މިލާން އިން ދަނީ ޓޮޓެންހަމްގެ ކޯޗް މޮރީޒިއޯ ޕޮޗެޓީނޯ އެ ޓީމް އަށް ގެނައުމަށް ބޮޑެތި ތައްޔާރީތަށް ވަމުންނެވެ.

އޭސީ މިލާން އާއި މިހާރު ހަވާލު ވެގެން ހުރީ ގެނަރޯ ގަޓުސޯއެވެ. ނިމިގެން މިދާ ސީޒަންއަށް ފަހު ގަޓުސޯ އެކްލަބުން ފެނިގެން ދިއުމަކީ ވަރަށް ވެސް ނާދިރު ކަމެކެވެ. ސަބަބަކަށް ވެފައި އޮތީ މިލާން އިން ގަޓުސޯގެ ކޯޗް ކަމުގެ ދަށުން ކާމިޔާބެއް ނުލިބި ގިނަ މެޗްތަކުން ބަލިވެގެން ދިޔުމެވެ. އަދި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ވެސް ވަރަށް އުނދަގޫ ވެފައިވުމެވެ.

“މިރާ ފުޓްބޯލް“ގެ ރިޕޯޓްތައް ބުނާގޮތުގައި މިލާން އިން، ވަރަށް އަވަސް މުސްތަގްބަލެއްގައި އެމީހުންގެ އާ ކޯޗް އަށް 300 މިލިއަން ޕައުންޑް ދޭނެއެވެ. އެއީ އެކްލަބް އަލުން ދިރުވުމަށެވެ.

އާސެނަލްގެ ކުރީގެ ޗީފް އެގްޒެކެޓިވް އިވަން ގަޒިޑިސް ބުނެފައިވަނީ އޭނާ ފާހަގަ ކުރާގޮތުގައި ޕޮޗެޓީނޯއަކީ އެއްވެސް ކަހަލަ އުއްމީދެއް ނެތް ޓީމަކަށް އުއްމީދު ދެވޭނެ ވަރުގެ މޮޅު ކޯޗެއް ކަމަށެވެ.

މިކަން މިހެން އޮތް ނަމަވެސް ޓޯޓެންހަމް އިން 46 އަހަރުގެ ޕޮޗެޓީނޯ އެކްލަބް ގައި މަޑު ކުރާނެ ކަމުގެ ވަރަށް ޔަގީން ކަން އެބަ އޮތެވެ. ސަބަބަކަށް އެމީހުން ބަލާފައިވަނީ އެމީހުންގެ އާ ސްޓޭޑިއަމްގެ މަސައްކަތްވެސް ނިމިފައި އޮތުމެވެ. އަދި މީގެ އިތުރުން ޕޮޗްޓީނޯއާއި އެ ޓީމް އިން އޮތީ 6 އަހަރުގެ އެގްރީމެންޓެއް ހަދާފައެވެ.

މިލާން އިން އަންނަނީ ދެން ސީޒަނަކަށް ޓީމް ވަރުގަދަ ކުރުމަށްޓަކައި މޮޅެތި ކުޅުން ތެރިންގެ ސޮއި ހޯދަމުންނެވެ.