ތިމާ އާއި ހަވާލުވެގެން ނުވަތަ ތިމާގެ މައިބަފައިންނާއި ހަވާލުވެގެން އުމްރާގެ މާތް އަޅުކަން އަދާ ކުރުމަށް މައްކާއަށް ކުރާ ދަތުރަތައް ދިޔުމަށް އެންމެ ރަނގަޅީ ކޮން ބައެއްތޯ އަބަދުވެސް މީހުން ބަލައެވެ. އެ ދަތުރާއި ހަވާލުވެ ތިބޭ ފަރާތްތަކަކީ އެކަމަށް ކިހާ ވަރެއްގެ ކުޅަދާނެ ބައެއްތޯ ބަލާލަންވެސް ޖެހެއެވެ. އުމްރާ ދަތުރެއްގައި ދާން ބޭނުންވާއިރު، ބޭނުންވާނީ މައްކާ އާއި މަދީނާގެ ކަންކަން ރަނގަޅަށް ދަންނަ އަދި އުމްރާއަށް ދާ މީހުންނަށް ވެސް ހެޔޮ ގާތްކޮށް ހިތާނެ ބައެއް ނޫންތޯއެވެ؟.
މިއީ އެފަދަ ގްރޫޕެކެވެ. ހައްޖާއި އުމްރާގެ ދަތުރުތައް މި ގްރޫޕުން ކުރާތާ ފަސް އަހަރު ދުވަސް ވެއްޖެއެވެ. މި ދައްކަނީ މިފަހަރުވެސް އުމްރާއަށް މީހުން ގެންދިޔުމުގެ "ހުއްދަ" ލިބިފައިވާ "އަލްޢައިން ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް"ގެ ވާހަކައެވެ. މި ގުރޫޕުގައި އިސްކޮށް މަސައްކަތް ކުރައްވާ އެންމެންނަކީ އެކަމަށް ތަޖުރިބާ ހުރި ގާބިލު މީހުންނެވެ.
މި ގުރޫޕުން މި އަހަރުވެސް ހަތަރު އުމްރާ ދަތުރެއް ކުރުމަށް ވަނީ ނިންމާފައެވެ. އެއީ އަންނަ މާރިޗް މަހު ކުރާ ދަތުރަކާއި، ރޯދަ މަހުގެ ދަތުރާއި ނޮވެމްބަރާއި ޑިސެންބަރު މަހު ކުރާ ދަތުރެވެ. މިހާރުން ފެށިގެންވެސް އެ އުމްރާ ދަތުރުތަކުގައި ބައިވެރިވުމުގެ ފުުރުސަތު އެބައޮތެވެ.
"އާއްމުކޮށް ދަތުރުތައް ސްކޫލް ބަންދުތަކާއި ގުޅިފައި މި އޮންނަނީ. ދެން އޮންނަނީ ރޯދަ މަހު. ދެން ނޮވެމްބަރު، ޑިސެމްބަރުގައި އޮންނަ ދަތުރުތައްވެސް އޮންނާނީ ސްކޫލް ބަންދުގައި" އަލްއައިން މައުލޫމާުދެއެވެ.
އަލްޢައިން އިން އަންނަ މާރިޗް މަހުގައި ކުރާ އުމްރާ ދަތުރު ފަށާނީ އެ މަހުގެ 20 ވަނަ ދުވަހުއެވެ. ރަމަޟާން މަހުގެ ފަހު 15 ގައިވެސް އޮންނާއެވެ. އެއީ 17 ދުވަހާއި 25 ދުވަހުގެ ދެ ޕެކޭޖެވެ. ނޮވެމްބަރު އަދި ޑިސެންބަރު މަހުގެ އުމްރާ ދަތުރު އޮންނާނީ އެ މަހެއްގެ 20 ހިސާބުގައެވެ.
މި ގުރޫޕަށް ބަލާއިރު، އާއްމުކޮށް ހައްޖާއި އުމްރާ ދަތުރުތައް ދަނީ ސްރީލަންކަން އެއާރލައިނުންނެވެ. ނަމަވެސް މިފަހަރު ސައުދީ އެއާލައިންސްގައި ދަތުރު ކުރެވޭތޯ ދަނީ ބަދަލުމުންނެވެ. އަދި ދަތުރުވެރިން މައްކާއަށާއި، މަދީނާގައި މަޑުކޮށްގެން ތިިބޭ ހޮޓަލަކީ އާއްމުކޮށް އެ ގުރޫޕުން ގޮސް ތިބޭ ތަނެވެ. އެ ގުރޫޕުން މައްކާގައި ތިބެނީ ތްރީ ސްޓާ ހޮޓަލެއްގައެވެ. އަދި މަދީނާގައި ތިބެނީ ފޯ ސްޓާ ހޮޓަލެއްގައެވެ. މި ހޮޓަލަކީ ހަރަމަށްދާން ވަރަށް ފަސޭހަ އެހާ ކައިރި ހޮޓަލެއްކަމަށް ވެސް އެ ގުރޫޕުން މައުލޫމާތުދެއެވެ.
