"ސިޔާސީ ގިނަ މަގާމުތަކަށް މިހާރު ޝަރުތު ހަމަވަނީ، އިންތިޚާބީ މަގާމަކަށް ކުރިމަތިލައިގެން ފެއިލް ވުމުންނެވެ." މިއީ ސަރުކާރުން ސިޔާސީ ވަޒީފާ ބަހަމުންދާ ގޮތް ފެނިގެން އާންމުންގެ މީހަކު ޓްވިޓާގައި ފާޅުކުރި ޚިޔާލެކެވެ.
ދިވެހި ދައުލަތުގެ ބަޖެޓްގެ ބޮޑު ބައެއް ޚިއްސާ ކުރަނީ ދައުލަތް ހިންގުމުގެ ޚަރަދެވެ. އުމްރާނީ ތަރައްގީ އާއި އިންސާނީ ތަރައްގީއަށް ކުރާ ހޭދައިގެ ނިސްބަތް ބަޖެޓްގައި ކުޑައެވެ. އެއް ސަބަބަކީ ސިޔާސީ މަގާމު ގިނަވުމުވެ. އެ ކަން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު އަމިއްލަފުޅު ޕާޓީ ތެރެއިން އުފެދުނު ކަންބޮޑުވުންތަކުގެ ތެރެއިން، ވައުދުފުޅު ބަދަލުވެއްޖެ ކަމަށް ބެލެވެއެވެ.
"އެމްޑީޕީގެ ތެރޭގައި ވަޒީފާގެ ކަންބޮޑުވުން އެބަ އޮތް. އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކަށް ވަޒީފާ ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާހަގަކުރޭ،" ސިޔާސީ މަގާމުތައް މަދު ކުރުމުގެ ރިޔާސީ ވައުދުފުޅާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ސޯލިހް ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.
ކޮންމެއަކަސް ވެރިކަމުގައި ހުންނެވި ރައީސް ސޯލިހްގެ މި ވައުދާ ހިލާފުވެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
އެމްޑީޕީ އެތެރޭގައި ވަޒީފާގެ ކަންބޮޑުވުން އޮތް ވަރު މި އޮތީ ފެންނާށެވެ. މަޖިލިސް އިންތިޚާބުން ބަލިވި އެމްޑީޕީގައި ނަން ކިޔައިލެވޭ ބައެއް މީހުންނަށް ސަރުކާރުން ވަޒީފާ ދިނެވެ. ކައުންސިލް އިންތިޚާބުން ވެސް ބަލިވި ބައެއް ފަރާތްތަކަށް ވެސް އެ ދަނީ ވަޒީފާ ދެމުންނެވެ. އެތެރޭގެ ޕްރައިމަރީން ބަލިވިޔަސް، ހާސް ވާނެ ކަމެއް ނެތެވެ. ސަރުކާރުގެ ވަޒީފާއެއް އެބަ ހަމަޖައްސައެވެ. ސިޔާސީ މަގާމެއް ހަމަ ކުއްލިއަކަށް އުފެދެނީއެވެ.
އިންތިޚާބުން ފެއިލްވެގެން ވަޒީފާ ދިން ބައެއް މީހުން
- މުހައްމަދު މަބްރޫކް އަޒީޒް (މަޖިލިސް އިންތިޚާބުން ބަލިވި ފަހުން، ރައީސް އޮފީޙުގެ ތަރުޖަމާނުގެ މަގާމުގައި)
- ޝަމާއު ޝަރީފް (މާލޭގެ މޭޔަރު ޕްރައިމަރީން ބަލިވި ފަހުން، ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި)
- އަބްދުﷲ ސޯދިގް (އައްޑޫ މޭޔަރު ޕްރައިމަރީން ބަލިވި ފަހުން، ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު މަގާމުގައި)
- އަނަސް އަބްދުލް ސައްތާރު (މާލޭގެ މޭޔަރު އިންތިޚާބުން ބަލިވި ފަހުން، ފިނޭންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި)
- ރިޒްނާ ޒަރީރު (ހުޅުމާލެ ކައުންސިލަރު އިންތިޚާބުން ބަލިވި ފަހުން، ޖެންޑާގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި)
ޑިމޮކްރެޓިކް ވިސްނުމާ ދުރު ކަމެއް؟
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މި ކަން ސިފަކުރެއްވީ ޑިމޮކްރެޓިކް ދައުލަތެއްގެ ހަމަތަކާ ވަރަށް "ބީރައްޓެހި ސިފަ" އެއް ގޮތުގައެވެ.
