ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ މުހައްމަދު ނަޝީދާ ދެމެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައި ވަނީ އިހަށް ދުވަހަކު ނޫނެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކު ކަނޑައެޅުމުގައި ވެސް ރައީސް ސޯލިހާއި ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން އޮތް މިންވަރު ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ. އެއީ އެކަމަކު، ފަރުދާހުގެ ފުރަގަހުގައި ހިނގި ކަމެކެވެ.

އޭރުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ގެނައުމަށް ރައީސް ސޯލިހް ތާއީދު ކުރެއްވީ މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށެވެ. ނަޝީދު ތާއީދު ކުރެއްވީ، މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށެވެ. ދެ ބޭފުޅުންގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް ވެސް އުފެދުނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ 65 މެމްބަރުން އޭރު ދެ ބަޔަކަށް ބެހިގެން ވެސް ދިޔައެވެ.

އޭރު ސާފުވި އެއް ކަމެއް އޮތެވެ؛ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބޮޑު މެޖޯރިޓީއެއް ރައީސް ސޯލިހަށް އޮތް ކަމެވެ. ހަގީގަތުގައި މި ވެރިކަން ފެށުނު ފަހުން، ރައީސް ސޯލިހާއި ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން ފެށުނު ހިސާބަކީ ވެސް އެއީއެވެ. އެންމެ ފަހުން ނަޝީދަށް އެކަމުގައި ކުރި ނޭރޭނެ ކަން ޔަގީންވުމާ އެކީގައި، އެމަނިކުފާނުގެ ނަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިގެން ފާސް ކުރީއެވެ.

ނަޝީދު ބޭނުންފުޅު ނުވާ ގޮތަކަށް އެ ދުވަހު ކަންކަން ހިނގައިގެން ގޮސްދާނެތީ، އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ބައްދަލުވުން ކުރިއަށް ދިޔަ ދަރުބާރުގެ ކައިރި އަށް އެއްވެފައި ވެސް އޮތެވެ. އޭގެ ތެރޭގައި ގިނައީ ނަޝީދުގެ ސަޕޯޓަރުންނެވެ. އެމީހުން ކޮންމެހެން ވެސް ބޭނުންވީ ނަޝީދުގެ ވިސްނުންފުޅާ އެއްގޮތަށް އެކަން ނިމިގެން ދިއުމަށެވެ. އެކަމަށްޓަކައި ކޮންމެ "ގުރުބާނީއެއް" ވާން އެމީހުން ތިބީ ބޭރުގައި ތައްޔާރަށެވެ. ބައްދަލުވުމަށް ވަޑައިގަންނަވަމުން ދިޔަ އެމްޑީޕީގެ މެމްބަރުންނަށް އިންޒާރު ދިނެވެ. އެއީ އަސްލަމަށް ވޯޓު އެޅުމަށެވެ. ހުތުރު އެއްޗެހި ވެސް ބައެއް މެމްބަރުންނާ ދިމާލަށް ބޭރުގައި ތިބެ ބައެއް ސަޕޯޓަރުން ގޮވިއެވެ. އެކަމަކު އެއީ މިހާރު މާޒީއެވެ. އެ މަންޒަރު ފެނުނީ މަދު ބަޔަކަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މުލިއާގެ އިން ނުކުމެވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އޭރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ރައީސް ސޯލިހަށް އޮތް ފަދަ އިން މިހާރު ވެސް އެ މެޖޯރިޓީ އޮތީ އެމަނިކުފާނަށެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ދެއްވީ ހަމަ އެ ޔަގީން ކަމެވެ.

