އިސްލާމީ މަރުކަޒުގައި ބޭއްވި ދަރުހެއްގެ ތެރެއިން - ފޮޓޯ: ދިއިސްލާމް

الحمد لله. الصلاة و السلام على أشرف الأنبياء و المرسلين. وبعد:

ދީނީ ޢިލްމުވެރިންނަކީ ﷲގެ ދީނުގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކެވެ. އެބައިމީހުންނަކީ ދީން އުނގެނި އެހެން މީސްތަކުންނަށް ޙައްޤު މަގު ބަޔާންކޮށްދޭ މީހުންނެވެ. އެބައިމީހުންނަކީ ތެދުމަގާއި ބާޠިލުގެ މަގު ބަޔާންކޮށްދޭ މީސްތަކުންނެވެ. އެބައިމީހުންނަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ގޮތް ދަސްކޮށްދެއްވާ މުދައްރިސުންނެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ނަފުސުތަކާ އެއްވަރަށް އެހެންމީހުންގެ ނަފުސުތައްވެސް އިޞްލާޙުކުރުމަށް މަސައްކަތްކުރައްވާ އެދުރުންނެވެ.

އެބައިމީހުން މަސައްކަތްކުރައްވަނީ މީސްތަކުންގެ ކިބައިން އަޖުރަަކަށް މުސާރައަކަށް ބޭނުންވެގެންނެއް ނޫނެވެ. އަދި ކިއެއްތަ އެބައިމީހުން މަސައްކަތްކުރައްވަނީ މީސްތަކުންނަކީ ކާމިޔާބު ނަޖާވާ ބަޔަކަށް ހަދައި އެކަމުން ﷲގެ ފަރާތުން ލިބޭ އަޖުރު ހޯދުމަށެވެ. އެެހެންކަމުން އެބައިމީހުންގެ މުހިންމުކަން ދެނެގަތުމަކީ އަޅުގަނޑުމެންގެ މައްޗަށްވާ ވާޖިބެކެވެ.

ތިރީގައި މިވަނީ ޢިލްމުވެރިންގެ މާތްކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ބައެއް ނައްޞުތަކެވެ.

މަލާއިކަތް ބޭކަލުންނަށްފަހު ﷲގެ އެއްކައުވަންތަ ކަމަށްފަހު އެންމެބޮޑަށް ހެކިވާ ބަޔަކީ ޢިލްމުގެ އަހުލުވެރިންކަމުގައި ﷲ ބަސްފުޅު ވަޙީކުރައްވާފައިވެއެވެ.

(شَهِدَ اللَّـهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ) (1)

މާނައީ: "ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހު ފިޔަވައި ޙައްޤުގޮތުގައި އަޅުކަމެއްވެވޭ އެހެން އިލާހެއްނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި މަލާއިކަތްބޭކަލުންނާއި އަދި ޢިލްމުގެ އަހުލުވެރިންވެސް މެއެވެ"

މިއާޔަތް އެކަނިވެސް ޢިލްމުވެރިންގެ މާތްކަމަށް ފުދެއެވެ.

ﷲގެ އަޅުތަކުންގެ ތެރެއިން އެއިލާހަށް އެންމެ ބިރުވެތިވާ ބަޔަކީ ޢިލްމުވެރިންކަމުގައި ﷲ ބަސް ވަޙީކުރައްވާފައިވެއެވެ.

(إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ) (2)

މާނައީ: "ހަމަކަށަވަރުން ﷲގެ އަޅުތަކުންގެ ތެރެއިން  ޢިލްމުވެރިން މެނުވީ އެއިލާހަށް (ބިރުވެތިވާން ޖެހޭ ޙައްޤުގޮތުގައި) ބިރުވެތި ނުވެއެވެ."

ސަބަބަކީ އެބައިމީހުންނަށް ލިބިފައިވާ ޢިލްމުގެ ސަބަބުން އެއިލާހަށް ޙައްޤު ގޮތުގައި ބިރުވެތިވާ ބަޔެއްކަމުގައި އެބައިމީހުން ވުމެވެ. އަދި ޙައްޤުގޮތުގައި ބިރުވެތިވާ މީސްތަކުންވާހުށީ ޢިލްމުވެރީންގެ ތެރޭގައެވެ. އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ޢިލްމަކީ ރިވާޔަތްތަށް ގިނަވުމެއްނޫނެވެ. ނަމަވެސް އެއީ ބިރުވެތިވުން ގިނަވުމެވެ."

ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރީންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(إِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ، كَفَضْلِ الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ، وَإِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ، وَإِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا، وَلَا دِرْهَمًا وَرَّثُوا الْعِلْمَ، فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ) (3)

މާނައީ: "އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާގެ މާތްކަންވާހުށީ، ސާދަވިލޭރެ ހަނދު އެރޭގެ އެހެނިހެން ތަރިތަކުގެ މައްޗަށް މަތިވެރިވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. އަދި ނަބީބޭކަލުން ދީނާރާއި ދިރުހަމެއް (ފައިސާއެއް) ވާރުތަމުދަލުގެ ގޮތުގައި ދޫނުކުރެއެވެ.. އެބޭކަލުން ދޫކުރެއްވީ ޢިލްމެވެ. ފަހެ އެ ނަގައިފިމީހަކު ބޮޑުވެގެންވާ ނަޞީބެއް ފުރިހަމައަށް ލިބިގެންފިއެވެ."

