ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބެންޖެހެއެވެ. ފައިސާ ދޭން ޖެހެއެވެ. ފައިސާ ދޭން ބަޖެޓުގައި ހިމެނުނެވެ. ފައިސާ ހަމަ ދޭންވީއެވެ. ނަމަވެސް ފައިސާއެއް ދޫކުރަންވާނީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ފައިސާ ހޯދަން އެދެންވީއެވެ. ފައިސާ ލަސްވާނަމަ އެ ވާހަކަވެސް ދައްކާނެއެވެ. އެވާހަކަ ދެއްކެންވެސް ވާނެއެވެ. ނަމަވެސް ފައިސާ ނުދިނޭ ބުނެވޭނީވެސް ފައިސާ ނުދިންނަމައެވެ.
މިއަދު އެންމެ ހަރު އަޑުން ސިޔާސީ ޕޯޑިއަމްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެކެވޭ އެއް ވާހަކައަކަށްވާނީ، ސިޔާސީ ޕާޓީތައް ހިންގުމަށް 2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުންގައި ހިމަނާފައިވާ ފައިސާ ޕާޓީތަކަށް ނުދީ އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓާފައިވާކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަތައްކަން ޔަގީނެވެ. މައްސަލައެއްގެ ވާހަކަ ފެންމަތިކޮށް ތުހުމަތުތަކެއް ފެންމަތިކުރީ އިދިކޮޅު ސިޔާސީ ފަރާތްތަކުންނެވެ. މި ދައްކާ ވާހަކަތަކުގެ ތެދު ދޮގު ކަށަވަރު ކުރުން މުހިންމު ކަމަށް ދެކެމެވެ.
މި ދެންނެވި ފައިސާ ސިޔާސީ ޕާޓީތަކަށް އަދި ދޫކޮށްފައި ނުވާތީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެފައިވަނީ، "ސިޔާސީ ޕާޓީތަކަށް މިއަހަރުވެސް ދޭންޖެހޭ ފައިސާ (ސިޔާސީ ޕާޓީތަކުގެ) ޤާނޫނުގެ 35 ވަނަ މާއްދާގެ (ޅ) ގެ ދަށުން މާރިޗު މަސް ނިމޭއިރު ދައުލަތުގެ ބަޖެޓުން ދެއްވަން ޖެހޭނެ" ކަމަށެވެ.
މި ވާހަކަތަކާއި ގުޅިގެން "ވަގުތު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު، އަޙްމަދު އަކްރަމް މިއަދު ވިދާޅުވީ، " ޤާނޫގައިވާ ގޮތުގެމަތިން، ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ކުރަންޖެހޭ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ ކަމަށާއި، އިރާދަ ކުރެއްވިއްޔާ އެ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އެންމެހާ ކަންކަން ނިންމާނެ" ކަމަށެވެ.
ދެ ފަރާތުގެ ވާހަކަ އަޑު އިވެއްޖެ ނޫންތޯއެވެ. ދެ ފަރާތުންވެސް ހަވާލާދެނީ ސިޔާސީ ޕާޓީތައް ހިންގުމުގައި އެޔަށް ބަލަންޖެހޭ "ސިޔާސީ ޕާޓީތަކުގެ ޤާނޫނު" އަށެވެ. އެއް ޤާނޫނަކަށް ދެފަރާތުން ހަވާލާދޭއިރު ދެފަރާތުން ދައްކާ ވަހަކަ ދިމާނުވާނަމަ އެއީ މައްސަލައެކެވެ. ރައްޔިތުންނަށް ޤާނޫނުގައި ބަޔާންކޮށްފައިވަނީ ކީކޭކަން ވަރަށް ސާފުކޮށް އަކުރުން އަކުރަށް ސާފުވާން އެބަޖެހެއެވެ.
"ސިޔާސީ ޕާޓީގެ ޤާނޫނު" ގެ 35 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ، "މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، 10000 (ދިހަ ހާސް) މެންބަރުން ހަމަނުވާ ޕާޓީތަކަށް، އެ ޢަދަދު ހަމަކުރަން މި ޤާނޫނުގެ ދަށުން ދެވޭ 3 މަސްދުވަހުގެ މުއްދަތުގައި، އެ ޢަދަދު ހަމަކުރާ ޕާޓީތަކަށް މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބެންވާނެ" ކަމަށެވެ. ސިޔާސީ ޕާޓީތަކަށް ފައިސާ ލިބެންވާނެކަން މި މާއްދާއިން ޔަޤީންވެއެވެ.
