މިއީ މިޒަމާނަކަށް އައިސް މީސްތަކުން ވަރަށް ފަރުވާ ކުޑަކުރަމުންދާ ކަމެކެވެ. މިއީ ވަރަށް ބޮޑުވެގެންވާ ޙަރާމްކަމެކެވެ. ޙަދީޘްގައި ވަރަށް ހަރުކޮށް މިކަމަށް ނަހީ އައިސްފައިވެއެވެ. ނަމަވެސް އަޅުގަނޑުމެން ތެރޭގައި ވަރަށް ކުޑަކަމެއް ކަމަށް ދެކިގެން ކުރެވުމުންދާ ކަމެކެވެ. އެހެންކަމުން ދީނީ ގޮތުން މިކަން އޮތް ގޮތް އޮޅުން ފިލުވައިދިނުމަކީ ވަރަށް މުހިންމުކަމެކެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(لَأَنْ يُطْعَنَ فِي رَأْسِ أَحَدِكُمْ بِمِخْيَطٍ مِنْ حَدِيدٍ خَيْرٌ لَهُ مِنْ أَنْ يَمَسَّ امْرَأَةً لَا تَحِلُّ لَهُ) رواه الطبراني في المعجم الكبير: 486 و صححه الألباني.
މާނާއީ: "އެމީހަކަށް ހުއްދަނުވާ (ހިލޭ) އަންހެއްނެއްގެ ގައިގައި އަތްލުމަށްވުރެ، އެމީހެއްގެ ބޮލަށް ދަގަނޑު ތިނޯހެއް ހެރުން މާ ހެޔޮކަން ބޮޑެވެ."
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(إِنِّي لَا أُصَافِحُ النِّسَاءَ) رواه النسائي (4181) و صححه الألباني.
މާނައީ: "ތިމަންކަލޭގެފާނު (ހިލޭ) އަންހެނުންނާއި އަތާ އަތްޖޯޑުކޮށް ސަލާމްނުކުރައްވަމެވެ."
އައްލާމާ މުޙައްމަދު އަމީން ޝަންޤީޠީ ރަޙިމަހުﷲ މަތީގައިވާ ޙަދީޘަށް އިޝާރާތްކުރައްވަމުން އެކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވެފައިވެއެވެ. "ބަޢިއަތުގެ ވަޤުތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެނުންނާއި އަތާއަތް ޖޯޑުނުކުރެއްވުމުން ސާފުވެގެންވާ ގޮތުގައި ދަލީލުކޮށްދެނީ (ހިލޭ) އަންހެނުން ފިރިހެނުންނާއި އަތާ އަތްޖޯޑުކުރުން ނުވާކަމެވެ. ފިރިހެނުންގެ އެއްވެސް ހިސާބެއް (ހިލޭ) އަންހެނާގެ ގައިގައި ބީހިގެން ނުވާނެކަމެވެ. ސަބަބަކީ އެންމެ ކުޑަމިންވަރަކަށް އަތްލެވޭނެ ގޮތަކީ އަތާއި އަތްޖޯޑުކޮށްގެން ކަމަށް ވާތީއެވެ. އެކަލޭގެފާނު އަތާއި އަތްޖޯޑުކުރަން ޖެހޭ ވަޤުތެއްގައި އެއީ ބައިޢަތުގެ ވަޤުތުގައި އެކަމުން މަނާވެ ގަތުމުން އެކަމުން ދަލީލުކޮށްދެނީ އެކަން ހުއްދަވެގެން ނުވާކަމެވެ. އަދި އެއްވެސް މީހަކަށް އެކަމާ ޚިލާފުވުން ނުވެއެވެ. ސަބަބަކީ އަހަރެމެންގެ މައްޗަށް ވަނީ އެކަލޭގެފާނު ބަސްފުޅުތަކާއި އަދި ޢަމަލުފުޅުތަކާއި ތަޤުރީރުތަކަށް ބޯލެނބުމަށް ޝަރުޢުކުރެވިގެންނެވެ." اهـ
އަދި ހަތަރު މަޒުހަބުގައިވެސް އޮންނަނީ މިފަދައިންނެވެ.
އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"(ހިލޭ) އަންހެނާގެ ގައިގައި އެއްވެސް ތަނެއްގައި އަތްލުން ހުއްދަވެގެން ނުވެއެވެ."
