ކަނޑުވެފައިވާ މީހަކު ސަލާމަތް ކުރުމަށް އެކަކު މަސައްކަތް ކުރުމުގެ ބަދަލުގައި އެ މަންޒަރު ފެންނަ އެހެން މީހުން ވެސް އަނެކާއަށް އެހީތެރިކަން ފޯރުކޮށްދިނުން ވަރަށް މުހިންމެވެ. އެގޮތަށް އެހީތެރިވުމުގެ ގޮތުން ހިތްވަރުދީ ނުވަތަ ކަނޑުވެފައިވާ މީހަކު ސަލާމަތް ކުރުމަށް ކަނޑަށް ފުންމާލުން އެއީ ގޯސް ކަމަކަށް ނުވާނެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިގޮތަށް އަމަލު ނުކޮށް ދެއަތް ނަގައިގެން ބަލަން ތިބޭ މީހުންނާއި ކެމެރާ ކުރަން ބައެއް މީހުން ތިއްބާ ފެނެއެވެ.
މިއީ އެއްވެސް ގޮތަކަށް ރަނގަޅު ގޮތެއް ނޫނެވެ. އެފަދަ ހާލަތެއްގައި އެމީހަކަށް ވެވެން އޮންނަ އެހީތެރިކަމެއް ވުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. މިއީ އެފަދަ ހާލަތެއް ކުރިމަތިވިއިރު، ދެން ތިބި މީހުންގެ އެހީތެރިކަމެއް ނުވަތަ އަޅައިލުމެއް ލިބިފައި ނުވާ އެކަނިވެރި ފިރިއެއްގެ އިހުސާސްތަކެވެ. ކަނޑުމަތީ ހާދިސާއެއްގައި ކުޑަ ދަރިފުޅު ގެއްލި، އަނބިމީހާ ނިޔާވި ހާދިސާއެވެ.
ޖިނާހު އާދަމް އާއި އޭނާގެ އަނބިމީހާ، މަރިޔަމް ނާހިދާގެ އިތުރުން ދެ ފިރިހެން ދަރިން ޗުއްޓީއަށް ރަށަށް ދާން މިދިޔަ ހޮނިހިރު ދުވަހު ފުރީ އުފަލާ އެކީއެވެ. އުމުރު ދުވަހަށް ހިތާމަ ކުރަން ޖެހޭނެ ފަދަ ހާދިސާއެއް ހިނގައިދާނެ ކަމުގެ އެއްވެސް ކަހަލަ ވިސްނުމެއް އެއްވެސް މީހެއްގެ ހިތަކަށް ނާދެއެވެ. ނަމަވެސް މި އުފާވެރިކަން ހިތާމައަށް ބަދަލުކޮށް ޖިނާހު ރޮއްވާލީ މޫސުން ގޯސްވުމުގެ ސަބަބުން ދިމާވި ހާދިސާއަކާ ގުޅިގެންނެވެ.
ހަވީރު 16:00 އެހާކަންހާއިރު ލޯންޗު ފުރިއިރު، ޖިނާހު އިނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ޖައިޝް ކައިރީގައި ބައިންދައިގެންނެވެ. ނާހިދާ އިނީ ކުޑަ ދަރިފުޅު ޖުއެލް ކައިރީގައި ބައިންދައިގެންނެވެ. މި އާއިލާއާ އެކީ ޖުމްލަ 12 މީހުން އެ ލޯންޗުގައި ތިއްބެވެ. ލޯންޗު ފުރިއިރު ވެސް މޫސުން ގޯހެވެ. ނަމަވެސް ލައިފް ޖެކެޓް މަތިން ހަނދާނެއް ނެތެވެ.
ލޯންޗު މާލެއިން ފުރައިގެން ދިޔައީ ކަނޑުން ނަގާ ބިޔަ ރާޅުތަކާ ކުރިމަތިލައި ވަޔާ ދެކޮޅަށް ކަމުން އެހާ ބާރު ދުވެއްޔެއްގައި ލޯންޗެއް ނުދެއެވެ. ލޯންޗު ދަތުރުކުރީ މާލެއިން ފުރައިގެން ކ.އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކުގެ ބޭރުން އަތޮޅުގެ އިރުމަތީންނެވެ. އޭރު ވައި ހުރީ ސީދާ ހުޅަނގަށްވުރެ ބޮޑަށް ހުޅަނގު ދެކުނުންނެވެ.
ސަން ސިޔާމް އޮޅުވެލި ރިސޯޓު ފަސްދީ، މޭލެއްހައި ބޭރުން ދަތުރުކުރަނިކޮށް ކުއްލިއަކަށް ޖެހި ބޮޑު ރާޅާއެކު ލޯންޗު އަރި އަޅާލައި، ލޯންޗުގެ ތެރެއަށް ލޮނުގަނޑު ވަނެވެ.
ޖިނާހު ބުނީ، ލޮނުގަނޑު ވަނުމާއި އެކީ ލޯންޗުގެ އިންޖީނު ވެސް ހުއްޓުނު ކަމަށާއި އެވަގުތު ކައްޕި އަވަސް ވެގަތީ އިންޖީނު ޖެއްސޭތޯ ކަމަށެވެ. އިންޖީނު ޖެއްސައި ކުރިއަށް ދުއްވާލި ގަޑީ ލޮނުގަނޑާ އެކީ ނާހިދާއާއި ޖުއެލް ކަނޑަށް ދަމައިގަތީ އެމީހުން އިށީނދެގެން ހުރި ދިމާލު ސަތަރިގަނޑު ނެއްޓިގެންނެވެ.
