ހޯމް ސްޓޭ އަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ބަރޯސާ ވެފައިވާ ވަރަށް ގިނަ ގައުމުތަކެއްގައި ތައާރަފުކޮށް ވަރަށް ކާމިޔާބު ކަމާއެކުގައި ކުރަމުން އަންނަ ނުހަނު ފައިދާ ހުރި ކަމެކެވެ. ފަތުރުވެރިން، އާންމުންނާއެކު އެއް ގެއެއްގައި އުޅެލަން ލިބުން ވެގެން ދަނީ ތަފާތު ތަޖުރިބާއަކަށެވެ.

ހޯމް ސްޓޭގެ ހަގީގީ ކޮންސެޕްޓަކީ ފަތުރުވެރިން، އާންމުންނާ އެކުގައި ގައުމުތަކުގެ އާދަކާދަތަކާއި ސަގާފަތްތައް އިތުރަށް ދަސްވެގެންދާނެ ފަދަ ގޮތަކަށް އެންމެ އާދައިގެ ނިކަމެތި ރައްޔިތު މީހާގެ ޖީބަށްވެސް ޑޮލަރު ވެއްދުމެވެ. ރާއްޖޭގެ ބައެއް އަވަށްޓެރި ގައުމުތަށް ކަމަށްވާ ނޭޕާލް، މެލޭޝިއާ ފަދަ ގައުމުތަކުގައި ވެސް ހޯމް ސްޓޭ ވިޔަފާރި ވަރަށް ކާމިޔާބު ކަމާއެކުގައި އަންނަނީ ހިންގަމުންނެވެ.

ނަމަވެސް އެކަމާ ގުޅިގެން ރާއްޖޭގެ އެންމެ ފުންނާބު އުސް ދީނީ އިލްމުވެރިންނާއި ގިނަ އަދަދެއްގެ އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. މިގޮތުން މިކަން ތައާރަފު ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ މަޝްހޫރު ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ދީނީ ޖަމިއްޔާ ޖަމިއްޔަތު ސަލަފުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އެ ޖަމިއްޔާއިން ވަނީ ހޯމް ސްޓޭ ތައާރަފު ކުރުން ހުއްޓާލުމަށް ފަހުގައި އެހެނިހެން ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ސަރުކާރަށް ނަސޭހަތް ދީފައެވެ.

ދީނީ އިލްމުވެރިން ހޯމް ސްޓޭއާ ދެކޮޅީ ކީއްވެ؟

ހޯމް ސްޓޭ ވިޔަފާރިއަށް ފާޅުގައި ދެކޮޅު ނުހަދާ އެންމެ އިލްމުވެރިއަކު ވެސް ރާއްޖޭގައި ނެތެވެ. ތަފާތު އެކި ފިކުރުތަކުގެ އިލްމުވެރިން އަންނަނީ މިކަމުގައި ސަރުކާރަށް ނަސޭހަތްތެރި ވަމުންނެވެ. އަދި ދީނީ ބޮޑެތި ޖަމާއަތްތަކުން އަންނަނީ މިކަމުގައި ސަރުކާރަށް ނަސޭހަތްތެރިވެ، ކަންބޮޑުވުންތައް އާންމުންނަށް ބުނެދެމުންނެވެ.

ސަލަފުން ނެރުނު ބަޔާނުގައި ވަނީ ހޯމް ސްޓޭ ވިޔަފާރި ތައާރަފް ކުރުމަކީ ރާއްޖޭގެ އިސްލާމީ އިޖްތިމާއި ޝަހްސު ފުނޑުފުނޑު ވެގެން ހިނގައިދާނެ ކަމެއް ކަމަށާއި ރަށްރަށުގައި ގެސްޓްހައުސް ތައާރަފު ކޮށްގެން ލިބޭ އިގްތިސާދީ ނަފާއަށް ވުރެ ރަށުގެ އަހްލާގީ ފޭރާން ވީދި ހަލާކުވެ ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި މުޖުތަމައުގައި އޮތް ސާދާ ތާހިރު ދިރިއުޅުން ހަލާކުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް އަލީ ޒައިދުވެސް ވަނީ މިކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައިފައެވެ. އެގޮތުން ފަތުރުވެރިންނަށް ރަށު ތެރޭގައި ބިކިނީ ލައިގެން އޮރިޔާމާ އުޅެވޭ އެއްވެސް އެހެން ގައުމެއް ނޯންނާނެ ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ ޑޮލަރު ދައްކައިގެން އާންމުންގެ ވިސްނުމާއި ފިކުރު ހަރާބު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް މުޖުތަބާ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޣައިރު ދީންތައް ފެތުރުން ހުއްޓުވުމަށް ކޯޓުން ޙުކުމް ކުރުމުން ވެސް ސަރުކާރުގެ އިދާރާތަކަށް އެކަން ކުރެވިފައިނުވާއިރު ހޯމް ސްޓޭ ތައާރަފު ކުރީމަ ޣައިރު ދީން ފަތުރާ ކާފަރު މިޝަނަރީ ތަކުން އަޅުގަނޑުމެންގެ ޅަ ދަރިންގެ އަގީދާ ބަދަލުކުރަށް ކުރާނެ މަސައްކަތް ހުއްޓުވޭނެތޯ ސުވާލު އުފައްދަވައިފައެވެ.

