ތިރީގައި މިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށްހުރި އެކަކު ކަމަށްވާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އެމައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާނެވެ. ނޮވެމްބަރ 03 ގައި ހައްޔަރުކޮށް ތަޙްޤީޤު ހިންގި ބައެއް މީހުންގެ ބަޔާން މީގެ ދެތިން އަހަރު ކުރިން އިންޓަނެޓްގައި ލީކް ކޮށްލާފައިވެއެވެ. މިލިޔުމުގައި މިވަނީ ބަޔާނުގެ ސްކޭން ކޮޕީ ބަލައިގެން އެއްވެސް ބަދަލެއް ނުގެނެސް ބަޔާން އަލުން ލިޔެފައެވެ.

ބަޔާނުގެ އެންމެ މަތީގައި ލިޔެފައިވާ ގޮތުގައި މިބަޔާން ނެގީ 1989 ވަނަ އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހުއެވެ.

ބަޔާނުގެ ދެވަނަ ބައި ތިރީގައި އެވާ ލިންކުން ފެންނާނެ

މިގޮތައް ކާރުގައި ދަތުރުކުރާ އިރުއާއި އަދި އޭނާގެ އޮފީހަށް އަޅުގަޑު ބައެއް ފަހަރު ގޮސް އުޅޭ އިރުވެސް މިކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަޅުގަޑާ ކުރީގައި ބައްދަލުކުރި ޖާނޫއަށް އޮފީހުގައި ކިޔާ އުޅެނީ މިސްޓަރ ވަސަންތީކަން ވެސް އަޅުގަޑަށް އެގުނީ ޕްލޮޓް އޮފީހަށް ދާންފެށި ފަހުންނެވެ. އަދި ޕްލޮޓް އޮފީހުގައި ވަސަންތީ ފިޔަވާ އެހެން އެއްވެސް މީހަކަށް އަޅުގަޑު މީ ކާކުކަމެއް ނޭގޭނެއެވެ.

1988 މާޗް މަހުގެ ތެރޭގައި ވަސަންތީ މާލެ އަންނަ ގޮތަށްވެސް އުމާމަހޭޝްވަރަމް ހަމަޖެއްސިއެވެ. ނަމަވެސް ވަސަންތީ ފުލުހުންގެ ހައްޔަރެއްގައި ހުރުމުގެ ސަބަބުން ފުރަތަމަ މާލެ އައީ ބާބޫއެވެ. އެންތަނީ ރިޖަޑްސްގެ ނަމުގައެވެ. މީނާގެ އަސްލުނަމަކީ އެންގަނިޖަސުދާސައެވެ. އަދި، ޕްލޮޓް ޖަމާޢަތުގައި ބޭނުންކުރާނަމަކީ ބާބޫއެވެ. މީނާ މާލެ ފޮނުވީ އަޅުގަޑުގެ ކޮއްކޮ އާދިލް ތައުފީގުގެ ހަވާލުގައި އަޅުގަޑުގެ ރައްޓެއްގެ ގޮތުގައި ރާއްޖެއިން ވަޒީފާއެއް ބޭނުންވާ މީހެއްގެ ނަމުގައެވެ.

ބާބޫ މާލެ ދިޔަތާ ހަފްތާއެއްގެ ތެރޭގައި އާރާ މާލެ ފޮނުވުނެވެ. އާރާ މާލެ އައިސް ހުރީ ތަނަގަރާޖުގައެވެ. މީނާގެ އަސްލު ނަމަކީ ތިލެއިނާދަންއެވެ. ޕްލޮޓް ޖަމާއަތުގައި ބޭނުން ކުރާ ވަނަމަކީ އާރާއެވެ. އާރާ މާލެ އައިސް ހުރީ ހ.ސަކީނާމަންޒިލްގައެވެ. ބާބޫއާ އާރާ ގުޅިގެން ސިފައިން ފޯރިމަރާ ސަރަހައްދުތައް ބަލާ ފޮޓޯ ނަގާ އަދި ސިފައިންގޭގެ ބޭރުން ފެންނަންހުރި ހުރިހާ މައުލޫމާތެއް ހޯދައިގެން ކުޅުބަށްއައީއެވެ. ދެން މާލެ އައީ ވަސަންތީއެވެ. ވަސަންތީ ބަލާފައި އެބުރި ދިއުމަށްފަހު އާރުޖުނާ މާލެއައެވެ.

