ގައުމީ ފުޓްބޯޅަ ޓީމްގެ ދެކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) ވޯލްޑް ކަޕް ކޮލިފައިން އަށް ނެގި ޓީމްގައި ހިމެނުމުން ޕްރެކްޓިސްގައި ބައިވެރިވެފައި ނުވާތީ އާއި ވިސާ ނެގުމަށް ސްރީލަންކާ އަށް ދަތުރުކޮށްފައި ނުވާތީ ކޮންމެ ކުޅުންތެރިޔަކު ބައި ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން އެފްއޭއެމް އިން ނިންމައިފިއެވެ.
އެފްއޭއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ވޯލްޑްކަޕް ކޮލިފައިންގައި ގުއާމްގައި ކުޅެވުނު މެޗަށް އެފްއޭއެމް އިން ހޮވާފައިވާ ގައުމީ ޓީމްގައި ހިމެނުނު ސެންޓޭ އާއި ރިޒޭ ގައުމީ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވާތީ އާއި ގުއާމް މެޗަށް ވިސާގެ ކަންތައްތައް ކުރުމަށް ސްރީލަންކާއަށް ގައުމީ ޓީމާއި އެކު ދަތުރުކޮށްފައި ނުވާތީ މިމައްސަލަ އެފްއޭއެމް އިން ބެލުމަށް ފަހު ކޮންމެ ކުޅުންތެރިޔަކު 50000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިފައިސާ ނުދައްކަނީސް އެފްއޭއެމް އިން ހިންގާ އެއްވެސް މުބާރާތެއްގައި ދެކުޅުންތެރިންނަށް ބައިވެރި ނުވެވޭނެ ކަމަށް ވެސް އެފްއޭމްއެމްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެފްއޭއެމް އިން އިތުރަށް ވިދާޅުވީ ގައުމީ ޓީމަށް މި ދެކުޅުންތެރިން ނެގުމުން އެކަށީގެންވާ އުޒުރެއްނެތި ގައުމީ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިނުވުމަކީ އެފްއޭއެމް އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
ގުއާމްގައި ރާއްޖެ ކުޅުނު ވޯލްޑްކަޕް ކޮލިފައިންގެ މެޗަށް ވިސާ ނުލިބިގެން ވެސް ދެކުޅުންތެރިޔަކު ނުދެއެވެ. އަދި މެޗް ކުޅެން ކައިރިވެފައި ވަނިކޮށް ހިނގި ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ޓީމްގެ ކުޅުންތެރިއެއް ކަމަށްވާ އިއްބެ އާއިލާ މެންބަރުންތަކެއް ނިޔާވުމުން އޭނާ ވެސް ވަނީ ގުއާމަށް ނުގޮސް ރާއްޖެ އައިސްފައެވެ. ނަމަވެސް ރާއްޖެ އިން ވަނީ ގުއާމް މެޗް ކާމިޔާބުކޮށް ވޯލްޑްކަޕް ކޮލިފައިންގެ ފެށުން ރަނގަޅު ކޮށްފައެވެ.
ކުޅުންތެރިންނައް ފިޔަވަޅުއެޅުން ޓީމުތަކައްފިޔަވަޅުން އެއްވެސް އިންޒާރެއްނެތި ފިޔވަޅުއެޅުން ނާގާބިލް މީހުން އެފް އޭއެމުން ބޭރުކުރަންވެއްޖެ
އެފްއޭއެމް އިން ރުފިޔާ ނެތިގެން ކުޅުންތެރިން ފެލަނީ. މާމޮޅުގޮތެއް..
މާފަށް އެދުނީމަ އޯކޭ ވާނެ.އަވަހަށް މާފަށްޢެދިފަ މީޑިއާ ޢަށްޢެނގިލާ
ތީކިހިނެއކުރެވޭ ކަމެއްތޯ ކުލުންތެރިން މަޖުބޒުރުން ގައުމީޓީމަށްކުޅުވޭތޯ ގައުމީޓީމަށް ނުނަގާކުޅުންތެރިން އެއފްއޭއެމްޖޫރިމަނޚުރަންވީނުން.ބައްސާމުތީދެން ބޮޑުވަރު އަތަށްގޮވަންކައިރިވަނީތި
ހަރުދަނާ ފިިިޔަވަޅެއްކަމަށް ދެކެން!
މިސަރުކާރުން ރަށްޔިތުން ފެލަނީ ވެހިކަލްތަކުގަ ސްޓިކާޖަހައިގެންނާ އެގޮތް މިގޮތަށް އަދި މިސަރުކާރުން ރަށްޔިތުން މަގުމަތީ ހިނގާ ހިނގުމަށްވެސް ލާރިނަގާނެ ޔާމީން އާ ވެރިކަން ހަވާލުކުރޭ
ކުޅުންތެރިންނައް ފިޔަވަޅުއެޅުން. ކުޅުންތެރިންނައް ހައްގުވާ މުސާރަ ހޯދައިދިނުން .... ކުޅުންތެރިންގެ ހައްގު ހިމާޔައިކޮއްދިނުން މިއީހައްތާވަސް އެފްއޭއެމްގް މަސްއޫލިއްޔަތުރައް ..... މިކަންތައް ކުރުމައްފަހު ފިޔަވަޅުވެސްއަޅަންވީ !!!!! އުފެދޭސުވާލަކީ-/50000 އަކީ ކިތައްމަހުގެމުސާރަތޯއޭ؟ ދެވޭމުސާރައައްވުރެބޮޑު އަދަދަކުން ޖުރިމާނާކުރުމަކީ ހަމަޖެހޭކަމެއްނުން!!!!
އަދި ކިރިޔާ އެފްއޭއެމް ހިނގަންވާގޮތަށް ތިޔަ ހިނގަން ފެށީ. ކުޅުންތެރިންނާއި ކްލަބުތަކުން ކުޅޭކުޅޭ ތަނަކަށް މުވައްސަސާ ހަދައިގެން އުޅޭ އުޅުން ނިމުމަކަށް ގެނައުމަށް އަޅުއްވާ ފިޔަވަޅުތައް ބަރާބަރު. ކުޅުންތެރިންނާއި ކްލަބުތައް ތިބެންވާނީ މުވައްސަސާގެ އަމުރުމައުރޫފު ހިނގަންޖެހޭނެކަން ގަބޫލުކޮށްގެން އެއަށް ތަބާވެގެން. އުމަރު ޒާހިރަށްފަހު ތިޔަ މުވައްސަސާ އޮތީ ބޮއްސުންލާފައި. ޒަމާންތަކަކަށްފަހު އަނެއްކާވެސް މުވައްސަސާ ވަރުގަދަ ވަމުންދާ ތަން ފެނުމުން ވަރަށް އުފާވެއްޖެ. ދަންނަވާލަން އޮތީ އެއްވެސް ކުޅުންތެރިޔަކާމެދު ޒާތީ ނުވެ އަދުލުވެރިކަމާއެކު ކުޅުންތެރިންނަށާއި ކްލަބުތަކަށްވެސް ހެޔޮގޮތްތައް ލިބޭ ގޮތަށް ފިޔަވަޅު އަޅުއްވަމުން ގެންދަވާށޭ.
އެފް އޭ އެމްގެ ފެއިލިއަރ އެއްގެ ސަބަބުން ކަމަށް ވާނީ އެމީހުން ނުދިