އާ ދުވަހެކެވެ. އާދައިގެ ދުވަހެއް ކަމަށް އެއް ބަޔަކަށް ޤަބޫލުކުރަން ދަތި ނަމަވެސް އަޅުގަނޑަށް މިއީ ހަމަ އުފާވެރި މުސްލިމުންގެ އީދު، ހުކުރު ދުވަސް ނޫން ގޮތަކަށް ހާއްޞަ ދުވަހަކަށް ނުވިއެވެ. އާދެ މިއީ "ބޮޑު-16" އެވެ. ނަމަވެސް އެއްބަޔަކަށް މިއީ ބޮޑު ދުވަހެއްގެ ގޮތުގައި ސިފަކުރެވިފައި އޮތްނަމަ އެކަމަށް ފުރިހަމައަށް އިހްތިރާމް ކުރަމެވެ.
ސިޔާސީ އޮއިވަރުގެ ތެރެއިން މިފަދަ ތާރީޚްތައް ވަރަށް ގިނަވެއްޖެއެވެ. ވަކިން ހާއްޞަކޮށް މިފަހަކަށް އައިސް ހަފްތާ ބަންދުގެ ހުކުރު ދުވަހަކީ ބޮޑު ދުވަހެއްގެ ގޮތުގައި ނޫނީ ސިފަކުރާތަނެއް ނުފެނުނެވެ. ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު މަންޒަރު ބަލަން ކެތްމަދުވެފައި ތިބެއެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެނީ ރައްޔިތުންނަށް އެއްވެސް އޮޅުވާލުމެއް ނެތި ހަޤީގަތް ހާމަކޮށްދިނުންކަމަށް، ޤަބޫލުކުރާހިނދު އެ ވާޖިބައިގެން ކުރިއަށް ޖެހިލާނަމެވެ.
2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު ޣައިރު ޣާނޫނީ އަމުރަކާއެކު، މުޅި ދިވެހި ޤައުމުގެ އަމަން އަމާންކަމާއި ސުލްހަމަސްލަސްކަމާއި، ޤައުމުގެ މިނިވަންކަމަށް ވެސް އަސަރު ކޮށްފާނެ އެތަށް ކަމެއް ސަރުކާރާ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ފަރާތްތަކުން މެދުކެނޑުމެއްނެތި މުޒާހަރާ ކުރަމުންދާކަމީ ހަޤީގަތެވެ. އެ މުޒާހަރާތައް ކުރިއަށް ދާކަމާ މެދު ދެބަސްވެވެން ނެތް ނަމަވެސް އެތައް ހާސް ބަޔަކު މުޒާހަރާތަކުގައި ބައިވެރިވާ ކަމަށް އިދިކޮޅުން ބުނަމުންދާ ބުނުމަށް މުޅިއަކުން އެއްބަސްވެވެން ނެތެވެ.
އައްސަވާށެވެ. ހަޤީގަތް ބައްލަވާށެވެ. މިއަދު (16 މާރޗް 2018 ވީ ހުކުރު ދުވަސް) ހަވީރު އިދިކޮޅު ފަރާތްތަކުން "ބޮޑު މުޒާހަރާ" އެއް ބޭއްވުމަށް ވަނީ ދުރާލާ އިއުލާނު ކޮށްފައެވެ. އިއުލާނު ކޮށްލުމަކުން ނުވާނެކަން އިދިކޮޅު ފަރާތްތަކަށްވެސް އެނގޭތީވެ، އަތޮޅު ތެރެއިން އާދެވުނު ގޮތަކުން މުޒާހަރާއަށް ބައިވެރިން އައުމަށް ލީޑަރުން ފިލާ ތިއްބަވައިގެން ގޮވާލެއްވިއެވެ. އެވަރުންވެސް ދޫކޮށްލީ ކަމަށް ނުބައްލަވާށެވެ. އަތޮޅު ތެރެއިން ޖާނާ މާލުން ގުރުބާންވާން ތައްޔާރަށް ތިއްބެވި ފަރާތައް މާލެ ގެންނަން ފަންޑުވެސް ކުރި ކަމަށް އެ ޕާޓީތަކުގެ ބައެއް އެކްޓިވިވިސްޓުން ދަނީ ބުނަމުންނެވެ. މުޒާހަރާއަކަށް ތައްޔާރު ވެވޭނީ މިހާވަރަކަށެވެ. ވަރަށް ފުރިހަމަ ނޫންތޯއެވެ. ވަރަށް ހެޔޮފުޅު ނޫންތޯއެވެ.
