ޑީއާރުޕީ އަށް މެމްބަރުން އިތުރު ކުރުމަށް މާލޭގައި މިއަދު ފޯރިގަދަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

"ޑީއާރުޕީ ރަން ޒަމާނަކަށް " މިނަމުގައި ޑީއާރުޕީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ގިނަ އަދަދެއްގެ ދަތުރުވެރިން އެސަރަހައްދަކަށް ކައިރި ކުރާ "ބެންކް އޮފް ސިލޯން" ކުރިމަތީގައިއެވެ.

މި ސަރަހައްދުގައި ޓެންޓްތައް ބަހައްޓާ މިއަދު ހަވީރު 4 ޖެހިއިރު ފެށި މި ހަރަކާތަށް އާންމުންގެ ފަރާތުން ތަރުހީބު ލިބުނު އިރު މި ހަރަކާތުގައި ޑީއާރުޕީގެ ލީޑަރ ޝިޕްގެ ބޭފުޅުން ބައިވެރިވިއެވެ.

ޑީއާރްޕީން މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ޑީއާރުޕީގެ ލީޑަރ ޝިޕާއި ކާށިދޫ ދާއިރާގެ މެންބަރު ހަވާލުވެވަޑައިގަތުމަށް ފަހު ޑީއާރުޕީއަށް މެންބަރުން އިތުރު ކޮށް ޑީއާރުޕީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މިދަނީ ވަރަށް ގިނަ މައްސަކަތްތަކެއް ކުރެވެމުން ކަމަށެވެ.

ޑީއާރްޕީން މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި ސަރަހައްދުގައި ޓެންޓް ގާއިމު ކުރެވި ޑީއާރުޕީ އަށް މެންބަރުން އިތުރު ކުރުމުގެ މައްސަކަތް ކުރެވުނު އިރު މުއާ އިތުރަށް ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މާލޭގެ އެކި ސަރަހައްދު ތަކުގައި އާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ޑީއާރުޕީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރާާކާތްތަށް ކުރިއަށް ދާނެ ކަމަށެވެ.

ޑީއާރްޕީން މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މެމްބަރުން އިތުރުކޮށް ބަލިކަށިވެފައި އޮތް ޑީއާރުޕީ އަލުން ވުޖޫދު ކުރަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށް އުފާވެރިކަން ހޯދައި ދެއްވަން ކަމަށް އެ ޕާޓީގެ އާ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ވިދާޅުވެފައެވެ.