ކިތާބުލް މަޖްމޫޢު. 4/514
ވީމާ މިފަދަ ކަންކަމުން އަޅުގަނޑުމެން ދުރުވުމަކީ އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި މަގަކީ އެޔެވެ. އެންމެ ހެޔޮ މަގަކީ އެކަލޭގެފާނުގެ މަގެވެ. ގިނަމީހުން ކުރުން އެއީ ޙަރާމްކަމެއް ނުކުރަން އޮތް ސަބަބަކަށް ނުހަދާށެވެ. ޙައްޤުގައި ލަދުގަތުމެއް ނުވެއެވެ.
وصلى الله وسلم على نبينا محمد و آله و صحبه.
ނިމުނީ.
4 މަޒުހަބުގެ އިމާމުން ދެކެލައްވާ ގޮތް ތަފްސީކޮށް ގެނެސް ދެވުނުނަމަ މިލިޔުން އިތުރަށް ފުރިހަމަ ވެގެންދަާނެއެވެ.
ތަފުޞީލު ދިނަސް ޢަމަލު އިސްލާޙުކުރާނީކީ ނޫން. ކީއްކުރާ ތަފުޞީލެއް. އެވަރުންވެސް ހެޔޮމަގަށް އުޅެން ބޭނުންވާ މީހާއަށް މަގުފެންނަވަރުވާނެ
ވަރަށް ރަނގަޅުވާހަކަ އެއް
އިޙުތިރާމާއެކު ދަންނަވަމެވެ. ތިޔައީ ދީނުގައި ހަމައެކަނި އޮތް ގޮތެއް ނޫނެވެ. ތިޔައީ ވެސް ރައުޔެކެވެ. ސުންނަތު ޖަމާޢަތުގެ ވަކި މަޒުހަބަކުން ކިޔަވައި ވިދާޅުވެގެން ވަޑައިގެން އެއީ ހަމައެކަނި ދީނުގައި އޮތް ގޮތޭ ވިދާޅުނުވާށެވެ! ތިޔައީ ދެރަކަމެކެވެ. ތިޔައީ އިޚުތިލާފީ މައްސަލައެކެވެ. ބައެއް ޙާލަތްތަކުގައި އަތާ އަތް ޖޯޑުކޮށް ސަލާމްކުރުން މުސްތަޙައްބުކަން ބޮޑެވެ. މިސާލަކަށް އިސްޓޭޖްމަތީގައި ހުންނަވާ ޝަރަފުވެރި މެހުމާނު ސަލާންކުރައްވަން އަތް ދިއްކޮށްލެއްވީމާ، އާދަކާކާދައާއި އިޙުތިރާމަށްޓަކައި ސަލާންކުރުމުން ނުކުންނާނެ ނުބައި ނަތީޖާއެއް ނެތް އިރު، އެފަދަ ޙާލަތެއްގައި ސަލާމް ނުކުރުމުން ނުކުންނަ ނުބައި ނަތީޖާ ވަރަށް ގިނައެވެ. ވީމާ ތިޔަ ފަދަ ޙައްސާސީ އިޚުތިލާފީ މައްސަލަތަކުގައި އެއް މަޒުހަމަކަށް އެއް ރައުޔަކަށް ބުރަވެ ލިޔުއްވުމަކީ އަލަިފާނަށް ތެޔޮ އެޅުން ފަދަ ކަމެކެވެ.
އަދިވެސް އާދަކާދަތޯ އިސްކުރަންޖެހެނީ؟؟؟
ތިޔަބޭފުޅާ ބުނާގޮތައް މިކަމަކީ އިޚްތިލާފީ މައްސަލައެކޭ ބުނެވޭނޭ އެއްވެސް އަސާސެއް އަޅުގަނޑަކަށް ނުފެނުނެވެ. ވީމާ ތިޔަވިދާދުވާ ކަމަށް ބާރުލިބޭ މަސްދަރެއް ހިއްސާކޮށްދެއްވުމަށް ވަރަށް އަދަބާއި އެކު ދެންނެވީމެވެ.
