އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ލާޒިއޯގެ ކޯޗު މައުރީޒިއޯ ސާރީ އެ މަގާމުން އިސްތިއުފާ ދީފިއެވެ.

ސާރީ އިސްތިއުފާ ދީފައި މިވަނީ ޓީމު ވަރަށް ނާޒުކު ފައްތަރެއްގައި އޮއްވައެވެ. މިފަހުން މާ އެދެވޭ ނަތީޖާތަކެއް އެ ޓީމަށް ނެރެވިފައެއް ނުވެއެވެ. ލާޒިއޯ ވަނީ އެންމެ ފަހުން ކުޅުނު ހަ މެޗުން ފަސް ބަލިވެފައެވެ. އަދި އެ ޓީމު ވަނީ މިދިޔަ ހަފްތާ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކް އަތުން ވެސް ބަލިވެ، މުބާރާތުން ކަޓައިފައެވެ.

ސާރީ ކޯޗު ކަމުން އިސްތިއުފާ ދިނުމާ ގުޅިގެން އެ ޓީމުގެ ކޯޗަކަށް ވަގުތީ ގޮތުން ހަމަ ޖައްސާފައިވަނީ އެ ޓީމުގެ އެސިސްޓެންޓު މެނޭޖަރަކަށް ހުރި ޖިއޮވާނީއެވެ. އޭނާ އަކީ ހެޑް ކޯޗަކަށް ސާރީ ހުރި އިރު ސާރީގެ ދަށުން މަސައްކަތް ކުރި މީހެކެވެ.

 

އުމުރުން 65 އަހަރުގެ ސާރީ ލާޒިއޯ ޓީމާއި ހަވާލުވީ 2021 ވަނަ އަހަރުއެވެ. އަދި އެ ފަހަރު އޭނާ ވަނީ ސީރިއާ އޭގެ ދެވަނަ އެ ޓީމަށް ހޯދައި ދީފައެވެ. ސާރީ ޓީމުގެ ހެޑް ކޯޗު ކަމުން އިސްތިއުފާ ދީފައިވާ އިރު އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގައި ޔުވެންޓަސް އާއި ދެކޮޅަށް ކުޅޭ މެޗު އެބައޮތެވެ.

ސާރީ ވަނީ ލާޒިއޯ އަށް ބަދަލުވުމުގެ ކުރިން ޔުވެންޓަސް އާއި ޗެލްސީ އަދި ނަޕޯލީއަށް ވެސް ކޯޗުކަން ކޮށްދީފައެވެ. 2019 ވަނަ އަހަރު ޗެލްސީއަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީ ކަރަބައޯ ކަޕުގެ ފައިނަލަށް ވަނީ ޗެލްސީ ގެންގޮސްދީފައެވެ. އަދި އެފަހަރު ޕްރިމިއާ ލީގުގެ ދެވަނަ ވަނީ ޗެލްސީއަށް ހޯދާ ދީފައެވެ. އަދި ޖެހިގެން އައި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމަށް ވަނީ ލީގު ކާމިޔާބުކޮށްދީފައެވެ