"އަޅުގަނޑު މި ހުރީ މަޖިލިހުގެ މެޖޯރިޓީއާ އެކު"

ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އިދިކޮޅުގެ އަޑު މަޑެވެ. ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި އޮތީ ދެ ފެކްޝަން "ކޯޅުންގަނޑު" ގެ ތެރޭގައި އޮތް ތަނެވެ. އެ މައްސަލަ ހައްލު ނުވެ، އިތުރަށް "ހުޅު" ރޯވި ތަން ފެނުނެވެ. ނަޝީދުގެ ވަރުގަދަ ބަސްތަކާ އެކުގައި ވެސް ރައީސް ސޯލިހް އިސް ކުރެއްވީ މަޑުމައިތިރި ކަމެވެ. އެއްވެސް ވާހަކަފުޅެއް ނުދައްކަވާ އެމަނިކުފާނު ހަނު ހުންނެވިއެވެ. އެކަމަކު އިއްޔެ އެމަނިކުފާނު ނޫސްވެރިންނާއި ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންނެވީ ސިޔާސީ އަދި ޕާޓީގެ ތެރެއިން ވަރަށް ގިނަ ސިޔާސީ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. އެމަނިކުފާނު ހާމަކޮށްދެއްވީ އެ މަސައްކަތްޕުޅުގެ ނަތީޖާއެވެ.

ރައީސް ސޯލިހް، އެމްޑީޕީއަށާއި ރައްޔިތުންނަށް ދެއްވީ ޔަގީން ކަމެކެވެ. ނަޝީދު ފާޅުގައި ރައީސާ ދެކޮޅަށް ނުކުންނަވައި ޓުވީޓުތަކުންނާއި އެމްޑީޕީގެ އެކި ގުރޫޕްތަކުގައި ސިޔާސީ ގޮތުން ދެއްކެވި ދެކޮޅުވެރި ވާހަކަތަކަށް ރައީސް އިއްޔެ ރައްދު ދެއްވީ އިތުބާރާ އެކުގައެވެ. އެމްޑީޕީ އާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ފުރިހަމަ އާރާއި ބާރު އޮތް ކަން ހާމަކޮށްދެއްވީ ވަރަށް ފޯރި އާއި ޖޯޝުގައި ހުންނަވައިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ހާސްވެގެން އުޅުއްވި ތަނެއް މުޅި ޕްރެސް ކޮންފަރެންސްގެ އެއްވެސް ހިސާބަކުން ވެސް ނުފެނުނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ސިޔާސީ ބައެއް ކަންކަމުގައި ނަޝީދާއި އެމަނިކުފާނާ ބައެއް ފަހަރު ޚިޔާލު ތަފާތުވާކަން އެއްބަސްވެވަޑައިގެންފައެވެ. އެގޮތުން ނަޝީދުގެ ވެރިކަމުގައި ހުންނެވިިއިރު ނިންމެވި ބައެއް ނިންމެވުންތައް ކަމުނުގޮސްގެންވެސް އެކަންކަމުގެ ވާހަކަ ނަޝީދާ ހިއްސާ ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ވެރިކަމުގައި ހުންނަވާ އިރު ރައީސް ނަޝީދުވެސް އަދި އެމަނިކުފާނުވެސް ކަންކަމުގައި ގޮތް ނިންމަވާނީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު، އަދި ވަރަށް ގިނަ ކަންތައްތައް ބެއްލެވުމަށް ފަހު ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި މިހާރު އެމަނިކުފާނު ނިންމަވާ ބައެއް ނިންމެވުންތަކާއި ނަޝީދު ޚިޔާލުތަފާތުވީ ނަމަވެސް ސަރުކާރު ހިންގަން ހުންނެވި ވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ކަންކަން ނިންމަވަން ޖެހޭނީ ވަރަށް ގިނަ ކަންކަމާއި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. އޭގެ ފަހުގައި އެމަނިކުފާނު ވާހަކަ ދެއްކެވީ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމުގެ މުހިންމު ކަމާ ގުޅޭ ގޮތުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން އުފެދުނު ހުރިހާ ސަރުކާރުުތަކަށް މަޖިލީހުގެ މެޖޯރިޓީއަކީ ކިހާ މުހިއްމު އެއްޗެއްކަން ހާމަވެފައިވާކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ނެތުމުން ދިމާވާ ދަތިތައް އެމްޑީޕީގެ ފުރަތަމަ ސަރުކާރުންވެސް ފެނިގެންދިޔަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު މި ވަގުތު ހުންނެވީ އެ މެޖޯރިޓީއާ އެކުގައެވެ. މިއީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ގިނަ މެންބަރުން ތިއްބެވީ އެމަނިކުފާނާއި ސަރުކާރާ އެކު ކަން ހާމަކުރައްވައި ރައީސް ކުރެއްވި ވަރުގަދަ އިއުލާނެކެވެ. އަދި މިހާ ފާޅުކަން ބޮޑު ގޮތެއްގައި މިފަދަ ވާހަކަފުޅެއް އެމަނިކުފާނު ދެއްކެވި ފުރަތަމަ ފަހަރެވެ. މި ވާހަކަފުޅާ އެކު ވާދަވެރިން ދެ ވަނަ ވިސްނުމަކަށް ދާން ވަނީ މަޖުބޫރު ކުރުވައިފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނައިރު މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮންނަން ބޭނުންފުޅުވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްކުރައް ވާނީ މެޖޯރިޓީ ދިފާއުކުރެއްވުމުގައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މި ހުރީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީއާ އެކުގައި. އެހެންވީމަ ސަރުކާރުން ދޭ ހިދުމަތްތައް އޮމާންކަމާ އެކު ފޯރުކޮށްދިނުމަށް މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު ހިފަހައްޓާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި. --- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ގައުމީ މަޖިލިސް ވެސް ރައީސް ސޯލިހާއެކު!

