ބަޣާވާތް ކުރުމަކީ އިސްލާމީ ޝަރީއަތުގައި އެ މީހާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށް ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ރޭ ޕީޕިއެމް އިން ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ބަޣާވާތް ކުރުމަކީ އިސްލާމީ ޝަރީއަތުގައި އެ މީހާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި ސިފަކުރައްވާ ގޮތަށް އެ ގައުމެއްގެ ރައިސް މަގާމުން ވައްޓާލުމަށް މަސައްކަތް ކުރުމަކީ ބަޣާވާތެއްކަމަށް އެ މީހުން ސިފަކުރައްވާކަމަށް މައުރޫފް ވިދާޅުވިއެވެ.
"މެދުއިރުމަތީ ގައުމުތަކުން ބަޣާވާތްކޮށްން ނުވަތަ އެތާގެ ސަރުކާރުތައް އިންސާފްވެރިކަމާއި އެކީގައި ނޫން ގޮތްގޮތައް ބާރުގެ ބޭނުންކޮށްގެން ވައްޓާލީމާވެގެންދިޔަ ގޮތް އެނގޭނެ. އިރާގުގެ ރައްޔިތުންގެ ލޭ މަނާވެއްޖެތޯ؟. ލީބިޔާގެ ރައްޔިތުންގެ ލޭ މަނާވެއްޖެތޯ؟ މަނައެއް ނުވޭ. މިސްރުގެ ރައްޔިތުންގެ ލޭ މަނާވެއްޖެތޯ މަނައެއް ނުވޭ. މުޅި އަރަބި ކަރާގައި އޮތީ ލޭ އޮހޮރުވުން. ކީއްވެގެންތޯ؟. އިންސާފްވެރިކަމާއި އަދުލުގެ ނިޒާމްގެ ތެރެއިން ނޫން ބަޣާވަތް ގެނެސްގެން ނުވަތަ ހަރުކަށި ބާރުތަކުގެ ތެރެއިން އެ މީހުންގެ ގައުމުތަކަށް އަރައިގެން ލިބުނު ނަތިޖާ މިއީ" މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، މުސްލިމުންގެ ގޮތުގައި ތިބެ އެ މުސްލިމުންގެ އަގީދާއަކީ ބަޣާވާތާއި އިދިކޮޅު އަގީދާއެއްކަމަށް އެނގެން ޖެހޭ ކަމަށެވެ.
މައުރޫފް ވިދާޅުވީ، މަޖިލީހުގެ ހުވާ ކުރެއްވީ މި ގައުމުގެ ހައްގުގައި ކަމަށާއި، މިއަދުވެސް މިތިބީ އެ ހުވާގެ މަތީގައި ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަޒުލު ކުރެއްވުމަށް ފުރުސަތު ނުދެއްވާނެ ކަަމަށާއި، ހުތުއްވަތްތަކާއި ހަމަތަކެއްވެސް އޮންނާނެކަމަށް މައުރޫފް ވިދާޅުވިއެވެ.
ބަލަ މައުރޫފް އިނބަ ތަންދޮރު ނޭނގޭ ހާލުގަ ހުއްޓަސް
މިގައުމުގަވެސް 07/02/2012 ގެ ފަހުން ހަމަޖެހުމެއް
ގާއިމުވެފަ އެބައޮތްތޯ ރުފިޔާ ލިބެންޏާ ކަނުމީހަކުވެސް
ބުނަންވީ ދޯ ތިމަންނަޔަށް ފެނެޔޭ
އެހެން ކަމަށް ވާނަމަ ފުރަތަމަ މަރަން ޖެހެނީ ކަލޯމެން.
ދިވެހި ރައްޔިތުންނާއި ދެކޮޅަށް ބަޣާވަތް އިޢުލާނު ކުރި މިރައީސަށް ތިޔަ އަދަބު ފުރަތަމަދީ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެ! ކަލޯ އަމިއްލައަށް ތިޔަ ހުރެގެން ހަލާކުގެ ތެރެއަށް ވެއްޓެނީ ، ސުވާލު އަންނާނެ ، އެދުވަހުން ޕީޕީއެމްއެއް ، ސިފައިންނާ ފުލުހުންނެއް ނުތިބޭނެ . ތިބާ އެކަނި އޮންނަނީ .. އިންތިޒާރު ކޮށްލާ..
މިނަ މިޔޮށް މުޅިން ހަލާކުވަނީ. މޮޔަގޮވަނީ. ކިޔޭނުކިޔޭ އެއްޗެއްނޭނގެ. މީނަ ނަފްސާނީ ޑޮކްޓަރަކަށް ދައްކަބަލަ.
ފެބްރުއަރީ 7 ގަ ކަލޭމެން ބަގަވަތް ކުރި ހުކުމް ކިހިނެއް އޮތީ އަންނި ވައްޓާލީ ދޯ
ޥަކިބަޔަކު ކުރީމަ ދެއްތޯ