މި ގުރޫޕުގެ ފަރާތުން މައުލޫމާތު ލިބިފައިވާގޮތުގައި، އުމްރާ ދަތުރުތަކަށް ފައިސާ ދެއްކުމަށް ދެ ފަރާތުން އެއްބަސްވާ ލުއިގޮތެއްވެސް ހަމަޖައްސާދެވޭނެއެވެ.
އަލް އައިން ގްރުޕާއެކު ކުރާ އުމްރާ ދަތުރުތަކުގައި
ދީނީ ނަސޭހަތާއި އިރުޝާދު ދިނުން
މައްކާ އާއި މަދީނާގެ އާސާރީ ތަންތަނަށް ޒިޔާރަތް ކުރުން، މައްކާގެ ހަރަމްފުޅުގެ ދާރުލް އާސާރް ބަލައިގެން ދިޔުން
މުސްލިމުންގެ ތިން ހަރަމް ކަމުގައިވާ މަސްޖިދުލް ހަރަމް، މަސްޖިދުލް އަގުސާ، މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރާނެ (މި ދަތުރުތަކުގެ ތެރެއިން މަސްޖިދުލް އަގްސާގެ ދަތުރުތައް އޮންނާނީ ފަލަސްތީނުގައި އަމާންކަން އޮތްކަމުގައި ވާނަމަ)
ޠާއިފްގެ އާސާރީ ތަންތަނަށް ޒިޔާރަތް ކުރުން. މި ދަތުރުގައި އުމްރާއެއްވުމުގެ ފުރުސަތު ލިބޭނެ.
ފަސް ލީޓަރުގެ ޒަމްޒަމް ފުޅިއެއް ގުރޫޕުން ހަދިޔާ ކުރުން
ރޯދަމަހުގައި ފޮއްޓާއި އިހުރާމާއި، ދަބަހާއި އަދި އެ ނޫންވެސް ތަފާތު ތަކެތި ގުރޫޕްގެ ފަރާތުން ހަދިޔާ ކުރާނެ
ކެއުން ބުފޭ ގޮތަށް ރެސްޓޯރެންޓުގައި ދިވެހި ތަފާތު ރަހަތަކާއެކު
ސިއްހީ އެހީތެރިކަން (ޑޮކްޓަރަށް ދެއްކުމާއި، އެހެނިހެން ހިދުމަތްތައް)
ބަލި މީހުން އަޅުކަން ފުރިހަމަ ކުރުމުގެ ކަންތައް ހަމަޖައްސައި ދިނުން
ބާޒާރުކޮށްލުމަށް މޯލްއަަކަށް ގެންގޮސްދިނުން
ތަޖުރިބާ ހުރި މި ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކުން މައުލޫމާތު ސާފް ކުރުމަށާއި، އަދި ނަން ނޯޓު ކުރެއްވުމަށް 7775982 ނުވަތަ 3335900 އަށް ގުޅައިގެން ކުރިއަށް ދެވޭނެއެެވެ.
ކިހިނެއްތޯ ޠާއިފަށް ދާނީ؟ ޢުމްރާއަށް ދޫކުރާ ވިސާގެ ދަށުން ދެވޭނީ ހަމައެކަނި ޖިއްދާ، މައްކާ އަދި މަދީނާއަށް. ވީމާ، އިސްތިހާރުކުރުމުގަ ފުރަތަމަ ވެސް އޮޅުވާލުމެއް ނޫންބާ؟
މަވެސް ދިޔައިން..ވަރަށް ބަރާބަރު ގްރޫޕެއް. އެއްވެސް އޮޅުވާލުމެއް ހުރިކަމެއް ފާހަނގައެއް ނުކުރެވޭ.
އެއީ ހަމަތެދެއް ޠާއިފަށް ގެންގޮސްދޭ ވަރަށް ރަނގަޅު ގުރޫޕެއްމިއީ މަދިޔައިން ތަޖުރިބާކޮށްފައިހުރި މީހެއް
މަދިޔައިން ވަރައް ކަމުދާ ބައެއް ތޯއިފައްވެސް ގެންދޭ ކެއުންވެސް ބަރާބަރު މަދެންވެސް ދާނީ މި ގުރޫޕުން
ތޯއިފުގެ ދަތުރުތައް ފުރަތަމަ ފެއްޓީ އެސްބީޓީ ޙައްޖު އުމްރާ ގްރޫޕުން ، އޭރު އެތަނަށްދިއުމަކީ ދިވެހި ޙައްޖު ގްރޫޕުތަކުން ކުރާކަމެއް ނޫން .....