ލ.ކުނަހަންދޫގައި މިހާރު ކުރިއަށްދާ ލޮޓަސް ކްރިކެޓް ކާނިވަލްގެ މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗު މާދަމާ އަށް ލަސްކޮށްފިއެވެ.

ލޮޓަސް ކްރިކެޓް ކާނިވަލްގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ކުނަހަންދޫ ސްކޫލްގެ ކްރިކެޓް ޓީމާއި ސޮނީހާޑުވެއާ ޓީމުގެ މެޗަށް ދެ ޓީމުވެސް ހާޒިރުވި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަަބުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

 

މިއަދު ކުރިއަށް ނުގެންދެވުނު މެޗު ދެން ކުޅެވޭނީ މާދަމާއެވެ. މާދަމާ މި މުބާރާތުގެ ދެ މެޗެއް ކުޅުމަށް ވަނީ ނިންވާފައެވެ.

މާދަމާގެ ފުރަތަމަ މެޗުގައި ކުޅެވޭނީ މިއަދު ކުޅުމަށް ނިންވާފައިވާ ކުނަހަންދޫ ސްކޫލް ކްރިކެޓް ޓީމާއި ސޮނީހާޑުވެއާ ކްރިކެޓް ޓީމުގެ މެޗެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައެވެ.

މާދަމާގެ ދެވަނަ މެޗުގައި ކުޅެވޭނީ ނަބާ ބިންތް ނަސީމްގެ ކެޕްޓަން ކަމުގައި ނިކުންނަ މިލާން ކްރިކެޓް ޓީމާއި ހައްވާ ސާއިގާގެ ކެޕްޓަން ކަމުގައި ނިކުންނަ ލޮޓަސް ކްރިކެޓް ޓީމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 5:00 ގައެވެ. މި ދެމެޗުވެސް ކުޅެވޭނީ ކުނަހަންދޫ ކްރިކެޓް ދަނޑުގައެވެ.

މި މުބާރާތަކީ ލޮޓަސް އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއި އެކު ލ.ކުނަހަންދޫގައި ކުރިއަށް ގެންދެވޭ މުބާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު