ފިނޭންސް މިނިސްޓްރީގެ އިމާރާތް ވަށައިގެން އޮންނަ ޕާކިން ޒޯނުގައި ބިދޭސީން ސައިކަލު ފޮހުމާއި ދޮވެ، ކިޓު ކުރުމުގެ ވިޔަފާރި ކުރުން އާންމު ވެއްޖެއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ހޯދައި ހައްޔަރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެފައި ވަނިކޮށް ހާމަކަން ބޮޑު ގޮތެއްގައި މި މަސައްކަތް ކުރާއިރު ސަރުކާރުގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން އެކަން ހުއްޓުވަން މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އާންމުން ކުރެއެވެ.
"ވަގުތު"އާ ވާހަކަ ދެއްކި އާންމު ރައްޔިތަކު ބުނީ ބިދޭސީން އެތަނުގައި ސައިކަލު ފޮހުމުގެ ވިޔާފާރި ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ވަގުތުގެ ނޫސްވެރިން އިއްޔެ އެ ސަރަޙައްދަށް ދިޔައިރު ބަންގަލަދޭޝްއަށް ނިސްބަތްވާ 5 މީހުން ޕާކިން ޒޯނުގެ ފަސް ސަރަހައްދެއްގައި ސައިކަލު ދޮވެ ކިޓު ކުރުމުގެ މަސައްކަތް ކުރަމުން ދެއެވެ.
ސައިކަލެއް ކިޓު ކުރަން ހުރި ބިދޭސިއަކު "ވަގުތު"އާ ވާހަކަ ދައްކަމުން ބުނީ އޭނާ އެތަނަށް ކޮންމެ ދުވަހަކު ނުދާ ކަމަށާއި ބައެއް ދުވަސްދުވަހު އެތަނުގައި މަސައްކަތް ކުރާ ކަމަށެވެ.
"އަހަރެން ކޮންމެ ދުވަސް ނާނަނީ. އެއްބައި ދުވަސް މިތާ މަސައްކަތް ކުރަނީ. މަދަމާ ނާންނަނީ" ބިދޭސީ މީހާ ބުންޏެވެ.
ފިނޭންސް މިނިސްޓްރީ ވަށައިގެން އޮންނަ ޕާކިން ޒޯނުގެ އިތުރުންވެސް މާލޭގެ މަގުތަކުގައި ކާރާއި ސައިކަލު ދޮވެ ކިޓު ކުރުމަކީ ބިދޭސީން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އެހެން ނަމަވެސް ސަރުކާރުގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން އެކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާތީ އެކަމުގެ ޝަކުވާ ބައެއް އާންމުން ދަނީ ކުރަމުންނެވެ.
ވޯކް ޕާމިޓާއި ވޯކް ވިސާ ނެތި މަސައްކަތް ކުރުވުމަކީ މަނާ ކަމަކަށްވާއިރު އެ މަސައްކަތް ކުރުވާ މީހާވެސް އެ ކުރަނީ ކުށެކެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ކަމެއް ހުއްޓުވައި މިހާތަނަށް އެއްވެސް ފިޔަވޅެއް އަޅަމުންދާތަން ނުފެނުމުގެ ކަންބޮޑުވުން އާންމު ރައްޔިތުން ކުރެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 140000 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅޭ އިރު މީގެ ތެރެއިން 63000 ބިދޭސީންނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ މީހުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންނާއި އިމިގްރޭޝަންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ވާގޮތް ނުވިއެވެ.
މިރަށުގައި ތި ބަގުލާދޭސް މީހުންނަކީ މިހާރު ބޮޑު އުދަގުލެއް. ދަނޑުތަކުންވައްކަން ކުރުމާއި ވަލަށް ވަދެ މީހުންގެ ރުއްތަކުގެ ކާށި ހޮވައިގެން ވިއްކުމާއި، ދޮންކެޔޮ ކަނޑާގެން ކެއުންފަދަ ކަންތައް މިމީހުން ކުރަމުން ގެންދޭ.ރޭގަނޑުގައިވެސް މިމީހުން މަގުމައްޗާއި ވަލުތެރޭގައި ދަނީ އުޅެމުން.އުޅޭކަށް ވަކިގޮތެއް އޮތް ބައެއްނޫން މިއަކީ.
