ޖަރުމަން ލީގުގައި ވާޑާ ބްރޭމަންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ބަޔާން ލެވަކޫސަން އިން އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއާ އެކު ޖަރުމަނު ލީގުގައި 12 އަހަރު ވައްދެން ބަޔާން މިއުނިކް އިން ކުރަމުން އައި ރަސްކަން ޝާބީ އޮލޮންސޯގެ ލެވަކޫސަނުން މި ވަނީ ވަރަށް ފުރިހަމަ ނިމުމެއް ގެނެސްފައެވެ.

ލެވަކޫސަންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މިރޭ ލިބުނު ތިން ޕޮއިންޓާއި އެކީ ކުޅުނު 29 މެޗުން 79 ޕޮއިންޓާއި އެކީ އެ ޓީމު ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ބަޔާން މިޔުނިކަށް ވުރެ 16 ޕޮއިންޓު ކުރީގައި އޮވެގެންނެވެ.

ބަޔާ ލެވަކޫސަނުން ބުންޑަސް ލީގާ ކާމިޔާބުކޮށްފި

މިރޭގެ މެޗު ލެވަކޫސަން އިން ކާމިޔާބު ކުރީ 5-0 އިންނެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ލެވަކޫސަން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި އެ ޓީމުން ވަނީ އިތުރު ހަތަރު ލަނޑު ޖަހާ 5-0 އިން މެޗު ކާމިޔާބުކޮށް ލީގުގެ ތާވަލުގެ އެއްވަނައަށް އަރާފައެވެ.

ލެވަކޫސަންގެ ފުރަތަމަ ލަނޑު މެޗުގެ 25 މިނެޓިގައި ކާމިޔާބުކޮށްފައިވަނީ ބޮނިފޭސެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ. ދެވަނަ ހާފުގައި އިތުރަށް ކުޅުން ރަނގަޅުކޮށް މެޗުގައި އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ދެވަނަ ލަނޑު ގްރެނިޓް ޒަކާ ކާމިޔާބުކުރި އިރު ތިން ވަނަ ފްލޯރިއަން ވާރޓްޒް ކާމިޔާބު ކުރި އިރު މެޗުގެ ފަހު ދެ ގޯލު ވެސް ކާމިޔާބު ކުރީ ވާރޓްޒެވެ.

ބަޔާ ލެވަކޫސަނުން ބުންޑަސް ލީގާ ކާމިޔާބުކޮށްފި

 

މިއަހަރުގެ ލީގު ލެވަކޫސަނުން ކާމިޔާބު ކުރި އިރު އެންމެ ފަހުގެ ޗެމްޕިއަން ބަޔާނުން ވަނީ 2012 އިން ފެށިގެން ކޮންމެ އަހަރަކުވެސް މި މުބާރާތް ކާމިޔާބުކޮށްފައެވެ. 2011 ވަނަ އަހަރު ލީގު ކާމިޔާބު ކުރީ ޑޯޓުމަންޑެވެ. 2012 އިން 2023 އަށް ޖަރުމަނު ލީގު ކާމިޔާބު ކުރީ ބަޔާނެވެ.