"ވޯޓެއްގައި ފެއިލް ވުމުން އެނގިގެން އެ ދަނީ ރައްޔިތުންގެ އިތުބާރު އެ ބޭފުޅަކަށް ނެތް ކަން، ރައްޔިތުންގެ އިތުބާރު ނެތި ފެއިލްވެފަ ތިބި ބަޔަކަށް މަގާމުތައް ފަހުން ދިނުން އެއީ، ޑިމޮކްރެސީއާ ވެސް ޚިލާފު ވިސްނުމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވެސް ދެކެވަޑައިގަތީ އެއީ ޑިމޮކްރެޓިކް ވިސްނުމާ ދުރު ކަމެއްގެ ގޮތުގައެވެ. އޭނާ އެ ކަން ސިފަ ކުރެއްވީ، އިންތިޚާބުން ބަލިވުމުން ވަޒީރަކާ ގުޅިގެން ނުފޫޒު ހޯދަން ކުރާ ކަމެއްގެ ގޮތުގައެވެ.
"އިންތިޚާބުން ބަލިވީމަ ދެން ވަޒީފާ ދެނީ، އޭރުން ތިބޭނީ ވަޒީރަކާ އެކީގައޭ، އެންމެން ވެސް މި ބޭނުން ވަނީ ނުފޫޒު ދޯ، ސިސްޓަމްގެ މައްސަލައެއް މި އުޅެނީ އަސްލު،" ބޮންޑެ ވިދާޅުވިއެވެ.
އެހެންވިޔަސް، ރައީސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ފާހަގަ ކުރެއްވި ގޮތުގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ވިސްނުން އެންމެ ރަނގަޅަށް ހުންނާނެ ބަޔަކީ އިންތިޚާބުތަކުގައި ބައިވެރިވާ އެމްޑީޕީގެ މެންބަރުންނެވެ. ޕާޓީ ތެރޭގައި ހިންގުންތެރި ބަޔަކަށް ވަޒީފާ ދިނުމުގައި ގޯހެއް ނެތް ކަމުގައެވެ.
"މަގާމުތަކަށް ވަޑައިނުގެންނެވޭ ބޭފުޅުން ވެސް ހަމަ ސަރުކާރުގައި ބައިވެރިވެގެން ރައްޔިތުންނަށް ޚިދުމް ދިނުމަކީ ރަނގަޅު ގޮތެއް ކަމުގައި ފެންނަނީ،" މަބްރޫކް ވިދާޅުވިއެވެ.
އެމްޑީޕީ ތެރޭ ނުފޫޒު ބޮޑު ކުރަން ކުރާ ކަމެއް؟
އިދިކޮޅު ފަރާތްތައް މި ކަން ސިފަ ކުރަނީ ވެސް، އެމްޑީޕީގެ އެހެން ތިބި ބައެއް މީހުނަކީ ރައީސްއަށް "ބަލަދު" އަރާ ތިބި ބަޔަކަށް ވާތީ، ސަރުކާރު ވަޒީފާއެއް ދޭން ޖެހެނީއެވެ. އަދި އެމްޑީޕީގައި ރައީސްގެ ބާރު ބާއްވަން ވެސް ކުރަން ޖެހިފައި އޮތް ކަމެއް ގޮތުގައި ދެކިގެން ކުރާ ކަމެއް ކަމުގައި ބުނެއެވެ.
"ޕާޓީ ތެރޭ އެ އެކުވެރިކަން ބާއްވަން ވެގެން، އިންތިޚާބަށް ނެރޭނީ ވެސް ބަލިވިއްޔާ ފަހުން މަގާމެއް ދޭ ގޮތަށް، އެމްޑީޕީގެ އެތެރޭގެ ކޮންޓްރޯލް ރައީސް ބެލެންސް ކުރަން ވެގެން، އެ ނުފޫޒު ދަމަހައްޓަން،" ސަރުކާރުގެ އަމަލުތައް އާދަމް ޝަރީފް ސިފަ ކުރެއްވީ މި ގޮތަށެވެ.
