ހަލާލެއް ހަރާމެއް ނުބަލާ ފައިސާ ހޯދުމާއި، ފައިސާވެރިވުމަކީ ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ގެއްލިގެންދާ ކަމެއް ކަމަށާއި، އޭގެ ސަބަބުން އަޅުކަމަށްވެސް އަސަރުކުރާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

"ހަލާލު ތަކެތި ބޭނުން ކުރުން". މި މައުޟޫއަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކިގައި އިއްވި ހުކުރު ޚުތުބާގައި ވިދާޅުވެފައިވަނީ އިންސާނާ މުދަލަށް ލޯބި ކުރިނަމަވެސް، ޙަރާމެއް ޙަލާލެއް ނުބަލައި މުދާ ހޯދުމާއި، ފައިސާވެރިވުމަކީ، ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ގެއްލިގެންދާ ކަމެއް ކަމަށެވެ.

”އިންސާނާ މުދަލަށް ލޯބި ކުރިނަމަ ވެސް، ޙަރާމެއް ޙަލާލެއް ނުބަލައި މުދާ ހޯދުމާއި، ފައިސާވެރިވުމަކީ، ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ގެއްލިގެންދާ ކަމެކެވެ. އެއީ އެމީހަކު ކުރާ އަޅުކަމަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެކެވެ. ޙަލާލު ރިޒްޤު ހޯދާނެ ގޮތްތަކާއި، ވަސީލަތްތައް ﷲ ތަޢާލާ ވަނީ މި ދުނިޔެ މަތީގައި ލައްވާފައެވެ." މިއަދުގެ ހުކުރު ޚުތުބާގައި ވެއެވެ.

މީގެ އިތުރުން މިއަދުގެ ޚުތުބާގައި މަސައްކަތްކުރުމަކީ އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ކަމެއް ކަމަށާއި، ކަންނެތްކަމާއި، ސަލާމް ޖެހުމަކީ، ދުރުހެލިވާން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

“މަސައްކަތްކުރުމަކީ މާތްވެގެންވާ އިސްލާމްދީން ނުހަނު ބޮޑަށް ބާރު އަޅާކަމެކެވެ. ކަންނެތްކަމާއި، ސަލާމް ޖެހުމަކީ، ދުރުހެލިވާން ޖެހޭ ކަންކަމެވެ. ދަހިވެތިކަމަކީ، ނިކަމެތިކަމެކެވެ. އިސްރާފު ކުރުމަކީ ޙަރާމް ކަމެކެވެ. އަޅުގަނޑުމެން ފައިސާ ހޯދަން ޖެހޭނީ ވެސް އަދި އެ ފައިސާ ހޭދަކުރަން ޖެހެނީ ވެސް ހުއްދަކަންތަކުގައާއި، ހުއްދަ ގޮތުގައެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގައި ދުވާލެއްގެ މައްޗަށް އެތަށް ރުފިޔާ އެއް އިސްރާފުކުރާ މީހުން ވިސްނާ ފިކުރުކުރަންޖެހެއެވެ. އޭގެ ސަބަބުން ހަށިގަނޑަށް އެ ދެވެނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟ އެފަދަ ތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އިޙްސާސްކުރެވޭ ހެއްޔެވެ؟“ މިއަދުގެ ޚުތުބާގައި ވެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައިވަނީ މުދާ ދެއްވާ ފަރާތުން މުދާ ދެއްވަނީ އަޅާ އެމުދަލާއި، ތަނަވަސް ކަމުގެ ބޭނުން ހިފާ ގޮތެއް ބެއްލެވުމަށް ކަމަށްވެސް ވިދާޅުވެފައެވެ. އަދި މާތް ﷲ ދެއްވި މުދަލުގެ ނިޢުމަތަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ދަހިވެތިކަން އިސްކޮށްފިނަމަ، މުދަލުގެ ބަރަކާތް ކެނޑިގެންދާނެ ކަމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

”މުދާ ދެއްވާ ފަރާތުން މުދާ ދެއްވަނީ އަޅާ އެމުދަލާއި، ތަނަވަސް ކަމުގެ ބޭނުން ހިފާ ގޮތެއް ބެއްލެވުމަށެވެ. މުދަލުން ހޭދަކުރުމާއި، މުދަލުގައިވާ އަނެކުންގެ ޙައްޤުތައް އަދާކުރުމަށެވެ. މާތް ﷲ ދެއްވި މުދަލުގެ ނިޢުމަތަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ދަހިވެތިކަން އިސްކޮށްފިނަމަ، މުދަލުގެ ބަރަކާތް ކެނޑިގެންދާނެއެވެ. ޤާނޫނާއި، އޭނާގެ މުދާ ނެތިކުރައްވައި ހަލާކު ކުރެއްވި ގޮތާމެދު ނިކަން ވިސްނާށެވެ." މިއަދުގެ ހުކުރު ޚުތުބާގައި ވެއެވެ.