އެހާ ހިސާބުން ޖިނާހު އަވަސް ވެގަތީ ކަނޑަށް ވެއްޓުނު ނާހިދާއާއި ދަރިފުޅު ޖުއެލް ސަލާމަތް ކުރުމަށެވެ.
ލޯންޗުގައި ރަނގަޅު ލައިފް ޖެކެޓެއް ނެތް!
ޖިނާހު ބުނީ، ނާހިދާއާއި ޖުއެލް ވެއްޓުމުން ލޯންޗުގައި ހުރި ބޮޑު ދަރި، ޖައިޝްގެ ގައިގައި ލައިފް ޖެކެޓެއް އަޅުވާފައި ނާހިދާ ފެނޭތޯ ބެލި ކަމަށެވެ. ލައިފް ޖެކެޓް އަޅުވަން ބެލިއިރު، އެއީ ހަލާކުވެފައިހުރި އެއްޗެހި ކަން އެނގުނު ކަމަށް ޖިނާހު ބުންޏެވެ.
"ލައިފް ޖެކެޓަކަށް ވަޔެއް ނުޖެހުނު. އެހެން ނޫންނަމަ ނާހިދާ ހުންނާނީ ލޯންޗުގައޭ މިއަދު. ހުރިހާ އެއްޗެއް ހަލާކުވެފަ ހުރީ އަނގައިން ފުއްޕައިގެން ވައިޖަހައިގެން ބޮޑު ދަރި ގައިގައި އަޅުވާފައި ފަހުން ރިންގު ލިބުނީމަ އެ ހިފައިގެން ފުންމާލީ. އޭރު ނާހިދާ އޮތީ ދެފެން ދޭތެރޭ. އޭރު ލޮނު ބޮވިފަ އޮތީ"
ޖިނާހު ބުނީ، ރިންގު ހިފައިގެން އޭނާ ފުންމާލީ ނާހިދާ ފެނިގެން ވަރަށް ދުރުން ކަމަށެވެ. އަދި ނާހިދާއާއި ދިމާލަށް ފަތާފައި ގޮސް ރިންގު ތެރެއަށް ލާފައި ލޯންޗަށް އެރުވީ ކަމަށް ޖިނާހު ބުންނެވެ.
"ނާހިދާ ލޯންޗަށް އެރުވި ފަހުން ދަރިފުޅު ވެސް ފެނުނު. އެގަޑީ ވަގުތުން ފުންމާލިން. އެކަމަކު އަތު ނުޖެހި ގެއްލުނީ. އަނބި ސަލާމަތް ކުރަން ވަރަށް ގިނައިރު މޫދުގައި އޮތިން. ދަރިފުޅު ފެނޭތޯ ވެސް ވަރަށް ގިނައިރު އޮތިން" ޖިނާހު ކިޔައިދިނެވެ.
ޖިނާހު ބުނީ، އެހާދިސާ ހިނގާފައިވަނީ ގާތްގަނޑަކަށް 5:10 އެހާކަންހާއިރު ކަމަށް ބެލެވޭ ކަމަށެވެ.
ލޯންޗުގައި ތިބި މީހުންނަށް ނާހިދާ ފެނުނު، އެކަކު ވެސް ފުންމާނުލި!
މިހާދިސާއާ ގުޅިގެން ޖިނާހުއަށް އެންމެ ގަބޫލުކުރަން ދަތިވާ އެއް ކަމަކީ ލޯންޗުގައި ގިނަ ބަޔަކު ތިބިއިރު، އޭގެ ތެރެއިން ބަޔަކު އޭނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްނުލީމައެވެ. އަދި އެ އެމީހުން ވެއްޓުމުން އަނބުރާފައި ނަގަން ލޯންޗު ނުދާ ކަމަށް ޖިނާހު ބުންޏެވެ.
"ލޯންޗު ކައިރިއެއް ނުކުރޭ ނަގާކަށް. އެއީ މައްސަލައަކީ. ލޯންޗަކަށް ކައިރިވެވޭކަށް ނެތް. ކައްޕި ބިރުގަންނާނެ ރާޅު ބޮޑުވީމަ. ދުރުން ފުންމާލާފަ ނާހިދާ ގެނައީ"
ޖިނާހު ބުނީ، އޭނާގެ އަނބިމީހާއާއި ދަރިފުޅު ކަނޑަށް ވެއްޓުނު މަންޒަރު ލޯންޗުގައި ތިބި މީހުންނަށް ފެންނާނެ ކަމަށާއި އަދި ދަރިފުޅު ކަނޑުވެފައި އޮއްވާ ނުފެނު ނަމަވެސް، އަނބިމީހާ ކަނޑުގައި އޮއްވާ ފެންނާނެ ކަމަށެވެ.
"އެމީހުން [ދަރިފުޅާއި ނާހިދާ] ފުރަތަމަ ތިބީ އެއްޗެއްގައި ހިފައިގެން. ވެއްޓުނުތާ ވަރަށް ގިނައިރުން ނެގުނީ. މަތީގައި ތިބީ އެމީހުން. ވަރަށް ގިނައިރު އެގޮތަށް ތިބި. އެކަމަކު އެކަކު ވެސް އަޅައެއް ނުލި"
"ނުއެސް ވިސްނާ. އެކަކު ވެސް ފުންމައެއް ނުލާ. ނޭނގޭ ކީއްވެގެން ކަމެއް. އެންމެ މީހަކު ފުންމާލުމުގެ ބަދަލުގައި އެހެން މީހުން ފުންމާލި ނަމަވެސް ރަނގަޅު އަތް ހޫރުވި ގަޑީ. ތިބީ ހުސްކޮށް ތިބި މީހުން. މިބުނީ އާއިލާއެއް ގޮވައިގެން ނެތް މީހުން. އަތް ހޫރުވި ގަޑީ ދިޔަނަމަ ނާހިދާ ސަމާލަތް ކުރެވުނީސް. މިހާރު ހިތަށް އަރާ ބައިވަރު އެއްޗެހި"
ނާހިދާ ލޯންޗަށް އަރުވައިގެން ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދެވުނުއިރު ވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުގެ އޮފިޝަލުން ވަނީ "ވަގުތަށް" ކަށަވަރުކޮށްދެއްވާފައެވެ.
ދަރިފުޅު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް
ޖިނާހުގެ އަންހެނުން ނާހިދާ މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލާފައިވާއިރު، ޖިނާހުގެ ކުޑަ ދަރިފުޅު ޖުއެލް ކަނޑަށް ވެއްޓުނު ގޮތަށް އަދިވެސް ނުފެނެއެވެ.
ސިފައިންނާއި އާއްމުންގެ އެކި ފަރާތްތަކުން އަންނަނީ ހުއްޓުމެއް ނެތި އެ ހާދިސާ ހިނގި ސަރަހައްދު ބަލައި ހޯދަމުންނެވެ. އަދި އާއްމުންގެ އެހީތެރިކަމަށް ވެސް ވަނީ އެދިފައެވެ.
ނާހިދާ މިފަނާ ކުރަނިވި ދުނިޔެ ދޫކޮށް ގޮސްފައިވާއިރު، ޖިނާހު ހުރީ އަދިވެސް ޖުއެލް ސަލާމަތުން ފެނިދާނެ ކަމުގެ އުއްމީދުގައެވެ. ޖިނާހުއެކޭ އެއްގޮތަށް މުޅި އާއިލާގެ އެންމެން ވެސް ތިބީ އެއުއްމީދުގައެވެ.
ޖުއެލް ގެއްލުނު ފުލިދޫކަނޑު!
ކަނޑު ދަތުރު ކުރާ ފަރާތްތަކަށް ރާއްޖޭގައި އޮންނަ ނުރައްކާތެރި އެތަށް ކަނޑެއް ވަނީ ފެނިފައެވެ. ނަމަވެސް ފުލިދޫކަނޑަކީ އެފަދަ ފަރާތްތަކުން ނުދެކޭފަދަ އަޖައިބެއް ފެނިފައިވާ ކަނޑެކެވެ.
ފުލިދޫކަނޑަށް އެނަން ދެވިފައިވަނީ ކަނޑުގެ އެއްކޮޅުގައި އޮންނަ ރަށުގެ ސަބަބުންނެވެ. ފުޅައުމިނަކީ ގާތްގަނޑަކަށް 7 މޭލެވެ. ރާއްޖެ ތެރޭގެ އެހެން ހުރިހާ ކަނޑަކަށްވުރެ ފުލިދޫ ކަނޑުގެ ކުލަ މާކަޅެވެ. މާ އަނދިރިއެވެ. އެކަމަކު ބޯޓުތަކަށް އެއިން ލޮނު ފޮދެއް ނަގައިފިނަމަ، ހީވަނީ އެންމެ ރީތި ސާފު ފެންހެނެވެ.
އެހެން ކަނޑުފަދައިން އެކަނޑުގައި ރީތިކޮށް އެއްފަރާތަކަށް އޮއެއް ނުހިނގައެވެ. އަލިފާންމަތީގައި ހުރި ފެންއެއްޗެއް ކެކޭފަދައިން އަބަދު ވެސް އެކަނޑު އޮންނާނި ކެކިކެކިއެވެ.
އެކަނޑު ބަލައިލި ނަމަވެސް މީހަކު ބިރުގަންނާނެއެވެ. އެކަނޑުން ދާއިރު ހީވަނީ އެނބުރޭ އޮއިވަރެއްގެ ތެރޭގައި ދާހެންނެވެ. އެކަނޑަށް މިހެންވުމުގެ ސަބަބެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެނގޭ ކަމަކީ އެކަނޑަކީ މީހުން ބިރުގަންނަ ކަނޑެއް ކަމެވެ. އަދި އެކަނޑުގައި ވިއްސާރައިގެ ކޮޅިތައް ވެސް ގިނަވެފައިވާ ބާރެވެ. މިއީ 1602 އިން 1607 ވަނަ އަހަރު ކުރިން ފްރާންސްގެ ޕިރާޑުގެ ކޮށްފައިވާ ތަޖުރިބާތަކުގެ މައްޗަށް އޭނާ ލިޔުއްވާފައިވާ ލިޔުންކޮޅެކެވެ.
ދޮށީ ތަ؟ ހަގު ތަ؟
އެހެންވީމާ ރަވީ ފާރޫޤު އާއިލާވެސް ލޯންޗުގައި ތިބެ އެހީ ނުވީތާ... ރިޝްމީ ވެސް ލަދެއް ނުގަތެއްނު ތިމަން އާއިލާވެސް ދަތުރުކުރީ އެލޯންޗުންނޭ ކިޔާފަ ނޫސް ތަކަށް އިންޓަވިއު ދޭން...
