އަންހެނާއަކީ އެއީ ފިރިހެނާގެ ދައްތަ، ނުވަތަ މަންމަ، ނުވަތަ އަންހެން ދަރި، ނުވަތަ މާމަ،)މުންނަ) ނުވަތަ ބޮޑުދައިތަ ނުވަތަ ގާތް ތިމާގެ ނުވަތަ ދުރުތިމާގެ މީހެކެވެ.

އާދަމު (އަލައިހިއްސަލާމް)ފިޔަވައި އެހެން ހުރިހާ ފިރިހެނުންވެސް ދުނިޔެއަށް އައިސްފައިވަނީ އަންހެނެއްގެ ފަރާތުންނެވެ. ކިތަންމެ މޮޅު ޢިލްމުވެރިއަކު ކަމުގައިވިޔަސް އަދި ކިތަންމެ ބޮޑު ރަސްކަލަކު ކަމުގައިވިޔަސް މީހެއްގެ މަންމައަކީ އަންހެނެކެވެ. ނަބީ ބޭކަލުންނާއި ރަސޫލުބޭކަލުންގެ މައިކަނބަލުންނަކީވެސް އަންހެން ބޭކަނބަލުންނެވެ. އެގޮތުން އަންހެނުންނަކީ އެކަނބަލުންގެ ޒާތުގާ ޤަދަރާއި ޝަރަފު ލިބިގެންވާ މަތިވެރި ބައެކެވެ.

ދާދި ފަހުން އަންހެނުންގެ ދަތުރުފަތުރަށް ޤާނޫނީ ބަދަލެއް ގެނަސްފައިވާ އެއްޤައުމަކީ ސައުދި އަރަބިޔާއެވެ. ސައުދިޔާއަކީ މުސްތަޤިއްލު ސަގާފަތެއްގެންގޫޅޭ ބަޔަކެވެ. އަންހެނުން މޫނު ބުރުގާއެޅުމާއި އާއްމު ކޮށް އެކަނި ގެއިން ބޭރަށް ނުނިކުތުމާއި މަޙުރަމަކާ ނުލައި ނޫނީ ދަތުރުފަތުރު ނުކުރުމަކީ އެމީހުންގެ ސަގާފަތުގެ ތެރޭގައި ހިމެނޭކަންތަކެވެ. އަދި މިފަދަ ބައެއް ކަންތައް އެމީހުންގެ ސަގާފަތަށް ވަދެފާހުރީ އާދަކާދައިގެ އިތުރުން އެމީހުން ޤަބޫލުކުރާ ދީން ކަމުގައިވާ އިސްލާމްދީނުގެ ބައެއް ފިޤުހު އިލްމުވެރީން ރަވްޔު ތަކުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން އެމީހުންގެ ދިރިއުޅުމުގެ ގިނަ މުޢާމަލާތްތައް ބިނާވެފައިއޮންނަނީ ތަޤްލީދީ ފިޤްހުގެ މައްޗަށެވެ.

އިސްވެދެންނެވުނު ގޮތަށް މަޙުރަމަކާ ނުލައި ނޫނީ ދަތުރުފަތުރު ނުކުރުމުގެ ސަގާފަތާއި މޫނު ބުރުގާއެޅުމުގެ ސަގަފަތާއި އާއްމު ކޮށް އެކަނި ގެއިން ބޭރަށް ނުނިކުތުމުގެ ސަގާފަތް އެމީހުންގެ ތެރެއަށް ފެތުރި އެކަން އަށަގަތުމަށް ޓަކައި އެމީހުންނަށް ރައްބީގެ ބޮޑު ނިޢުމަތެއްވެސް ލިބުނެވެ. އެއީ ދީނީ ޢަޤީދާގެ އިތުރުން ތެލުގެ މުއްސަނދިކަމެވެ. އަދި އެކަމުގެ ސަބަބުން އެކަނި ދަތުރުކުރުމާއި އެކަނި ގެއިން ބޭރަށް ދިއުމުގެ ބޭނުން ކުޑަވެ އެކަމުގެ މައްޗަށް އެޤައުމުގެ ދީނީ އިލްމުވެރީންވެސް ބަހުސް ކުރުގެ ބޭނުންކުޑަވިއެވެ.

ނަމަވެސް އެގައުމުގެ ޒުވާނުން އެހެން ގައުމުތަކާ ޒިވާޖީގޮތުން ގުޅި ދަރިންލިބުމާއި އަދި އެޒުވާނުން ސަގާފީކަންކަމުގެ ތެރެއިން އެހެނިހެން ގައުމުތަކާގުޅި، ދެތިން ޖީލެއް ބަދަލުވީހިނދު އޮތީ އެމީހުންގެ ކުރީގެ ސަގާފަތް ގަބޫލުނުކުރެވޭ ވަރުގެ ޖީލެއް އެގައުމަށް އެތެރެވެފައެވެ. އަދި އެ ޖީލަށް އެކަނި ދަތުރުފަތުރު ކޮށްގެންމެނުވީ ދިރިއުޅުމުގެ ކަންތައް ފަރުނުޖެއްސޭކަމަށް އަޑު އުފުލުނު ހިނދު ސައުދީ ސަރުކާރުންވެސް ދިނީ އެކަމަށް އީޖާބެވެ. އެއީ އެކަމަށް ހުއްދަ ދިނުމެވެ.

މިހުއްދަ ދިނުމާއެކު އުފެދޭ ސުވާލަކީ އަންހެނުން މަޙްރަމަކާ ލައިގެންނޫނީ ދަތުރުކުރުން މަނާކުމަށް ފިޤުހު ޢިލްމުވެރީން ދަލީލު ނެންގެވި حديث ތަކުގެ މަފުހޫމު މިހާރު ބޭނުންކުރާނެ ގޮތަކީ ކޮބާތޯއެވެ؟ މި ގެނަވުނު ބަދަލު ގެ މައްޗަށް ބައެއް ވުޒާރާތަކުން މަރުޙަބާ ދަންނަވާތީ ބައެއްދީނީ ޝައިޚުން ހިތްޕުޅާ ހަނުޖެހިވަޑާގެން އެ حديثތަކަށް އިޝާރާތް ކުރައްވައެވެ.

އެފަދަ ބައެއް حديث ތައް ތިރީގައި މިވަނީއެވެ.

عن أَبي هُرَيرَةَ رضي اللَّه عنهُ قَالَ : قَالَ رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم : « لا يَحِلُّ لامْرَأَة تُؤْمِنُ باللَّهِ وَاليَومِ الآخِرِ تُسَافِرُ مَسِيرَةَ يَوْمٍ وَلَيْلَةٍ إلاَّ مَعَ ذِي محْرمٍ عليْهَا » متفقٌ عليه .

މާނައީ: މާތްاللَّه ރުއްސުންލެއްވި أبو هُرَيْرَةَ ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رسُولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވިއެވެ. الله އާއި آخرة ދުވަހަށް އީމާން ވެގެންހުންނަ އަންހެނަކަށް محرم (މަޙުރަމް) އަކާއި ނުލައި ރެއަކާއި ދުވާލެއްގެ ދިގުމިނުގެ ދަތުރެއް ކުރުން ހުއްދަވެގެން ނުވެއެވެ.

عن ابنِ عباسٍ رضي اللَّه عنهما أنه سمع النبي صَلّى اللهُ عَلَيْهِ وسَلَّم يقولُ :« لا يخلُونَّ رَجُلٌ بامْرأةٍ إِلا ومَعَهَا ذُو محْرمٍ ، ولا تُسَافِرُ المرْأَةُ إِلاَّ معَ ذِي محْرمٍ » فقال لَهُ رَجُلٌ : يا رسولَ اللَّهِ إنَّ امْرأتي خَرجتْ حاجَّةً ، وإِنِّي اكْتُتِبْتُ في غَزْوةِ كَذَا وكَذَا ؟ قال : «انْطلِقْ فَحُجَّ مع امْرأَتِكَ » متفقٌ عليه .

މާނައީ: މާތްاللَّه އެދެބަފައިކަލުންނަށް ރުއްސުންލެއްވިعبد اللَّه بن عباسގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެ صحابى، نبيއާ صَلّى اللهُ عَلَيْهِ وسَلَّم حديث ކުރައްވަނިކޮށް އަޑުއެއްސެވިއެވެ. ހިލޭ އަންހެނަކު محرم (މަޙުރަމް) އަކާ ނުލައި ހިލޭ ފިރިހެނަކާއި އެކު އެއްގޮތަކަށްވެސް އެކަހެރިވެ ނުގަންނާށެވެ. އަދި އަންހެނަކު އޭނާގެ محرم (މަޙުރަމް) އަކާ ނުލައި ދަތުރުނުކުރާށެވެ. އެހިނދު ބޭކަލަކު ދެންނެވިއެވެ. އޭالله ރަސޫލާއެވެ. ހަމަކަށަވަރުން ތިމަންނަގެ އަންހެނުން حج ކުރުމަށް ވަނީ ނިކުމެފައެވެ. އަދި ތިމަންނަގެ ނަންވަނީ މިވެނި މިވެނި ހަނގުރާމައަށް ނިކުތުމަށްޓަކައި ލިޔެވިފައެވެ. حديث ކުރެއްވިއެވެ. ދުރުވާށެވެ. އަދި ތިބާ ތިބާގެއަންހެނުންނާއި އެކު حج ކުރާށެވެ.

قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَا تُسَافِرْ الْمَرْأَةُ إِلَّا مَعَ ذِي مَحْرَمٍ ) . (ބުޚާރީ 1729)، (މުސްލިމް2391)

މާނައީ: نبي އާ صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވިއެވެ. އަންހެނާ، محرم (މަޙުރަމް) އަކާއި ނުލައި ދަތުރު ނުކުރާ ހުއްޓެވެ.

އިސްވެދިޔަ حديث ތަކުގެ އަލީގައި ކުރީގެފިޤުހު އިލްވެރީންގެ ނިންމުމަކީ އަންހެނުން އެކަނި ދަތުރުކުރުން ޙަރާމްކަމަށެވެ. ނަމަވެސް އެއިން ބައެއް ޙާލަތު އެބޭކަލުން އިސްތިސްނާކުރައްވައެވެ. އެއީ:

ކުފުރުގެ ބިންދޫކޮށް އިސްލާމީ ބިމަކަށް ހިޖުރަކުރުން މަޖުބޫރުވުމެވެ. (الإعلام بفوائد عمدة الأحكام 6/79)

فرض ޙައްޖުކުރުމަށް ދަތުރުކުރުމެވެ. މީގައި ފިޤުހުގެ ދެ ރައުޔެއްވެއެވެ. އެއްރައުޔަކީ މަހުރަމަކު ލާޒިމެވެ. އަނެއ ރައުޔަކީ މަހުރަމަކު ލާޒިމެއްނޫނެވެ. (التمهيد 21/50) (عمدة القاري 7/126) (بدائع الصنائع2/124) (حاشية ابن عابدين 2/464)

އަދި ބައެއްބޭކަލުން މިފަދަ ދަތުރުތައް ގެރެންޓީ އޮންނަ އަދި އެޖަމާއަތުގައި އަންހެނުން ހިމެނޭ ޖަމައަތަކާއި އެކު ކުރުން ޝަރުޠުކުރައްވައެވެ. ( الفروع 3/236) (الإنصاف 8/79)

ފިޤުހުއިލްމުވެރީންގެ މިހުއްދާއިގެ މައްޗަށް ރިޢާޔަތްކޮށް އަންހެނަކަށް ތަޢުލީމު ޙާސިލުކުރުމަށް ނުވަތަ ވަޒީފާއެއްގައި ބޭރު ޤައުމެއްގައި އަންހެނުންގެ ޖަމާއަތާއެކު އުޅުންހުއްދައެވެ. ސަބަބަކީ އަންހެނުން އަންހެނުންގެ ޖަމައަތަކާ އެކު އުޅުމަކަށް ޙަދީސު މަނާނުކުރައްވައެވެ.

ކުރުކުރު ދަތުރުތައް މަހުރަމަކާ ނުލާ ކުރުމާމެދު ވެސް ފިޤުހުގެ ޤައުލުތައް ތަފާތެވެ. ޢުރުފުގައި ދަތުރެކޭ ނުބުނެވޭ ފަދަ ކުރު ކުރު ދަތުރުތައް ބައެއް ބޭކަލުންގެ އަރިހުގައި މަހުރަމަކަނުލައިވެސް ކުރެވިދާނެއެވެ. ސަބަބަކީ ބައެއް ޢިލްމުވެރީންގެ އަރިހުގައި ދަތުރު ގުނޭނީ އުރުފުބުރަވާގޮތަކަށެވެ. އަދި ބައެއް ބޭކަލުންގެ އަރިހުގައި ދަތުރު ގުނޭނީ ދުރު މިނުގެ މައްޗަށްބިނާކޮށެވެ. އެއީ 80 ކިލޯމީޓަރެވެ. އަދި ބައެއްބޭކަލުންގެ އަރިހުގައި ދަތުރު ގުނޭނީ ރަށް އާބާދުވި ތަނުންނެވެ. (ތުޙުފަތުލް މުޙުތާޖް 2/370) ،(އަލް މައުސޫޢަތުލްފިޤިހިއްޔާ27/270) ( الإيضاح مع حاشية الهيتمي 102) (حاشية ابن عابدين 2/464) (المجموع 7/69)

ފަރުޟުކަންތަކަށް ކުރެވޭ ދަތުރުތައްފިޔަވާ ހުއްދަކަންތައްތަކަށް ކުރެވޭ ޢާއްމު ދަތުރުތަކާމެދު މެދުވެސް ފިޤުހުގެ ޤައުލުތައް ތަފާތެވެ. ބައެއްބޭކަލުންގެ އަރިހުގައި ދަތުރު އަމާންކަމުގައިވަނީނަމަ ހުއްދައެވެ. އަދި ބައެއް ދަންނަބޭކަލުން ނުވަތަ ގިނަބޭކަލުން ދެކޭގޮތުގައި ހުއްދަވެންނުވެއެވެ. (المجموع 7/70) ( شرح النووي 9/148)

ފިޤުހު އިލްމުވެރީން ޙަދީސެއްގެ މައްޗަށް ބަހުސްކުކުމަށް ފަހު ފަރުއީ މައްސަލަތަކުގައި ނެރޭ ރައުޔުތަކުގެ ތެރެއިން ވަކި ރައުޔެއް އިޚްތިޔާރުކުރި ކަމުގައިވިޔަސް އެކަމުގައި ކުށެއްނުވެއެވެ. މަހުރަމަކާ ނުލައި ހުއްދަ ދަތުރުތައް ކުރުން ހުއްދަކަމަށް އަލްއިމާމު މާލިކުގެ އަރިހުން ބަސްފުޅެއް ލިބިފާ ވެއެވެ. އަދި އެ ރައުޔުގެ މައްޗަށް ޝާފިޢީ މަޒުހަބުގައި އިޝާރަތެއްއެބައޮތެވެ. (المجموع 7/70)

ފިގުހު އިލްމުވެރީންގެ އަރިހުގައި އެކަނި އަންހެނުންނަށް ދަތުރު ހުއްދަ ނުވުމުގެ ޢިއްލަކީ ނުވަތަ ސަބަބީ ފިތުނައެއް އުފެދިދާނެ ކަމުގެ ބިރުވެރިކަން އޮތުމާއި ދަތުރުގެ މަގުގެ އަމާންކަން ނެތުމެވެ. (الإستذكار 27/274)

މިހެންކަމުން މަހުރަމަކު އަންހެނަކު ގޮވާގެން ގޮސް ފުލައިޓަށް އެރުވުމުން އަނެއް އެއާރޕޯޓުން އަނެއްމަހުރަމަކު ހަވާލުވާ ޙާލަތުގައި ކުރެވޭދަތުރުތަކާއި މެދު ރާއްޖޭގެ މުސްލިމުންނަށް ދީނީ ފަތުވާއެއް ލިބިފައި އޮންނަންޖެހެއެވެ. އަދި މިވަޤުތު ދިވެހި ރާއްޖޭގައި އިސްލީ ފަތުވާދޭ އެންމެ މަތީމަޖިލިސެއްހުރުމާއެކު މިއީ ކުރެވިދާނެ ކަމެކެވެ. މިފަދަ ޢިލްމީ ދިރާސާއެއް ކުރެވި މިކަމުގެ ދިނީ ޙައްލެއް ރައްޔަތުންގެ މެދުގައި އާއްމު ކުރެވިއްޖެ ނަމަ ދާދި ފަހުން ދިމާވި ފަދަ ޝައިޚުންގެ ކޯފާ އިސްކުރެއްވުންތަކާއި އަދި ރުޅިގަޑުފަޅާގެންގޮސް އަނެއްފަރާތުން ރައްދު ދެއްވުން ފަދަ ދީނީ އެއްބާވަންތަކަން ގެއްލޭފަދަ އަމަލުތައް މަދުވާނެކަންކަށަވަރެވެ.

ނޯޓް:ރިޓަޔާޑް މެޖިސްޓްރޭޓް އަބްދުﷲ ފާރޫޤް އިބްރާހިމް އަކީ ގިނަ ދުވަސްތަކެއް ވަންދެން މެޖިސްޓްރޭޓް ކަން ކުރައްވާ، މިހާރު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އާލީ އަހުމަދު

  ވަކިކަމަކީ ބަދަލު ނުވާނެ ކަމެއްމައް އަޑުހަރުކޮއް ބުންޏަސް ހުރިހާކަމެއް އިންސާނުން ބޭނުވާބަދަލުތައް ގެންނަކަމުގެ ހެއްކެއްތިއީ ހަމަތިގޮތައް ނަސާރާތްވެސް ކަންކަން ބަލުދަލު ކޮއްފަހުރީ!

  7
  3
 2. ގަރުނު

  އިސްލާމް ދީނާއެދީނުގެ ވާޖިބްތަކާ ފަރުޡްތަކުގެ މައްޗައް މިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގަ އޮތްލޯތްބާގަދަރު އޮތީކިހާމިންވަރަކަށްބާއޭ ހިތައްއަރާ. ކޮންމެވެސް ސިޔާސީ ނުވަތައެހެންވެސް ތާކުންތާކުނުޖެހޭ ކަމެއްގެވާހަކަ ނުވަތަ ދެކޮޅުވެރިކަމާ ފިތުނައާއި ހަސަދަވެރިކަމަކަށް ބާރުލިއްބާދޭ ޚަބަރެއްނުވަތަ މައުލޫމާތެއް މިއިން ނޫހެއްގަޖަހާތާ މަދު އިރުކޮޅެއްގެތެރޭ ބަދުބަސްތަކާ ދެކޮޅުވެރި ބަސްތައް ބުނެ އެކަކުއަނެކަކަށް ރައްދުދީ ކޮމެންޓް ތައްކުރަން ތިބެނީކެތްމަދުވެފަ. ޢެކަމަކު ދީނުގެމިފަދަ މުހިންމު ކަމަކާމެދު ކޮމެންޓްކުރާނެ ފަރާތެއްނެތް
  ކުދަމިނުން ޖަޒާކަﷲ ބުނެލާނެފަރާތެއްވެސްނެތް. ހިތާމަހުރި.

  11
  1
  • ޖަހުލު

   ބިރުވެރި ޖާހިލުންނަކަށް ކޮން ލޯތްބެއް. ނިކަން ހުއްދަ ދީބަލަ ތިޔަ މީހުންނަށް ބޯލަނބާނީ ކިތައް މީހުންތޯ ބަލަން.

 3. ނާހަ

  އަންހެން ޕައިލެޓުންނަށް ހަމަ ސާބަސް.......

  3
  5
 4. ނަޖީބު އައްބާސް

  އަލީ ތިބުނީތެދެއް ނަސާރާއިން ރައްޔިތުން ކޮންޓުރޯލު ކުރީފައްޅިތަކުން އެކަމަކު ދޮންމީހުނަކީ ބަދެގެން ގެންގުޅެވަރައްވުރެ ތޫނުފިލި ބަޔެއްކަމުން؛ އެމިހުންގެ އާހޯދުންތަކުން ދިއައީ ފާދިރީންތަކައް ގޮންޖަހަމުން މިބުނީ ޒަމާނީ އިލުމު އުނިގެންތިބި މީހުންބުނާއެތި ފައްޅިން ބުނާއެއްޗައް ވުރެ ހެއްކާގަރީނާ ހުރީމަ ރައްޔިތުން ބޮޑައް ގަބޫލު ކުރީ އެމުންބުނާއެއްޗޭ!މިތާވެސް ޒަމާނީ އިލުމު ކިއަވައިގެންބި މީހަކައް އަނގަހުވާލާނެ ފުސަތެއް ދީފިނަމަ ރައްތުންގެ ގަމާރުކަންކެޑި ކުރިޔައް އޮތްޖީލު އެތައްތަނެއް ތޫނުފިލި ވާނެ ! ސައުދީފަދަ ޖާހިލުކަންމަތީ އެންމެން ތިބިނަމަ މިހާރު މިހިރި މަތިންބޯތަކާ ޓިވީޔާ އިންޓަ ނެޓުނުހުރީިސް! ތިކަމުންގެނީ އަދި ކުރިޔާސައުދީގަ ޒުވާނުންކިޔަަވާ ތަންދޮރު އެންފެށިކަން! މިބުނީ ދިނުގަ އޮތްކަމެއް ކުއްލިޔަކާ ބަދަލު މިވީ ހަމަ ސަރުކާރައް ހިފަހައްޓައި ނުލެވިގެންނޭ

  3
  5
 5. ކޮސް

  ތިޔަ މުސްލިމުންވެސް ރައްޔަތުންނަށް ބިރުދައްކައިގެން އެމީހުން ބޭނުންހާ ގޮތެއް ހައްދަނީ. ސަހަލު އެއްބައެއްވެސް ނެތް.