަނޑިޔާރުންގެ މެދުގައި ވޯޓެއް ނެގި ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރަން ވޯޓް ދެއްވީ ދެފަނޑިޔާރުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިހެން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮޅުންފިލުއްވައިދެއްވުމަށް އިނގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައެވެ.

ރައީސް މަގާމުން ދުރުކުރަން ވޯޓް ދެއްވީ ސުޕްރީމް ކޯޓުގެ ކޮން ފަނޑިޔާރުންނެއް ކަމަށް ބަޔާނުގައި ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މަގާމުން ދުރުކުރަން ވޯޓް ދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރިމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދެވެ.

ސުޕްރީމް ކޯޓުގައި ދެން ތިއްބަވާ ތިން ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި، އާދަމް މުހައްމަދު އަބްދުﷲ އާއި ޑރ.އަހްމަދު އަބްދުﷲ ދީދީ ވަނީ ރައީސް މަގާމުން ދުރުކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވާފައެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ވިދާޅުވީ ސްޕްރީމް ކޯޓުން ނުވަ ގައިދީއަކު ދޫކޮށްލަން ނެރުނު އަމުރާއި ގުޅިގެން އުފެދުނު މައްސަލަތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ބަންޑާރަނައިބު އުއްތަމަ ފަނޑިޔާރާއި ގުޅުއްވައިގެން މަސައްކަތްތަކެއް ކުރެއްވިއެވެ.

އަދި ޑިއު ޕްރޮސެސްގެ ތެރެއިން ކަންތައްތައް ކުރިއަށް ގެންދަން އުއްތަމަ ފަނޑިޔާރު ލަފާވެސް ދެއްވެވިއެވެ.

ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނުބެލެވޭނެކަމަށް އޮތުމުން އެ ކޮމިޝަނަށް ޤާނޫނު އަސާސީގެ 157ވަނަ މާއްދާއިން ލިބިދޭ ހައްޤުތައް ގެއްލިގެންދާކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބްރާހީމް އަލީ ހދ.ހަނިމާދޫ

    ރައީސް އަޒުލުކުރުމުގެ ބާރު އެއްވެސް ފަޑިޔާރުގެޔަކަށް ލިބިގެންނުވާކަން ޤާނޫނުއަސާސީގެ ބޭރުގަނޑު ކިޔާލުމުންވެސް އެގޭހާތަފްޞީލް ކަމެއްގައި ހާވަންއުޅުނުހަޑި ނިކަނ1ް ދެކެލަބަލަ. ފަޑިޔާރުންއައްޔަންކުރުމުގައި ޤާނޫނީ ގޮތުން ތައުލީމް ލިބިފައިވޭތޯ ކަށަވަރުކުރުމަކީ ވަރަށް މުހިންމުކަމެއް.އަދި ފަޑިޔާރުންނަށް މިހާރުދެއްވާ މުސާރަޔާއި އިނާޔަތްތައް ކުޑަކޮށް ބާރުތައް ހަނިކުރުމަކީ ވަރައް މުހިއްމުކަމެއް.ސަބަބަކީ ފަޑިޔާރުންގެ މުސާރަޔާއިނާޔަތްތައް ހަމަޖެއްސީ އެބޭފުޅުން ނާޖާއިޒު މަންފާއެއްހޯދަފާނެއަތީ އެކަމުގެ މައްޗަށް ބަލައިގެންކަމުގައި ވުން. މިހާރު އަޑުތަކާމަންޒަރުން އެބޭފުޅުންގެ ތެރެއިން ބައެއްބޭފުޅުން މުސާރަފުޅަ އިނާޔަތްތައް ހޯއްދަވާގޮތް ހާމަވެއްޖެ ދެން ނޯ ނޯ ނޯ ނޯ.

  2. ރިޝްވަތުގައި ބައިވެރިވި ދެފަނޑިޔާރުންގެ ވަކީލްކަމުގެ ސަޓިފިކެޓް މިހާރުންމިހާރަށް ބާތިލް
    ކުރުމަށް ގޮވާލަމެވެ

  3. ކޯޓުން ކޮށްފައިވަ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ނުވަތަ ބަޔަކު ދޫކޮށްލުމަށް އަމުރު ނެރެވިދާނެކަމަށް އޮތީ ކޮން ގާނޫނެއްގާ ކަމެއް ބަނޑޭރިގަނޑުން އުކާ ހުރިހާ ގަނޑެއް ހުސްވިއިރުވެސް ގަނޫނަކުންވެސް ގާނޫނުއަސާސީ އަކުންވެސް އެމާއްދާ އެގާނޫނެއް ނުފެނުނު. ހަމަ އެކަނި ފެނުނީ މީހަކު ދޫކުރެވެން ކޯޓަށް އޮތި ދަށުކޯޓްގެ ހުކުމް ބާތިލް ކޮށްގެން އެކަނި އެކަމަކު ގަނޫނީ ބާރު އެކަމުގާ ނެތް ކަމެއް ކުރަންވެސް ބަޔަކު އުޅުނީދޯ