ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އޮތް ނުހަނު ބޮޑު މައްސަލައެކެވެ. އެކި ބޭނުންތަކަށް، އެކި އެކި ނަންތަކުގައި ރާއްޖެ އެތެރެވާ ބިދޭސީންގެ އަދަދު ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. އިމިގްރޭޝަންގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް މަސައްކަތް ކުރުމުގެ ނަމުގައި ދެ ލައްކައަށް ވުރެ ގިނަ ބިދޭސީންވަނީ އެތެރެވެފައެވެެ. އަދި އޭގެ ތެރެއިން ބައިލައްކައަށް ވުރެ ގިނަ ބިދޭސީންނަކީ ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނެެވެ.

ބިދޭސީން ރާއްޖެއައިސް ނުގަވައިދުން ކުރާ ވިޔަފާރިތަކުގެ އަދަދުވެސް ވަކި މަދެއް ނޫނެވެ. "އާންމު ފާހާނަ ބަރިއެއްގައި" ބޯކޮށާ ތަނެއް ހުޅުވައިގެން ބިދޭސީން ހިދުމަތް ދިންތަންވެސް ދެކެފީމުވެއެވެ. އަދި ގެއެއްގެ ވައިގޮޅީގެ ތެރޭގައި "ފޯއް" ބަންދުކުރުމުގެ ވިޔަފާރި ބިދޭސީން ކުރަމުން އައި މަންޒަރުވެސް ދެކެފީމުއެވެ. މީގެ އިތުރުންވެސް އެތައް ވިޔަފާރިއެއް ބިދޭސީން ކުރަމުން ދެއެވެ. އޭގެ ތެރެއިން ބިދޭސީން ކުރާ އެންމެ ނުރައްކާ، އަދި އެންމެ ނުބައި ވިޔަފާރިއަކީ ހަށި ވިއްކުމުގެ ވިޔަފާރިއެވެ.

ހަށިވިއްކާ އަންހެނުން ގެންނަނީ ޓޫރިސްޓު ވިސާގައި ނޭޕާލާއި، ލަންކާއިން!

ހަށިވިއްކުމުގެ ވިޔަފާރީގެ އިސް ސަފުގައި އުޅޭ ގިނަ ބިދޭސީން ހަށިވިއްކުމުގެ ވިޔަފާރިއަށް ބޭނުންވާ އަންހެނުން ރާއްޖެ ގެންނަނީ އަވަށްޓެރި ސްރީލަންކާ އާއި ނޭޕާލުންނެވެ. އަދި އެމީހުންގެ ތެރެއިން ގިނަ މީހުން ރާއްޖެ އަންނަނީ ޓޫރިސްޓު ވިސާގައި ކަން "ވަގުތު" އަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މުސާރައަކީ 1200 ޑޮލަރު!

ހަށިވިއްކާ އަންހެނުން ރާއްޖެ އަންނަނީ އާމްދަނީ ހޯދުމަށެވެ. މަދު ފަހަރެއްގައި މަކަރާއި ހީލަތުން އެމީހުން ރާއްޖެ އެތެރެ ކޮށް، އެމީހުން ލައްވާ ހަށިވިއްކުމުގެ ވިޔަފާރި ކުރުވައެވެ. ހަށިވިއްކާ އަންހެނުން އެކި ގިންތި ތަކަކަށް ބަހާލައިފައިވާއިރު އެންމެ މަތީ ގިންތީގެ އަންހެނުންނަށް މަހެއްގެ މައްޗަށް 1200 ޑޮލަރު ގާތްގަނޑަކަށް 19،000 ދިވެހި ރުފިޔާ ދޭން ޖެހެއެވެ. އެއީ އެމީހުން ކުރާ މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައެވެ.

ތިބެނީ ގެސްޓު ހައުސްތަކުގައި!