ބޮޑު މަންޒަރު ބަލަން ކެތްމަދުވެފައި އެތަށް ބަޔަކު އެބަ ތިއްބެވެ. ނަމަވެސް މިއަދު ތެދު ބަހުން ވާހަކައެއް ދައްކާނަމަ ބުނެވޭނީ ވަރަށް މާޔޫސީ ޖަވާބެކެވެ. އާދެ! ވާމްއަޕް މުޒާހަރާތައް ދިޔައީ މިސްރާބެއް ނެތި ތޮޅިއަށެވެ. ހަޤީގަތާ ކުރިމަތިލާން މިއޮތީ ޖެހިފައެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލުނު މައްސަލައިގައި "ސަރުކާރު ހުއްޓުވަން" ގެ ނަމުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ވާމްއަޕް މުޒާހަރާގައި، ހާހުން ގުނޭވަރު ނުވިއެވެ. އެކި ސަރަހައްދުތަކަށް އެއްވި މީހުން ގުނައިގެން ވެސް 200 މީހުން ހަމައެއް ނުވިއެވެ. އެރޭ 08:30 ގައި ފެށި މުޒާހަރާ މެންދަމުން އަލިވެ 02:14 އާއި ހަމައަށް ކުރިއަށްދިޔައެވެ.
އަލިވިލިގެން އައީ 15 މާރޗް 2018 ވީ ބުރާސްފަތި ދުވަހަށެވެ. އިދިކޮޅުން ހިތްވަރު އާކޮށްލިއެވެ. މިފަހަރު ރައީސް ނަޝީދުގެ އުއްމީދީ ޓްވީޓަކާ އެކުގައެވެ. މެންދުރުފަހު އެމްއެމްއޭ ސަރަހައްދަށް އެއްވުމަށް ނަޝީދު ގޮވާލެއްވިއެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން އެއްވުން ބާއްވަން ރޭވި ހިސާބަށް ގޮސް ކަން ހިނގާގޮތް ބެލީމެވެ.
ނަޝީދުގެ ގޮވާލުމަށް ފަންސާސް މީހުންވެސް އެ މުޒާހަރާގައި ބައިވެރި ނުވިއެވެ. އަދި އެވަރުން މާޔޫސް ވާކަށް ނުވޭމެއެވެ. ހަވީރު އިއުލާނު ކުރެވިގެންދިޔައީ ރޭގަނޑު 08:30 ގައި ޗާންދަނީ މަގާއި މަޖީދީމަގާއި ގުޅޭ ހަތަރު އަނގޮޅިން މުޒާހަރާ ފެށޭނެކަމެވެ. ނަމަވެސް ރޭގަނޑު 09:15 ވީއިރު މުޒާހަރާއެއްގެ ހިލަމެއްވެސް ނެތި ފުލުހުންވެސް ތިބީ ކުރާނެ ކަމެއް ނެތިފައެވެ. ރޭ 09:30 ހާއިރުން ފެށިގެން 10:30 ދެމެދު ކޮންމެވެސް ވަރަކަށް މުޒާހަރާއަށް މީހުން އެއްވިއެވެ. ނަމަވެސް ކުރީ ރެޔާ ބަލާފައި ބޮޑުތަނުން ބައިވެރިންގެ އަދަދު ވީ މަދެވެ. ނަތީޖާއެއްގެ ގޮތުން މުޒާހަރާ ރޫޅާލައި، އެ ސަރަހައްދު ހުސްކުރަން ފުލުހުން މާބޮޑު ބާރެއްވެސް ބޭނުންކުރަން ނުޖެހުނެވެ. މުޒާހަރާ ފެށިތާ ތިން ގަޑިއިރުވެސް ނުވަނީސް ފަސޭހަކަމާއެކު މުޒާހަރާގެ ބައިވެރިން ފަހަތައް ޖެއްސުމާއެކު އަމިއްލައަށް މުޒާހަރާ ހުއްޓާލައި މިވަނީ އަމާން ދީފައެވެ.
މި ދެންނެވީ ކުޑަ މިންވަރެކެވެ. ކުރު ހުލާސާއެކެވެ. އިތުރަށް އައްސަވަން ބޭނުންނަމަ ކުރިއަށް ވަޑައިގަންނަވާށެވެ. ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ފުލުހުންގެ ގަޔަށް ކަޅުތެޔޮ ޖަހައި މަޖީދީ މަގުގައި ހުރި "ގައިޒް2000" ފިހާރަޔަށް ވަނީ ގެއްލުން ދީފައެވެ. އަދި ފުލުހުންނާ ދެކޮޅަށް ބޭނުންކުރަން ތައްޔާރުކޮށްފައިވާ 105 މިރުސް ފެން ޕެކެޓު ވަނީ ފުލުހުން ހޯދާފައެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މުޒާހަރާއިން ހަމަނުޖެހުން ހިންގުމަށް ތައްޔާރުކޮށްފައިހުރި 24 ދަގަނޑުބުރިއާއި 76 މިރުސް ފެން ޕެކެޓްވަނީ ފެނިފައެވެ. އަދި މާލެއިން ކާރެއްގައި ރޯކޮށްލައި އަމަން އަމާންކަން ނަގާލަން މަސައްކަތްކުރި މީހަކު ފުލުހުން ވަނީ ހައްޔަރުވެސ ކޮށްފައެވެ. ހިނގި ޖަރީމާތަކާއި ހިންގަން އުޅުނު ހަމަނުޖެހުންތަކުގައި ބައިވެރިވާ ފަރާތްތައް ފުލުހުން ދިޔައީ ހިފާ ހައްޔަރު ކުރަމުންނެވެ.
"ވާމްއަޕް މުޒާހަރާތައް ދިޔައީ ތޮޅިންނެވެ". ބައިވެރިންގެ އަދަދު މަދުވެ ފައިސާ ދީގެންވެސް މުޒާހަރާއަށް ނިކުންނާނެ ލިބުނީ ހައެއްކަ ކުދިންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އާއްމު ރައްޔިތުންގެ އަރިހުގައި އިދިކޮޅު ޕާޓީތަކުން ދެންނެވީ މުޒާހަރާތައް ވަރަށް ކާމިޔާބު ކަމަށާއި، އެ މުޒާހަރާތަކުގައި ހާހުން މީހުން ބައިވެރިވެފައިވާކަމަށެވެ.
ކުރިންވެސް ދެންނެވި ފަދައިން މާލެއިން މުޒާހަރާއަށް އެކަށީގެންވާ މިންވަރަށް ނިކުންނާނެ ސަޕޯޓަރުން ނެތުމުން އަވަށްޓެރި ސިލޯނުގައި 76 މީހުންނާއެކު މުޒާހަރާކުރި އިދިކޮޅު ކޯލިޝަނުން މިފަހަރު އަމާޒު ހިފީ އަހުރެން އެތަނަކަށް ނިސްބަތްވާހިނދު ފަހުރުވެރިވާ "ރާއްޖެތެރޭ މީހުން" ގެ ސިކުންޑިތަކާ ކުޅެލުމަށެވެ. "ނަނާ ހުވަފެން" ދައްކައިގެންނެވެ. ކުލަ މަންޒަރު ފޮރުވާ ކަޅާ ހުދުގެ ސާފުނުވާ މަންޒަރު ދައްކައިގެންނެވެ. ދެންނެވީ މިއަދުގެ ބޮޑު މުޒާހަރާގައި ބައިވެރިވެގެން އެއްވެސް މީހަކު ކުއްވެރި ނުވާނެ ކަމަށެވެ. ހަރަދު ދޭނެ ކަމަށެވެ. އެލަވަންސް ދޭނެ ކަމަށެވެ. "ވާމްއަޕް މުޒާހަރާތައް" ކާމިޔާބު ކަމަށެވެ.
ޤާނޫނީގޮތުން އުފެދިފައިވާ ދިވެހި ސަރުކާރު ވައްޓާލަން ފުރުޞަތު ނުދެއްވާނެ ކަމަށާއި، އެފަދަ އެއްވުން ތަކުގައި ބައިވެރި ނުވުމަށް ދިވެހި ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. މުޒާހަރާގައި ކައުންސިލަރުން ބައިވެރި ނުވުމަށް އެލްޖީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
"ތޮޅިއަށް" ދިޔަ ވާމައަޕް މުޒާހަރާތައް ހާހުން މީހުން ބައިވެރިވި ކާމިޔާބު މުޒާހަރާތަކެއްގެ ގޮތުގައި، އަދި ޤާނޫނު އަސާސީ ނުހިނގާނެ، ޤާނޫނުން ކުއްވެރި ނުވާނެ މުޒާހަރާއެއްގެ ގޮތުގައި މާލޭގެ މަގުތަކުގައި ހިނގާދިޔަ ކަންކަން ސާފުކޮށް ނުފެންނަ އަތޮޅު ތަކުގައި ސުލްހަވެރިކަމާއި އަމާންކަމާއެކު އުފަލުގައި ދިރިއުޅެމުންއައި ލޮބުވެތި އަހުންނާއި އުހްތުންނަށް ސިފަކޮށްދީގެން "ތޮޅިއަށް ދާނެކަމަށް އަޅުގަނޑު ލަފާކުރާ" މިއަދުގެ ބޮޑު އެއްވުމުގައި ބައިވެރިވުމުގެ ކުރިން ކޮންމެ ފަރުދަކުވެސް ހަމަ ވިސްނުމުން ވިސްނާލާށެވެ.
ދިވެހި ޤައުމާއި، މި އަމާން ވެއްޓާއި، ދިވެހިންގެ އުފާވެރި ދިއުޅުމަށް އަހުރެން ލޯބި ކުރަމެވެ. ޤައުމާއި ދީން ދެކެ ލޯބިވަމެވެ. ޤައުމިއްޔަތާއި މިނިވަންކަމަށް ނުހަނު ލޯބިކުރަމެވެ. އިސްލާމް ދީނާއި ޤާނޫނު އަސާސީއަށް އިހްތިރާމް ކުރަމެވެ. މީހުން ދައްކާ ވާހަކަތަކަށް ހެއްލުމުގެ ކުރިން ތިބާވެސް ދީނާއި، ޤައުމާ މެދު ވިސްނާ ފިކުރު ކުރާށެވެ. ސިޔާސީ ފިކުރަކީ ތަފާތު ވާނެ ކަންކަމެވެ. ނަމަވެސް ދީނާއި ޤައުމަށްވުރެ ސިޔާސީ ފިކުރު އަހުރެންނަށް މުހިންމެއް ނޫނެވެ. ތިބާއަށްވެސް ދީނާއި ޤައުމު މުހިންމު ނަމަ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ނަގާލަން ހިތްވަރު ނުދޭށެވެ. ސުލްހަވެރިކަމާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތިބާ ތާއީދުކުރާ ސިޔާސީ ފިކުރުގެ ކެންޑިޑޭޓަށް ވޯޓު ދެއްވާށެވެ.
ހާދަ ބިރެކޭ ދޯ ތި ގަންނަނީ. ކަލޯ ބަލަންހުރޭ ކިހާބަޔަކުތޯ އެއްވަނީ ބަލަން. އޭގެފަހުން ދޯ އިނގޭނީ ދިޔައީ ތޮޅިއަށްކަން ނުވަތަ ނޫންކަންވެސް.
އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ މާތްﷲ..
ޙަބޭސް ލިޔުމެއް
ހަމަ ތޮޅިއަށްދާނީ... ލާހިކައެއްނޫން މިސަރުކާ މަގުމަތިން ވައްޓާލާކަށް... 2008 ވަނަ އަހަރު ހޮވުނުކަހަލަ ވެރިއެއްނޫނޭ މިހާރު ވެރިކަމުގަ ހުރީ.... ވަރަށް ގަޓުހުރި ބޭފުޅެއް މިވަގުތު ވެރިކަމުގަ ހުއްނެވީ...
ކިހާ ގަޓް ބިރުން ތުރުތުރު އަޅާ ގަޓް ކަމުން ހުއް މިހުރީ ވާ ވެރިއެއް ބޮަހަލާކު ރައްޔިތުންނަށް މިހާ އަނިޔާވެރި ވެރިއެއް ރާއްޖޭގެ ތާރިޚްވެސް ނުދެކޭ އިނގޭ ވަގުތު ކުދހިނ ކޮޅަށްވެސް ހަޖަމް ނުވާކަން ލައްކަވާހަކަ މިވެސް މި ކޮމެންޓްވެސް ޖަހާލަން ނުކެރޭނެކަން ހަޖަމް ކުރުމުގެ މައްސަލަ އުޅޭތީ..
ކަލޯ ސަރުކާރު ހިފަހައްޓަނީ ސިފައިންނާ ފުލުހުން. އެމީހުން އިދިކޮޅާ ގުޅޭ ހިސާބުން ވާނީ ފެއިލް
ގަޓު ހުރިކަން އެބައިންގޭ ??
ނަސީބެއްނު ރައީސް ގެ މެދު ހަށި ފެނުނޭ ނުބުނިކަން. ފުލުހުން ލައްވާ ޖައްސާ ސުޓަންޓް ހުސް
އެހާ މީހުން އެއް ނުވާ އިރު ކީއްވެ ދެން ތިވަރއްކަ ތި ތެޅިފޮޅެނީ.
ހުސް ތޮޅި މުޒާހަރާ ހެހެ ހެ މިހާހު ކިޔަންވީ “ތޮޅިޔަށް ތޮޅިޔަށް ބާރަށް ތޮޅިޔަށް “