އެމީހުން ތިރަށަށް ގެންދިޔައީވެސް ހަމަ ތިރަށު މީހުން
ހެހެހެ. ގަރާޖް ލާރިދީގެން ހިންގުމުގެ ބޭނުމެއްްނެތް.
ތިޔައީ ދިވެހި ފިރިހެނުންގެ ކަންނެއްކަން. ބޯހަލާކު.
ދެރަކަމެއް ވިއަސް މޮޅުކަމެއްވިއަސް މިއަކީ ފިރިހެނުން ނޫނީ އަންހެނުން ކަންނެތްވުމާއި ނުވުމުގެމައްޗަށް ބިނާވެފަ އޮތް ކަމެއް ނޫން. މިކަމަކީ ކަޑައެޅިގެން ސަރުކާރުން ކުރާކަމެއް.
މިހެން ބުނުމުގެ ޖާގަ އެބައޮތް. ރައީސުލް ޖުމްހޫރިއްޔާ އާއި، ހޯމް މިނިސްޓަރާއި، ޕޮލިސް ކަމިޝަނަރާއި، ސިޓީކައުންސިލްގެ މޭޔަރާއި، އިމިގްރޭޝަނުގަ އެހުންނަ މީހާއާ މިއެންމެންނަކީ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި، ގަވާއިދު ތަކާއި އެއްގޮތަށް ދިވެހިންނަށް ހެޔޮވެރިކަމެއް ކޮށްދޭންޖެހޭ މަ
ގާމުތަކެއްގައިތިބި ބަޔަކަށްވީއިރު މިބައިމީހުނަށް
އެކަން އެބަކުރެވޭހެއްޔެވެ. ފުޑްކޯޓާއި، ފިނޭންސް މިނިސްޓްރީއާއި، ކާނީވާ ސަރަހައްދާއި އަދި މިނޫންވެސް ތަންތާގައި
ބަންގާޅުމީހުން ތިޔަސަކަރާތްޖަހާތަން ކުރިން މިބުނި މީސްމީހުން އެތަންތަނާއި ހަވާލުވެގެން ތިބި ތަންތަނުގެ މުވައްޒަފުންނަށް ނުފެންނަނީ
ޙަމައެހުރިހާމީހުންގެ ލޮލުގެ މަސްއަލަކާއިހެދި ކަމަށް ހަމަހިލާޥެސް ނުވާނެއެވެ. އެބިދޭސީންގެ މައްޗަށް އަމުރުހިންގުމަށް މިވެރިންނަށް ބާރުނެތީހެއްޔެވެ. މިބިދޭސީންނާ ސުވާލުކުރުމަށް ކޯޓް އަމުރު ބޭނުން ވަނީހެއްޔެވެ. ޖުޑިޝަރީ ކޮރަޕްޓްކަމުން އެއަމުރު ނުދެނީހެއްޔެވެ. ނޫނެކެވެ. މިއިން އެއްވެސްކަމެއް ވަނީކީނޫނެވެ. ފެނެއެވެ. އަޑުއިވެއެވެ ކަންކުރުމުގެ ބާރުވެސް ވަނީ ލިބިފަައެވެ. އެކަމަކު ހަމަނުހުއްޓުވަނީއެވެ. ކީއްވެތޯއެވެ. ރައްޔިތުންދެކެ ލޯބިނުވަނީއެވެ.
ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެންތިބެ ރައްޔިތުންނަށް އަނިޔާވެރި ވަނީއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.
ބަޔަކު ހިސާބަށްވުރެ ނުބައިވެއްޖެނަމަ އެބަޔެއްގެމައްޗށް އަނިޔާވެރި ވެރިން ފާކުރަށްވާނެކަމަށް ޢިލްމުވެރިން ވިދާޅުވާ އަޑުއަހަމެވެ.
