ގަދަކަނޑެއްގައި އޮޔާވާޔާ ދެކޮޅަށް އޮޑި ދުއްވުމުމަކީ ކޮންމެ މީހަކަށް ވާމެކަމެއް ނޫނެވެ. އަދި އެފަދަ ހުނަރުވެރި ކަށްޕިތާނުންނަކީ މަދުން ނޫނީ ނޫޅޭބައެކެވެ. ގަދަކަނޑަށް ގަދަ ކަށްޕިތާނަކަށް މުހިންމުކަމަކީ ކަމަށް ކަމޭހިތުމާއި ސައުގުވެރިކަމާއި ކެރުންތެރިކަމާއި ދާއިރާގެ ތަޖުރިބާއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ހެޑްއޮފް ޓްރެއިނިން ކެޕްޓަން ހުނައިންއަކީ ކެޕްޓަނެއްގެ ހުރިހާ ސިފައެއް ލިބި ޤައުމީ އެއަރލައިންގައި ޤައުމަށް ހިދުމަތްކުރުމުގައި ދެމިހުރި ކެރޭ ހިވާގި ބަތަލެކެވެ.

ކޯވިޑް-19 ގެ ތޫފާނުގައި މުޅި ދުނިޔެ ސޮއްސާލައިގެން ދިޔައިރު، ޖަޒީރާ މިރާއްޖެ ދުނިޔޭގެ ޤައުމުތަކާ ގުޅުވާދިނުމުގައި ޤައުމީ އެއަރލައިން އަދާކުރަމުން ގެންދަނީ އަގުނުކުރެވޭ ދަތުރުތަކެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ތާށިވެފައިތިބި ދިވެހިން އަނބުރާ ޤައުމަށް ގެނައުމާއި، ރާއްޖޭގައި ތާށިވެފައިތިބި އެހެން ޤައުމުތަކުގެ މީހުން އެޤައުމުތަކަށް ގެންދިއުމާއި، ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާބޯތަކެތި ރާއްޖެ ގެނައުމާއި، ދިވެހިންނަށް ބޭނުންވާ ބޭސްފަރުވާގެ އެކި ބާވަތްތަށް އެކި ޤައުމުތަކުން ގެނައުމާއި، އެކި އެކި ސިއްހީ އާލާތްތައް އެކި ޤައުމުތަކުން ގެނައުމަކީ ޤައުމީ އެއަލައިން ކުރި ބައެއް މަސައްކަތްތަކެވެ.

މީގެ އިތުރުންވެސް ރާއްޖެއަކީ އެކިވަކި ކުދި ޖަޒީރާ ތަކެއްގެ މައްޗަށް އެކުލެވޭ ޤައުމެއްކަމުން އެއްރަށުން އަނެއްރަށަށް މީހުން އުފުލުމުގައިވެސް ޤައުމި އެއަރލައިން އިސްދައުރެއް އަދާކުރެއެވެ. ހާއްސަކޮށް ބޮޑެތި ބަލިތަކުގެ މީހުން އުފުލުމާއި ކުއްލިހާލަތުގައި މީހުން އެއްތަކުން އަނެއްތަކަށް އުފުލުމަކީވެސް ޤައުމީ އެއަރލައިންގެ ހިދުމަތްތަކުގެ ތެރެއަށް އިތުރުވެގެންދާ ބޮޅުތަކެކެވެ. މިހުރިހާ ކަމެއްގައިވެސް އެންމެ އިސްދައުރެއް އަދާކުރާ ބަޔަކީ މަތިންދާބޯޓު ދުއްވުވާ ޕައިލެޓުންނެވެ. އެގޮތުން ޤައުމީ އެއަރލައިންގެ ކެޕްޓަން ހުނައިނުގެ ތަޖުރިބާ ”ވަގުތު“ އާއި ހިއްސާކުރިއެވެ.

"ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަށް ޖެހުނަސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް، ކޯވިޑް-19އިން އާއްމު ހާލަތަށް ރުޖޫއަވެވެންދެން އަދި އޭގެ ފަހަށްވެސް ޤައުމީ ހިދުމަތުގައި ދެމިހުންނާނަން"- ކެޕްޓަން ހުނައިން ވިދާޅުވިއެވެ.

ކެޕްޓަން އިތުރަށް ވިދާޅުވީ އެހެން އެއަރލައިންތަކުގައި މަސައްކަތް ކުރުމާއި ޤައުމީ އެއަލައިންގައި މަސައްކަތް ކުރުމަކީ މުޅިން ތަފާތު އިހްސާސެއްކުރެވޭ ކަމެއް ކަމަށާއި އުފަން ޤައުމަށް ހިދުމަތް ކުރެވޭކަމުގެ އުފާވެރި އިހުސާސް ކުރެވޭ ކަމަށެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ވަކިން ބޮޑަށް ޤައުމީ ރޫހު އުފެދިއްޖެކަމަށާއި އެކުގައި މަސައްކަތްކުރާ ހުރިހާ އެންމެންވެސް މިއަދު ފަހުރުވެރިކަމާއެކު ޤައުމީ ހިދުމަތުގައި ދެމިތިބިކަމަށެވެ.