ސަލާމް ކުރުމަށްވިޔަސް ހިލޭ އަންހެނެއްގެގައިގަ އަތްލުންވެސް ވާނީ އަލިފާނަށް ތެޔޮއެޅުން ފަދަ ކަމަކަށް.މީސްމީހުންގެ ހިތްނިޔަތް ކިނލަނބުވާން ސިކުންތެއްވެސް ނުނަގާނެ.ފުރަތަމަ އަތްލާނީ ސަލާމް ކުރުމުގެ ނިޔަތުގަ ދެން އަތްލާނީ އެހެންބޭނުމެއްގަ.ސަލާމް ކުރަން ބޭނުންނަމަ އަނގަބަހުންވެސް ކުރެވޭނެ.ދެން ބޮޑަށް ބެލެވެނީ މިގޮތަށް.ތިމާ ހިތްއެދޭ ކަމެއްވިއްޔާ ކުރާނެ ދީނުގަ އޮތަސް އަދި ނެތަސް.
ކާބަފައިން ބުދައް އަޅުކަން ކުރީމަ އާދަކާދައޭކިޔާފަ ބުދައް އަޅުކަން ކުރަންވީތޯ؟ ދީނުގަ އިސްކުރާކައް ނޯވޭ އާދަކާދައެއް. މިހެން ބުންޔަސް އަންހެން ކުއްޖެއް މޫނު ބުރުގާ އަޅައިފިއްޔާ މި 100% މުސްލިމް ރާއްޖޭގެ ސްކޫލްތަކުން ކިޔެވުމުގެ ފުރުސަތު ގެއްލޭ. ވީމާ ކަން އޮތް ގޮތާ ކަން ވާގޮތާ ވަރަށް ތަފާތު.
އާއަދަކާދައިގެ ތެރެއިން މާލޫދު ކިއުން، ޒިޔާރަތަށް ނަދުރު ބުނުން، މިކަހަލަ ކިތަށް ކަންތަށް ކުރިން ކޮށްފައި އެބަހުރި އެކަމު ކަމުގެ ހަގީގަތް އެނގުމުން އެކަންކަމާއި ދިވެހިން ދުރުވީ އެއްނު
ކަންއޮތީ މިގޮތައްކަން އެނގޭއިރުވެސް ގިނަމީހުން އަމަލުކުރުމަށް ދެކޮޅުހަދާ އަދި ބައެއްމީހުން މިކަމާއި ގުޅިގެން އައިސްފަހުރި ޙަދީޘްތަކަކީ ޞައްޙަ ހަދީޘްތަކެއްކަމަށް ޤަބޫލެއްނުކުރޭ.މިރޯދަމަސް ފެށެން އެއްދުވަހަށް ވެފައޮއްވާ މިމަޢުޟޫއާ ގުޅުންހުރި ހާދިސާއެއް ކުރިމަތިވި.އަހަރެންނާއި އުމުރުގެގޮތުން ދުވަސްވީ ބޭބޭއަކާ ބޮޑު ބަހުސަކަށް ދާންޖެހުނީ.އެބޭބެ ބޭނުންވީ އަހަރެންގެކައިރީހުރި އަންހެނަކާ ސަލާމްކުރަން.އޭނަ އެކަމަށް އިންކާރުކުރީމަ މައްސަލަ ހޫނުވީ.އަހަރެމެން ކަންއޮތްގޮތް އޮޅުންފިލުވައިދިނީމަވެސް ޤަބޫލެއްނުކުރި.ވ.ރުޅިގަދަވެފަހުރީ.
އަދި މިއޮށް އަންނަނީ އަތްދިގު ދުވަސްވަރެއް... ކާންއިންދަވެސް ސަލާމޭ ކިޔާފަ އަންދިތްކުރޭ... ކާންއިންނަ ވަގުތުގައިވެސްހެޔޮ އަތުގައި ގަރުދިޔައޭ ...ބުނިކަމުގައި ވިޔަސް ސަލާން ކުރަން ބޭނުންވާނެ....
އަލި މުހައްމަދު ހަަދަ ގަަޅިއޭ ހިތަމާ ހުރި އިންސާނާ ވުދޫލު ކުރެއްވި މަގުސަދުވެސް ނޭގޭ ،ތިމާ ރުހުން ހޯދަންޖެހެނީ އިްނސާނުންގެ އެއް ނޫން ، މިވަރު ނޭގޭ މޮޔައިްނވެސް ކޮމެންޓް ކުރަން ޖެހޭ ހެހެހެހެހެ