މި 4 މީހުން އެބުރި އައިސް ރިޕޯޓް ދިން ގޮތުގައި ސިފައިންގެ ހިފުމަކީ މާބޮޑު އުދަގޫކަމެއް ނޫން ކަމުގައި އުމާ މަހޭޝްވަރަމް އަޅުގަޑުގެ ގާތުގައި ބުންޏެވެ. އަދި 26 ޖުލައި 1988 ގައި އަނެއްކާވެސް ވަސަންތީ މާލެއައެވެ. މިފަހަރު އައީ ޖުލައި 26ގެ ޕެރޭޑާއި ދަޑުމަތީގެ ޑްރިލްގައި ސިފައިން ގެންގުޅެނީ ކޮންބާވަތެއްގެ ހަތިޔާރެއްތޯ ބެލުމަށެވެ. ނަމަވެސް ވަސަންތީ އަށް ޕެރޭޑް ފެންނަވަރެއް ނުވިއެވެ. ވަސަންތީ ފުރަތަމަ ދަތުރުގައި ނަގާފައިވާ ފޮޓޯތަކާއި ބަލާފައިވާ ތަންތަނަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލިއެވެ.

ދަތުރު ނިންމާލާފައި ކޮޅުބަށްގޮސް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށާއި، ސިފައިންގެ މަރުކަޒު ހިފުމަކީ މާއުދަގޫ ކަމަކަށް ނުވާނެ ކަމުގައި ވަސަންތީ ބުންޏެވެ. ނަމަވެސް މީގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހަތިޔާރާއިއެކު މީހުން އުފުލާނޭ އުޅަދެއްގެ މައްސަލައެވެ. އުމާމަހޭޝްވަރަމް ބުނިގޮތުގައި އެހެން ހުރިހާކަމެއް މިހާރުވެސް ހުރީ ތައްޔާރަށެވެ. އެއީ މީހުންނާއި ހަތިޔާރެވެ. މިގޮތުން އޭނާ އަޅުގަޑުގާތުގައި ބުނީ ދިވެއްސެއްގެ ބޯޓެއް ކުއްޔަށް ލިބޭތޯ ބެލުމަށެވެ.

އަދި މިދުވަސްވަރު 1988 އޭޕްރީލް މަހުގެ ތެރޭގައި އެއްދުވަހަކު ރީތި ފޮޓޯގައި އުޅޭ އަބްދުﷲ ޞާދިގު ސިލޯނުގައި ހުރެފައި އަޅުގަޑަށް ފޯނުކޮށްލިއެވެ. އޭނާހުރީ މައްލިކާޕްލޭސްގައެވެ. (ހެވްލޮކް ރޯޑް/ ކޮލަމްބޯ-5) އަދި އަބްދުﷲ ޞާދިގުކުރެން ކުއްޔަށް ބޯޓެއް ލިބިދާނެތޯ އެހުމުން ސީމާކް ބޯޓު ލިބެން އޮތްކަމަށާ ސީމާކް ބޯޓުގެ ވެރިފަރާތް ކަމުގައިވާ އަލީ ޢަބްދުﷲ މަނިކުފާނުވެސް މައްލިކާ ޕްލޭސްގައި ހުރިކަމަށް ބުނެފިއެވެ. ހަމައެވަގުތު އަލީ އަބްދުﷲ މަނިކުފާނާ ގުޅާ ވާހަކަދެއްކުމުން މަހަކު -/8000 (އަށްހާސް ދިވެހިރުފިޔާ) އަށް ބޯޓު ކުއްޔަށް ދީފާނޭ ކަމުގައި ބުނެފިއެވެ. މިޚަބަރާއި ގުޅިގެން އަޅުގަޑު އުމާ މަހޭޝްވަރަމް އޮފީހަށް ގޮސް މިވާހަކަ ބުނުމުން އެކަމާ ވަރަށް އުފާކޮށް އަޅުގަޑާއެކު އަލީ އަބްދުﷲ މަނިކުފާނާ ބައްދަލު ކުރުމަށްޓަކައި އުމާމަހޭޝްވަރަމް އައެވެ.