ވަގުތުން ކުރާ މަސައްކަތައް ހަމަ ސާބަސް. ދިވެހި ރާއްޖޭގެ އިމިގްރޭޝަންގެ މަސައްކަތްވެސް ތި ކުރަނީ ވަގުތު މުވައްޒަފުން. ސަރުކާރު ޒިންމާދާރުކުރަން ނޫސްވެރިންގެ މަސައްކަތް ވަރަށް މުހިންމު. ގައުމުގެ ސަލާމަތާ އިގްތިސާދައް ނުރައްކާވާ މިހަކަލަ މައްސަލްތައް އަބަދުވެސް ގެނެސްދީ ހެދުން މުހިންމު. ޝުކުރިޔާ ވަގުތު
ސަރުކާރު ބިލްޑިންއެއްގެ ގޯތިތެރޭގަ މިކަންތައް ހިންގާއިރުވެސް އަޅާނުލުމަކީ މިގައުމުގެ ޒިންމާ ނަގާ ހަމައެކަކުވެސް ނެއް ކަމުގެ ހެއްކެއް. ބޯ ހަލާކު
ގައިމުސޯލިހުމެން ކަރުގެހަންދާވަަށް ފެލުނު ވެރިކަމަށް އަންނައުޅުނު އިރު ދިވެހިންނަށް ވަޒީފާތަށް އޮހޭނިއްޔޭ މަށަށް ހީވަނީ އޮޅިގެންހެން ބަންގާޅުންނަށް ފަހުފުރުސަތު ހޯދަދޭވާހަކަ ރައްވެހިކަން ހޯދަދީ އެހެންދޯ ބުނީ....ކަލެޔަށް ހަމަ ދަތުރުކުރުން ނޫންއެހެން ކަމެއްވޭތަ؟ ދިވެހިންނަށް އަދިނެތް އެއްކަމެއްވެސް..ނޫނޭ ދިވެހިން ކަމަކަށް ކުރިމަތިލައި އެދެފިއްޔާ ވަރަށް ފެންވަރުހުރެގެން ވިޔަސް ނުކިބޭނެ..ބަންގާޅަކު ވަރިހަމަ ލިޔަނކިޔަން ނޭގުނަސް އޯކޭ ވިޔަފާރިވެރިޔާވެސް ސަރުކާރުން ވެސް ވަޒީފާދޭނެ..މީދެރަކަމަކީ ދިވެހިން ވަޒީފާދެކެ ފޫހިވާކަމަކީ
ދެތިންމަސް މުސާރަނުދީ ހުއްޓަސް ބަންގާޅީ މީހާ ވަޒީފާއަށް ނުކުންނާނެ. އެހެން ގޮތެއް ނެތީމަ. ނަމަވެސް ދިވެހި މީހާ އެއްމެ މަހެއްގައި މުސާރަ ނުލިބުނަސް ދެން އިތުރަށް މަސަތްކަތު ނުނުކުންނާނެ. އެހެންވެ ބަންގާޅީންނަށް ފަސޭހައިން ވަޒީފާ ލިބެނީ.
އަވަހަށް ރައްޔިތުކަން ދީ ތި ބައިގަޑަށް. ދެން ބުނޭ ޓެކްސް ދައްކައިގެން އުޅޭ ތިމަންނަގެ އަމައޭ ނޫނީ ބަފައޭ. އާސަންދައެއް ނުލިބެޔޭ.
ސައިކަލް ފޮހެދޭނެ ދިވެއްސަކު ނުވާނަމަ ބިދޭސީއަކު ލައްވާ ސައިކަލް ފޮހުން މައްސަލައެއް ބާ ދިވެހިން ކަންނެތްކަމުންނާ ދަށުދަރަޖައިގެ މަސައްކަތެއްކަމަށް ދެކިގެން މަސައްކަތް ނުކުރަނީ ނުންބާ؟ ބަންގާޅީ އަކު ކުރިޔަސް އެއީ މައްސަލައެއްނޫން ތި އައްޔަ ދާންވީއެއްނު ފޮހެދޭން އޭރުން ބަންގާޅީން ރުފިޔާދީފަ އައްޔަ ލައްވާފޮހުވާނެ.
އާ ހޭއަރާބަލަ. އެއީބޮޑު މަސްއަލައެއް.
މި ގައުމަކީ ދަޓްމޭން ދަޓްމޭން ގެ އުސޫލު އޮންނަ ގައުމެއް...