ސަރުކާރުން ދޭ ހަމައެކަނި ރައްދަކީ "ޑޮލަރު"!

ދީނީ އިލްމުވެރިންހޯމް ސްޓޭ ވިޔަފާރި އާ ގުޅިގެން ވަރަށް ބޮޑެތި ކަންބޮޑުވުންތައް ފާޅު ކުރައްވާފައިވާއިރު މިކަމާ ގުޅިގެން އެންމެ އެކަށޭނެ ގޮތެއްގައި ސަރުކާރުން ރައްދު ދެއްވާފައެއް ނުވެއެވެ.

މައިގަނޑު ގޮތެއްގައި ސަރުކާރުން ދައްކަނީ އާންމުންގެ ޖީބަށް ޑޮލަރު ވައްދާ ވާހަކައެވެ. އިލްމުވެރިންނަށް ދިން މައިގަނޑު ރައްދަކީ ވެސް "ޑޮލަރެވެ".

މިގޮތުން ހޯމް ސްޓޭ ވިޔަފާރި މުޅިން އަލަށް ތައާރަފު ކުރުމަށް ފަހުގައި ދެއްކެވި ވާހަކަފުޅުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ހޯމް ސްޓޭ ވިޔަފާރީގެ މައިގަނޑު މަގުސަދަކީ އާންމު ރައްޔިތުންގެ ޖީބަށް ޑޮލަރު ވެއްދުން ކަމަށެވެ.

މައުސޫމް ވިދާޅުވީ މަސް ނިންމާލާއިރު ހާސްކަން ނާންނަވަރަށް ފައިސާ ލިބޭނެ ގޮތެއް ހޯދަންޖެހޭނެ ކަމަށާއި މި ހޯމް ސްޓޭއާއެކުރާއްޖެއަށް މުއްސަނދި ވެވޭނެ ކަމަށެވެ.

އަދި ހަމައެންމެ، ރަނގަޅު ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ހޯމް ސްޓޭއަކީ މުޖުތަމައަށް ނުރައްކަލަކަށް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް ފަތުރުވެރިންނަކީ ވެސް އިންސާނުން ކަމަށާއި އޭގެތެރެއިން ގިނަ މީހުން ރަނގަޅުވާނެކަން ފާހަގަ ކުރައްވާ މައުސޫމް ވިދާޅުވީ އިންތަކާއި މިންތައް ބުނެލުމުން ފަތުރުވެރިން އެއަށް ކަމޭހިތާނެ ކަމަށާއި ރާއްޖޭގެ ގިނަ ކައުންސިލުތަކުގައި މިހާރު ތިބީ ޓޫރިޒަމަށް އަހުލުވެރި ފަރާތްތަކެއް ކަމުން އެ ފަރާތްތަކަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށެވެ.

މައުސޫމް ވިދާޅުވީ އިންސާނުންނަށް ވީތީ ކަތި ފިޔަވަޅެއް އެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި ނަމަވެސް ދިވެހިންގެ ޖާދުވީ މެހެމާންދާރީއާއެކު މި ވިޔަފާރި އެދެވޭ ގޮތެއްގައި ކުރިއަށްގެންދެވޭނެކަމަށެވެ.

ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ވެސް ވަރަށް ހަރުކަށި ގަވާއިދުތައް ހެދިފައިވީ ނަމަވެސް އެ އުސޫލުތަކަށް އަމަލު ކުރަނީ ވަރަށް މަދު ތަނެއްގައެވެ. ގިނަ ރަށްރަށުގައި ފަތުރުވެރިން ނިވައިކަން ކުޑަ ހެދުމުގައި އުޅުމާއި އާންމުން އުޅޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އަމަލުކުރުން ފަދަ ކަންބޮޑުވުންތައް އަބަދުވެސް އަޑު އިވެއެވެ. އަދި އެފަދަ ރަށްރަށުގައި އިންތިހާއަށް އިޖުތިމާއީ ފޭރާން ވީދި ހަލާކުވެ، މުޖުތަމައުގެ ދީނީ މިންގަޑުތަކާއި ގަބޫލު ކުރުންތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމުގެ ޝަކުވާ އަބަދުވެސް އަޑުއިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

 1. ޙުރާ

  އެންމެ ސުވާލެއް… ދިވެހިރާއްޖޭގައި ދިވެހި ދައުލަތައް ނޫނީ ވަކި ޕާރޓީއަކަށް ބަލަދު ނާރާ “އިލްމުވެރިއަކު” އެބައުޅޭތަ؟؟؟