"ސިޔާސީ ޕާޓީގެ ޤާނޫނު" ގެ 35 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، "މި ޤާނޫނުގެ 34 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ މެންބަރުންގެ ޢަދަދުގެ ނިސްބަތުން" ކަމަށެވެ. މިހާ ހިސާބުން ފައިސާ ދޭންޖެހޭ ކަމާއި، ފައިސާ ބަހަންވީ ގޮތް މިއޮތީ އޮޅުމެއް ނެތް މިންވަރަށް ސާފުވެފައެވެ.
"ސިޔާސީ ޕާޓީގެ ޤާނޫނު" ގެ ހަވަނަ ބާބުގެ 35 ވަނަ މާއްދާގެ (ޅ) ވަރަށް ހާއްޞައެވެ. އިދިކޮޅު ފަރާތްތަކުން މި މާއްދާގެ ވާހަކަ ނޫސްވެރިންގެ ބައްދަލުވުމުގައި ހަރު އަޑުން ފާޙަގަކުރެއްވިއެވެ. އެ މާއްދާގައި ބުނެފައިވަނީ، "ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ޙަވާލުކޮށް ނިންމަންވާނެއެވެ. އަދި، އެކަން ކުރުމުގައި މި މާއްދާގެ (ށ) އަށްވެސް ރިޢާޔަތް ކުރަންވާނެއެވެ.". ސިޔާސީ ޕާޓީތަކަށް ފައިސާ ދޭންވީ މުއްދަތު ކޮންމެވެސް ވަރަކަށް ސާފުވެލައްވައިފިކަމަށް އުއްމީދު ކުރަމެވެ. ނަމަވެސް ޤާނޫނެއް ވީމަ އެންމެ މާއްދާއަކުން މުޅިން ސާފުވީކަމަށް ނުބައްލަވާށެވެ.
ސިޔާސީ ޕާޓީތަކަށް މީލާދީ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދޭން ޤާނޫނުގައި ބުނެފައިވުމުން މީލާދީ ސަނަތުން 2018 ވަނަ އަހަރުގެ މާރިޗު މަސް ނިމުމުން، ޕާޓީތަކަށް ފައިސާ ދޭންޖެހޭ މުއްދަތު ހަމަވެފައިވާކަމަށް ބުނެ ޤާނޫނުގެ އެންމެ ނުކުތާއެއްގައި ހިފައިގެން ވާހަކަ ދައްކާ ފަރާތްތަކުން، ބަލާލުން މުހިންމު އެހެން މާއްދާތައްވެސް ޤާނޫނުގައި އެބައޮތެވެ.
"މި ޤާނޫނުގައި ބުނެފައިވާ ކަންކަން ކުރުމަށާއި، ތަކެތި ހުށަހެޅުމަށް ދީފައިވާ މުއްދަތުތައް ގުނުމުގައި ސަރުކާރު ބަންދު ދުވަސްތަކެއް ނުހިމެނޭނެއެވެ." "ސިޔާސީ ޕާޓީގެ ޤާނޫނު" ގެ ނުވަވަނަ ބާބުގެ 49 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވެއެވެ.
ޤާނޫނުގައި ދީފައިވާ މުއްދަތުތައް ގުނަންވީ ގޮތް ޤާނޫނުގައި ވަރަށް ސާފުކޮށް މިވަނީ ބަޔާން ކޮށްދީފައެވެ. ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ 3 މަސް (90 ދުވަސް) ގުނައިފިނަމަ، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާ ދީ ނިންމަންޖެހޭނީ، 2018 މެއި 08 ވާ އަންގާރަ ދުވަހުއެވެ.
ޤާނޫނަށް ތަބާވާނަމަ އަދި މިވަރުން ފައިސާގެ ވާހަކަ ނިންމާލެވޭކަށް އަދި ފައިސާ ދޫކުރެވޭކަށްވެސް ނެތެވެ. "ސިޔާސީ ޕާޓީގެ ޤާނޫނު" ގެ 41 ވަނަ މާއްދާގައި ބުނެފައިވަނީ، "ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު، އޮޑިޓް ރިޕޯޓް ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެ" ކަމަށެވެ. އަދި ހަމަ ޤާނޫނުގެ ހަވަނަ ބާބުގެ 35 ވަނަ މާއްދާގެ (ނ) ގައި ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބެހުމުގައި ކޮމިޝަނުން ވަކި ކަންތައްތަކަކަށް ރިޢާޔަތްކުރަންވާނެކަމަށް ބުނެފައިވެއެވެ.
ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކަށް ދިނުމުގެ ކުރިން މި ޤާނޫނުގެ 41 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވޭތޯ އަދި ޕާޓީގެ މަޤްޞަދުތައް ޙާޞިލުކުރަން މަސައްކަތް ކޮށްފައިވާކަން އަހަރީ ރިޕޯޓުން ފެންނަން އޮތްތޯ އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހެއެވެ.
ޤާނޫނުގައި ބަޔާންކުރާ ތިން މަހުގެ މުއްދަތު ހަމަވެފައިނުވާއިރު، އިލެކްޝަންސް ކޮމިޝަނުން ޤާނޫނާ ހިލާފުވެފައިވާކަމަށް އިދިކޮޅު ފަރާތްތަކަށް ބުނެވޭނެ ޖާގަ އޮތް ކަމަކަށް ނުދެކެވެ. ކަން މިހެން އޮތްއިރު ހުރިހާ ސިޔާސީ ފަރާތްތަކުންވެސް ރައްޔިތުންގެ ކުރިމަތީގައި ތެދު ބަހުން މުއާމަލާތް ކުރުން މުހިންމެވެ. ދޮގު ބަހުން ވާހަކަ ދެއްކުމުން ރައްޔިތުންގެ ހިތްތަކުގައި ޤާނޫނު އަސާސީއަށް ކުރާ ޤަދަރާއި އިހްތިރާމް ކުޑަވެގެންދާއިރު، އެކި ފަރާތްތަކާމެދު ނަފުރަތު އުފެދުމަށްވެސް ފުރުޞަތު ހުޅުވިގެންދާނެއެވެ. އަދި ހަމަ އެހެންމެ ރައްޔިތުންނަށް އޮޅުވާލުމަށް ދޮގު ވާހަކަތައް ދައްކާ ސިޔާސީ ވެރިންގެ އަގު ވެއްޓި ފަލީހަތްވުމީވެސް ދުރުގައިވާ ކަންކަމެއް ނުމެނޫންމެއެވެ.
ތީ ދޮގު ލިޔެގެން ދަސްކޮށްގެން އުޅޭ މީހުންނަށް ވަރަށް ގިނައިން ވާގޮތެކެވެ.
ޢިދިކޮޅުވަންޏާ އެބަޖެހެ ދޮގުހަދަން. ކީއްކުރާނީ. ޣޣގާނޫން ހަދަން މަޖްލިސް އައް ހޮވާފަ ތިބެނީ އެކަހަލަ މަރަމޯލުން
ގާނޮނުގެ ވާހަކަ ދެއްކުން ތީ ވަރައް ހަޑިކަމެއް އެހެން ނޫންތޯ؟ ވަގުތުގެ ނޫސްވެތިން ބޭނުންވާގޮތައް ގާނޫނު މާނަ ތިޔަކުރަނީ އަޅެފަހެ ނޭގިގެންތޯ ؟
ފައިސާ ހޯދަން އިދިކޮޅު ފަރާތްތަކުން ދޮގު ހަދަނީ ނަމަ އެއީ މަމެން ހައިރާން ވާން ޖެހޭނެ ކަމެއް ނޫނޭ. އިދިކޮޅު އެމްޑީޕީގައި ގިނަވާނީ ސްޕެޝަލީ އެމެންގެ ބޮޑުންގެ ތެރޭގައި އާއި އަދި ރަންރީނދޫ ބޮޑޭގެ ސެކްރެޓޭރިއެޓް އަށް ވެސް ހުންނަނީ ދަ ރާއްޖެތެރެއަންސް އިންނޭ އެމެންނަކީ އެއީ އޮޅިގެން ވެސް ތެދެއް ހަދާ ބަޔެއް ނޫނޭ ކެނެރީގެ ނަޝީދަކީ ފެށުނީއްސުރެން މީހުން ލައްވާ މަސައްކަތް ކުރުވާފައި ފައިސާ ނުދީ އުޅޭ މީހެކޭ. އެކަން ޖެހޭނެއޭ ބަލަން. ދަރާއްޖެތެރެއަންސް އިންނަކީ އެއީ އޮޅިގެން ވެސް ތެދެއް ހަދާ ބަޔެއް ނޫނޭ ސްޕެޝަލީ ސިޔާސީ ޕާރޓީ ތަކުގެ ބޮޑުންނަށް އުޅެނީ ތަނެއް ގައި ވަޒީފާ ގައި ވެސް ނޫޅެވި މީހުންނަށް