ދިވެހިންނަށް ލައިފް ޖެކެޓު އެޅުން ވަނީ ހަޑި ކަމަކަށް. ކަމެއް ވީމަ ލައިފް ޖެކެޓް އަޅަން ވަގުތެއް ނުލިބޭނެ. ކިތަންމެ ކަނޑު މަޑަސް ފަތަން އެނގުނަސް ލައިފް ޖެކެޓު އަޅައިން ދަތުރު ކުރަންވާނީ.
ވަޅި ހަރާފައި މަރާ ނުލިޔަސް މިކަމުގައި ލާންޗު ކެޕްޓަން ، ކުރޫ އަދި އޭގައި ތިބި މީހުން ޖަވާބު ދާރީކުރުވަން ޖެހޭނެ! މީ ބޮޑު އިހްމާލެއް!
އެހެންވީމާ ރަވީވެސް އެމޮޑުނީ ބަތެއްނު!
ރަވީއަށް ވެސް އެހެންމީހަކައްވެސް އެހާގަދަކަނޑަކަށް ފުންމާލަންކެރޭނީ ރަގަޅު ލައިފްޖެކެޓެއް ލޯންޗްގައި އޮތްނަމަދޯ..
އެއީ ހައްޕުނޑު.. ގަދަ ވެފަ ފިލްމުކުޅެން އުޅޭނެ
ބަލަ ރަވީ ގެވެސް އަންހެނުނާ ދަރި އިނޭ ،އެމީހުން ބަލަނީ ކަލޭ އަމާ ތަ ؟
ރަވީ ގަޓުވެފައި ކެރިފަ އިންނަނީ ޓީވީ ޕްރޮގްރާމްގައި އެކަނި ކަން އެނގިއްޖެ!! ކުޑަކުއްޖެއް ސަލާމަތް ކުރަން ފުންމާލަން އިތުރު މީހަކަށް ނުކެރުން އެއީ ވަރަށް ދެރަ ކަމެއް، އެންމެންވެސް މަރުވާނެ!! އެހެންނަމަވެސް ފުރާނައެއް ސަލާމަތްކޮށްލުމަކީ މުޅި އިންސާނިއްޔަތު ސަލާމަތް ވުން، ކަންޑަށް މަރުވިނަމަ ޝަހީދެއް!
..
ބޯޓުތަކަށް އެއިން ލޮނު ފޮދެއް ނަގައިފިނަމަ، ހީވަނީ އެންމެ ރީތި ސާފު ފެންހެނެވެ.
ޕިރާޑް ނޫން ކޮންމެ މީހަކު ލިޔުނަސް ކޮސް ވާހަކައެއް. ކޮންމެ ކަނޑަކުން ލޮނު ނެގިޔަސް ހުންނާނީ ހުދު ކުލައިގަ.
ނާހިދާ ވެއްޓުމުން ސަލާމަތް ކުރަން ކައްޕި ލޯންޗު އަނބުރަން ބިރުގަތީ ކީއްވެތޯ. ލޯނޗު ދަތުރުކުރަމުން ދިޔައީ ވައި މައްޗަށް، ވީރު ފައްސާ ކޮށްލާފަ ދުއްވަން ފަސޭހަވާނެ. އޭގެ ބަދަލުގައި ލޯޗް މިސްރާބު ވައިކޮޅަށް.
ޖިނާހުގެ ދަރިފުޅު ގައިގަ ލައިފްޖެކެޓް އަޅުވަން ލޯޗް ތެރެއިން އެކަކަށްވެސް އެހީތެރިކަމެއް ނުދެވުނު. ލައިފްޖެކެޓް އަޅުވަން ގިނަ ވަގުތު ނެގިކަން ފާހަގަވޭ. ލޯޗް ތެރެއިން ކޮންމެވެސް އެކަކު އެކަމަށް އެހީވިނަމަ ޖިނާހުގެ ނާހިދާ ސަލާމަތްވީ. ކޮންމެ ކަމަކަށްވެސް އޮތީ މަތިވެރި ﷲގެ ކުޅަދުންވަންތަކަން
ވަރަށް ދެރަ އެހީ ނުވީމަ. އެކަމު އެހީ ނުވިކަމަށް ބަލާކަށްވެސް ނުވާނެ. ފަތަން ނޭނގޭ ބަޔަކު ކަމައްވެސް ވެދާނެ. ﷲ ފުރާނައަށް ރަހްމަތް ލައްވައި އާއިލާ އަށް ކެއްތެރިކަން ދެއްވާށި. އާމީން
ދެންތިބި މީހުން ތެރޭން އެކަކުނަމަވެސް ފުންމާލިނަމަ ވަރައް ގާތް ދެމައިންވެސް ސަަލާމަތް ކުރެވިދާނެކަމައް ،
ރަވީވެސް އަދި ފޮނިކަޑާނެ .ފިލްމެއް ކުޅެންވެސް އުޅޭނެ މިވަރު ވީއިރުވެސް އެހީވެސް ނުވި . ކީއްކުރާނީދޯ މައްޔިތާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވާށި އަދި ކުޑަދަރިފުޅު ހެޔޮހާލުގައި ލައްވާދޭވެ ޢާމީން
ޖިނާޙް ގެ ވާހަކަތަކުން ވަރަށް އަސަރު ކޮށްފިއެވެ. އަދި ތިވާހަކަތަކުން ވިސްނައިފި ބަޔަކަށް ވަރަށް ޢިބްރަތްތެރި އެތަކެއް ފިލާވަޅެއް ވެސް ލިބޭނެ އެވެ.
ދިވެހިންގެތެރޭގަފިޑިންވެސްތިބީތާ ފިލްމުތަކުންމަސްހޫރުކަންދެއްކިއަސް އިންސާނިއްޔަތުކަމެއްވެސްނެތީނު ...މިހާރުންމިހާރައް ފެރީދަތުރުކުރާއުލަދުފަހަރުގަ ސަލާމަތީ ސާމާނު ހަމަކުރުވާ އަދި ލައިފުޖެކެޓުގަ އެއުޅަދެއްގެ ރަޖިސްޓުރީ ނަމަބަރު ޖަހާފަހުރިތޯބަލާ ސަލާމަތީ ހައްދާއިރު ވަރައްގިނައިން އެހެންއުޅަދުފަހަރުގެ އާލާތްތައް ދަހކާފަ ވެސްހުރޭ..
ވީކު މީހުންގެ ޖެނަރޭޝަނެއްކަން މިހާރު އެބަފެނޭ ، އަގައިން ފިރިހެނުންނާ އަންހެނުން އެހީތެރިވާނެ މީހަކުނުވި ކަމަކާ ދިމާވީމަ ޒީރޯ.. ޢާއިލާއެއްގެ ފުރާނަ ސަލާމަތްކުރަން އެކަކު.. ކިހިނެއްވެފަބާ މިތިބީ އިންސާފުވެސް ކަނުވެފަ މިޖްތަމައު ގެއްލިއްޖެ ހުސް އަނދިރި މީހުން ކީކޭބުނާނީ
އަސްލުމިކަހަލަ ކަންތަކުގަ އިހްމާލުވާ ފަރާތްތައް ބޮޑުއަދަދުން ޖޫރިމަނާ ކުރަންވީ މިބުނީ މީހެއްގެ ފުރާނައިގެ ވަކިއަގެއް އޮންނަވާހަކައެއްނޫން އެކަމް ލައިފްޖެކެޓް އެއްޗެހި ބޭނުން ނުކުރެވޭ ވަރުވެފަ ހުއްޓަ ދަތުރުކޮއް ކަންތައްކުރަންޔާ ވެރިފަރާތައް އަދަބެއް ދޭން ޖެހޭ.. ހަމަ ހާދިސާއެއް ހިގާއިރައް ލައިފްޖެކެޓް އަޅައިގެން ފޮޓޯނަގާފަ ސޯޝަލް މީޑިޔާއަށް ލިޔަސް ނުވާނެ.
ހާދަ ދެރައޭ
ކޮންމެ މީހަކަށްވެސް އެކަހަލަ ކަމެއް ދިމާވީމާ އިޙްސާސް ކުރެވޭނީ.
ލޯންޗް ތައްވެސް ވެއްޖެނު ތަންކޮޅެއް ޒިންމާދާރުވާން.
ނޫނީ ގަދައިގާ ދަތުރު ނުކުރަންވީނު.
މަނަދޫގައި ދުއްވާ ހޯޕްލޯންޗް ކިޔާ ބަޔަކުވެސް މީވ. ބިރުކުޑަ ޢަލީ ހެދިގެން އުޅޭ ބައެއް.
އެލަރޓް ނެރެފައި އޮތަސް ފުރާނެ.
ވަރަށް ހިތާމަ ވެރި ހާދިސާއެތް.ވަރަށް ދެރަވެއްޖެ ޖިނާހު ގެ ތިވާހަކަތަށް ކިޔާފަ. އެހެންމީހުން ގެ ކޮންމެ ވެސް އެހީތެރިކަމެ އެވަގުތު ވެދިންނަމަ މިކަމުން ކޮންމެވެސް އަލިމަގެ ފެނުނީސް.ކޮންމެ މީހަކަށް ވެސް އެމީހަކަށް އެފަދަ ހާލަތެއް މެދުވެރިވީމަ އެގޭނީ އެކަމުގެ ހިތާމަ.ވަރަށް ހިތްވަރު ގަދަ ކެރޭ މީހެ ޖިނާހު ތީ.އެންމެ ފަހުވަގުތާ ޖެހެން ދެންވެސް ތިޔަކުރި ހިއްވަރަށް ސާބަސް.ނާހިދާ އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިނވަރު ކުރަށްވާށި.ދުޢާ އަކީ ދަރިފުޅު ހެޔޮހާލުގާ ހުރެ ފެނުން.އާއިލާ އަަށް ކެއްތެރިކަން ދެއްވާަށި.
ކަނޑަށް ބަލި ނުވަތަ ރަނގަޅަށް ފަތަން ނޭނގޭ ނުވަތަ ބިރުގެންފައި ތިބި ބަޔަކަށް އެފަދަ ވަގުތެއްގައި ކަނޑަށް ފުންމާލައިގެން އެހީތެރިކަން ދިނުމުގެ ވިސްނުން ނައިސްދާނެ. ލައިފްޖެކެޓް ނޭޅުން އެންމެ ބޮޑު މައްސަލައަކީ.