  32
  16
  • އަކީ

   ‎އެ މީހުން ކިޔާ އެއްޗަކަށް އަޅާ ނުލިއްތާ ރަނގަޅުވާނީ.. މި ހަމަ އިސްރާފު.. އަމީނުދީދީ ދާރުލް އުލޫމު އަޅުއްވާ ބޭރުގެ ބައެއް މާއްދާތައް ކިޔަވައިދެއްވަން ފެށީމަވެސް ބަޔަކު ގޮވި މިތަނުން އިސްލާމްދީން ފޮހެލަނީއޭ.. އަމީނު ވެރިކަން ވެއްޓުނު ދުވަހު ދާރުލް އުލޫމު ތަޅާލަންވެސް ބަޔަކު ދިމާކުރި. ނާސިރު ޓޫރިޒަމް ތަޢާރަފު ކުރީމަވެސް މި ގޮވެލި ފަތި ބަޔަކު ގޮވި. މިހާރު 50 އަހަރުވީ އަދިވެސް އިސްލާމްދީން ދެމި އެބައޮތް. ގެސްޓްހައުސްގެ ވިޔަފާރި ތަޢާރަފު ކުރީމަވެސްމިހެން ގޮވި.. ތިޔަ މީހުންގެ ސިކުޑީގަ ހުންނާނި ހުސް ނެގެޓިވް ވިސްނުން. ތޮލޮބާން ސްޓޭޓަކަށް ޤައުމު ހަދަން މި ފަދަ 21 ވަނަ ޤަރުނުގަ ނޫޅޭ..

   32
   88
   • ސީނު

    ކަލޭގެ މަދަރ އޭ ކިޔާބަ މުނާފިގު ކަލޭގެޔަ... ބަލަ ކޮންސަރުކާރެއްތަ އޮންނާނީ ﷲ އަށްވުރެ މަތީގަ؟ ކޮން ގާނޫނެއް އޮންނާނީ ގުރުއާނަށްވުރެމަތީގަ؟ ހަރާމް ކަންތައް ހަލާލު ކުރާނަމަ އެބަޔަކަށް ކޯފާ އަންނާނެ. ޔާﷲ. އަޅަމެން މިވަބާއިން ސަލާމަތްކުރައްވާނދޭވެ!

    9
    11
  • އަހުމަދު

   ބޮޑުތަނުން ވިކިފަ ތިބީ ލާދީނީ ސިޔާސީ މީހުން. ގައުމުގެ ހުރިހާ ނުބައެއްގެ ފަހަތުގަ ތިބީ ވެސް އެމީހުން

   45
   10
 2. ހަސަން

  ވަރަށް ކަޑަ ކަމެއްތީ. ޑޮލަރު ހޯދާން ވެސް، ކުރާން ހެޔޮވާ ވަރު ކަމެއް ނޫން ތީ އެއް، ރާއްޖޭގެ މީހުންގެ ދަރިންތައް ހަލާކު ވެގެން ދާނެ. އަންނާން އޮތް ޖީލު ހަލާކު ވެގެންދާނެ. ދިވެހިންގެ މެދުގައި އޮތް އިސްލާމް ދީނުގެ ރިވެތި އަހުލާގު ތައް ވެސް، ނެތިގެން ދާނެ. ލަދެއް ހަޔާތެއް ހުންނަ ބައެއް ނޫން، ފަތުރުވެރިން ނަކީ. މިހާރުވެސް، ރަށް ރަށުގެ ގެސްޓް ހައުގެ ސަބަބުން، އެރަށް ރަށުގަ އުޅޭ، ކުޑަ ކުދިންނައް، އާއިލާ ތަކަށް، ގެއްލުން ވަމުން އެބަދޭ، ފަތުރުވެރިންގެ އަހުލާގީ މިންގަޑުގެ ސަބަބުން.

  88
  19
 3. ސަމާ މާލެ

  ޒިނޭއަށް ހުޅުވާލެވޭ ދޮރެއް ތީ.

  99
  21
 4. ޙާކިމާ

  ހޯމް ސްޓޭ ޓޫރިޒަމް _ ދިވެހިރާއްޖޭގެ ހަލާކު

  93
  20
  • ޕީޖޭ

   ފުރަތަމަ ހޯމްސްޓޭ.. މަޑުމަޑުން އެމީހުންނަށް ރާބޯން ހުއްދަ ކުރާނީ ހޯމްސްޓޭ ރޫމުތެރޭ..މަޑުމަޑުން އިޖުތިމާޢީ ފޭރާން ވީދިގެންދާނީ.. ގެސްޓުން އުޅޭ ގޮތް މޮނިޓަރ ނުކުރެވޭނެ ކައުންސިލްތަކަށް.. ފުލުހުން އަވަށްޓެރިކޮށްފި.. ހަމައެކަނި ދީނީ މީހުން ކޯޓުއަމުރަކާއި ނުލައި 48 ހައްޔަރު ކުރުމުގެ ބާރު ދިނީ…މަސްތުވާތަކެތީގެ ފަރުވާ ފުރުސަތު ރަނގަޅު ކުރަން ކިޔައިގެން އުޅެނީ.. ޤާނޫނީ ގޮތުން ފުލުހުންނަށް ބާރުތަކެއް ދޭން ނުވިސްނާ…ދޮން މީހުން މިފިލޯސަފީ މާމޮޅަށް ކިޔައިވައިގެން އެތަންތަނުގެ ކުށްތައް އިންތިހާއަށް ބޮޑުވަނީ.. ހައްލަކީ އިސްލާމީ ޝަރިޢާ… މޭކަރާ މަކާލަ..

   17
 5. ހައްހައް

  ބަލަ އަޒުހަރުން ކިޔަވަގެން އައިސް އަވަށްޓެރިޔާގެ އިންސާނީ ހައްގުތަކަށް ކަމޭ ނުހިތާ މީހުން އެކުރާ ކަންތައްތަކާ ތިޔައިން އެއްވެސް އިލްމުވެރިޔަކު އެއްޗެއް ބުނީމުތަ؟ ނުބުނޭ. އެހެންވީމާ އެމީހުން ދައްކާ ވާހަކަ މަށެއް އަޑެއް ނާހާނަން މިހާރަކު!

  23
  32
  • Anonymous

   އަޒުހަރޭ ކިޔާފަ ކަލެއަށް އާޚިރަތްދުވަހު ސަލާމަތްވެވޭނެބާ؟ ހައްހައް ކިޔާފަ ކަލެއަށް ކަށްވަޅުގައި ސަކަރާތްޖެހޭނެބާ؟

   25
   5
 6. އަހުމަދު

  ކާފަރުން ތަކެއް ގެނެސް އަނބިދަރިން ގާތައް ވައްދާފަ ބަހައްޓަން ހެޔޮނުވާނެ. މިތާގެ ދީން ނެތި ހިނގައިދާނެ. މިކަން އެކީ ހުއްޓާލަން ޖެހޭނީ

  69
  11
 7. ކަހުރަބު

  ހޯމް ސްޓޭގަ ގެއަށް އަންނަ އެންމެން ފުރައިގެން ދިއުމުގެ ކުރީގަ މުސްލިމުންނަށް ހަދާބަލަ. އޭރުން އެނިމުނީނު؟

  28
  15
  • އަހުމަދު

   ތިކަން ފަށައިފިއްޔާ ހައްގުތަކޭ ކިޔާ އެންމެފުރަތަމަވެސް ރޯން ފަށާނީ ލާދީނީ ބައިގަނޑު

   15
   1
  • މާހިރާ

   އެކަން އެގޮތަށް ކުރެވޭނީ، ގޭގެ އަހުލުވެރިންނަކީ، އިސްލާމް ދީނުގައިވާގޮތަށް އަމަލުތައް ކުރަމުންދާބަޔަކު ކަމުގައިވާނަމަ. ޔަގީނުން އެނގޭކަމަކީ، ގޭގެ އަހުލުވެރިންނަކީ މިފަދަ ބަޔަކު ކަމުގައިވާނަމަ "ހޯމް ސްޓޭ" އަށް މަރްޙަބާ ނުކިޔާނެކަން.

   19
 8. ހ

  ދިގުމުއްދަތަކަށް ބަލާއިރު ތިއީ ވިޔަފާރީގެ ގޮތުން ބަލަންޏާ ރަނގަޅުކަމަކަށް ނުވާނެ. ސަބަބަކީ ގިނަ ގައުމު ތަކުން އުޅެނީ ޓޫރިޒަމް ގައި ރާއްޖެ ކުރިއަށް ދާތީ އަބަދުވެސް ރާއްޖޭގެ ނެގަޓިވް ކަންތައް ހާމަކުރަން . ވީއިރު ކޮންމެ މީހެއްގެ އަތުގަ ފޯނުން ހަމަ ވަގުތުން ރަށުގަ ހުންނަ އެންމެ ހަޑިތަންތަން ފޮޓޮ ނަގާފަ ޓްވީޓް ކޮށްފާނެ. އެހާރީތި ރިސޯޓް ތައްް ްރާއްޖޭގެ ހުންނަ އިރު މިއީ ވަރަށް ވިސްނަންޖެހޭ ކަމެއް. ކޮލިޓި ޙިފެހެއްޓުން.

  37
  5
 9. އައުޓް

  ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް

  41
  6
  • ގުއިއްޒު

   ޓިގޮތަށް ސަލަވާތްވެސް ކިޔާބަލަ.

 10. ޙަބޭ

  ޙޯމްސްޓޭ ޓޫރިޒަމްއަކީ ޖަރީމާއެއް، އަންނި ވެރިކަމުގަ މީހުން ދިރިއުޅޭ ރައްރަށުގަ ބަނގުރާވިއްކުން ހުއްދަކުރަން އުޅެ އެކަން ފެއިލްވީ، މިއަދު އާނަމެއް އާހެއްލުންތެރިކަމެއްގެ ނަމުގައި ތިކަން އެފަދަ ޔަހޫދީ އާދަތައް އަހަރެމެންގެ ދަރިންނާއި ހިސާބައް ގެންނާނެ މަގު ކޮށަން ފެށިފަތިއޮތީ. ގެންނަ ފަތުރުވެރިން ގޭގަ އެމީހުންގެ ދީނީ އަޅުކަންކުރުމާއި، ރާބުއިމާ، ޔޫރަޕްގެ ބަދުއަހުލާގީ ކަންކަން އާންމުކުރަމުން ދިއުމުގެ ނަތީޖާ ވަރައް ހިތިވާނެ

  59
  8
 11. މުނާފިްޫން

  ޔޫރަޕު މީހުން އުޅޭ ގޮތް ނޭނގޭ މީހަކު ނޫޅޭ މިތާކު ރިސޯޓު ގައި ގެސްޓުންނަށް ރާތަށި އުފުލަން އޯކޭ ދޯ ސަލަފަށް ސަލަފަށް ފަންޑުކުރާ މުއްސަނދިން ފާފަވެރި ނުވަނިއްޔޭތަ މި ކިޔަނީ ﷲ ރިސޯޓުތައް ބައްލަވާ ވޮޑިގެން ނުވަނިއްޔޭތަ މި ކިޔަނީ މަ މިޔަށް ކިޔާނީ މުނާފިގުކަން

  15
  5
  • ޝަފާ

   ރާތަށި އުފުލުންވެސް އޯކޭއެއްނޫން.. ކާކު ބުނީ އޯކޭއޭ.. އެކަމަކު ލޯމަރައިގެން ތިބެ އެކަން ކުރުވަނީ ދައުލަތުން އެކަން ނުހުއްޓުވާތީ. ހޯމް ސުޓޭވެސް އޯކެ އެއްނޫން.

 12. ޒާ

  މިފަހަރު ތިހުރިހާ އިލްމުވެރިންނާ މަ ދެކޮޅު. މިރާއްޖެއަކީ އަފްޣާނިސްތާނެއްނޫން. ޒަމާނީ ތަހުޒީބަށް ލޯބިކުރާ ދުނިޔެއަށް ލޯހުޅުވިފައިވާ އެހެންމީހުންނާއެކުވެސް އުޅެވޭނެ ބަޔަކަށް ވާންޖެހޭ.

  12
  25
 13. ޗޮކުންބެ

  އިލްމްވެރިންގެ ތާކިހާ އަޅައިން ތިބި ފިތުނަވެރިން….

  12
  22
 14. Anonymous

  ރާއްޖޭގެ ތާލިބާނުން މީ. މިމީހުން ނައްތާލަންވީ

  9
  19
 15. ނަންރީތި ސަލީމް

  ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް ހޯމްސްޓޭ އައުޓް އިންޑިއާ އައުޓް

  9 3REPLY
  ޙަބޭ
  ޖެނުއަރީ 2, 2022 18:36
  ޙޯމްސްޓޭ ޓޫރިޒަމްއަކީ ޖަރީމާއެއް، އަންނި ވެރިކަމުގަ މީހުން ދިރިއުޅޭ ރައްރަށުގަ ބަނގުރާވިއްކުން ހުއްދަކުރަން އުޅެ އެކަން ފެއިލްވީ، މިއަދު އާނަމެއް އާހެއްލުންތެރިކަމެއްގެ ނަމުގައި ތިކަން އެފަދަ ޔަހޫދީ އާދަތައް އަހަރެމެންގެ ދަރިންނާއި ހިސާބައް ގެންނާނެ މަގު ކޮށަން ފެށިފަތިއޮތީ. ގެންނަ ފަތުރުވެރިން ގޭގަ އެމީހުންގެ ދީނީ އަޅުކަންކުރުމާއި، ރާބުއިމާ، ޔޫރަޕްގެ ބަދުއަހުލާގީ fފފ5ތ554ފ އާންމުކުރަމުން ދިއުމުގެ ނަތީޖާ ވަރައް ހިތިވާނެ

  16 3REPLY

  12
  3
 16. އަޒީ

  އަކީ އަށް އެގޭތަ 1972 ވަނަ އަހަރު ރާއްޖޭގައި ރިސޯޓްތައް ހަދާ ބަނގުރާ އެތެރެކޮށް ވިއްކާ ހަދަންފެށި އިރު ރާއްޖޭގައި ބަނގުރާ ބޭނުންކުރާ ބަޔަކު ނޫޅޭ އެއުފުލަންވެސް ވިއްކަންވެސް ތިބެން ޖެހެނީ ބިދޭސީން އެއި އޭރު މަސްޓެއް އެކަމަކު އެއިގެ ފަހުން 49 އަހަރު ފުރި ބައި ގަރުނު ހަމަވާން ދާއިރު މިއަދުގެ ޒުވާނުންންގެ ބޮޑުބައެއް ވަނި ގެސްޓުންގެ ގޮތުގައި އަންނަ ޣައިރު މުސްލިމުންގެ އުޅުމާއި އަޚުލާޤު ކޮޕީކޮށް އެގޮތަށް އުޅުން ބައްޓަން ކޮށްފަ އަދި ރާއްޖޭގައި ވަނީ ބަނގުރާ ޢާމުވެފަ އެއިގެ ފަހުން ގެސްޓް ހައުސް އުފައްދާ އެތަންތަނަށް ގެސްޓުން އަންނަފެށިހިސާބުން މީހުންއުޅޭ ރަށްރަށުގެ ގެސްޓު ހައުސްތަކުގައި ޢުރިޔާމުން އެޅެ ޒިނޭ އިތުރުވެގެން ދިޔަ މިއަދު އިފުތިތާޙު ތިޔަކުރި ހޯމް ސްޓޭ އަކީ މުޅި ޤައުމުގައި ބަނގުރަލާއި ޒިނޭ ޢާއްމުވެ އަންނަށް އޮތް ޖީލާ އޭގެފަހުން އަންނާން އޮތްހާ ޖީލުތަކެއް ކުފުރުގެ ޖައްގައްޔަކަށް ދޫކުރުމަށް ރާވައިގެން ހިންގާފައިވާ ބޮޑުވެގެންވާ މުންކަރާތެއް