ޢިލްމުވެރިންގެ މާތްކަން އެތައް ގުނައަކަށް މަތިވެރިވެގެންވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(فَضْلُ الْعَالِمِ عَلَى الْعَابِدِ كَفَضْلِي عَلَى أَدْنَاكُمْ) (4)

މާނައީ: "ޢިލްމުވެރިޔާގެ މާތްކަން އަޅުވެރިޔާގެ މައްޗަށް ހުރީ ތިމަން ނަބިއްޔާގެ މާތްކަން ތިޔަބައިމީހުންގެ(ޞަޙާބީ ބޭކަލުންގެ) އެންމެ ދަށްމީހާގެ މައްޗަށް ހުރިފަދައިންނެވެ."

ސަބަބެއްކަމުގައި ޢިލްމުވެރިން ބަޔާންކުރައްވަނީ ޢިލްމުވެރިޔާގެ ސަބަބުން އެތައްބަޔަކު އިޞްލާހުވެއެވެ. ނަމަވެސް އަޅުވެރިޔާގެ އިޞްލާޙުވަނީ އޭނާގެ ނަފުސަށް އެކަންޏެވެ.

އަދިވެސް އެތައް ރިވާޔަތްތަކެއްގައި ޢިލްމުވެރިންގެ މާތްކަން ބަޔާންވެފައިވެއެވެ. އަދި މިކަމުން ޢިލްމުވެރިންގެ މުހިންމުކަން އެނގިގެން ދެއެވެ. ދުޢާއަކީ ޢިލްމުވެރިންގެ ކިބައިން ފުރިހަމަ ގޮތުގައި ފައިދާ ލިބިގަންނަ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވައި ހެޔޮލަފާ ޞާލިޙު ބަޔެއްކަމުގައި އަޅުގަނޑުމެން ލެއްވުމެވެ.

وصلى الله وسلم على سيدنا محمد و آله و صحبه أجمعين. آمين.

__________________

ބައްލަވާ:

01.سورة آل عمران: 21.
02.سورة فاطر: 28
03.رواه أبو داود. 3641. صححه الألباني.
04.رواه الترمذي. 2685. صححه الألباني.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަދި ރާއްޖޭގައި ތިބި ދީނީ ފަތުވާ ދޭމީހުންނަކީ އެންމެ މާތް މީހުން މި ދުނިޔެއަށް އުފަން..ސިޔާސީ ފަތުވާ ދޭ މީހުން ހުރިހާވެސް ތިބީ ރާއްޖޭގައި.. ވޯޓް ލާ ދުވަސް ކައިރިވާ ވަރަކަށް ފަތުވާ ދިނުން ވާނީ އިތުރު. ކިހާދެރަކަމެއް މީ

  2. ޙަފްޞާ / މާލެ

    ރާއްޖޭގައި މިހާރު ތިބީ ތިފދަ މާތް ޢިލްމުވެރިންކަމަކަށް ނުފެނެއެވެ. މިއަދު މިތިބަ ގިނަ ޢިލްމުވެރިންނަކީ ދުނިޔަވީ މަންފާތައްހޯދުމުގައި ދީނާ ޢިއްޒަތް ވިއްކާލާ ފިތުނަފަސާދަ އުފެއްދުމުގައި ހޭބޯނާރާ އުޅޭ ޢިލްމުވެރިންނެވެ. އަދާލަތު ޕާޓީއަށް އެކަނި ބަލާލިޔަސް މި މަންޒަރުތައް އެދަނީ ފެންނަމުންނެވެ. އަޅުގަނޑުމެން ދުށް ހެޔޮލަފާ ޢިލްމުވެރިންގެތެރޭގައި އަޙްމަދު ޝާޠިރު ، މުޙައްމަދު ޖަމީލު ، އިބްރާހީމްރަޝީދުމޫސާ ، އަފްރާޝީމްޢަލީ ، މުޙައްމަދު ޤުބާދު ، ފަދަ ބޭފުޅުންނަކީ މާތް ޢިލްމުވެރިންނެވެ.

    • ابو عبدالله

      ޑިމޮކްރެސީގެ ދީނުގައި ކަނުބަނދެވިފަ ތިބި، ސިކުނޑިން ހެޔޮ ބުއްދި ނުކުރާ، ލޮލަށް ޙައްގު ނުފެންނަ އަދި ކަންފަތަށް ޙައްގު ގެ އަޑެއް ނީވޭ ބަޔަކާ ހަމަޔަށް ޢިލްމީ ވާހަކައެއް އައުމާއެކު ފާޅުވާ ޖާހިލުކަން ހަމައެކަނި ކޮމެންޓް ތަކުން ވެސް ފުދޭ...

  3. ސިޔާސީވެގެން ވަކިފަރާތަކަށްޖެހި ކައްނެލިދޯނި ހޯދަން އުޅޭމީހުން ކޮން ގޮތަކުންތޯ މާތްވާނީ.....؟

  4. މީގެދުވަސްކޮޅެއްކުރިން ރާއްޖޭގެ ވަރަށް ފުއްނާބު އުސްކަމަށްބުނާ ދީނީ ޢިލްމުވެރިއެއް ދީނީ ތަގުރީރެއް ދިނެވެ. މަޢުލޫއަކީ ސިރާޠުމަގު މިއެވެ. ކޮންމެއަކަސް ސިރާތުމަގާ ބެހޭގޮތުން ވާހަކަ ދައްކަމުން ޝޭޚު ބުނުއްވިއެވެ. މިދައްކަނީ ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖްގެ ވާހަކައެއްނޫނޭ ޞިރާޠު މަގުގެ ވާހަކައޭ. ސަރުކާރާ ޖޭވެފަހުރެގެން ދަރުސްދިންއިރުވެސް ސަރުކާރަށް ފުރައްސާރަ ކުރީއެވެ. މިއީ މިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ޙާލަތެވެ.