ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދާއި ދިމާކޮށް ބައިބަލާ އެސޯސިއޭޝަންސް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ އީދު ބައިބަލާ ޗެލެންޖުގައި މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަގުތު" އޮންލައިން ހަމަޖައްސައިފިއެވެ.

އޮފިޝަލް މީޑިއާ ޕާޓުނަރަކަށް "ވަގުތު" އޮންލައިން ހަމަ ޖައްސާ އެއްބަސް ވުމުގައި ސޮއިކުރީ މިއަދު "ވަގުތު" އޮންލައިން އޮފީހުގައި މިކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. "ވަގުތު" އޮންލައިންގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއެ ކުރެއްވީ "ވަގުތު" އޮންލައިންގެ ސީއޯއޯ އަހުމަދު ޖައިޝަމް އެވެ. އަދި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބައިބަލާ އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރ މުހައްމަދު އަސީލް އެވެ.

 

ކޮންމެ އަހަރެއްގައި ވެސް ކުރިއަށްދާ ބައިބަލާ ޗެލެންޖަކީ ޒުވާނުންގެ ތެރޭގައި ވަރަށް ފޯރިއާއި އެކު ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތަށް ކޮންމެ އަހަރަކުވެސް ޓީމުތަކުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ދިވެހި ކުޅިވަރެކެވެ. ކޮންމެ އަހަރެކޭވެސް އެެއްގޮތަށް ބައިބަލާ އެސޯސިއޭޝަނުން މިއަހަރުވެސް ދަނީ މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަދި މީގެ އިތުރުން ގިނަ ޓީމުތަކަކުންވެސް ދަނީ މި މުބާރާތަށް ތައްޔާރީތަށް ވަމުންނެވެ. އަދި ބައެއް ޓީމުތަކުން މިހާރު ޕްރެކްޓިސްވެސް ވަނީ ފަށާފައެެވެ.

މި އަހަރުގެ އީދު ބައިބަލާ ޗެލެންޖު ގެ ޓައިޓަލް ސްޕޮންސާއަކީ އެމްޓީސީސީ އެވެ. ވޭތުވެދިޔަ ދެ އަހަރުވެސް މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ އެމްޓީސީސީއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    ތިޔަކަހަލަ ކަން ކަން ވެސް ކުރަންވީ ކުށުގެ ރެކޯޑް ނެތް ފަރާތްތައް ހިމަނައިގެން، އެހެން ނޫނީ އެދެވެނީ ހަމަ ކުެއްވެރިންނަށް އީދެއް