الحمد لله، الصلاة و السلام على نبينا محمد و آله وصحبه أجمعين.
ﷲ ސުބުޙާނަހޫވަތަޢާލާ ވަހީކުރައްވާފައިވެއެވެ.
(إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ)سورة النساء : 56
"ހަމަކަށަވަރުން ތިމަންއިލާހުގެ އާޔަތްތަކަށް (އެބަހީ: ހެއްކާއި ޤަރީނާތަކާއި އާޔަތްތަކައި، ފިލާވަޅުތަކާއި ޢަލާމަތްތަކާއި އަދި އެއިލާހުގެ ބާވާލައްވާފައިވާ ތަކެއްޗަށް) ކާފަރުވެގަންނަ މީސްތަކުން ތިމަން އިލާހު އެބައިމީހުން ނަރަކައަށް ވައްދަވާ ހުށީމެވެ. އަދި އެބައިމީހުންގެ ހަންތައް ރޯފިލައި ފިހުމުން އަނެއްކާވެސް އެހެން ހަންގަނޑެއް އެބައިމީހުންގެ ހަށިގަނޑުލައްވައެވެ. އެއީ އެބައިމީހުންގެ އަޛާބު ގަދަފަދަ ކުރެއްވުމަށްޓަކައެވެ..."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ)رواه البخاري 1351
މާނައީ: "ނަރަކައަށް ބިރުވެތިވާށެވެ. އަދި ކަދުރުފަޅިއަކުން ޞަދަޤާތްކޮށްގެން (ނަމަވެސް އެއިން މިންޖުވާށެވެ.)
އެނަރަކައިން ސަލާމަތްވެވެން ކުރެވުނު ހުރިހާކަމެއް ކުރަންޖެހެއެވެ. އަދި ﷲއަށް ދަންނަވައި ހެޔޮޢަމަލުކޮށް ޞަދަޤާތްކޮށް ނަރަކައިން މިންޖު ކޮށްދެއްވާތޯ ދުޢާކުރަން ޖެހެއެވެ. އެހެނީ ދާއިމީ ގޮވައްޖެއްގެ ގޮތުގައި ޤަރާރުވާން އެއީ ނުބައިވެގެންވާ ތަނެކެވެ.
އަންނަނިވި ޙަދީޘްތަކާއި މެދު ވިސްނާ ފިކުރު ހިންގާށެވެ.
ނަރަކައިން މިންޖުކޮށްދެއްވުން އެދި ދަންނަވައިފި ނަމަ، ތިބާގެ މައްޗަށް އެއިން މިންޖު ކޮށްދެއްވުން އެދި ދުޢާކުރެވެއެވެ.
(عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :مَنْ سَأَلَ الْجَنَّةَ ثَلَاثَ مَرَّاتٍ قَالَتْ الْجَنَّةُ اللَّهُمَّ أَدْخِلْهُ الْجَنَّةَ وَمَنْ اسْتَجَارَ مِنْ النَّارِ ثَلَاثَ مَرَّاتٍ قَالَتْ النَّارُ اللَّهُمَّ أَجِرْهُ مِنْ النَّارِ) رواه ابن ماجه (4340) وصححه الألباني.
މާނައީ: އަނަސްބިންމާލިކު رضي الله عنه ރިވާކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައެވެ.
"މީހަކު ﷲގެ ޙަޟްރަތުން ތިންފަހަރު ސުވަރުގެ ވެއްދެއްވުން އެދި ދަންނަވައިފިނަމަ ސުވަރުގެ ދަންނަވާނެއެވެ. އޭﷲއެވެ. އޭނާ ސުވަރުގެ ވައްދަވާށިއެވެ. އަދި މީހަކު ތިންފަހަރު ނަރަކައިގެ ކިބައިން މިންޖުކޮށްދެއްވުން އެދި ދުޢާކުރުމުން ނަރަކަ ދަންނަވާނެއެވެ. އޭﷲއެވެ. އޭނާ ނަރަކައިން މުއްތިކުރައްވާށިއެވެ."
ރޯދަ ހިފުމުން ނަރަކައިގެ އަލިފާނުން ދުރުކޮށްދެއެވެ.
(عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَعَّدَ اللَّهُ وَجْهَهُ عَنْ النَّارِ سَبْعِينَ خَرِيفًا.) رواه البخاري ومسلم.
އަބޫ ސައީދުލް ޚުދްރީ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ އަޑުއެއްސެވީމެވެ. "ﷲގެ މަގުގައި އެއިލާހަށްޓަކައި ރޯދައެއް ހިފައިފި މީހާގެ މޫނު ހަތްދިހަ އަހަރަށް (އޭނާގެ އަމަލުގެ ސަބަބުން) ނަރަކައިގެ އަލިފާނުން ދުރުކުރައްވާނެއެވެ." (ހަތްދިހަ އަހަރުގެ މުރާދަކީ: ދަތުރުކޮށްފައި ދެވޭދުރުމިން).
ދެންތިބާ ނަރަކައަށް ވަދެއްޖެނަމަ ތިބާގެ ސުވަރުގޭގެ މަންޒިލު އެތަނުގެ އަހުލުވެރިންނަށް ވާރުތަވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(مَا مِنْكُمْ مِنْ أَحَدٍ إِلَّا لَهُ مَنْزِلَانِ مَنْزِلٌ فِي الْجَنَّةِ وَمَنْزِلٌ فِي النَّارِ فَإِذَا مَاتَ فَدَخَلَ النَّارَ وَرِثَ أَهْلُ الْجَنَّةِ مَنْزِلَهُ فَذَلِكَ قَوْلُهُ تَعَالَى ( أُولَئِكَ هُمْ الْوَارِثُونَ) سورة المؤمنون: 10 ) رواه ابن ماجه: 4341 و صححه الألباني.
މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ދެމަންޒިލު ލިބިގެންވެއެވެ. އެއީ ސުވަރުގޭގައިވާ މަންޒިލާއި އަދި ނަރަކައިގައި ވާމަންޒިލެވެ. ދެން އެމީހާ މަރުވުމަށްފަހު، ނަރަކައަށްވަދެއްޖެނަމަ، ސުވަރުގޭގެ އަހުލުވެރިންނަށް އޭނާގެ ސުވަރުގޭގެ މަންޒިލު ވާރުތަވެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލަގެ މިބަސްފުޅުގައިވާ ފަދައިންނެވެ. ( أُولَئِكَ هُمْ الْوَارِثُونَ) (މާނައީ: އެބައިމީހުންނަކީ ވާރުތަވެރީން ތަކެކެވެ)"
اللهم أجرنا من النار. ولا حول ولا قوة إلا بالله.
وصلى الله وسلم على نبينا محمد و آله و صحبه أجمعين.