މާލޭގައި ހުންނަ އާދައިގެ ގިނަ ގެސްޓު ހައުސްތަކުގެ ކައުންޓަރުގައި ތިބެނީ ބިދޭސީންނެވެ. އޭގެ ތެރެއިންވެސް ގިނަވާނީ ބަންގްލަދޭޝް މީހުންނެވެ. އެހެންކަމަށް ވުމުން ހަށިވިއްކުމުގެ ވިޔަފާރި ކުރާ މީހުން ފުރަތަމަ "ޑީލް" ހަދަނީ އެމީހުންނާއެވެ. ގެސްޓް ހައުސްގެ ބޮޑު މީހާއަށް ވަގަށް، އެތަނުން ކުލީ ކޮޓަރި ހަށިވިއްކުމަށް ދޫކުރެއެވެ. ބަދަލުގައި ކޮންމެވެސް ވަރެއްގެ އަދަދެއް ގެސްޓު ހައުސްގައި މަސައްކަތް ކުރާ ބިދޭސީ މީހާއަށް ލިބެއެވެ. ހަށިވިއްކުމަށް ރާއްޖެ ގެންނަ އަންހެން މީހުން އެ ގެސްޓް ހައުސްތަކުގެ ކޮޓަރި ތަކުގައި ބައިތިއްބައިގެން އެމީހުން ލައްވާ ހަށި ވިއްކުވައެވެ. އެއީ ފުލުހުންނަށްވެސް އަދި އެހެން ބަޔަކަށްވެސް ޝައްކެއް ވިޔަ ނުދިނުމަށެވެ.

މާކެޓު ކުރަނީ ކެފޭތަކާއި، ރެސްޓޯރެންޓުތަކުގައި މަސައްކަތް ކުރާ ބިދޭސީން!

ހަށިވިއްކާ އަންހެން ކުދިން ރާއްޖެ ގެނެސް އެމީހުން ލައްވާ ވިޔަފާރި ކުރުމުގެ ކުރިން، ކަސްޓަމަރުން ހޯދުމަކީ ބިދޭސީން ހާއްސަ އިސްކަމެއް ދީގެން، ރޭވުންތެރިކަމާއި އެކު ކުރާ ކަމެކެވެ. އެގޮތުން ހަށިވިއްކުމުގެ ވިޔަފާރި މާކެޓް ނުވަތަ އިސްތިހާރު ކުރުމަށް އެއްވެސް އިލެކްޓްރޯނިކް ޑިވައިސްއެއް ނުވަތަ އެއްވެސް މީސް މީޑިޔާގެ ޕްލެޓްފޯމެއް މިބައިމީހުން ބޭނުމެއް ނުކުރެއެވެ. ބަދަލުގައި މިބައި މީހުން ބޭނުން ކުރަނީ، މައުލޫމާތުދީ ޓްރެއިން ކޮށްފައި ތިބި ބިދޭސީންނެވެ. އެގޮތުން މާލޭގެ ކަނޑަތަކުގައްޔާއި، ކެފޭ ރެސްޓޯރެންޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް ހަށިވިއްކާ ވިޔަފާރީގެ މައުލޫމާތުދީ އެމީހުން ލައްވާ ކަސްޓަމަރުން ހޯދައެވެ.

މިސާލަަކަށް ހޮޓަލަށް ސައިބޯން ގަވައިދުން އަންނަ މީހެއްގެ ބޮލަށް އެރި، އެމީހާ ހަށިވިއްކާ ވިޔަފާރީގެ ކަސްޓަމަރަކަށް ހަދައެވެ. އަދި އަންހެން މީހާގެ ފޮޓޯ ދައްކައި އެމީހުންގެ ހިތްތައް އެ އަންހެން މީހާއަށް ލަންބުވައެވެ.

