ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު އަމަލު ކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް މެންބަރުން ސޮއި ކުރެއްވީމާ މެންބަރުންގެ ގޮނޑި ގެއްލުވާލި ހުތުރު އުސޫލުންކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
އެފްއޭއެމްގެ ހަރަކާތްތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމާ ބެހޭގޮތުން މަހުލޫފު ވިދާޅުވީ ނިއު އަކީ އެފްއޭއެމްގައި ހުރި މައްސަލަތައް ފާހަގަކޮށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވުމަށް ލީޑު ކުރި ކުލަބުކަމުގައެވެ.
New Radiant sports club akee FAM ga huri massalathah faahagakoh extraordinary congress eh beyvvumah lead kuri club.
FAM inn mihaaru amalu ekuranee, Maseeh ge ithubaaru neiykamah membarun soi kurevveema MPs ge gondi gelluvaali huthuru usoolun. https://t.co/ziM0u194FK
— Ahmed Mahloof (@AhmedMahloof) January 26, 2019
ނިއު އަކީ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުން ބާއްވަން ލީޑު ކުރި ޓީމުކަމަށް މިނިސްޓަރު ވިދާޅުވިއިރު، އެނގިފައިވާ ގޮތުން އެކަމަށް ދެން ތާއީދު ކުރީ ވިކްޓްރީ، ފޯކައިދޫ، ޓީސީ އަދި ގްރީން ސްޓްރީޓްސް އެވެ.
އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ ވޭތުވެދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މިއަދާ ހަމައަށް 10 ކުޅުންތެރިއަކަށް ދޭން ޖެހޭ ޖުމުލަ 3.8 މިލިޔަން ރުފިޔާ އަށްވާ މުސާރައާއި އުޖޫރަ އެކުލަބުން ދައްކާފައި ނުވާތީއާއި އެކަމާ ގުޅިގެން ތަފާތު އެކި ފަހަރު މަތިން އެފްއޭއެމްގެ ޕްލޭޔަރ ސްޓެޓަސް ކޮމިޓީއަށް ހާޟިރު ކުރެވި މައްސަލަ ހުށަހަޅާފައިވާ ކުޅުންތެރިންނަށް ދޭން ޖެހޭ އުޖޫރަ ދިނުމަށް އެތައް މުހުލަތެއް ދެވިފައިވާކަމަށެވެ.
އެހެންނަމަވެސް، ކުލަބުގެ ބަޖެޓުގައި ފައިސާ ނެތްކަމަށާއި ހުރިހާ ފައިސާއެއް ޚަރަދުކޮށް ހުސްވެފައިވާކަމަށް ބުނެ މިއަދާ ހަމައަށްވެސް ކުޅުންތެރިންނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލަބުން އަދާކުރަން ޖެހޭ ހައްގުތައް އަދާކުރުމުގައި ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުލަބުން އަމަލު ކޮށްފައިވާކަމަށެވެ.
އެހެންކަމުން، އެކުޅުންތެރިންނަށް ދޭން ޖެހޭ އުޖޫރަ ދީފައި ނުވާތީ އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 14 ވަނަ މާއްދާއިން އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ނިއު އިން ހައްލުކޮށް، ދައްކަން ޖެހޭ ފައިސާތައް ހަލާސްކުރުމާ ހަމައަށް އެފްއޭއެމް އާއި އެފްއޭއެމްގެ ގުނަވަންތަކުން ހިންގާ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރެވިފައިވާކަމަށް ބަޔާނުގައިވެއެވެ.
ބައްސާމަކީ ފުޓުބޯޅައިގެ ހަލާކު... ލަތީ ޢަކީ ވޮލީގެ ހަލާކު... ކުޅިވަރު ސިޔާސީކޮށް ހަލާކުކޮށްފި
ސަރުކާރު ބަދަލުވުމަކީ އެސޯސިއޭޝަންތައް ބަދަލުވާންވީ ކަމެއްނޫން. ކުޅިވަރުތަށްވެސް ހަލާކު ދޯ.
ދެން ކަލެޔޯ؟! ކަލޭ ތިޢަމަލު ކުރަނީ ކިހިނެއްކަންވެސް ކަލޭއަމިއްލައަށް ނޫނީ ކޮންމެވެސް ކަލޭގެ އެކުވެރިއަކު ބުނެދޭންވީނު؟ ކަލޭމެން މީހުންނަށް ހިތުހުރިހާ ގޮތެއް ހަދާ ތަންތަނުން ބޭރުކުރާއިރު އެއީ އެއްވެސް އުޞޫލެއް ނޫންތަ؟ ގައުމުގެ އާއި ތަންތަނުގެ ވެރިކަން ވައްޓަން ބަޣާވަތް ކުރިއަސް ކަލޭމެން ތީ އަބަދުވެސް އަލިފަކަށް ދޯ ވާނީ؟؟؟!
މަހްލޫފް އެފްއޭއެމްއާ އަޅާގަނެގެން އެތަނައްއަތްބޭނޭތޯ ދުނިޔޭގެ އެކިދިމަދިމާއައް ދަތުރުކުރުމައް ޓެކްސްޕޭޔަރުންގެ ކިތައްލާރި ބޭކާރުގޮތުގަ ހަރަދުކޮށްފިންތޯ