އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގެ ރަން މެޑަލްއަށް އަމާޒު ހިފައިގެން މުބާރާތަށް ދިޔަ ރާއްޖޭގެ ޓީމު ފައިނަލަށް ނުގޮސް ސެމީން ބަލިވެއްޖެއެވެ.

ރާއްޖެއިން އުޒުބަކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މިއަދުގެ މެޗުން ބަލިވި ނަމަވެސް، ތިންވަނަ ހޮވާ މެޗު ރާއްޖެއަށް އަދި އޮންނާނެއެވެ. އެ މެޗުގައި ރާއްޖެއިން ނުކުންނާނީ ތުރުކެމެނިސްތާނާ ދެކޮޅަށެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖެއަށް ލޯ މެޑަލް ލިބިފައިވާއިރު، މިފަހަރުގެ މުބާރާތަށް ދިޔައީ ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދުމަށެވެ. ވޮލީގެ އިދާރީ ކަންކަމުގައި ގިނަ މައްސަލަތަކެއް އުޅުނު ނަމަވެސް، ޓީމު އެކުލަވާލާ މިފަހަރު ރާއްޖެއިން ދިޔައީ ސީދާ ފައިނަލަށް އަމާޒު ހިފައިގެންނެވެ. ޒުވާނުންގެ މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވިދާޅުވެފައި ވަނީ ރަން މެޑަލް ހޯދުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

މިފަހަރުގެ މުބާރާތުގެ ސެމީން ރާއްޖެ ބަލިވި ނަމަވެސް، ކުރިއެރުންތަކެއް ޓީމުން ފެނުނެވެ. ހާއްސަކޮށް މިދިޔަ ދެ އަހަރުވެސް މޮޅެއް ނުލިބި އޮތް އޮތުން ނިމުމަކަށް ގެނެސް، އިއްޔެ ނޭޕާލްގެ ސަޕޯޓަރުން ކުރިމަތީގައި ސީދާ ތިން ސެޓުން ބަލިކުރިއެވެ. ރާއްޖެއިން ޖެހިޖެހިގެން ވަރުގަދަ ތިން މެޗު ކުޅުނުއިރު، މިއަދުގެ މެޗުގައި ފެނުނީވެސް ވަރުބަލިކޮށެވެ.

މެޗުގެ ފުރަތަމަ ސެޓުގައިވެސް ލީޑުގައި ކުޅެމުންދިޔައީ އުޒްބަކިސްތާނުންނެވެ. ސެޓުގެ މެދެއްހާ ހިސާބަށް ދިޔައިރު، އެޓީމުން ތިން ޕޮއިންޓާ ދެޕޮއިންޓްގެ ލީޑެއް ދަމަހައްޓަމުންދިޔައިރު، ނިންމާލީ 25-20އިން ސެޓު ގެންގޮސްގެންނެވެ. ދެވަނަ ސެޓުގެ ކުރީކޮޅުގައި ރާއްޖޭގެ ފަރާތުން ކުރިއެރުންތަކެއް ފެނުނު ނަމަވެސް، އިއްޔެ ނޭޕާލާ ދެކޮޅަށް ދެއްކި ކުޅުން ފެނިފައެއް ނުވެއެވެ.

އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ)އާއި އަލީ ހުޒާމް (ހުޒަންޓޭ)ގެ ހަމަލާތައް ކޮންމެވެސް ވަރަކަށް ފެނިގެންދިޔައިރު، ސެޓުގެ ބޮޑުބައި ދިޔައީ ހަމަހަމަކޮށެވެ. އެހެން ނަމަވެސް ފަހުކޮޅަށް ގޮސް ރާއްޖޭގެ ޓީމުން ގިނަ ގޯސްތަކެއް ފެނި ސެޓު ނިމިގެންދިޔައީ 25-19 އިންނެވެ. ތިންވަނަ ސެޓުގައި ރާއްޖޭގެ ޓީމު ފެނުނީ ވަރަށް ބޮޑަށް ހިތްވަރު ގެއްލިފައި ވަނިކޮށެވެ. އަމިއްލަ ގޯސްތައް ގިނަކޮށް ފާހަގަވިއިރު، ސެޓު ނިމުނީ 25-21 އިންނެވެ.

އަންނަ އަހަރު ރާއްޖޭގައި އޭވީސީ ފިރިހެން އަދި އަންހެން މުބާރާތްވެސް ބާއްވަން ބިޑް ކުރުމަށް ނިންމާފައިވާއިރު، ރަނގަޅު ތައްޔާރީތަކަކާއެކު ދިވެހި ޓީމަށް އުންމީދު އެބައޮތެވެ. މިއަހަރުގެ މުބާރާތުގެ ތިންވަނަ ހޮވާ މެޗު އޮންނާނީ މާދަމާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ވިގަނި

  ފަހަތުން 1 ވަނަ ހޯދީމަ އޯކޭ ވާނެ

  5
  4
 2. ލައްޓި

  ތަޖުރިބާހުރި ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން ނުހިފީތީ ހިތާމަކުރަން. މެޗުގެ އޮއެވަރު ބަދަލުވާ ވަގުތު ކީއްތަ ވާނި ސާރވިސް އެއް ރަނގަޅައް ކޮށްލިއްޔާ. ޖެހިޖެހިގެން 4 ސަރވިސް ނުބައިވުން ކިހިނެއް ގަބޫލް ކުރެވޭނި. ޓީމައް ރަނގަޅު ގޮތްވާން އެދޭނަމަ އެކަހަލަ ކަންކަމައް ވިސްނާނެ. ޖޯޝާ ފޯރި ނެގުމަކީ ހުރިހާ ކުޅުންތެރިންގެ ވެސް ޒިންމާއެއްކަން ނޭނގެނީބާ! ކިހިނެއް މޮޅުވާނީ އަޅެ، “ މަންމަ މަރުވެފަ ތިބި ފިޔޮއްތަކެއްހެން ކޯޓް މަތީ ތިބެނީ” ގައުމު ތަމްސީލް ކުރަންދާ ތަޖުރިބާކާރު ކުޅުންތެރިން މިކަހަލަ ކަންކަމާ ނުވިސްނަންޔާ މެޑަލް އަދި ވަރައްދުރު. ދެރަވޭ މިހެން ބުނަންވެސް. ބުޑެތި ޓީމްތައް ކައިރީ ސެންޓަރ އެޓޭކް ދައްވެއްޖާ ވިންވާން އުނދަގޫވާނެ. ކޯޓްގެ މެދައް ހެޔޮ 100 ބޯޅަ ވެއްޓިޔަސް ހިރުވާތަން ކަހާވެސްނުލާ. ސީނިޔާ ކުޅުންތެރިން އެކަމައް ހަމަ ވިސްނާނުލަނީބާ؟ ސަޖިދުމެން މޮޮޅު ވަރައް، މައްޗައްވެސް އަރާ، ބާރައް ބޯޅައިގަވެސް ޖަހާ އެކަމު ކޮބާ އަނގަ، ފޯރިނެގުން، ކިކު އެރުވުން އޭނާގެ ޒިންމާއެއް އެއީ އޭރުން ޒުވާން ކުޅުންތެރިންވެސް ޖޯޝް އާލާވާނި. ޙަމަ އަރާފަ ޖެހިޔަސް މިކަމެއް ނުވާނެ ސާޖިދް. ވިސްނާ. މެޑަލް އައްނާނީ އޭރުން.

  5
  1
  • ރާގޮނޑި

   الله‎ އިރާދަ ކުރެއްވި ގޮތަކަށް ދޯ ކަންކަން ވާނީ.މީ ދެން މިފަހަރުގެވެސް ނަސީބެއްނު. ނޭނގެ އެއްނު ކުރިއަށް ލިބެން ހުރި ކާމިޔާބީ ތަކެއް.إن شاء الله‎ އަދި މިއައް ވުރެ ރަނގަޅު ނަތީޖާއެއް ދިވެހި ވޮލީ ޓީމަށް ލިބޭނެ."މަންމަ މަރުވެފަ ތިބި ފިޔޮއްތަކެއްހެން ކޯޓު މަތީ ތިބެނީ" އޭ ބުނުމުގެ ކުރިން ނިކަން ވިސްނާލަބަލަ ކުޅުންތެރިންނަށް ޕްރެޝަރު ކުރާނެ ވަރު.އަމިއްލަ މީހާ އެތަނަށް ކުޅެން އެރީމަ ނޭނގެ އެއްނު ބޯޅަ އަތުގަ ލައްވާލާނެ ކަމެއްވެސް.އެހެންނޫނަސް އަދި ނުކުޅެވިފަކާ އެއްވެސް ނެތެއްނު.

   ޮ

   3
   1
 3. ތަކުރުފާނު

  މޮޅެއް ނުވާނެ. ޕޯޗްގިޒުން ފައްސާނުލިނަމަ މިހެންނެއް ނުވީސް

 4. ާއަހުމަދު

  ސަޕޯޓަރުން ބޭނުންނުވާތީ ފައިނަލަށް ނުދިޔައީ

  1
  1