އެރޭ 8:30 މިނެޓްހާއިރު އަލީ އަބްދުﷲ މަނިކުފާނާއި ބައްދަލުކޮށް ވާހަކަ ދެއްކުމަށްފަހު އޭނާ އެދިގެން އެޑްވާންސްއެއްގެ ގޮތުން -/300 ޔޫއެސްޑޮލަރ ދިނީމެވެ. އަލީ އަބްދުﷲ މަނިކުފާނަށް މިކަމާބެހޭ އެއްވެސް މައުލޫމާތެއް ނޭގޭނެއެވެ. އަދި އަބްދުﷲ ޞާދިގުގެ ނަމުގައި ބޯޓު ދުއްވާ ދިނުމަށްވެސް ޞާދިގު އެއްބަސްވިއެވެ. ނަމަވެސް ދުއްވުމުގެ ހުރިހާ ޚަރަދެއް އަޅުގަޑު ދޭގޮތަށެވެ. ޖެހިގެން އައި ދުވަހު ޞާދިގު ކުއްލިއަކަށް މާލެ ދިއުމުގެ ސަބަބުން ހަވާލު ނުކުރެވިފައިވާ ފައިސާ އަޅުގަޑު ފޮނުވީ އަޅުގަޑުގެ ކޮއްކޮ ޢާދިލް ތައުފީގުގެ ހަވާލުގައެވެ. ޢާދިލްގެ ހަވާލުގައި -/1064 ޔޫއެސްޑޮލަރ ފޮނުވީމެވެ. އެއީ އަލީ އަބްދުﷲ މަނިކުފާނަށް ދޭންޖެހޭ ކުލީގެ ބާކީ ފައިސާއާއި ބޯޓް ދުއްވުމުގެ ޚަރަދަށް ފޮނުވި ފައިސާއެވެ. އަދި އަބްދުﷲ ޞާދިގު މާލެއަށް ފުރުމުގެ ކުރިން އޭނާ ބުނެފައިވާ ގޮތުގައި ގާތްގަޑަކަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޯޓް ދުއްވައި ގަނެވޭވަރު ވާނެއެވެ. އެއީ 1988 ޖޫންހާ ހިސާބުގައެވެ.

1988 ޖޫން މަހުގެ މެދެއްހާ ހިސާބުގައި އަބްދުﷲ ޞާދިގު ސީމާކް ބޯޓާއި ބެހޭ ގޮތުން އެންގީ ބޯޓަކީ ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި މޯގޭޖް ކޮށްފައިވާ ބޯޓެއް ކަމަށާ ބޯޓްގެ ވެރިފަރާތް ބޭންކަށް ވަރަށް ބޮޑު ޢަދަދަކުން ދަރާފައިވާ ކަމަށާއި އެފައިސާ ނުދައްކާ ފުރުވާލެވެން ނެތިގެން ބޯޓް ގަންނަން މަސައްކަތް ކުރަނީ ކަމަށާއިގާތްގަނޑަކަށް -/2000000 (ދެލައްކަ ދިވެހި ރުފިޔާ) އަށް ބޯޓު ވިއްކަފާނެ ކަމުގައި ބޭންކުން ބުނާ ކަމަށެވެ.

މިކަމާބެހޭ ލިޔުންތައް ހިފައިގެން ޞާދިގު ކޮޅުބަށް އައުމުން އަޅުގަޑާއި އުމާ މަހޭޝްވަރަމްއާއި ދެމީހުން ޞާދިޤުއާ ބައްދަލުކޮށް ލިޔުންތައް ބެލުމަށްފަހު އަދި ވަސަންތީވެސް ލިޔުންތައް ބަލާ ބޯޓް ގަތުމަށް އުމާ މަހޭޝްވަރަމް ފައިސާ ދީފާނޭ ކަމުގައި ބުނެފިއެވެ. ވަގުތުން ބޭނުން ވަނީ ކިހާވަރެއްތޯ އޭނާ ސުވާލު ކުރުމުން -/12000 ޔޫއެސް ޑޮލަރ މިހާރު ބޭނުންވާކަމަށް ޞާދިގު ބުންޏެވެ. ވަގުތުން -/9000 ޔޫއެސް ޑޮލަރ ޞާދިގަށް އުމާ މަހޭޝްވަރަމް ދިނެވެ. އަދި ބާކީ -/3000 ޔޫއެސް ޑޮލަރ ރެމިޓެންސް އަކުން ފޮނުވާނޭ ކަމުގައި އުމާ މަހޭޝްވަރަމް ބުންޏެވެ. މިތިންހާސް ރެމިޓް ނުކުރެވުމުގެ ސަބަބުން އުމާ މަހޭޝްވަރަމް އަތުން އަޅުގަޑު -/2000 ޑޮލަރު ނަގާފައި އަޅުގަޑުގެ ކޮއްކޮ އާދިލް ތައުފީގުގެ ހަވާލުގައި ޞާދިގަށް ފޮނުވީމެވެ.