އެހެންވިޔަސް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބަޔަކަށް، ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދު ކުރާ ގޮތަށް، މުސާރަ ލިބޭ ވަޒީފާތަކަށް ގެނައުމަކީ ފަހުން ސަރުކާރަށް އޭގެ ގެއްލުން ލިބޭނެ ކަމެއް ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ. ސަރުކާރަށް އޮތް ތާއީދު ހަނިވާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.
ބޮންޑެ ވެސް ވިދާޅުވަނީ އެ ކަމަކީ ވެސް ސަރުކާރު ވަޒީރުންގެ ނުފޫޒު ވަރުގަދަ ކުރަން ކުރާ ކަމެއް ކަމުގައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އެ ފުރުސަތު ލިބެނީ މިހާރު ގާނޫނު އަސާސީގައި ވަޒީރުންނާ މާ ބޮޑަށް ބާރުތައް ދޫކޮށްލެވިފައި އޮތުމުންނެވެ.
"އެންމެން ވެސް ބޭނުންވާ އެއްޗަކީ ނުފޫޒު، ވަޒީރު ވެސް ބޭނުންވާނީ ނުފޫޒު، މެންބަރުން ވެސް ބޭނުންވާނީ ނުފޫޒު، ބަލިވިއްޔާ މަގާމަކުން ވެސް ނުފޫޒު ބޭނުންވާނެ، ޖަވާބުދާރީ ކުރުވާނެ ގޮތެއް ނެތިއްޔާ، ވަޒީރު ބޭނުން ބަޔަކު ލާނެ، މެންބަރުން ވަޒީރު ކައިރީ ގޮސް ވަޒީފާތައް ދޭން އެދޭނެ،" ބޮންޑެ ވިދާޅުވިއެވެ.
ރައީސްގެ ތަރުޖަމާނު މަބްރޫކް ވިދާޅުވަނީ ސިޔާސީ ގޮތުން ވަޒީފާތަކެއް ކަނޑައެޅުމަކީ ރައީސްއަށް ގާނޫނު އަސާސީން ލިބިދޭ ބާރެއް ކަމުގައެވެ. ރައީސްގެ ރިޔާސީ ވައުދުފުޅުތައް ފުއްދެވެން އަންނަނީ ރައީސްއަށް އެ ކަން ކޮށްދެވޭނެ އިތުބާރު ހުރި ބަޔަކު ވަޒީފާތަކަށް ހަމަޖައްސައިގެން ކަމުގައެވެ.
"ޕާޓީ ތެރޭގައި ކުރެވޭ މަސައްކަތާއި، އިންތިޚާބުވި މަގާމުތަކަށް ކުރިމަތިލައްވައިގެން ޕާޓީގެ ޕްރައިމަރީން ވެސް ކާމިޔާބު އެ ވަނީ އެ ބޭފުޅުންނަކީ ހިންގުންތެރި ގާބިލް މަސައްކަތް ކުރެވޭ، ކަންކަން ރާވައިގެން ކުރިއަށް ގެންދެވޭ ބޭފުޅުންނަށް ވާތީވެ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އެ ކަންކަން އެ ގޮތަށް ކޮށްގެން ރައީސްއަށް ވަކި ފޯރުވޭނެ ނުފޫޒެއް ނެތް ކަމަށެވެ.
އެމްޑީޕީ އެތެރޭގައި އޮތް ވަޒީފާގެ ކަންބޮޑުވުމަކީ ރައީސް ވެސް އަމިއްލަފުޅަށް ފާހަގަ ކުރައްވާ ކަމެކެވެ. އެކަމަކު ސަރުކާރުން މިހާރު އެ ގެންގުޅޭ ސިޔާސަތުގައި ހަމަޖެހޭ އުސޫލެއް، ސަބަބެއް ނުދެއްކެއެވެ. ފެންނަނީ އެމްޑީޕީގެ އެތެރޭގައި އުޅޭ އެ ކަމެއް ހަމަނުޖައްސައިފިނަމަ، އެތެރޭގެ ބާރު ރައީސް އަތުން ގެއްލިދާނެތީ އުޅޭ މަންޒަރެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ރައީސް އަމިއްލަފުޅަށް ވެސް އެ ވިދާޅުވެވެނީ އެ ވާހަކައެވެ.
ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ
ސިޔާސީ ވަޒީފާއެއް އުފެދޭއިރަށް އެވާހަކަ ދައްކާލީމާ ނިމުނީހެއްޔެވެ؟ ގައުމަށް މިވާގޮތާމެދު ވިސްނާލަނީ ކާކުހެއްޔެވެ؟ ދައުލަތުގެ ބަޖެޓް މިހާރު އެހުރީ 37 ބިލިއަން ރުފިޔާއަށްވުރެ މަތީގައި. ރިކަރެންޓް ޚަރަދު ބަޖެޓުގެ 80 އިންސައްތަ. މިއީ މުސާރައާއި ތަން ހިންގުމުގެ ޚަރަދު. ދައުލަތުގެ ކޮންމެ އޮފީހަކަށް ދާއިރު އެތައް ބައިވަރު މުވައްޒަފުން ތިބޭ. ކޮންމެ މުވައްޒަފަކު އިށީނދެގެން އިންނަން ދެތިން ހަތަރުހާސް ރުފިޔާގެ ގޮނޑިއެއް ހުރޭ. ކުރިމަތީގައި ނަލަ މޭޒެއްގައި މޮޅު ކޮމްޕިއުޓަރެއް ހުރޭ. އިންނަނީ އޭސީ ކޮށްފައި ހުންނަ ތަނެއްގައި. މިހުރިހާ ކަމަކަށް ޚަރަދު މިކުރަނީ ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ. މިހުރިހާ ޚަރަދެއް ކުރީމާވެސް ވަށައިގެން އިވެނީ އެވެނި ޚިދުމަތެއް ނުލިބެއޭ، މިވެނި ޚިދުމަތަކަށް އެދިގެން އުޅޭތާ މިތައް މަސްވެއްޖެއޭ ގޮވާ އަޑު.
ލާދީނީ ނަޝީދު އައުޓް. ކޮރަޕްޝަން އިންތިހާ
ފެނަކަރ އެއީ ތިކަހަލަ ކުނި އަޅަން ހުރި ވަށިގަނޑެއް، ކައުންސިލް އިންތިހާބުން ފެއިލްވި އެންމެނައް ވަޒީފާ ހަމަޖައްސައިދޭ.. އަޅުގަނޑު މެން ރަށުގަވެސް ފެނަކަރ ގައި އެބަތިބި 4 މެނޭޖަރުން••• އަލައް އަޅާލި މީހުނާއެކު އިށީންނާނެ ގޮނޑިއެއްވެސް ނެތިގެން އުޅެން ޖެހުނީ.... މިދެން ބޮޑުވަރު.. ފެއިލް ވީމަ ބޮޑު މުސާރަލިބޭ..
ގއ. ވިލިގިލި ދާއިރާއައް މަޖުލި ސްއައް ނުހޮވުނު މީހާއައްވެ ސްވަނީ ސިޔާ ސީ މްގާމެއް ދީފަ
އިބޫ އިސްތިއުފާ
މައުމޫނޭ ބޭކާރު ވަޒީފާއޭ ގާތްތިމާގެ މީހުންނޭ ރައްޓެހިންނޭ ފަޅޮލޭ ގޮވި އެމް ޑީ ޕީ މިއަދު އެއަށް ވުރެ އެބައި ބޮޑު ދެން ބާރަށް އަތްޖަހާ
މިސަރުކާރުންދޭވަރު މަދި. މިފިޔަ ސަރުކާރުންދިންވަރާ ގާތަށްވެސް އަދި ނުދެވޭ
ގާނޫނުއަސާސީ މާނަ ކުރެވޭގޮތުން ދަވްލަތުގެ ޕޮލިސީ ތަންފިޒު ކުރާ ފަރާތަކީ ސިވިލް ސާވިސް ކޮމިސަން .ޕޮލިސީ ތަންފިޒު ކުރާ ބަޔަކީ ސިވިލް ސާވިސްގެ މުވައްޒަފުން. ޕޮލިސީ ކަނޑައަޅަ ފަރާތްތަކަކީ ރައީސުލްޖުމްހޫރިއްޔައާއި ވަޒިރުންގެ މަޖިލީހުގެ މެމްބަރުން .