  18
  3
 17. އަޒީ

  ހޯމު ސްޓޭއަކީ ދަރީންގެ ދަރީންނަށް ޓަކާ ހިންގި ބޮޑު މުންކަރާތެއް ޔާ ﷲ އަޅަމެންގެ ތެރެ އިން ބަޔަކުކުރާ ނުބާޢަމަލުތަކާއި ހިންގަ މުންކަރާތް ތަކުގެ ސަބަބުން އަޅަމެން އެންމެންގެ މައްޗަށް ޢާންމުވެގެން ދާފަދަ ކޯފާއެއް ނޮފޮުނުއްވާންދޭ ޓޫރިޒަމްގެ ވިޔަފާރިއަކި އެއިގެ ސަބަބުން ދުނިޔޭގެ ތަނަވަސްކަމައި އަރާމުލިބޭ ކަމަކަށްވިޔަސް އެއީ އެއީ ވޭންދެނިވި ޢަޒާބަށް ހުށަހެލިގެން ދާނެ ފަދަ ބޮޑުވެގެންވާ މުންކަރާތެކެވެ

  18
  3
 18. ފަލްސަފާ

  އަހަރެން ހޯމް ސްޓޭ އަށް %100 ތާއީދުކުރަން. ކުރިއަށް އޮތްތާގައި މިހާރަށްވުރެ ދޮން ރީތި ކުދިން ދިވެހިންނަށް ބޭރު މީހުން ގެ ފަރާތުން ލިބޭނެ . ރާއްޖޭ ގެ އަތޮޅަކަށް މީގެކުރިން މި ނަސީބު ވަނީ ލިބިފައި. އެއީ މުހައްމަދު ފަރީދުގެ ރަސްކަމުގައި ފެއްޓި ކަމަކުން. އެކަމަކު ޕްރޮސްޓިޓިއުޝަން މެކުހައްޖަހާނެ. ދިވެހިންގެ އަގީދާ އާއި ބޭރުގެ މިޝަނަރީ ޖަމާއަތްތަކުން ކުޅެލާނެ.

  7
  11
 19. އަބްދޫ

  ރޭވިފަ އޮތީ ކްރިސްޓިއަން ދީން ފެތުރުން.

 20. ހެވެލިން

  ކައުންސިލުތަކުން ކަންކަން ރަގަޅަށް ބަލަހައްޓަންޔާ ރަގަޅަށްދާނެކަމަށް އުއްމީދުކުރަން ރަށުތެރޭ ނިވާކަންކުޑަކޮށް ގެސްޓުން އުޅެންޔާ ކައުންސިލުން އެކަންކަން ހުއްޓުވަންޖެހޭނެ އަދިމިހާރުވެސް ކައުންސިލުތަކުން ވަރަށްގާތުން ރަށުގެކަންކަން ބަލަހައްޓާ

 21. އަލްޖިބްރާ

  ބަޔަކު ޤަބޫލު ނުކުރިއަސް ދިވެހިން ދިރިއުޅޭ ގެދޮރުގައި ޣައެރު މުސްލިމުން ބޭތިއްބުމަކީ ރަގަޅު ނަތީޖާ އެއްނުކުންނާނެ ކަމެއް ނޫން ! އެކަމުގެ ހިތިތަޖްރިބާ ކުރަން ޖެހޭނީ މިއަދަކު މާދަމައަކު ނޫން ! ދުވަސްތަކެއް ފާއިތުވާފަހުން އެކަމުގެ ނުބައި ނަތިޖާ ފެންނަން ފަށާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫން ! ފާއިތުވި މާޒީއަށް ބަލާލިއަސް ޣައެރު މުސްލިމުން މިފަދަ މުސްލިމް ޤައުމަކަށް އަންނަން ފެށުމުން ވާގޮތް މިހާރު މިދަނީ ތަޖްރިބާ ކުރަމުން ! ދެން ނިކުންނާނީވެސް ހިތަށް ނުގެނެވޭ ވަރުގެ ހިތި ނަތީޖާ !

  • ބުރާންތީން

   މުސްލިމްނޫން ވަރަށް ގިނަ ޑޮކްޓަރުންނާ ނަރުހުންނާ ޓިޗަރުން މިހާރުވެސް މީހުން ދިރިއުޅޭ ގޭގޭގަ ބައިތިއްބާ

   3
   5
   • ހަސނު

    ކަލޯ، އެމީހުންނަކީ ގެސްޓުންނެއްނޫން، އަދި އެމީހުން އުޅެނީ ބިކިނީގައެއްވެސް ނޫން

 22. ޢަބްދުއްލަޠީފު

  މަގޭ ކޮމެންޓު ވަގުތައް ހަޖަމެއްނުވި.

 23. ހުރާފަތް

  ތިނޫން އެހެން ކަމެއް ނެތީތަ؟

 24. ޒަމީރު

  ވަރަށް ނުބައި ކަމެއް
  ހޯމް ސްޓޭއޭ ކިޔާފަ ލާރީގެ ދަޅަ ދައްކާފައި ބޭނުންވަނީ މުޖުތަމަޢު ހަލާކުކޮށްލަން
  ތި ކާފަރުންނަކީ އެއްވެސް އަދަބެއް އަޚްލާޤެއް ހުންނަ ބަޔެއް ނޫން.
  ތިކަން ކުރުން ހަރާމް ވާނެ ކަން ޔަގީން

  • ޖީމު

   ދައުލަތުން މަޖުބޫރުކުރުވީމާ ތަށި އުފުލުމުގެ މަސައްކަތްވެސް ކުރަންޖެހޭނީ. ދައުލަތުންއެކަމެއް ނުހުއްޓުވި. މަހުދީގެފާނު އައިސްގެންމިކަން ހުއްޓުވޭނީ. ކާފަރު މުނާފިގު ސަރުކާރުންދެން ކުރާނެ ކަމަކީ ރަށްރަށުގައި ބާ ހުޅުވުން. މި ނުބައި ނުލަފާ ޖައްބާރުން މަސްތުވާ ތަކެތި ވިއްކިޔަސް އޯކޭ. މިކުއްތާތަކަށް މަސްތުވާތަކެތި ވިއްކުމުގެ ހުއްދަ ދައުލަތުން ވަނީ ދީފައި. 200 ކިލޯ ހަކުރުއެތެރެކުރީމަ މައްސަލައެއް..ނަމަވެސް ޓަނުން ޓަނުން ރާ ގެނަޔަސް އޯކޭ. ކިހާ ބޮޑު މުނާފިގުކަމެއް މިއީ. ކަލާނގެ ކަމަށް ސަރުކާރުން ދައުވާ ކުރަނީތަ؟ ހަރާމްކަމެއް ކލޭމެނަކަށްހަލާލެއް ނުކުރެވޭނެ

 25. ޖާނޭ

  މިހާރު ޕާކް ސްޓޭވެސް މަދެއް ނޫން. ތިޔަ ހުރިހާ ކަމަކީވެސް ޣައިރު ދީން ތަކާއި ޚުރާފީ ގޮތް ތައް ރާްޖެއަށް ގެނެސް ހެދުން ނޫން ދެން ކޮން ކަމެއްތޮ؟ އިބޫއަކީވެސް ފަޅުރަށެއްގައި ޓޫރިސްޓުން ޤަވައިދާ ޚލާފަށް ބައިތިއްބައިގެން ރާބޯންދީގެން ޙުކުމް ކުރި ކަމުގެ މާޒީއެއް އޮތް ފަސްބައި ހަޑި ބޭފުޅެއް.

 26. ދިވެހި ކޮރަކަލި

  އިންތަކާ މިންތަކެއް ނުބަލާނެ މަޖީދީމަގުން ހިގާފައި ދިއަ ގެސްޓް އަންހެނަކާ ފިރިހެނެކެވެ އަންހެން މީހާލާފަ ހުރީބިކިނީ ފާޑަކަށް ހުރި ޓޮޕްކޮޅަކާ ބޮކްސާ އެއްވަރުގެ ކުރު ޓައިޓްކޮޅެކެވެ. ޙީވާގޮތުން އެވެރިން އެދަނީ ބީޗަށެވެ ވަކި ހިސާބަކަށްގޮސްފަ މޫނު ބުރުގާ އަޅާފަ ތިބި ގިނަ ބަޔަކާ އެމީހުން އަރާހަމަވުމުން އަންހެންހެންމީހާ މުޖްތަމައު އަށް އިހްތިރާމް ކުރުމުގެ ގޮތުންވެސް ތޯއްޗެކެވެ އަތޫގައި ބޮޑި ކޮށްފައި އޮތް ދޯޕައްޓާއެއް ކަހަލަ އެއްޗެއް ނަގައި ގައިގާ އޮޅާލަން އުޅުމުން ކާރީގަ ހުރި ފިރިހެން މީހާ އެކަން ނުކުރުމަށއ ބުނެ މަނާ ކުރިއެވެ މި ފެންވަރުގެ މީހުން ފިރިންނާ އަނބިންނާ ދަރިން އުޅޭ ގެތަކަށް ގެނެސް މެހުމާނު ދާރީދޭންވާނެ ތޯއެވެ

 27. ދިވެހި ރައްޔިތުން

  ތިޔަ ދީން ވެރިންނަށް. ސޫރަތުލްހޫޖުރާތުގެ 13 ވަނަ އާޔަތް އިނގޭބާއޭ ހިތަށްއަރާ. އެ އާޔަތުގަ އެވަނީ ސްޓޭހޯމް ފަތުރުވެރިކަމުގެ އަސާސް. ބުއްދި އިސްކޮށްބަލަ ނިކަން.

 28. ޖަމީލާ1

  ދީނީ ގަބޫލުކުރުންތަކށް ބޮޑެތި ބަދަލުތައް އައުމާއި، ފަތުރުވެރިކަމާއ ހޯމްސްޓޭއާ އެއްވެސް ގުޅުމެއް ނެތް. ދީނީ 'ގަބޫލުކުރުން'ތަކަށް ބަދަލުއަންނީ، ދީނޭ ކިޔައިގެން ދައްކާ ބައެއްވާހަކަތަކަކީ އެއްވެސް ޙާލެއްގައި ﷲގެ އެންގެވުމުނެއް ނޫންކަމާއި، ބަޔަކު އެމީހުންގެ ބާރާ ޝުހުރަތު ދަމަހައްޓަން، އުފައްދާފައި ހުންނަ ދެކޮޅު ނުޖެހޭ، ﷲ ދެއްވި ވިސްނުމާ ފިކުރާވެސް ފުށުއަރާ ޒާތު ވާހަކަތައްކަން ވިސްނޭތީ. މީހުން ލޯހުޅުވި، ކަންކަމާ ވިސްނާ ފިކުރުކުރުމުގެ ގާބިލުކަން އިތުރުވާ ވަރަކަށް ދޯހަޅި ވާހަކަތަކާމެދު ސުވާލު އުފައްދާލެއް ގިނަވާނެ. ކޮންމެހެން ހޯމްސްޓޭއަކާ ގުޅޭކަމެއް ނޫން އެއީކީ.

 29. ވަޒީރު1

  ދީނީ ގަބޫލުކުރުންތައް ބަދަލުވުމަކާ ހޯމްސްޓޭއަކާ އެއްވެސް ގުޅުމެއް ނެތް. ދައްކާ ވާހަކަތަކުގައި އެކަށޭނަ ބުރަދަނެއް ނެތް އޮއްޓަރެއް ނެތް. ދިވެހިންގެ 'ސާދާ' ދިރިއުޅުމެއް އޮތިއްޔާ ހަމަ އެގޮތަށް އޮންނާނެ. ހޯމްސްޓޭ އޮތަސް ނެތަސް، ޒަމާނާެއެކު އަންނަ ބަދަލުތައް އަންނާނެ. 'އިލްމުވެރިން' ނަކީފާޑެއްގެ ބައެއް. އެއީވެސް ޒާތެއްގެ ބާރެއް، ވެރިކަމެއް. ވީމާ އެ ބާރަށް ބުރޫ އަރާފާނެތީ އިލްމުވެރިން ވަރަށް ކަންބޮޑުވާނެ.

 30. ގުއިއްޒު

  ހޯމް ސްޓޭ ހަދަނީ ކާފަރުންތާ ސަލަފު މީހުން ބުނާ ގޮތުން ވިއްޔާ. މިމީހުން އެހެން ގައުމުތަކަށް ގޮސް ހޯމް ސްޓޭ ހަދާއިރު ތިބެނީ ކާފަރުންނަށް ވެގެން ދެއްތޮ. ގައުމަށް އަންނަން ވީމަ އަނެއްކާ އިސްލާމަކަށް ބަދަލުވަނީ. އެހެން ދެއްތޮ ތި ހައްދަވަނީ.

 31. އިންޑިޔާފަސްބައި

  "އަބުދޫ" އަށް تاءيد! مرحبا

 32. ދިވެހި ރައްޔިތުން

  ތިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަތައް ދައްކާމީހުންނަކީ ދީނީ ޢިލްމު އުގެނެން ފޮތެއް ހިފައިގެން އުޅުނަސް ނުކިޔަވާ އަދި ކިޔަވަން މަކަރު ހަދައި ތަންދޮރު ނޭގި ސަނަދު ނެގި ޖާހިލުން.

 33. ދުރުމި

  ދިވެހި ރައްޔިތުންގެ ނަމުގައި ކޮމެންޓް ކުރި މީ ހާޔަށް އޭނާގެ އަމިއްލަ ދަރިފުޅު ސަލާމަތް ކުރެވޭނެބާ! ހޯމްސްޓޭ
  އަށް ގެއަށް އަންނާނީ ސިންގަލް ދެ ފިރިހެނުން ދަރިފުޅު އިންނާނީ އެމީހުން ކޮޓަރި އަށް ކުރުސޯޓް ލައިގެން ވަންނަ ތަންބަލަން ދެން އެމީހުން އެއް ލޯ މަރާލާ އިރަށް ސެޓްވީ ދެން ވައްދާނީ ކޮޓަރިއަށް ކޮމެންޓް ކުރާ މީހުން ނަށް ނޭގުނީމާ ބުނެދީ.

 34. ސަމާސަ

  ހަނދާނަށް އައްނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު ހަދަން އުޅުނު އިރުގަ ތިޔަ ބުނާ އިލްމުވެރިން ހޭކި ބޮޑާ، މާކަ ދުވާހެއް ނުވޭ އެކަން އެއީ ހުއްދަ ކަމަކަށް ވެގެން ދިޔައީ ،،، މިހާރު މިކަމާ ތި ބޮޑާ ހޭކީ މިކަން ދާ ގޮތްވެސް އަހަރުމެން މި ތިބީ ބަލަން

 35. ހަސަދު

  ހޯމް ސްޓޭ އިން ކީއްވެބާ ދިވެހިންގެ ދީން ހަލާކު ވަނީ. ބޭރުން އަންނަމީހުން ހޯމް ސްޓޭގެ ސަބަބުން އިސްލާމް ނުވާނެބާ!!. ބައެއް ޝޭޙުންގެ ވާހަކަ ތަކުން ހީވޭ ދިވެހިންގެ އަގީދާ ވަރަށް ބަލިކަށިކަމަށް.