1988 ގެ ޖޫންއާއި ޖުލައި މަސްވެސް ފާއިތުވެގެން ދިޔައީއެވެ. ޞާދިގަކަށް ބޯޓެއް ނުފޮނުވުނެވެ. 1988 އޮގަސްޓްމަހު ޞާދިގު އަނެއްކާވެސް ކޮޅުބަށް އައިސް އިތުރު -/3000 ޑޮލަރ އަށް އެދުމެވެ. މިފައިސާ ވެސް ޞާދިހުއަށް އުމާމަހޭޝްވަރަމް ދިނެވެ. ނަމަވެސް މިހާ ހިސާބުން ޞާދިގުގެ މަތިން މުޅިން އިތުބާރު ހިގައްޖެއެވެ. އެހެންކަމުން އުމާ މަހޭޝްވަރަމް އާއި ވަސަންތީ ގަސްދުކުރީ ކަނޑުމަޑުވީހާ އަވަހަށް ރާއްޖެ އައިސް ހަމަލާދޭށެވެ.

އުމާ މަހޭޝްވަރަމް އާއި ބައްދަލުވެ ވާހަކަ ދެކެވުމަށްފަހު ސަރުކާރު ބަދަލުކޮށްލުމަށް އެއްބަސްވެވިގެން އެމަސައްކަތް ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައި ސަގަރު އަޙުމަދު ނާސިރުއާއި އަޅުގަޑާ ބައްދަލުވިއެވެ. އެއީ 1988 އޭޕްރީލް މަހުގެ ކުރީ ކޮޅެވެ. އަހުމާދު ނާސިރުއާ އަޅުގަޑާ ފުރަތަމަ ބައްދަލުވީ ކޮލަމްބޯ އެއާޕޯޓްގެ ތެރެއިންނެވެ. ބައްދަލުވެގެން އަޅުގަޑަށް ފޯނުކޮށްލާށޭ ކިޔާފައި އަޅުގަޑު ފޯނު ނަމްބަރު ދިނީމެވެ.

ޖެހިގެން އައި ދުވަހު އަޙުމަދު ނާސިރު ފޯނު ކުރުމުން އަޅުގަޑު އޭނާ ހުންނަ ހޮޓަލަށް ދިޔައީމެވެ. ދިޔައިރު އަހުމަދު ނާސިރާއެކު ހ.ނަސީމީ މުޖުތަބާ (ގދ.ތިނަދީ) ވެސް "ސިލޯންއިންސް"ގައި އިނެވެ. އަދި ދެމީހުން ވެސް އަޅުގަޑުގެ ކާރަށް އައިގެން ދިޔައީ ކޮންމެވެސް ތަނަކަށް ކާށެވެ. ކާރު ދުއްވަމުން ގޮސް ގޯލްފޭސް އާއި ހިސާބަށް އައިތަނާ އަހުމަދު ނާސިރު ބުނީ ކަރޯ އައްބާސްވެސް ކޮޅުބުގައި އެބަހުރިކަމަށާ ހުންނަނީ "ހޮލިޑާ އިން"ގައި ކަމަށެވެ. އެހެންވީމާ ކަރޯ އައްބާސްވެސް ނަގައިގެން ދާނީ ކިޔާފައި އަޅުގަޑު "ހޮލިޑާއިން" އަށް ވަދެ ކަރޯ އައްބާސްވެސް ނަގައިގެން ހަތަރު މީހުން ދިޔައީ ސިލިންކޯ ހައުސްގައި ހުންނަ އާކާސަކަޑޭ އަށެވެ.