އަދި ބޭރުގައުމުތަކުގަ ތިއްބަވާ ރޢްޖެ ތަމްސިލުކުރައްވާ ޑިޕޮލޮމޭޓުން ނުވަތަ ހައިކޮމިސަންތަކުގަ ތިއްބަވާ ސަފީރުން. ސިޔާސީ މަގާމްތަކަށް ލައވައިގެން ގެންގުޅުއްވާ ޕޮލިސީކަނޑައަޅާ ބޭފުޅުން ނޫން ފަރާތްތައް ބެލެވެނީ ވަކި މީހަކަށް މަންފައެއް ހޯދާދިނުމާއި ވަކިމީހަކު އޭނަޔަށް މަންފާއެއް ހޯދާދިނުމަށް ދެވިފާހުރި ވަޒިފާ ތަކެއްގެގޮތުގަ.އެކަން އެގެން ހުރިހެއްކަކީ ބޭފުޅަކު ވިދާޅުވި އަޑުއެހިން ކައުންސިލް އިންތިހާބުން ގިނަގޮނޑިތަކެއް ގެއްލުނީ ވަޒީފަ ދެވުނު އަދަދު މަދު ވުމުން ކަމުގާ. އެއިންވެސް އެގޭ އަމިއްލަޔަށް ފައިދާއެއް ލިބިގަތުމަށާއި ވަކިބަޔަކަށް ހޯދައިދެވޭ ނާޖާއިޒް ފައިދާގެ ގޮތުގަ ވަޒީފާ ތައްދެވިފައިވާކަން. ވީމާ މިވަޒީފާ ދިނުމަކީ އެންޓި ކަރެޕްސަނުގެ ގާނޫނު ބުނާގޮތުން މަނާށކަމެއްކަން އެގޭ.މިގޮތަސް ވަޒީފާ ދިނުމަކީ ކުށެއްކަން އެގޭ.
ނާގާބިޅް ދޮގާ މަކަރާ އޮޅުވަލުމުގެ އެއްވަނަ ސަރުކާރު. ޢިސްތިއުފާ. ބޭކާރު ކޮސްގޮވާ އަނގައިން ކަންކަން ކުރާ ސަރުކާރެއް. ޢެމްޑީޕީއަކީ މަގުމަތީ ދުޥާ ގަންޖާގެ ރާބޯ ލާދީނީ ހުޅަނގަށް ވިކިދަރަނި ވެރިވެފަ އޮތް ޕާޓީއެއް. ދިވެހިން ހޭއަރަން ވެއްޖެއެންނު. ދުނިޔޭގެ އެދުމާގެން ނޫޅެ.ޣައުމު ސަލާމަތް ކޮށްދީބަލަ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާމިބަލާވެރިކަމުން
ރައީސް ސޯލިހު ބުނުއްވާނެ، ކިޔަވައިގެންތިބިމީހުން ވަޒީފާތަކަށް ކުރިމަތި ނުލަނީ ކީއްވެހޭ؟؟ ލުމުގެ ބޭނުމެއްނެތެއްނޫންތޯ، ނުކިޔަވާތިބި އަޑުގަދަ މީހުނަށް މި މަލްޓި ޕާރޓީ ޑިމޮކުރަސީގަ ވަޒީފާ ލިބެނީ..
ރައީސަކަށް ހުންނަ މީހަކު ބޭނުންހާ މީހަކަށް ދައުލަތުގެ ފައިސާއިން މުސާރަ ދޭގޮތަށް ވަޒީފާ ދިނުމަކީ ޤާނޫނީގޮތުން ހުއްދަ ކަމަކަށްވިޔަސް، ބޭނުން ނުވާ މިންވަރަށް ވަޒީފާތައް އުފައްދައިގެންް ވަކި ބަޔަކަށް ދައުލަތުގެ ފައިސާއިން މުސާރަ ދިނުމަކީ ދީނީގޮތުން ބަލާއިރު ރައްޔިތުންގެ ފައިސާއަށް ވެވޭ ޚިޔާނާތެއް. ދައުލަތުގެ ފައިސާއިން މުސާރަ ދޭގޮތަށް ވަޒީފާ ދޭންވާނީ ކުރަންޖެހޭ މަސައްކަތްތަކަށް ކިރިޔާ ފުދޭ މިންވަރަށް. އަދި ވަޒީފާތައް ދޭންޖެހޭނީ އެކަމަށް އެންމެ ޤާބިލު ފަރާތްތަކަށް. މިހާރު ވަޒީފާ ދެމުން ގެންދަނީ އެގޮތަށް ނޫންކަން ވަޒީފާތައް ދެމުންދާ ގޮތުން އެނގޭ.ދައުލަތުގެވފައިސާއަކީ ވެރިޔަކަށް ހުންނަ މީހެއްގެ އަމިއްލަ ނުވަތަ ވާރުތައިން އެމީހަކަށް ލިބޭ މުދަލެއް ނޫން.