ކޯވިޑް-19ގެ ތަޖުރިބާ ހިއްސާކުރަމުން ކެޕްޓަން އިތުރަށް ވިދާޅުވީ "ކެޕްޓަނެއްގެ ޔުނީފޯމުގައި މިތަޖުރިބާ ކޮށްލަށް ލިބުމަކީ ފަހުރުވެރިވާކަމެއް. ރެސްކިއު ފްލައިޓެއް ނޫނީ އެމަރޖެންސި ފްލައިޓެއްގެ ކޯލާއެކީ ކުރެވެނީ މުޅިން އެހެން އިހުސާސެއް، ކުރަންހުރި ހުރިހާކަމެއް އެކޯލަށްފަހު ހުއްޓާލަން، ދެން އިތުރުއެއްވެސް ކަމެއް ކުރަނީ ފްލައިޓަށްފަހު"

ކެޕްޓަން ހުނައިނިން އިތުރަށް ވިދާލުވީ ކޯވިޑް-19 އަކީ މުޅިން ތަފާތު ތަޖުރިާއެއްކަމަށާއި ގިނަކަންކަން ދަސްވެ، ކުރިން ތަޖްރިބާ ނުކުރެވި ހުރި ކަންކަން ތަޖްރިބާކޮށްލަން ލިބުނު ފުރުސަތެއްކަމަށެވެ. އަދި ޤައުމީ އެއަރލައިން އޮތްހާދުވަހަކު ދިވެހިން ހާލުގައި ނުޖެހޭނެކަމުގެ ޔަގީން ކަން ކެޕްޓަން ހުނައިން ދެއްވިއެވެ.

"ހުރިހާ ގޮތެއް ހުސްވިޔަސް ޤައުމީ އެއަރލައިން ދިވެހިންނާއެކި އަބަދުވެސް އޮންނާނެ، ކިތަންމެ ގަދަކަޑެއްގައި އޮޔާއި ވަޔާ ދެކޮޅަށް ދިވެހިން ގޮވައިގެން ދަތުރުކޮށް ސަލާމަތުގެ އައްސޭރި އަށް ދިވެހިން ގެންގޮސްދޭ އަޅުގަނޑުމެއް މިތިބީ ތައްޔާރަށް" ކެޕްޓަން ހުނައިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސައީދު

    ހުނައިނު އަކީ ޑީއެފްއޯ އަކަށް ވަރަށް ގާބިލު ބޭފުޅެއް. ކުންފުނީގެ ހިންގުން ބޮޑުތަނުން ރަގަޅުވާނެކަމާމެދު ޔަގީން. އަބަދުވެސް ވަރަށް ހިތްހެޔޮ އޯގާތެރި ވެރިއެއް. ވިޝްޔޫ އޯލްދަބެސްޓް އިން ޔުއަރ ކެރިއަރ.

    18
    28
  2. ފުނަފޫ

    ތިފޮޓޯގެ މެދުގަ ހުރިމީހާވަރުގެ ލަދުހަޔާތްކުޑަ މީހެއް މިއުޑުދަށަކުން ނުދެކެން ލަދެއްހަޔާތެއްނެތިގެން ތިތަނައް ވެއްޓިތިހުރީ

    29
    26
  3. ސމީ

    ލިޔުން ރަނގޅު އަދި ކެޕޓަން ގެ މަސައްކަތަށް ޝުކުރު ވެރި ވަމުން ހަނދާން ކޮށްލަދެން ބޭނުން ވަނީ ﷲ ގެ އިރާދަ ފުޅާ ލައިގެން މި ވެނި ކަމެއް ނު ވާނެ އޭ ބުނުން.
    ( އަދި ޤައުމީ އެއަރލައިން އޮތްހާދުވަހަކު ދިވެހިން ހާލުގައި ނުޖެހޭނެކަމުގެ ޔަގީން ކަން ކެޕްޓަން ހުނައިން ދެއް ވިއެ ވެ)

    33
    3
  4. ސުނޫސީ

    ތީ އޭނަ ދުއްވާ ބޯޓެއްވެސް ނޫން އަޅި ވިޔަސް ބޮޑުވަރު ޑީއެފް އޯ އަކަށް ވަރަށް ހުދު މުހުތާރު ވާނެ މީހެއް. ވާހަކަ ދައްކަން މޮޅު އަޑި ނުބައި ޕައިލެޓެއް. މި ޕެންޑެމިކް ގަވެސް އެންމެ ފްލައިޓެއް އެޅީ، ބަލާބަލަ ވާހަކަ މޮޅު ކަން. ފިނި ކޮޓަރީގަ އަބަދު އިންނާނީ ބޯޓެއް ނޫން ދުއްވަނީ.