ހަތަރު މީހުންގެ މެދުގައި ހަމައާދައިގެ ދިރިއުޅުމާ ބެހޭ ވާހަކަތައް ދެކެވުނެވެ. އަދި އައްބާސް ވެސް އަނބިދަރިން ގޮވައިގެން ކޮޅުބުގައި ދިރިއުޅުމަށް އަންނަންވީ ނޫންހޭ ކޮޅުބު މާރަގަޅުވާނޭ އައްބާހަށްވެސް ވަޒީފާއެއް ލިބިދާނެއޭ ބުނީމެވެ.

އައްބާސް ފާހާނާއަށް ވަންނަން ވެގެން ފާހާނާއަށް ދިޔަ ވަގުތު އަޅުގަޑުވެސް އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ދިޔައީމެވެ. އައްބާސް އެބުރި މޭޒަށް ދުރުވި މަގުމަތީގައި އަޅުގަޑާ އުމާމަހޭޝްވަރަމް ގުޅިފައި ހުރި ވާހަކަ ބުނީމެވެ. އަދި ދިވެހި ސަރުކާރު ބައްދަލު ކޮށްލެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އައްބާހަށް ކިޔާދިނީމެވެ. މީހުންނާ ހަތިޔަރުގެ ކަންތައް ކިހިނެއްތޯ އައްބާސް ސުވާލު ކުރެއްވީމާ މީހުން ވެސް ހަމަޖެހިފައިވާ ކަމަށާއި އޭކާ 47، އާރުޕީޖީ-7، އަތުބޮން، ރޮކެޓް ލޯންޗަރޖް ފަދަ ތަކެތި ލިބިފައި ހުރި ކަމަށް ނަންގަތީމެވެ. މިވާހަކަ ދެއްކުމަށްފަހު އެބުރި އަޅުގަޑުމެން ތިބި މޭޒަށް އައީމެވެ.

ކައި ނިމިގެން ގޮސް އައްބާސް ހުންނަވާ ހޮލިޑާއިން އަށް ފޭބުމުގެ ކުރީގައި ޖެހިގެން އަންނަ ދުވަހު އަޅުގަޑު ގުޅާނެ ކަމަށާ ބައްދަލު ކުރާނެކަމަށް ބުނީމެވެ. މިއައްބާހާ އަޅުގަޑު ފުރަތަމަ ބައްދަލުވި ބައްދަލުވުމެވެ. މިދުވަސްވަރަކީ 1988 އޭޕްރީލް ހާތަނެވެ.

ހަމައެރޭ ހ.ނަސީމީ މުޖުތަބާ ކުރެން އޭނާގެ ބޭބެގެ ބޯޓް ކުއްޔަށް ލިބިދާނެތޯ ސުވާލު ކޮށްލީމެވެ. އޭނާ ބުނީ ތިމަންނާ ބަލާފައި ބުނާނެ ކަމަށެވެ. ނަމަވެސް ފަހުން ޚަބަރެއް ނުވެއެވެ. އަޅުގަޑު ސުވާލުކޮށްލީ ހަމަ މިކަން އޮތްގޮތެއް ސާފުކޮށް ލުމަށްޓަކައެވެ. އެއަށްފަހު ނާސިރާ މުޖުތަބާ އެމީހުންގެ ހޮޓަލަށް ލުމަށްފަހު އަޅުގަޑު އައީގެއަށެވެ.

ނުނިމޭ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހްމަދު އިލްހާމް

    ކަރޯ އައްބާސް އަކީ އެމްޑީޕީ ވެރިކަމުގައި މިނިސްޓަރެއް ނޫންތޯ؟ އެކަމުވެސް ހަމަ ދިވެހިން ވޯޓްލި ދެއްތޯ އޭގެ ފަހުން އައި އެމްޑީޕީ ސަރުކާރުތަކަށް؟ ކަންކަމަށް އޯކޭވަމުން ވަމުން ގޮސް ކޮންކަމަކަށްތޯ އަޅުގަނޑުމެން އޯކޭ ނުވާނީ؟ މެރިޔަސް، ކެޔަސް ރޭޕުކުރިޔަސް އޯކޭ؟

    50
    2
    • ޥހިސ

      ކަރޯ އައްބާސް ޖަލުހުކުމް ނިމި، މިހާރު އުޅެނީ މާލޭގައި އެއްވެސް ސިޔާސީ ވާހަކައެއް ނުދައްކާ. ތާކަށް ވަޒިފާއަކަށް ނުދޭ.