އެވެސް އިންސާނުން އެމީހުން ރާއްޖެ ގެނެސް އެހެން އުޅެން މަޖުބޫރު ކުރި މީހުން ކުއްވެރި ކޮއްބަލަ މަސައްކަތް ކޮއްގެން ލާރި ހޯދައިން އެމީހުނަށް ވެސް އުޅެވޭނީ ކަމުގެ ދެކޮޅުބަލާފަ ވާހަކަ ދެއްކުން މުހިންމު. އަހަރުންނަށްވެސް އުނދަގޫވޭ ދާ ކޮންމެ ތާކު ބިދޭސީން އެކަމު އެމީހުން ކައިރި ވާހަކަ ދައްކާލީމަ މި އިނގެނީ އެމީހުން އުޅޭ ހިތްދަތި ހާލު އެމީހުނަށް ނޭންގޭ އެމީހުން ރާއްޖެ މަސައްކަތް ކުރުވަން ކިޔާފަ ގެނޭ ބަޔެއްވެސް ޕާސްޕޯޓް އެއްޗެހި ވީ ދުނިޔެ އެއްވެސް ގިނަ މީހުންނަށް ނޭންގެ
ކަލެއަށް ކަމުގެ ދެކޮޅު އެގޭތަ. ނޫނީބެލީމުތަ. ކަލޭގޮސް ސީރީލަންކާގަ މަގުމަތީގަ ކުރޮޅި ފޮހެން ކިތައްދުވަހު އުޅެވިދާނެ ކަމަށް ފެނޭތަ. ރަގަޅަށް އެގޭނޭ ހަމަ އެންމެދުވަހެއްގެތެރޭގަ ފުލުހުން ކަލޭ ހައްޔަރު ކުރާނެކަން. މިވަނީ ކޮންގޮތެއް ކަމާމެދު ވިސްނާލިންތަ. ތަފާތެއް އެބަހުރިދޯ. ޢެތާވެސް އުޅެނީ ފުލުހުން. މިތާގަވެސް އުލެނީ ފުލުހުން. ޢަދިމިތާގެ ފުލުހުންގެ ޔުނިފޯމު މާރީތި. މުސާރަވެސް މާރަގަޅު. ރަގަޅަށްވިއްޔާ ކަލޭގެ ނަންމަތީ ގެނެސް ރަށުތެރެއަށް ދޫކޮށްލާފަފަ ތިބި ދެމީހަކު ސައިކަލު ފޮހެން އުޅޭނެ.
އެމީހުން ސައިކު ފޮހުނިއްޔަ ކޮބާ މައްސަލަ އކީ؟ ރާއްޖެ ގެނެއްސަ މަގުމައްޗަށް ދޫކޮއްލީމަ އެމީހުންވެސް ކައިގެން ބޮއެގެން އުޅެވޭނީ ލާއި ހޯދައިގެންދޯ
ޕާކިން ސަރުކާރު ސްޓިކާ ސަރުކާރު ދޯ މީ ހެހހެހެ
ތިއިން އެގިގެންދަނީ ދިވެހި ފިރިހެނުންގެ ކަންނެތްކަން. ނިސްބަތުން ބަލާއިރު މުޅިންވެސް ގިނައީ ފިރިހެނުންގެ މަސައްކަތް ބަންގާޅުން ކުރާތަން
ބަލަ އެ މީހުން ކުރިއްޔާ އޭޓީއެމް ތައް ދޮށުގަ ސަލާން ޖަހަން ތިބެނީ ހަމަ އަތް ފައި ސަލާމަތުން ހުންނަ މީހުން ދޯ ގިނައީ. އެ މީހުން ނަށް ވެސް ކުރެވޭ ކަހަލަ ކަންތައް ދޯ ތީ.. އެތާ އިށީންދެގެން ތިބުމަށް ވުރެ ރަނގަޅު ދޯ އެހެން ލާާރި ހޯދިއއްޔާ..އަސްލު ވާ ގޮތަކީ ދިވެހިން މާ ކަންނެތީ..
އަހަރުމެން ދިވެހިން ފެލާލެވޭތޯ ފުލުހުންބަލާނީ ފަޓްލޫނުބާލާއިގެން އިންސުއަރެންސް ކޮށްފަތޯ ގަމީސްބާލައިގެން ރޮޑްވާދޮނަސް އޮތްތޯ ބަލާނެ