އެމްޑީޕީގެ އެންމެ ވަރުގަދަ އެއް ގުނަވަނަކީ އެ ޕާޓީގެ ގައުމީ މަޖިލިހެވެ. އާންމު ގޮތެއްގައި އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހަޅާ ގަރާރުތައް ފާސް ވަނީ 100 އާ ގާތް ކުރާ އަދަދަކަށް ނުވަތަ އެއަށް ވުރެ ގިނަ މެމްބަރުންގެ ވޯޓު ވެސް ލިބިގެންނެވެ. އެކަމަކު، ދާދި ފަހުން ނަޝީދު، އެމްޑީޕީގެ ގައުމީ މަޖިލިހަށް ހުށަހެޅުއްވި ގަރާރަށް ވޯޓަށް އެހުމުން އެ ގަރާރު ފާސްވީ އެންމެ 39 މެމްބަރުންގެ ވޯޓުންނެވެ. ގިނަ މެމްބަރުން ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. މިކަން ގިނަ ބަޔަކަށްވީ ހައިރާން ކުރުވަނިވި ކަމަކަށެވެ.

ނަޝީދު ގައުމީ މަޖިލިހަށް ހުށަހެޅުއްވި ގަރާރަކީ ރާއްޖޭގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލައި، ރައީސް ސޯލިހަށް ދެންނެވުމަށް ހުށަހެޅުއްވި ގަރާރެކެވެ. މި މައުޟޫއުގައި ވެސް ރައީސް ވާހަކަ ދެއްކެވީ އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެޖޯރިޓީ އެމަނިކުފާނަށް އޮތް ކަން ދޭހަވާ ފަދަ މޭރުމަކުންނެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިހުގެ 39 މެމްބަރުންގެ ވޯޓުން އެ ގަރާރު ފާސް ކުރި ނަމަވެސް ގައުމީ މަޖިލީހުގައި 142 މެންބަރުން ތިއްބަވާ ކަން ފާހަގަ ކުރައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުން ވެސް އެނގިވަޑައިގަތީ ގައުމީ މަޖިލިހުގެ ގިނަ މެމްބަރުން މިވަގުތު އެކަމަށް ތާއީދު ނުކުރައްވާ ކަމެވެ.

"އެރޭގެ ޖަލްސާގައި ގިނަ މެމްބަރުން ބައިވެރި ނުވީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެއިން އެއްވެސް ބޭފުޅަކު ބޭނުމެއް ނުވޭ ރައީސް ނަޝީދު ހުށަހަޅުއްވާ އެއްޗަކަށް ފާޅުގައި އިދިކޮޅަށް އެއްޗެކޭ ބުނާކަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގިނަ މެމްބަރުން ގައުމީ މަޖިލިހުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަތީ ކުއްލި ނުރައްކަލުގެ ހާލަތު މި ދަނޑިވަޅުގައި އިއުލާން ކުރަން ޖެހޭ ކަމަށް ނުފެންނާތީއެވެ. ނަމަވެސް ރައީސް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ހޯދައި އޭގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި އެކަން މިހާރު ވެސް ފެންނަމުން އަންނަ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި. --- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު އަމިއްލަ އަށް ދެކޭ ގޮތުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތެއް ނޫން މިއީ" ރައީސް ވިދާޅުވިއެވެ.

މި ފެނުނު މަންޒަރުން ވެސް ސާފުވި ކަމަކީ އެމްޑީޕީގެ ގައުމީ މަޖިލީހާއި އެހެނިހެން ގުނަވަންތަކުގެ ކޮންޓްރޯލް ވެސް އޮތީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމެވެ. މިހާރު ފެންނަ މަންޒަރުތަކުން ނަޝީދަށް އެމްޑީޕީގެ އާރާއި ބާރު ވަނީ ގެއްލިފައެވެ.

މި ހުރިހާ ކަމަކާ އެކުގައި ވެސް ރައީސް ސޯލިހްގެ މިހާރުގެ ވިސްނުންފުޅު ވަރަށް ބޮޑަށް ތިލަކޮށް ދެއްވިއެވެ.

އެމަނިކުފާނަކީ ވެރިކަންކުރާ މައި ޕާޓީގެ އެންމެ އިސް ލީޑަރު ކަމާއި ޕާޓީގެ ތެރޭގައި ބައިބަވުންތައް އުފެދޭފަދަ ކަންކަން އައުމުން އެކަމެއް ހައްލުކުރުމަށް ވެސް މަސައްކަތް ކުރައްވަން ޖެހޭނެ ކަން ހާމަކުރެއްވިއެވެ. އެ ހުރިހާ ކަމެއް ވެސް އެމަނިކުފާނު ދެން ކުރައްވާނީ ފުރިހަމަ އިތުބާރާއި އާރާއި ބާރާއެކުގަައެވެ. އެމްޑީޕީގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އޮތް ކަން ދެކިވަޑައިގެނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބާރު އެމްޑީޕޯގައި ގަދަވަމުން އަންނަ ކަން މި ހުރިހާ ކަމަކުން ވެސް ސާފުވެއެވެ. މިކަންކަމާ އެކުގައި ވެސް ރައީސްގެ އަމާޒަކީ 2023 ގެ ރިޔާސީ އިންތިހާބުގެ ކުރިން ސަރުކާރުން ވެފައިވާ ހުރިހާ ވައުދުތަކެއް ފުއްދުމެވެ. އެމަނިކުފާނުގެ ހުރިހާ ވިސްނުންފުޅެއް މިއަދު ހުންނެވީ ރިޔާސީ ވައުދުތަކަށެވެ. ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމާ މެދު އެމަނިކުފާނު ގޮތެއް ނިންމަވާނީ އޭގެ ފަހުގައެވެ. ކޮންމެއަކަސް މި ހުރިހާ ކަމަކާ އެކީގައި ރައީސް މި ދެއްވީ ވަރުގަދަ މެސެޖްތަކެކެވެ. އެއީ ރާއްޖޭގެ ސިޔާސީ މައިދާނަށް އެޅުއްވި "ސިޔާސީ ބޮމެކެ"ވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ަަސދަސ

    5 އަހަރުގެ ދައުރެއް ފުރިހަމަ ކުރާ މޑޕ ގެ ފުރަތަމ ރައީސްކަމަށް ސޯލިހުވުމަކީ އައްނި އެދޭނެކަމެއްނޫން. އިބޫގެ ހިންގުންތެރިކަން އަދި ބަސްމަގު ގެންގުޅޭގޮތް ރަނގަޅު.
    ނަޝީދު އެއްފަރާތްކުރަން ޖެހުނީމާ އެއްފަރާތްކުރީ ހިންގުމަށް ބުރޫއެރިޔަނުދީ ސަރުކާރު ކުރިޔަށް ގެންދަން.
    ޔާމީނަށްވެސް މަޖްބޫރުވި މައުމޫނު އެއްފަރާތްކޮށްލަން.