ޖަޒުބާތުގަޖެހޭފަދަ ލިޔުންތައްލިޔެ ނުތަނަވަސްކަން އުފައްދަން މަސައްކަތް ނުކުރޭ. ލިޔުންތައް ލިޔަންވާނީ ކަންކަން ރަނގަޅަށް ބަލާ ދިރާސާކޮށްފަ. އެފަދަ ހާލަތިގައި އެންމެ ފުރަތަމައީ ތިމާގެ ސަލާމަތާއި ރައްކާތރިކަން، އެކަން ކަށަވަރުކުރުމަށްފަހު ސަލާމަތްކުރުމަށް ކުރެވެން އޮތްކަމެއް ކުރަންޖެހޭނެ.
މީ ފިރިހެނުންނާ އަންހެނުން ހަމަ ހަމަ ޒަމާނެއްނު
އެހެންވީމަ ރަވީފާރޫގު ވެސް އިނީތާ ކުޅިބަލަން. ލަދު
ފަތަން އެނގޭމީހެއް ހުރިއްޔާ ވާނެ އެހީވާން ފުންމާލަން އެ މީހެއްގެ މީހެއް ނޫނިއްޔާ ގިނަފަހަރު އަސަރެއް ނުކުރާނެ މި ވަރަށް ކައިރިން ތަޖުރިބާ ކުރެވިފަ ހުރި ކަމެއް އަހަރެންގެ ދަރިއަކަށް އެގެއްލުނު ކުޑަ ކުއްޖާ ނުވިކަމުގަ ވިޔަސް މިއުޅެނީ އެކުއްޖަ ހިތައް އަރާފަ ދެރަވާވަރުން އެފިރިހެން މީހަ އެކީއިތުރު މީހަކުމޫދަށް ފުންމާލިނަމަ ހިތް ބުނަނީ އެމައުސޫމް ކުއްޖާ ލިބުނީހޭ އެވަގުތު އަވަސް ވެގަންނަން ވާނީ ހުރިހާ މީހުންވަސް އެހީވުމުގަ އޭރުން ﷲ އެމަސައްކަތުގަ ކާމިޔާބުދެެއްވާނެ
މަޝްހޫރު ފިލްމީ ތަރި ރަވީ ފާރޫގް ވެސް ހުރި ލޯންޗުގަ.
ﷲގެ ހެޔޮރަހުމަތުން ކުޑަ ކުޑަ ލޯބި ދަރިފުޅު ގަދަވެސަލާމަތުން ފެންނާނެ
އާމީން
އައްޒަޔާ އޭނާގެ ފިރިމީހާ ތިޔަލޯންޗު ތެރޭގައި ތިބި ތިޔަބުނާ ވީޑިޔޯ އެއް ހަދަން
ފަތަން ނޭނގެނީކަން ނޭގެއެއްނު
ހާދަ ރަހުމު ކުޑައޭ މީހުން… ދެ ފުރާނަ ވިޔަ ގައިމު، އަމިއްލަ އާއިލާ ބަޔަކައް މިހެން ވި ނަމަ އިނގޭނީ އަސަރު ކުރާނެ ވަރު.އިންސާނިއްޔަތު ގެ ކަން ފުޅެއް ވެސް ނެތީ ހަމަ.އަޅާ ނުލި މީހުންނަށް ހަމަ ނިދި ނިދޭ ބާއޭ މަގޭ ހިތައް އަރާ!
"އެމީހުން ވެއްޓުމުން އަނބުރާފައި ނަގަން ލޯންޗު ނުދާ ކަމަށް ޖިނާހު ބުންޏެވެ.
"ލޯންޗު ކައިރިއެއް ނުކުރޭ ނަގާކަށް. އެއީ މައްސަލައަކީ. ލޯންޗަކަށް ކައިރިވެވޭކަށް ނެތް. ކައްޕި ބިރުގަންނާނެ ރާޅު ބޮޑުވީމަ. ދުރުން ފުންމާލާފަ ނާހިދާ ގެނައީ"
ކަނޑުވި މީހުންގެ ގާތަށް ލޯންޗު ނުދިޔައީ ކީއްވެ. ބޮޑުއިހުމާލެއް. ލައިފްޖެކެޓުވެސް ހަލާކުވެފައި. ކޮންކަހަލަ ކައްޕިއެއްތަ އެއީ. ރާޅުދެކެބިރުން ކަޑުވި މީހުން ސަލާމަތްކުރަން ލޯންޗުގާތް ނުކުރީ.....
ލޯންޗުގަ ކްރޫއެއްވެސް ަަަަަަަަަަަަނެތީތަ ގާމުވެސް ކުރޫއިންނަށްތިބޭނީ ފަތަން ދަންނަމީހުން މިކަހަލަ ހާލަތައް ތައްޔާރު ނޫން އެއްވެސް ޓްރޭނިން ނެތްމީހުން ލޯންޗުތަކުގަ ތިބޭތީ ދެރައީ. a
ބަލަ ރަވީމެން ފިރިހެނުން ކަމަށް ދެކިގެން އުޅެނީ ރިޝްމީމެން. އެމީހުންނަށް ކަމުދަނީ މުޅިންވެސް ނަށާ ކަހަލަ ރަނޑާލި ބޯއިސް ތަށް.
އަސްލުވެސް، ނަމުން ހީރޯ، ކަމުން ޒީރޯ
ދިވެހިން
ނޫސްވެރިންނައް މާބޮޱައް އިގެނީ
ނޫސްވެރިންނައް މާބޮޱައް އިނގެނީ
ފަޅުވެރިން އެހީ ތެރިވުމީ ލާޒިމް ކަމެއް ފަޅުވެރިންގެ ގޮތުގައި ތިބޭނީ ފަތަން ދަންނަމީހުން ލޯންޗްގެ ފަޅުވެިރިންނާއި ކައްޕި އަށް ދެދައުވާ އެއް ކުރަން
ކައްޕި އާއި ފަޅުވެރިންގެ ގޮތުގައި ތިބޭނީ ފަތަންދަންނަ މީހުން އަދި ފަޅުވެރިން ޖެހޭނެ އެހީ ވާން އެއީ ލާޒިމް ކަމެއް ގާނޫނުގައި ވެސް އެގޮތަށް ވާނެ އަދި މިކަަމުގައި ލޯންޗްގެ އެންމެންގެ ބަޔާން ނަގާ ފުރިހަމަ ތަހުގީގެއް ހިންގާން ޖެހޭ ކައްޕިއާއި ފަޅުވެރިންނަށް ދެ ދައުވާ އެއް ކުރަންާޖެހޭ އެއީ ލައިފް ޖެކެޓް ފަސިންޖަރުންގައިގާ ނޭޅުވުްން އަދި ކަނޑުވި މީޙުންނަށް އެހީ ނުވުން ... މިކަމަށް ހިއުމަން ރައިޓްސް ކޮބައިތޯ
އެ ލޯންޗްގަ ތިބި ހުރިހާ މީހުނަށް ފިޔަވަޅު އަޅަންޖެހޭނެ. މީހެއްގެ ފުރާނައަކީ ކުޑަ އެއްޗެއްނޫން
މަށައްހީވަނީ މިފަދަ ހަބަރުތައް ގެންނަންވާނީ އިންވެސްޓިގޭޓިވް ނޫސްވެރިކަމުގެ ތެރެއިންހެން. މާނައަކީ އެއީ ކޮންމެމީހަކަސް އެންމެ މީހެއްގެ ވާހަކައިގެ މައްޗައް އެއްޗެއްލިޔެ ދޫކޮށްލީމައި ހަޤީގަތް އޮންނާނީ ނޭނގި. ގިނަފަރާތް ތަކުގެ ބަސް ހިމެނިގެންް މިފަދަ އާޓިކަލްތައް ދޫކޮށްލަން ވާނީ. ނޫނީ ތީގެ ސަބަބުން އުފެދޭ ފިތުނަ މާ ބޮޑުވާނެ.
ޢަޅުގަޑައް ހީވަނީ ޢޭހާ ބޮޑައް ރާޅު ބޮޑު އިރެއްގައި ލޯންޗް ބޭނުން ގޮތަކައް ނޭބުރޭނެހެން އެއީ އެކަން ކުރަން އުލެފިނަމަ އެ ލޯންޗްގަ ތިބި އެންމެން މަރާ ހަނގުރާމަ ކުރާ ހާލަތަކައް ގޮސްދާނެހެން . ޢެހެން ވެގެން ކަން ނޭގެ ކެޕްޓަން އެޑިޒިސަން ނުނެގީ
ޢެފަދަ ދަތި ހާލަތެއް ކުރިމަތިވާއިރު ހަމައެކަނި އޭގައިވާ ފަޅުވެރިންނެއްނޫން އެހީތެރިވާންޖެހެނީ އިންސާނިއްޔަތައްޓަކާ އެއް އިންސާނަކު އެހީތެރިކަމަށް ބޭނުންވެފައިވާ ވަގުތުގައި އަނެއް އިންސާނަކު އެހީތެރިވުމީ ޚާއްސަކޮށް އަހަރުމުމެން މުސްލިމުންގެ މެދުގައި އެއްމެ އިސްކަންދޭންޖެހޭ އެއްމެ މުހިއްމު އަސާސީ ހައްގެއް، އެއްވެސްކަހަލަ ރަޙުމެއް ހަމްދަރުދީއެއް ނެތްކަން ދެއްކުމީ ވަރަށް ނާތަހުޒީބު ހިތްހަރު ބައެއްކަން، ހިތާމަހުރި، މުސްލިމަޖަސް އައިރު މުސްލިމަކަސް ހުރިހާ އަޅުތަކުނ
ޤނީ އެއްބަނޑު އެއްބަފާ އުޚުތުން ތަކެއް ނޫންތޯ!!!😭😭😭
މިފަދަ ކަންކަމިގަ އިހުމާލުވާ ފަރާތް ތަކަށް ފިޔަވަޅު އެޅުން މުހިންމު ކެޕަޓަނުގެ ޒިންމާ ކަނޑު މަޑަސް ގަދަޔަސް ލައިފްޖެކެޓް އެޅުވުން އަބަދުވެސް ފުރާނަ ޔައް އިސްކަން ދިނުން އެއަވެސް މީހަކަށް އެމީހެއްގެ އޯން ރިސްކުގަ ހަމަ އެއްކަމެއްވެސް ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ އެމީހަކު ހަމަ ބޭނުން ވީމަ އެކަނިވެސް މަހަށް ނިކުމެލުން ވީނުވީ ނޭނގިގެން ހޯދަން މުޅި ރަށާ އަތޮޅާ ޤައުމު ނުވިތާކަށް އަވައްޓެރި މިލިޓަރީ ތައްވެސް އެފަދަފާރްތައް ހައްޔަރު ކޮށް އަދަބުދެވެން ޖެހޭ އެބަ
ވައްތަރުޖައްސަން ވީމަ ހީރޯ އަސްލު ދިރިއުޅުމުގަ ޒީރޯ އަދި ފިޑި އެކްޓަރުން.