މަކަރާއި ހީލަތް ހަދާފައިވާ މީހުންނޭ. ހެޔޮ ނުވާނެ އެމެން ދައްކާ ވާހަކަ ގަބޫލުކުރަން. އިދިކޮޅު އެމްޑީޕީގައި ނުތިބޭނެ މިހާރު 5000 މެމްބަރުން ވެސް ރަނގަޅަށް ބަލާފައި ނޫނީ ފައިސާ ދީގެން ނުވާނެ އެބަދަވިންނަށް. އެއީ ސީދާ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ މެން. ރަންރީނދޫ ޓްވިޓަރޭ އަށް އެކަނި މަހަކު 2 ލައްކަ ރުފިޔާ ދެން ކެނެރީގެ ނަޝީދަށް މަހަކު 2 މިލިއަން ރުފިޔާ އެބަ ޚަރަދުކުރޭ އެމްޑީޕީގެ ބަޖެޓުން. މީ ޓެކްސް ޕޭޔަރ މަނީ. މީރަންރީނދޫ ޓްވިޓަރޭ މެންގެ އަމާބަފާގެ ތަރިކަ މުދަލެއް ނޫނޭ އެގޮތަށް އެފައިސާ ބޭނުން ނުކުރެވޭނެއޭ ތަމެން ދެން ސީލަބަލަ ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ..
ރާއްޖެތެރޭ މީހުން ދޮގު ހަދަންޏާ ރާއްޖެތެރޭ ބަހުރުވައިން ނުލިޔަންވީނު.. އެންމެ ތެދުވެރިކަމަށް ދައުވާކުރާ ސިންގަޕޫރު، ޓޯކިޔޯ، ސުވިސްމީހުންގެ ބަހުރުވައިން ލިޔެބަލަދޯ.. ސީލެވިއްޖެ!!!؟
އިނގިރޭސި ވިލާތާއި އިންޑިއާ އާއި އެމެރިކާ އިން ވަރަށް ޖެލަސްވޭ ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ގޮސް ލަންކާ އަދި އިންޑިއާގެ އިގްތިސާދު ފަހަނައަޅާ ހިނގައިދާނެތީވެ މިހާރު އެމެންނަށް ޔަގީން ކަން އެބައޮތް މަމެންނަކީ އެއީ ލަންކާ އަދި އިންޑިއާ މީހުންނަށް ވުރެން އެތައް ގުނައެއް ސްމާރޓް ބަޔެއް ކަން ދިވެހިންނަކީ. ދިވެހިންނަށް ހުރި ފުރުސަތު ތައް ހޯދައިގެން ނޭ ލަންކާ އިންޑިއާ މީހުން ރާއްޖޭގެ ރިސޯރޓް ތަކުގެ މަތީ މަގާމް ތައް ފުރަނީ އެވެސް އިނގިރޭސިންނާއި އޮސްޓްރޭލިޔާ މީހުން ޖީއެމް މެންނަށް ތިބެގެންނޭ. މިކަން ކަން އެމެން އަތުން ރިސޯރޓްސް ތަކުން ބީވެގެން ދާ ދުވަސް ތައް މަމެން ޕިންކީންގެ ވެރިކަމުގައި ގާތް ވަމުންދާ ކަން އިނގިރޭސިން ލަންކާ އަދި އިންޑިއާ އަށް އެގިގެން އެމެން އެބަލަނީ ދިވެހިން އަނެއްކާ ވެސް އިނދަގަންނުވާލާ ދިވެހިރާއްޖެ މިނިވަން ވެފައި އޮތް ނަމަވެސް ދިވެހި އިގްތިސާދުގެ މައްޗަށް އެމެން އަތް ގަދަ ކުރެވޭނެ ގޮތެއް އޮތްތޯއެވެ. މިކަން ކަން އެބަޖެހޭ ނިންމަން ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް.
ތިޔަ ސަމީރު އަކީ ދުވަހަކު ތެދެއް ބުނެވުނު މީހެއްބާ. އެމްޑީޕީ ކަމުނުގޮސްގެން ގާސިމް ކައިރިއައް. ގާސިމް ކަމުނުގޮސްގެން އެމްޑީޕީ އައް..
ސިޔާސީ ޕާޓީތަކަކީ ދައުލަތުން ފަންޑު ކޮށްގެން ހިންގަންޖެހޭ ތަންތަނެއް ނޫނެވެ. ކޮންމެ އަހަރަކު ބަޖެޓް ކުރާއިރު، އެއަށް ފައިސާ ހިމަނާކަށް ނުޖެހެއެވެ. ސިޔާސީ ޕާޓީއަކީވެސް ކުންފުންޏެކެވެ. އެހެންކަމުން، ކޯޕަރޭޓް ސޮސައިޓީއެއްގެ ގޮތުގައިވެސް ހިންގިދާނެއެވެ. ޕާޓީގެ މެމްބަރުންގެ އަތުން މަދުވެގެން މަހަކު 10 ރުފިޔާ ނެގިނަމަވެސް ، 25،000 މީހުން ތިބޭނަމަ މަހަކު 250،000 ރުފިޔާ ލިބޭނެއެވެ. އެއީ، އަހަރަކަށް 3 މިލިއަން ރުފިޔާއެވެ. އޭގެ އިތުރުން، ބޮޑު އަދަދުން ހައިރާތު ކުރާ ފަރާތްތަކަކަށް އެފުރުޞަތު އޮންނާނެއެވެ. އެހެންކަމަށްވަނީނަމަ،
ދެން ދައުލަތުން ކޮށްދޭނެޖެހޭނެ ކަމަކީ، އޮޕަސިސަޝަން މައި ޕާޓީއަށާއި، ސަރުކާރު ހިންގާ ޕާޓީ އަށް އެމީހުންގެ ހަރަކާތްތައް ހިންގުމަށް ކޮންމެވެސް އެކަހެރި ހިސާބަކުން ބިމެއް ދީ އެހީތެރިކަން ފޯރު ކޮށްދިނުމެވެ. މިނޫން ގޮތަކަށް ދާނަމަ
ބޮންތައްޓޭ....! އިހަށް ޖޭޕީގެ އެންމެ މަތީވެރިޔާ ބުރުމާ ގާސިމު ދިވެހި ދައުލަތަށް ދަރާއޮތް ދަރަނި އަދާކުރަން ބުރުމާ ގާސިމަށް އެހީތެރިވާންވީނު.....؟؟؟
ކަލޭމެން ދައްކަންވާ ފައިސާ ދައްކާކަށް ނުޖެހޭ. ދައުލަތުން ދޭންވާ އެއްޗެއްވިއްޔާ ދޭންޖެހޭ؟ މީ އަރަތެއްތަ އަޅެ ބޮންތައްޓޭ...!!!!
ދޮގުން އަށަގެންފައިވާ ބަޔަކު ތެދެއް ނަހަދާނެ! ކާލިގަނޑު ޓީވީން ތެދެއް ނުކިޔާނެ!
ކޮބާ ދިއްދޫ ސަމީރު. އޭނަގާތުބުނެބަލަ ޖަލްސާތަކުގަ ޤާނޫނު ކިޔަވައދޭން ނޫނީ ޤާނޫނު ކިޔައިދޭނެ މީހުނާ ދަސްކުޜާނެ މީހުން ހޯދައި ތިޔަޕާޓީތަކުގަތިބި މޮޅުވަކީލުންލައްވާ އެކަންކުރަން. ދެން ސަމީރު ޤާނޫނުކީމާ ވާނީ ތިހެން. އަދިވެސް ބޮލުގަ ތެޔޮލައިގެން އަރާ އަނގަފުޅާކުރާނެ
ވ ވުރެން ހަޔާތް ކުޑަ ވީ މަ ވާނީ ޗިޔާހެން !