      11
      11
  2. ޝަރފު

    އަދިވެސް ވާން އުޅޭގޮތެއް ސާފެއްނޫން. ކެތް މަދުވަނީ

    20
  3. ރައްޔިތުމީހާ

    އޭރުގައި އޮތް ވެރިކަން ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއަށްވުރެން މާ ނުރައްކާތެރި. އޭރުއޮތް ޒަޢާމަތުގައި ސިޔާސީ ސަބަބުތަކައްޓަކައި ވެރިކަން ދަމަހައްޓަން މަރާފައިވާ ދިވެހިރައްޔިތުން ވަރަށް ވެސް ގިނަ. ވީމާ 3 ނޮވެމްބަރުގައި އުޅުނު މީހުން އެކަނި ކުއްވެރިކޮށް، އޭރުގައި އޮތް ޚުދުމުހުތާރު އަނިޔާވެރި ވެރިކަން މޮޅު ކުރުމުގެ މަގުސަދުގައި، ހިސްޓޮރީ އޮޅުވާލަންވެގެން ދުލާއި ގަލަމުން އެއްވެސް ނަޒާހަތްތެރިކަމެއްނެތި ތިދައްކާވާހަކައެއް ދިވެހިރައްޔިތުން ބަލައެއް ނުގަންނާނެ. ތިޔަ ހަނގުރާމަ ހިނގަން މެދުވެރިވި ސީދާ ސަބަބު ވަނީ ވަރަށް ވެސް ބޮޑަށް ރައްޔިތުންނަށް އޮޅުވާލެވިފަ. ލުތުފީ މިނިވަން ވުމާއިއެކު މާޓިޔާރަލާ ކޮމްޕެނީގެ ހިނގި ކަންތައްގަނޑުގެ ހަގީގަތް އެނގި ގާނޫނީ ވެރިކަމެއް ވައްޓާލުމަށް އުޒުރުވެރިވި ސަބަބު ހާމަވެގެންދާނެ ކަމަށް ހީކުރަން. އަދި ވަކިބަޔަކު ގެނަސްފައިވާ ހެކިތަކަށް ބަރޯސާނުވެ، ޖަޒުބާތުތަކުން އެއްކިބާވެ، ދިވެހިނޫސްވެރިން މިކަމުގައި މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލަން. މި ހަނގުރާމަހިނގަން ސީދާމެދުވެރި ކުރި ސަބަބު ދިރާސާކުރުމަށް ގޮވާލަން. ޢެއްވެސް ހާލެއްގައި އުދުވާނީ ހަމަލާއެއް ރާއްޖެ ކުރިމަތިވީ ވެރިކަމުގެ ދަހިވެތި ކަމަކުނޫންކަން މިހާތަނަށް ލިބިފައިވާ ހެކިތަކުން ސާބިތުވޭ.

    4
    55
  4. ޢަޒްރާ

    ކީއްވެގެންބާ! މިހާރު ބާޣީ ސިއްކަ އަހުމަދުގެ ވާހަކައެއްނުދހައްކަނީ

    26
    1
    • ނަރެލް

      މިގައުމުގަ ކާމިޔާބުކަމާއެކު ވެރިކަމެއް ވައްޓާލިބަޔަކުވެސް އެބައުޅޭ އެވާހަކަވެސް ދައްކަންވި އެމީހުންގެ ނަމުގެކުރިއަށްވެސް ބާޣީ ލަގަބު ދޭންވި އެއްލޮލުން ބަލާފަ އެއްކަންފަތުން އަޑުއަހައިގެން ނުވާނެ

      4
      17
  5. ނަރެލް

    ނޮވެމްބަރު 3 ވިޔަސް ފެބުރުއަރީ 7 ވިޔަސް ވެރިކަން ވައްޓާލަން އުޅުނު އެންމެންގެވެސް ލަގަބަކަށް ވާންޖެހޭނީ އެކައްޗެއް

    7
    15
    • ބާގީ ނަރެލް

      މޮޔައާ ކުށެއްނެތް ދިވެހިންތަކެއްގެ ލޭ އޮހުރުވާލުމާއި ވެރިކަން ވައްޓާލުމާއި ހަމަހަމަތަ؟

  6. ފަޓާސް

    ކަލޭ

    4
    1
  7. އެހެން

    މިހުރިހާ ކަމަކަށް ފަންޑު ކުރީ ރައީސް ޔާމިން ................... ލުތުފީ

    3
    10