އިސްވެ މި ދެންނެވުނީ ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ބިދޭސީން ހަށިވިއްކުމުގެ ވިޔަފާރިކުރާ ގޮތެވެ. ބިދޭސީންގެ އިތުރުން ބައެއް ދިވެހިން އަޑީގައި ތިބެގެން ހަށިވިއްކުމުގެ ބޮޑެތި ނެޓްވޯކްތައް ރާއްޖޭގައި ހިންގައެވެ. އެފަދަ ގިނަ ތަންތަން ހިންގާފައިވަނީ ސަރުކާރުން ހުއްދަ ނަގައިގެން ހިންގާ ސެލޫންތަކުގައިކަން މީގެ ކުރިން ފުލުހުން ޖަހާފައިވާ ރޭޑުތަކުންނާއި ނޫސްތަކުގެ ފަލަ ސުރުހީތަކުން ވަނީ އެނގި ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

 1. ޞބވވ

  ނޭޕާލު ން މެއިޑުންގޮތުގަވެސް މީހުންގެނައުންހެޔޮނުވާނެ މަތިއޮމާން އަޑިނުބައި ބައެއް ދަރިންނަށްވަރަށްއަނިޔާކުރާނެ

  121
  12
 2. އޯކޭ

  ތޭންކްސް އެބައުޅެން މިރެއަށް ތިކަމާ
  ކިހިނެތް އަގުތައް އުޅެނީ

  41
  83
  • އަގުތައް

   16 ޖީބީ 500
   32 ޖީބީ 1000
   64 ޖީބީ 1500
   128 ޖީބީ 2000
   + 6% ޖީއެސްޓީ

   51
   5
 3. އަލީ ރާޖާ

  އެގަންޖާ19 ތަފާތުވަނީ މިހެންވީމަ

  109
  94
  • ނަކް

   އެޖެންޑާ ޑީފެކުސަނުގަ ތިލަން އެންމެ ގަދަޔަށް ހިނގަންފެށީ.. އޭރު ހުއްޓުވިނަ މިހެން ނުވީސްދޯ.. އަޅާ ނުލާ ދޫކޮށްލީ.. އެހެންތާ ވާނީ ވެރިޔާ އުޅުއްވީ ދޮން ރިހަ ކުޅި ކުޅުއްވުމުގަ ވިއްޔާ ބަންގާޅު ސޮރާއެކު

   39
   7
   • ނަގޫރޯޅި

    19 ހަމަ ތަފާތީ، ހުރިހާ ކަމެއް ފާޅުގަ. ހެއްވާ ކަމަކީ މިހުރިހާ ކަމަކައް ތާއީދުކޮއް ބުބނާހުރިހާ ކަމެއްކޮއްފަ އަދި އެ ބަކިޔަ އެހެންމީހުން މިސްކިތައް ނާރާވާހަކަ. ތިހުރިހާ ކަމެއް ފާޅުގަ ކޮއްފަ މިސްކިތައް ތިއަރަނީ ބަޔަކައް ދެއްކެންތަ، އެހެންވެއްޖެޔާ ތިއަކުން އާހިރުގެ ފައިދާއެއްނެތް

    9
    5
 4. ވިސްނާމީހާ

  ތިކަން ތި އަންހެތަކާއެކު ކުރަނީވެސް ހަމަ ދިވެހި ފިރިހެނުން.މިހާރުވެސް އަންހެނަކު ކަމެއް ކޮަށްބަލަ. މި ފިރިހެނުން ކިޔާ އެއްޗެހިން ލޯ ދިމާ ކޮށްލަން ނުކެރޭނެ. މަށަށް ހެޔޯ މި ކޮމެންޓް ނުޖެހިޔަސް