    61
    12
  2. އާދަންބެ

    ތިހެން ބަޔަކު ގޮސް ވަހީދު ޖިފުޓިއަށްވެސް ހަށިފުއްޕާފަ ވަންތަން ދުށިން. 5% ހިއްލާލި ހިސާބުން ކޮށީގަ އިން ބާގަނޑަކުން ކުކުޅުދަކެއް ދޫވެ ރައްކާވާހެއް ފިލާގޮސް އެންމެފަހުން އެފަކީރު ހުރީ ގިނިކަންޏާ، އަމާ ގެއްލިފައިން ފިޔޮކެއް އިންނަހެން.

    32
    12
  3. އާދަމް ނަވާޒު

    ބަލާތި . ތި އިބޫ ނުޖެހޭނެ އެއްތަނެއްގަވެސް . ބަލަ މޮޔަނުވޭ . ރައްޔިތުން ގެ ތާއިދުނެތޭ އިބޫއައް . ހަޖަމް ކުރޭ . ފަޒުނާ ގެ ހުދު ބޯ . ކެނެރީ ގެ އަންނި އައް ތާއިދު އޮތީ .

    36
    42
  4. އަނި

    އޭން މޮޔަނުވޭ ސަޕޯޓް އޮތީ އަހަރެންނަށް އިބޫ ވެރިކަން ނިމުނީމާ ވާނީފޭލި ކައިރީ ގައި އެކަކުވެސް ނުތިބޭނެއެވެ.

    32
    16
  5. އޭނާ

    ނަޝީދަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި އެންމެ ތަޖުރިބާކާރު ލީޑަރު. އެމަނިކުފާނާ ކުޅެން އުޅުއްވައިފި ނަމަ ހަތަރު އުދަރެސް ފެނު ޖެހޭނީ. މިއީ ވަރަށް ވާހަކަ. ބޯގަންވިލާ އިބުރާ، މުނައްވަރު،، ރީކޯ މޫސަ، އަލްހާން ފަހުމީ މަތިން ހަނދާން ކުރާތި.

    19
    55
  6. އިބޫ

    ސާބަހޭ ރައީސް އިބޫ އަށް. ކިތަންމެ ދަތި އުނދަގުލާ އެކުގައި ވެސް ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށް ނިންމާލާތި. އަދި ރައްޔިތުންނަށް ވެފައި ހުރި ބޮޑެތި ބިޔަ މަޝްރޫއުތައް ފުރިހަމަކޮށް ދެއްވާތި.

    29
    29
  7. ސސ

    އެމްޑީޕީ ރިފޯމް ކޮށް އެމްޑީޕީގެ މުސްކުޅު އެ 30 އަހަރުގައި އުފެދުނު ނަފުރަތު ބައިގަޑު ދޫކޮށް އެމްޑީޕީ ސިޔާސީ ޒުވާން ލީޑާޝިޕެއް ހޯދަން އެބަޖެހޭ !

    29
    9
  8. ދިވެހި ފިލްމް "ނަފްރަތު"

    ކޮންމެޔަކަސް ދީނީކަމަކަށް ނުބަލާ ނަފްރަތުގެ ބިލެއް ފާސްކުރަން އުޅުމުގެ ތެރޭގަ އަމެއްލަ އަތައް ގޮވީ. ދެން ރަންގަޅުވާނީ އެމްޑީޕީ ތެރޭ ނަފްރަތުގެ ބިލެއް ފާސްކުރީޔާ. މިހާރު އެކަކު އަނެކަކު ނަފްރަތު އުފައްދަމުން ޕާޓީތެރެ ހަލާކުވަނީ ތިޔޮއް. އަދި އޭގެ އިސްސަފުގަ އުޅެނީވެސް އެލެކްސް.

    30
    6
  9. ޖަޒީރާ ވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ރައިސް ފުދަވާ ވައުދުތައް ފެނިފަ ހައެ ރާނެއް ނުވޭތޯ!

    19
    5
  10. ޚިޔާލު 3

    އިބޫ އަކީވެސް ހިންގުތެ ރި މީހެންނޫން އަންނިއަކީވެސް ތާއިދު އޮތަސް މާ ހަ ރުދަނާ މީހެއްނޫން ޔާމިނުއަކީ ހިންގުތެ ރި މީހެއް އެކަމަކު އަނިޔާވެ ރިކަމާއި ވައްކަމިގެ ސަބަބުން ހަލާކުވި މީހެއް. އިބޫ މި ކަންކަމުން އިބު ރަތް ހޯދައިގެން ވެ ރިކަށް ކޮށްފިއްޔާ ދެވަނަ ދައު ރެއް ލިބުމުގެ ފު ރުސަތު ބޮޑު.

    15
    27
  11. ހާމޮދު ޝާހިދު

    ޢާ ރާއި ބާ ރު ދައްކައިގެން ހުރ ރޭ. ވާނެކަމެއް ނޯންނާނެ. ނިކަން ފަސޭހައިން 2023 ލިބޭނެ. ޑެން ލަލަލާ

  12. ޙައްޕު

    ޅިޔުންތެ ރިޔާއަށް ނޭންގޭ ކަމަކީ ، ނަޝީދު ޖެއްސި ސުޓަންޓެއްކަން ، ރައްޔިތުންގެ މަޖުލިސްއަށް އަސްލަމް ނެ ރުމަކީ.އެބޭޅާ މަޖިލީހުގެ ރައީސަކަށްވާން ކު ރިކަމެއް އެއީ.

    1
    1
  13. އަބްދޫ

    ގައުމީމަޖިލީހުން ވޯޓް ނަގާ ނަސީދު ޕާޓީންވަކިކޮށްލާ.ތިޔައީ ޖެހިފޯއޮތް އާފާތަކާ މުސީބާތެއް.

    10
    2
  14. ގލ

    ރ ސޯލިހް ފާޅުގައި، އައްނިއަށް ކުރާ ތާއީދު އަނބުރާ
    ގެންނަންވީ ވަގުތު އަތުވެއްޖެއެވެ އަދި އައްނި މޑޕ މެނބަރުކަމުން ވަކިކޮށް މޑޕ މިނިވަން ކުރަން ވެއްޖެއެވެ.

  15. ޖާބެ

    ތިޔަތަނުން ބާލާފަ މިކަންނީންމާލާނީ

  16. ޝިރޯ

    ބަލަގަ ވިސްނުންހުރި ކޮންމެ މީހަކަށްވެސް އެގޭ ފެންއޮތްތަކަށް މަސްދުވާކަން ހަކުރު ހުރި ތަނަކަށް ހިނިއަރާނެކަން އެގޮތުން ވެރިކަން އޮތް މީހެއްގެ ފޫކަހަކަން މީހުން ދުވާލެއް ގިނަވާނެކަން ނޭގޭތަ؟ މިއަދުވެސް ވެރިކަން ދިޔާމަ ހުރިމީހުން ހޮރައްވަދެ ފިލާނެ އަންނި އާއި ޔާމީންގެ ފަހަތުގައި މީހުން އުޅެނީ ހަމަ ލޯބިވާތީ މައުމޫނުގެ ފަހަތު މީހުން އުޅެނީ ދުނިޔޭގެ ލަދަށް ގާސިމްގެ ފަހަތުގައި މީހުން ދުވަނީ ކޮށްދެއްވާފަހުރި ކަންތައް ހިތަން އަރާވަރުން އެހެން ފަރާތަކަށް ދާންނުކެރިގެން އަދި އެހެން މޮޅުގޮތެއްވެސް ފެންނަން ނެތުމުން މީހަމަ ތެދު.

  17. ބެރު

    އިބޫއަށް ބުނެލަން އޮތީ މިވެރިކަން ނިމެންދެން އޭޗެކޭ މީއްޗެކޭ ކިޔާފަވެސް އަންނި ގައުމުން ބޭރުގައި ބަހައްޓާލެވޭތޯ ބަލާތި ނޫނީ އައިމާ ޖަލުގައިވިޔަށް އޯކޭވާނެ ދެވަނަ ދައުރަކަށް ވެރިކަން ނުލިބިއްޖެޔާ ވޯޓުގެ ފަހުން އަންނި ދޫކޮށްލާ މީ އެންމެރަގަޅުގޮތް.