އިތުރަށް ޚުތުބާގައި ވަނީ ބާއްޖަވެރިކަމުގެ މަގު ބަޔާންކޮށް ވިދާޅުވީ މާތްﷲ އަށް އީމާންވެ، ތަޤްވާވެގެން މެނުވީ ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ލިބުމެއްނުވާ ކަމަށެވެ. ﷲ އަށް ތަޤްވާވެރިވުމަކީ، ﷲގެ އަމުރުފުޅަތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމާއި، އެކަލާނގެ މަނާކުރެއްވި އެންމެހައި ކަންކަމުން ދުރުވެ ރައްކައުތެރިވުން ކަމަށްވެސް މިއަދުގެ ޚުތުބާގައިވެއެވެ.

”އަރަހުށި މާތް ﷲ އަށް އީމާންވެ، އެކަލާނގެއަށް ތަޤްވާވެރި ވެގެންމެނުވީ ދުނިޔެ އާއި، އާޚިރަތުގެ ބާއްޖަވެރިކަން ލިބުމެއްނުވެއެވެ. ﷲ އަށް ތަޤްވާވެރިވުމަކީ، ﷲގެ އަމުރުފުޅަތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމާއި، އެކަލާނގެ މަނާކުރެއްވި އެންމެހައި ކަންކަމުން ދުރުވެ ރައްކައުތެރިވުމެވެ. ތަޤްވާވެރިވުމަކީ، ރިޒުޤު ތަނަވަސްވުމަށް އޮތް ސަބަބެވެ. އެއާ ޚިލާފަށް ﷲ އަށް އުރެދުމަކީ ހުރިހައި ގޮތަކުން ބަރަކާތް ކެނޑިގެންދާ ކަމެކެވެ. ކީރިތި ޤުރްއާނުގެ ގިނަ އާޔަތްތަކެއްގައި މިކަމުގެ މައްޗަށް އަލި އަޅުއްވައި ލައްވާފައި ވެއެވެ.” ހުކުރު ޚުތުބާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނަގޫގޮށްޖެހި

  ކުދިންނޭ! އަޑު އިވިއްޖެތަ؟ ކަންފަތް އެބަހުރިތަ؟ ބަލަން ތިބޭތި. ޑިމޮކްރަސީއޭ ކިޔާފައި ވޯޓު ވިއްކާ މަންޒަރު ލަހެއް ނުވެ ފެންނާނެ. ހަރާމެއް ހަލާލެއް ބެލުމެއް ނެތި ލާރިވިއްޔާ ހޯދާ މަންޒަރު ލަހެއް ނުވެ ފެންނާނެ. ވެރިންނޭ. ކޮންމެ މީހަކަށް ވާވަރަށް މި ޚުޠުބާ ޗާޕުކޮށްފައި މުޅި ރާއްޖެއަށް ބަހައިދީ.

 2. ފަހީމްބެ

  ޙަރާމް ހަލާލް ވަކިކުރަން އެގެނީ ކިތަށްމީހުނަށް.

  2
  1
 3. ބާރު

  މިރާއްޖޭގެ ކުންފުންޏެއްގަ މަސައްކަތްކޮށްގެން އުޅޭތާ 35 އަހަ ރު ވީއި ރު މާފަހުން ވަޒީފާއަށް ވަންމީހުން އެއީ މަސައްކަތް ދައްކާމީހުންނައްބަދަލުވީ އި ރުއެމީހުން އަތަކުންފަޔަކުން މަސައްކަތެއްނުކޮށްތިބެ ފާއިތުވިދުގުމުއްދަތުގަ ބު ރަމަސައްކަތް .ކު ރިމީހާ އާއިމެދުނުހައްގުށަކުވާއުފުލާ ވެރިންގާތުދެބައޮޑުވާ ސިޔާސީފައިދާހޯދާ ނާޖާއިޒްފައިދާ ނަގާގެން ވަޒީފާގެ ކު ރިއެ ރުން ހޯދާގެން އުޅޭ އި ރު އަނެކާއަށް ލިބިދޭންޖެހޭ ހައްގައް އަ ރާގަތުމަކީ ކިހާވަ ރެއްގެ ކަމެއްބާ؟ އެމީހުންހޯދިމަގާމާއި މުސާ ރަ އެއީ ހަލާލު އެއްޗެއްބާ؟ ހަމަޔަގީނުންވެސް ވެ ރިން ޒިންމާ އުފުލާ ހަގީގަތަކީކޮބާކަންނުބަލާ ވަކިބައެއްގެ މަސްލަހަތުހިމާޔަތްކޮށް އަނެކާގެ ހައްގުން މަހު ރޫމްކޮށްފަވާނަމައަދި އަދުލުއިންސާފުން ކަންކުރަންތިބި ބަަޔަކަށް އިމްތިހާނުގެ ދުވަހާކުރިމަތިލާން ނުޖެހޭނެބާ؟