  85
  8
 5. ާާާޢަލީ

  އޯކޭވާނެ..ބަންގާޅުންގެ ޙައްގުތައް ހިމާޔަތްކުރަން ޖެހޭނެ. ދިވެހިން ބިކަކޮއްފަވެސް..ވަޒީފާދެނީ އެމީހުނަށް ދިވެއްސަކަށް ނުދޭނެ..ދިވެހިންނަށް ވަރަށް އިހާނެތިކޮށް ހިތާނީ ވަޒީފާގަވެސް...ތިޔަބައިގަނޑު ގިނަވެގެން ގޮސް މުޅިމިގައުމުގަ ނެތްއެއްވެސް ނުބައިކަމެއް ދައްކަބަލަ..ވަގަށް އެތެރެވިޔަސް އަބަދުވެސް އެމީހުންނަށް ފުރުސަތު ދޭ ރަޖިސްޓްރީވާން..އެމީހުންގެ ކާރިޔަށްގޮސް ފައިދަށުގަބޮސްދީގެން ވެސް...މުޅިގައުމުހަލާކުރަނީ ބަންގާޅުންނާ އެމީހުންއެތެރެ ކޮށް ގެންނަވިޔަފާރީގަ އުޅޭމީހުން...މުޑުދާރުކަންވެސް އިންތިހާޔަށް..އަބަދު ތިބެނީ ނޭފަތް ކޮށްޓާލަ ކޮއްޓާލަ..ކެފޭތަކުގަ ފިހާރަތަކުގަ ތިބޭ ހަމައެންމެންވެސް..މަގުމަށްޗަށް އެވަރަށް ކުޅުޖަހާ...މީހުނާދިމާޔަށް ކެއްސާ ކިނބިހި އަޅާނީ...ދިވެހިންގެ ނުބައިކަމުން މިހާރު އެމީހުންމާނުބައި...

  98
  11
  • އެޖެންޓް

   އެޖެންޑާ 19 ދޯ؟

   6
   3
 6. ދޮންބެ

  ލިޔުން ތެރިޔާ، މި ޚަބަރު ގެނެސްދީފައިވާ ގޮތް ވަރަށް ފުރިހަމަ! ބިދޭސީން ރާއްޖޭގައި ހިންގާ މިފަދަ ކަންކަން، ވީހާވެސް ތަފްސީލީ ގޮތެއްގައި ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަކީ، ތިޔަ ނޫސްވެރިންގެ ވަރަށްބޮޑު ޒިންމާއެއް! ދިވެހިރައްޔިތުން ޓެކްސް ދައްކައިގެން އުޅޭ އިރު، މި މީހުން ދައްކާ ޓެކްސް އެއްވެސް ނެތް!

  111
  10
 7. މޯލްޑިވިއަން މުރުތައްދު ޕާޓީ އެމް ޑީ ޕީ

  މިނިވަން ގައުމުތަކުގަ ތިކަން ކުރެވޭނެ ރާއްޖެ މީ މިނިވަން ގައުމެއް

  36
  71
 8. ޢަލިބެ

  ތިކަންކަން ނުހުއްޓެނީ ހުއްޓުވަން ތިބޭމީހުން ތިކަންކަމުން ފައިދާ ލިބިގަންނާތީއެއް ނޫންބާ.

  62
  2
 9. ޑާވްދަ

  ތިޔަކަން ކުރޭ ސުޕުން ވެސް ބާސްކެޓް ގެ ، ހަމަ އިނގޭތީ ބުނެލީ

  13
  1
 10. ފިލާވަޅު

  ފްރީޑަމް އޮފް އެވްރިތިންގ އެމީހުންގެ ހައްގޭ ބުނުމުން ފުދޭނެ މިހާރު ކުށަކައްވެސް ނުވާނެ ބިރަކާނުލާ މަޖާކުރުމުގެ ތެރެއިން

  27
  3
 11. ކޮމެންޓް ކުރެވޭކަށް ނެތެއްނު

  އަވަހަށް ކޮމެންޓް ޖެހިއްޔާ ކީއްތަވީ؟؟ ދެން ކޮމެންޓް ކުރަން ނޫޅުނީމަ މާރަނގަޅުވާނެ ދޯ؟

  16
  2
 12. މީޒްލީ

  އާޓިކަލް އަކުން މިއޮތީ ވަރަށް ފުރިހަމަ މާކެޓެއް ކޮއްދީފައި!
  ދެން ދިވެހިން ގޮސް ކެފޭ ރެސްޓައުރަންޓްގައި ތިބޭ ބޮންދު ކައިރީގައި އަހާނެ ކޮބާ މަންޖެއެއް ނެތްހޭ! ނޫސްތަކޭ، ފަލަ ސުރުހީއޭ ކިޔާފައ ފައްކާ ގޮތަކަށް މާކެޓް ކޮއްދީފައި މިއޮތީ!

  77
  11
 13. ސިއްރު ލޯބިވެރިޔާ

  ޝާނީ އަށް މިކަން މިހާ ތަފްސީލުކޮށް އެނގުނީ ކިހިނެއްބާ؟

  30
  5
 14. ?ރޮނޑާ

  ވިއްކަން އުޅޭ މީހުންނައް ވުރެ ގަންނަން ބޭނުންވާ މީހުންގިނަ. ޝިޔާމާއި ޔާމީންގެ ފަލްސަފާ ފޮލޯކުރާ ބަޔަކައްވާނީ.

  44
  14
 15. ވިސްނާމީހާ

  ދިވެހިން އެކަން ކުރާތީ ދޯ އެމީހުންވެސް މި ވިޔަފާރި އެ ހިންގަނީ....އެއްފަހަރުވެސް ނޫނެކޭ ބުނެފިނަމަ އެމީހުންގެ އެކަނަތައް ފެއިލްވާކަށް މާ ގިނަދުވަހެއް ނުވާނެ. ދިވެހިންވެސް ސިޔާސީ ކަމެއްގަވިއްޔާ މަގުމަތީ މުޒާހަރާ ކުރާވަރުން ބޮލަށްތުރާ.އެއްފަހަރުވެސް މިކަހަލަ ކަމަކަށް ނުކެރޭނެ ފުުއްޕާފަ މުޒާހަރާ ކުރާކަށް..ނުވެސް ކެރޭނެ ..އަބިން ގޭގަ ދަރިންބަލަން ބައިތިއްބާފަ އެކަމުގަ އުޅެނީ...

  40
 16. އާދަން

  އެއްވެސް މީހަކު ބާކީ ކޮށްގެން ނުވާނެ..އެއީ ބޭރު މީހެއްކަމުގަ ވިޔަސް ދިވެއްސެއްކަމުގަ ވިޔަސް..ހައްގުތައް ކަށަވަރު ކޮށްދެނީޔޯ.

  18
  6
 17. ޙަސަން ޒަރީރު

  ތިކަންކުރެވެނީ އަހަރެމެންގެ ތެރެއިން ކޮށްމެވެސް މީހެއްގެ އެހީތެރިކަން ދިނީމަ އޭނާގެ ނަމުގަ ރާއްޖެ އެތެރެވާ ބިދޭސީންކުރެ ގިނަމީހުންމަކީ މަދުލާރިކޮޅެއްގެ ބޭޖުމުގައި އަހަރެމެންގެ ކޮށްމެވެސްމީހެއްގެ ނަމުގައި އެތެރެވެގެން އުޅޭމީހުން

  14
  2
 18. އަލީ

  އައިޖީއެމް ހޮސްޕިޓާ ކައިރީ ހުރި ކުލި ކޮޓަރިދޭ ތަންތަން ބަލާބަލަ. ފެންނާނެ ތިޔަ ކުޅިގަނޑު. 2 ހޮޓާ ދޭތެޜޭ އިންނާނޭ ތަނެއް.

  24
  1
  • ދެހޮޓާ ދޭތެރެ

   ޔާމިން ޝިޔާމު ކުޅިގަނޑު މޮޅުގޮތަކަށް އިސްތިހާރު ކޮށްލީދޯ?????

   4
   2
 19. ޝޫޗު

  ދަޑު ފުރެވަރަށް މިހުން އެބައޮތް. ޢެމީހުން ވެސް އެއީ އިންސާނުން. މިކަހަލަކަންތަށް ދިމަވާނެދޯ!

  7
  14
 20. މަހުދީ

  މިރާއްޖޭގެ ކޮންމެއް ބޮލަކަށް ބިދޭސީއެއް. އެމީހުންނަކީ ވެސް އިންސާނުން. އެމީހުން ވެސް އަންހެންނުން ބޭނުންވޭ. ރާއްޖެއިން ބޭރުން އެކި ނަންނަމުގައި ބިދޭސީ އަންހެނުން ގެނެސް މިމާރކެޓު ހޯދުމަކީ ކަޅުބަޒާރުގައި ޑޮލަރު ވިއްކައިގެން ލިބޭ ފައިދާވުރެ ބޮޑު ފައިދާވާކަމެއް. މިކަމަކީ މިރާއްޖޭގެ ދިވެހިންނާ ގުޅިގެން ކުރާ ބިޒުނަސްއެއް. މިއަދު އެއްޗަކީ ފައިސާ. ދުނިޔެ ޤިޔާމަތް ވުމުގެ އަލާމާ. ސަރުކާރުގެ އިހުމާލު... އެޖެންސީތަކުގެ އިހުމާލު....

  36
  1
 21. ޒައިން

  ބަނގާޅީން ތަކުގެ ތެރޭގަ ޕާޓޭން ވެސް ހެސްކިޔާފަ
  ޢެސީ ހަދަން މިގެޔަށް އައި ބަނގާޅިން އެސީ ހަދާ ނިމިގެން ދިޔައިރު ދިޔައީ ޑްރެސިން ޓޭބަލް މަތީ އޮތް ހާޑް ހިފައިގެން. ނުވިތާކަން މަގޭ ދަރިފުޅު ގެން ގުޅުނު ގޯޕްރޯ އަކާ 320ޑޮލަރ ވަގައް ނަގައިގެން. ޑެން ގުޅި އިރު އެނަންބަރަކީ ބެނުން ކުރާ ނަންބަރެއް ނޫން. ޕޮލިހުން ބުނީ ނަންބަރު ގެ ވެރިފަރާތަކީ ރާއްޖޭން ޑީޕޯޓް ކޮއްލާފަ ހުރި މީހެއް ކަމަށޯ ދައްކަނީ.

  27
  1
 22. ދަންސޫރަ

  އިސްލާމް ގައުމެއްގަ ކާފަރުންގެ ދައުލަތެއް އުފެދޭއިރު ހުރިހާ މުސީ ބާތެއް ކުރިމަތިވާނެ މިގައުމުގެ ހާލަތު ބަދަދަލުކުރަނީ ދިވެހިން އެއީ ދިވެހިން ބޭނުންވާގޮތް އިސްލާމުންނަށް ސުސީ ބާތް ހެހުނުވަރަކަށް ﷲ ހަނދުމަ ވާނެ

  19
  1
 23. މަކިނބޫ އެޓް ދުބާއީ

  އެޖެންޑާ 19 ތަފާތުވަނީ މިހެންވެ. ބިރަކާ ނުލާ ސަކަރާތް ޖެހުން.

  21
  6
 24. ހަސަދު

  މުޅި ގައުމޫ ހަލާކު ކޮށްލައިފި. ބަންގާޅުންގެ އަދަދުވެސް ނޭގޭ. އެމީހުން ރާއްޖެ ހިފަން ދިމާ ކޮށްފިއްޔާ ދެން ކިހިނެތްބާ ވާނީ. އަދިވެސް ކިޔާ "މަގޭ ދީނާ މަގޭ ގައުމާ މަގޭ ޖީބާ"

  31
  2
 25. ހަގީގަތް

  މިހާރު ތިކަހަލަ ތަންތަން ހުންނަން ޖެހޭނެ.. މީހުންގެ އަނބިން ކައިރިޔައް ދިޔުމައްވުރެ ރަނގަޅު.. ތި ބުނާހާ ރަނގަޅު ބަޔަކު އުޅޭ ތަނެއްނޫން މީ.. ތިކަން ނުކުރާ ބަޔަކު ކޮންމެވެސް އެހެން ނުބައި ކަމެއްކުރޭ... ފިތުނަލުން، ހަސަދަ ނޫނީ ދެބައޮޑުވުން ކަހަލަ އެތައް ކަމެއް...

  10
  25
 26. ފާތިމަ

  އަދި ޖަހާލަބަލަ ބަންގާޅު މީހުން ކޮންމެ ފިހާރައެއްގެ އަސްކެނިދަށު ޖޫހާ ކުރުނބަޔާ ސޮސެޖް ވިއްކަންވެސް އެއްވެސް ހުއްދައެއް ބޭނުންނުވާ ވާހަކަ

  30
  1
 27. ޏެހެރާޒު / ޒެންނާރު

  ހުޅުމާލެ ސްޕާ ހިންގާ މީހަކު ތިކަންކޮށްކޮށް އެ މުއްސަނދިވީ އަދި އުމްރާއަށްވެސް ގޮސް އިސްލާހުވެގެން ފާސްޓްފުޑް ރެސްޓޯރަންޓެއް އެބަހިންގާ

  31
 28. ކާޅުކެއަސް ސޮއްނުގޮވާ

  ދިވެހީން އަޑީގަ ތިބެގެން ސެލޫން ތަކުގެ މަސައްކަތަށް ކަމަށްބުނެ ގެންނަ ނޭޕާލު އަންހެނުން ރިސޯޓުތަކަށް އަންނަ މުއްސަދިން ހިތް އުފާކޮށް ދިނުމަށް ސަފާރީތަކަށް ފޮނުވައިގެން ފައިސާ ހޯދާ. ޢަދި ދިވެހީންނާ މާލޭގެ އެކިއެކި މަސައްކަތަށް އައިސްއުޅޭ ތުރުކީފަދަ ޤައުމުތަކުގެ މީހުން ހިތްއުފާކޮށްދޭން ވެސް ކުރުސޯޓުލީ ނޭޕާލު ކުދީން އުޅޭ. ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހީންނާ މާލޭގައުޅޭ ދިވެހީން އެމީހުންގެފޮތުގަ އޮންނަ ގޮތަށް ކުރުސޯޓުލީ ނޭޕާލު އަންހެނުންނާ އިނދެގެން ދަރީންލިބިފަ ވެސް އެބަތިބި. ރަޙްމަތްތެރިއެއްގެ ގާތުން އެގުނު ގޮތުގައި ހުޅުމާލޭގެ ބަންގާޅުން ދިރި އުޅޭ ގެއެއްގައި ވީކެންޑަށް ދިވެހި އަންހެނަކު ބަންގާޅު މީހުންގެ ހަށި ވިއްކުމުގެ ވިޔަފާރީގައި މަސައްކަތް ކުރޭ.

  15
 29. ބިޔުޓީ ކޯސް ހަހަހަ!

  ބިޔުޓީ ކޯސް ހަހަހަ!

  11
 30. ހަމަހަމަ

  މި ސަރުކާރުގެ ކަންތައް ހުރިގޮތުން ހީވަނީ ދުވަސް ކޮޅަކުން ތިކަމުގެ އެންމެ އިސްސަފުގައި ރަސްމީކޮށް ހުންނާނީ ޖާ ބިރުހެން.

  18
  2
 31. ހުސެން

  ޓތިޔަކަން މިހާރު އެންމެ ގަދަކޮށް ޖައްސާތަނަކީ ހ. އަސްރަފީ މަގުގައި ހުންނަ ގެސްޓް ހައުސްތަކުގައި ދެ ބައިވެސައޮވެޔޯ..ރިސެޕްސަނުގައި އިންނަ ބަންގާޅީން ނުވެސްނިދާ ހާއްސަކޮށް ރިސޯޓްތަކުގައި މަސައްކަތް ކުރާ ޒުވާނުން މާލެއައިސް މިނޫން ކަމެއް ނުކުރޭ އެމޯހުން އޮންނަނީ ކުރިޔައްލާ ނެޓްވޯކުއަޅައިފަ.. ރިސެޕްސަނައް ވަރައް ބޮޑޯކޮށް ޓިޕްސްވެސް ލިބޭކަމަށް ވަނީ..މީކީ ފުޅުހުންނަކައް އާކަނެއްނޫން އޭގެތެރޭވެސް އެ ބައުޅޭކަމައްވަނީ މިބާވަތުގެ ތަންތަން ހިންގާ ބޭކަލުން..

  8
  1
 32. Anonymous

  ނުގަވައިދުން އުޅޭ ބިދޭސީންކަންތައް ހައްލުކޮއްފި. ގަލޮޅު ދަނޑައް ގެންގޮސް ދިނީ 6 މަސް ދުވަހުގެ ކާޑެއް، ދީފަ ބުނީ 6 މަސްވީމަ މުއްދަތު އާކޮއްދޭނަމޭ. މިޔަކުން މިގައުމ

  5
  1
 33. ޖުމާ

  ތިކަންތައް އަދި ކިރިޔާ ތަ ތިއެނގުނީ ތިޔައީ %100 ގެ ވާހަކައެއް. ތިމީހުންގެ ފަރާތުން ކުރާ ފައިދާ އަށް ވުރެ ތިމީހުންގެ ފަރާތުން މިކުޑަ ކުޑަ މުޖްތަމަޢު އަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑު .ތިޔައީ ސަރުކާރުން ބަލާ ފިޔަވަޅު އަޅން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް.

  6
  1
 34. ކޮތަރުބިސް

  ބިދޭސީންގެކަންތައް ހައްލުނުކުރެވިއްޖެނަމަ އިސްތިއުފާދޭނަމޭ ކިޔާފަ އުޅުނު މިނިސްޓަރު ކިހިނެއްހާލު

  8
  1
 35. އަލީ

  ﴿19﴾ إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

  ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.

  17
  1
 36. މިގޭ

  ދީނަށް ފުރައްސާރަކުރުމަށް ތެޅިގަތްހެން ހަށިވިއްކުމުގެ ވިޔަފާރި ކުރާމީހުން ކުރިން އެމަސައްކަތްކުރީ ކުރިން ވަރަށް ވަގަށް މަދު ބައެކެވެ. އެކަމު އެޖެންޑާ 19 ގެ ދަށުން ޓީވީ އިން އިސްތިހާރުކުރުމާ ފޭސްބޫކު މެދުވެރިކޮށް ފާޅުގައި ނިކުމެ މުޅިމާލެއާއި ރާއްޖެތެރެއަށް ފުޅާކުރަމުން އެހެރަގެންދަޏީ ފަތުއަޑުކިޔާފައެވެ.
  ސަރުކާރު އޮތީ ދެލޯމަރައިގެ ހޭށެވެ. މިތިބަ މުސްލިމުންނޭވެ ހޭއަރާށެވެ. މަޑުން ނުތިބޭށެވެ. މިރާއްޖޭގައި އޮތް އިސްލާމްދީން ބަލިކަށިވެ ނެތެމުން މިދަނީ ވަރަށްބާރަށެވެ. މިވާހަކަ މިބުނީ އެކަން އެނގޭތީއެވެ.

 37. ނަސީދު

  ހީވަގޮތުން ބަންގާޅުމީހުން މަގުމައްޗައްކުޅުޖެހުން މަދުކުރަން ސަރުކާރުން ހިންގާޕްރޮގްރާމަކާ ލަފާކުރެވެނީ