ބޭފުޅާއެވެ. އިދިކޮޅުފަރާތްތަކޭ ލާދީނީ އޭ ހަދަނީ ދޮގޭ ތިކިޔަކީ ރާއްޖޭގެ މެޖޯރިޓީ މީހުންނަށެވެ. ކުރީގެ ރައީސުންނާއި ގިނަ ސިޔާސީ ޕާޓީތައް ނިސްބަތްވާ މީހުންނަށެވެ. ތެދެކެވެ. ޑީ.އާރު.ޕީ އާއި އެމް.ޑީ.އޭ އެއޮތޯ ނޫންހެއްޔޭ ބުނެފާނެއެވެ. އަޅުގަނޑާ ތިޔަބޭފުޅާވެސް އެހެންވިއްޔާ މިތިބީނޫންހެއްޔެވެ. އަސްލު ޕޮއިންޓަކީ ޤާނޫނުގައި ބުނަނީ އަހަރުގެ ފުރަތަމަ 3 މަސް ދުވަސްކަމަށެވެ. ޤާނޫނުގައި މުއްދަތެއް ކަނޑައެޅުމުގެ މާނައަކީ ކަމެއް އެންމެ ފަހުމިނިޓްގެ 59 ވަނަ ސިކުންތައް މަޑުކުރުން ކަމަށް "ވަގުތު" ނޫހަށް ހީވާނަމަ ތިޔަ އޮތީ ރަނގަޅަށް ވަގުތުގެ އަވާގައި ޖެހިފައެވެ. ތިޔަ ނޫހުގެ ރިޕޯޓަރުން ތިޔަތިބެނީ ކީއްވެފައި ހެއްޔެވެ؟ ކަޅު ވާނީ ހަމަ ކަޅަށެވެ. ހުދު ވާނީ ހަމަ ހުދަށެވެ.
އޭގެ ބޭނުމަކީ ނަފުރަތު އުފެއްދުން،އެކަން އެބަވޭނުންތޯ
އިދިކޮޅު އެމްޑީޕީ ގެ ބޮޑޭ ކެނެރީގެ ނަޝީދު ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ތެޔޮބިޑިބޯ އަށް ހީވަނީ އެއީ އޭނާ އާއި ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ލާދީނިއަނޭ މެން ގުޅިގެން އެމެން 2008 ގައި ހެދި ގޮތަށް ރޯ ބުހުތާނު ދޮގު ހަދައިގެން މަކަރާއި ހީލަތް ހަދައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ރާއްޖޭގެ ރައްޔިތުންގެ %85 އިން ހޮވާފައިވާ ސަރުކާރެއް ވައްޓާލެވޭނެ ކަމަށްތޭ. އެގޮތުން އެމެން އެމްޑީޕީގައި ނުތިބޭނެއޭ ސައްހަ 5 ހާސް މެމްބަރުން ވެސް ތިޔާއީ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ އާއި ދަ ބިޑިކާ އީވާ މެން ސަރަނގޭ ނަގޫކެނޑި ލައްވާ މުނިސިޕަލްޓީ ގެ ދަފްތަރު އެއްގޮތަށް ގެނެސް އެމްޑީޕީގެ ދަފްތަރުގައި ޖައްސައިގެން އުޅެނީއޭ އެމްޑީޕީ އަށް ވެސް ޖޭޕީ އަށް ވެސް އަދި އަދާލަތަށް ވެސް އެއްވެސް ފައިސާ އެއް މިއަހަރު ދޭން ނުޖެހޭނެއޭ. އެމެން ސައިޒުން ކަނޑާ ތިރިކުރާށޭ ކޯއްޗެއްތޭ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ލާދީނިއަނޭ ދަ ތިއްތިކޮޅު ގައި ބުދު ޓަޓޫ ކުރެހިއަނޭ ތަމެން ދެން ސީލަ ބަލަ ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ. މަހަށް ދޭބަލަ ދެން.
ދަ ބަތާހަރާމީ ޕިންކީ ޓްވިޓަރޭ މުދި ކާޅު ދަވަގޭ ލާދީނީ މުރުތައްދޭ ބިން މަލްޢޫނު ބިން ހަރާމްކޯރޭ އަށް ދަންނަވާލަން އޮތީ ކަލޭ މެންގެ އަށްޑިހަ ފަސްޕަސެންޓް އޮތީ ކޮންތާކުތޯއޭ؟ 2013 ގެ ނަތީޖާ އަށް ބަލާއިރުވެސް ކަލޭމެން ވަގު 20000 އައިޑީ ކާޑު ހަދައިގެން ކޯޓުހުކުމް ތަކަކުން ބާތިލް ކޮށް 3 ބުރަށް ބޭއްވި އިންތިޚާބުގެ 3 ވަނަ ރައުންޑުގަވެސް ފަޚާމަތުއް ރައީސް އަލް އަމީރު މުޙައްމަދު ނަޝީދު އަށް 105181 ވޯޓު ލިބިވަޑައިގެންނެވިކަން ތިޔަ ހަރާމްކޯރަށް ނޭނގުން އެއީ ބީތާކަން.
ޢެހެންވެ ދޯ 2017 ގައި ދިނީ އެތާރީހުގައި ދިނީ