    35
    5
  5. ޒިމް ކެބިން ކުރޫ

    އަހަރެން ބޮލުގަ ދޮގު ބަދުނާމް އަޅުވާފަ ގޭގަ ބެހެއްޓި މީހެއް ތީ. އެއްވެސް ކަމުދާ މީހެއް ނޫން

    28
    7
  6. ފޭދޫ މީހާ

    އައްޑޫ ފޭދޫ ކުއްޖެއް

    16
    1
  7. އަޝްރަފް

    ޢެެއްވެސް އުސޫލަކުން އެއްވެސް މަތީ މަގާމެއް ދޭން ހެޔޮ ވާ ވަރުގެ މީހެއް ނޫން ތީކީ. ތީ ކާކުކަން ވަރަށް ރަގަޅަށް ދަންނަން. ސުނޫސީ އެ މަގާމުން ބޭރު ނުކުރެވިގެން ކަހައިގަނެގެން އުޅޭތާ އެތަށް ދުވަހެއް.

    28
    3
  8. އެނޯނިމަސް

    އެންމެ ފަހުންވެސް އަޑީގަ ހުރެގެން ސަރުކާރަށާ ފައިނޭންސް މިނިސްޓަރަށް ޓްވިޓަރގަ އެހެން ޕައިލެޓުން ލައްވާ ބެވީ. މުސާރަ ކުޑަ ކޮށްފާނެތީ. މީ މީނަޔަށް ކުރަން އެނގޭ ކަމަކީ.

    22
    1
  9. ސިޔާދު

    އަސަލާމް އަލައިކުމް ކޮން ބޭ ފުޅެއް ތޯ ؟

    18
  10. އެންދެމޭ ބޭބެ

    ނެގެޓިވް ކޮމެންޓު ކޮއްފަތިބީ، މީހަކަށް މޮޅެއް ލިބުން ނޭދޭ ހަސަދަވެރިންކަން އެނގޭ. ކުންފުނީގެ ބައެއް މުވައްޒަފުން ވަރަށް މޭކަރާކަން އެނގޭ.

    2
    18
  11. ކެޕްޓަން ހަނީފް

    މަށަށް ވާން އުޅޭ މީހެކޭމީ. ނައިސް ޓްރައި ބްރަދާ

    17
    2
  12. ޖޯނީ ޖޯނީ ޔެސް ޕާޕާ

    ހުނޭން ހުނޭން ޔޫއާ ޓެލިންގް ލައިސް ؟ އީޓިންގް ކަރާ އެންޑް އޮއް ބުރުއްސަނީ.

    17
    2
  13. ހާމާން

    ހުނޭނު މީ ވަރަށް ބޮޑާ ކިބުރުވެރި މީހެއް. ހުސް ފޮނި ކަނޑާނީ. ހަސަދަ ވަނީ އެއްނޫން. މީ ހަގީގަތް. ކެބިން ކުރޫން ގޮވައިގެން ޕާޓީ ކުރުން މީނާގެ ކަމަކީ!!!

    15
    1
  14. ޕޮޕް

    މި އައް ކޮމެންޓް ކޮއްފަ ހުރީ ވަރަށް ޒާތީ ގޮތަކަށް އެކުގަ މަސައްކަތް ކުރާ ދެފުއް ދެގޮތް މީހުންކަން ވަރަށް ބޮޑައް ފާހަގަވޭ. އެހެން މީހުންނަށް ލިބޭ ކުރިއެރުމަށް ހަސަދަ ނުލާ އިހްލާސްތެރި ކަމާ އެކީ މަސައްކަތް ކޮށް ކުރިއެރުން ހޯދާ!

    15
    3
  15. ވދފ

    ކުރިން އޮތް މެނޭޖްމަންޓް ކަމު ނުގޮސްގެން ބަދަލުކޮށްފަ އެވަރުންވެސް ހިތްޕުޅާ ނުވެގެން މިހާރު ހުރި މީހުންވެސް ބޭރުކޮށްފަ މީނައަށް ހުރިހާ މޮޅެއް ހޯދޭތޯ އުޅޭ މީހެއްމީ. އެއަރލައިންއަށް ވުރެން އަމިއްލަ ކުރިއެރުމަށް އިސްކަންދޭ މީހުންގެ ކޯޕަރޭޓް ޕޮލިޓިކްސްއާ ހެދި ރަނގަޅު އެތައް މުވައްޒަފުންނެއް އެބަ ތާށިވޭ. މި އާޓިކަލްއަކީ ވެސް އޭގެ ރާޒުވާ ކުޅިއެއް. ކުންފުނިން އޮޕަރޭޓްކުރާ 3 ބޯޓުގެ ތެރެއިން އެންމެ އެއްޗެއް ދުއްވާ މީހަކަށް ޑީއެފްއޯކަން ދޭނީ ކިހިނެތް؟ ކުފޫ ހަމައެއް ނުވެއެއްނު.

    7
    3
  16. ގޭސް

    ޕޮޕް ވެސް ތީ ހުނޭނުގެ ޕަޕެޓެއް ދޯ. ތިހެން އަތް ޖަހަން ހުރެފަ އެބުރިލާއިރަށް ކަލޭ ކޮއްޕާ ވައްޓާލާނީވެސް ތި ހުނޭނު