އަދިވެސް ތިމަންނަމެންނީ ހީރޯ އިންނޭ ކިޔާފަ ޓީވީ ތަކަށް އަރާތި ޒީރޯ މެންނޭ
މިފަދަހާލަތުގައި ތިމާފަދައަނެއް އިންސާނާއަށް އެހީތެރިކަމެއްފޯރުކޮށްދިނުމަކީ ވަރަށް މުހިއްމުކަމެއް
ގެއްލުންލިބުނުފަރާތަށް ކުރާނެއަސަރާ ލިބޭނެފުންހިތާމަ އިހުސާސްވާނީ ތިމާއަށްވެސް މިފަދަހާދިސާއެއް ކުރިމަތިވީމަކަމުގައި ބައްލަވާ އިންސާނުން މަންޒަރު ބަލަންނުތިބެ އިންސާނިއްޔަތުކަންބަހައްތަވާ
މިތާ މީހުންގެ ނަން ކިޔާފަ ކޮމެންޓްކުރާމީހުން ތިމާ އެފަދަހާލަތެއް މެދުވެރިވާއިރު ކަންކުރާނީ ކިހިނެއްތޯ ވިސްނާލުން ވަރަށް މުހިއްމު، ފިރިހެނުންވެސް އަންހެނުންވެސް ރަނގަޅަށް ފަތަން ނުދަންނަ މީހުންވެސް ތިބޭނެ، ޖަޒުބާތުގަ ޖެހިގެން އެފަދަމީހަކު އެފަދަކަމަކާ ކުރިމަލުމަކީ ކަންތަށް އިތުރަށް ގޯހުން ގޯހަށް ގޮސްދާނެ ކަމެއް، އެފަދަމިހުންގެ އިހްސާސްތަށްވެސް ދަންނަންވާނެ އެއްޗެކޭ ބުނުމުގެކުރިން، ކިތަންމެނުރައްކާތެރިހާދިސާއެއް ދިމާވެގެންވެސް އެންމެފުރަތަމަ ތިމާގެ ރަށްކާތެރިކަން ކަށަވަރުކުރަން އޮންނަނީ، އެއީ އަލިފާން، ކަނޑުދަތުރު އެދި ވައިގެ ދަތުރުކަމުގައިވިއަސް، ފްލައިޓްގަވެސް ކިޔާނީ އޮކްސިޖަންވެސް ދަރިފުޅުގެ އެޅުވުމުގެ ކުރިން ތިމާއެޅުމަށް އެއީ ތިމާ ސަލާމަތުންހުރުމެ އެހެންމީހަކަށް އެހީތެރިވެވޭނެތީ
ޝަހީދުވެގެން އެދިޔައީ ނިކަމެއްޗެއްނު ވީމާ ނިކަމެތިންގެ ފުރާނައަކީ އެއްވެސް އަގެއްހުރި އެއްޗެއް ނޫނެއްނު
ތިކަމެއް ދިމާވީ ސަރުކާރުގެ އިސްމީހަކަށް ވީނަމަ ތިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާވަރުކުރާނެ
ވަރަށް ބޮޑުއިހްމާލެއް
ލޯންޗް ކައިރިރިވެސް ނުކުރި
އެހީވާނެ އެކަކުވެސް ނެތް
އަމިއްލަ ދަރި މޫދަށް ވެއްޓުނު ނަމަ ފަތަން ނޭގެއޭ ކިޔާފަ ތިބޭނެތަ
ރަވީ ފާރޫގުވެސް ތިއިން ދަތތުރުކުރިތަ ؟
ލާންޗު އަނބުރާލާފަ ކާރިކުރި ކަނޱުވެފައި ތިބި މީހުން ނަގަން. މިފަދަ އާޓިކަލްތައް ނެރޭއިރު އޭގެން ދަތުރުކުރި އެހެން މީހުންގެ ބސްވެސް ވަރަށް މުހިއްމު.
މަށަކަށް ނޭންގޭ މި ދިވެހިން މި އުޅޭގޮތެއް، ކަނޑުމަސް މާގިނައިން ކާތީ ވާގޮތް ކަންނޭންގެ، ކަންކަމަށް ފަރުވާކުޑަބައެއް، ނުބީހެންޏާ ކަނޑާހަމަ، ކަންކަން ކުރަން އޮންނަގޮތަށް ކުރޭތޯ ބަލާނެ ބަޔަކު ނެތް، ކޮންމެ ދެމަފިރިއަކަށް ޤާނޫނު ހަދާފަ ހުރޭ، ޢަމަލެއް ނުކުރޭ، ޢަމަލު ކުރޭތޯ ބަލާނެ އިދާރާއެއްނުހުރޭ، އެންމެ ފަހުވަގުތު ޤާނޫނުގެ ދޯހަޅިކަމުން އިޙްމާލުވާ މީހަކަށް ފިޔަވަޅެއް ނޭޅޭ،
ޝިޔާމު. ރިޝްމީ އާއި ރަވީގެ ދިފަައުގައި ކޮންމެ ވާހަކައެއް ފޭސްބްގަ ލިޔުނަސް އެއީ ހަމަ ކަން ހިނގިގޮތް އެފަދަ ދަތިހާލުގައި ހަމަ ތިބީ ބަލަން އެމީހެއްގެ ސަލާތަހޯދައިގެން އަނެކާއަށް އެހީ ތެރިކަމެއްނުދީ. އެހީތެރިކަން ދެވުނުނަމަ އެ ދެމައިންގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަންނޭންގެ.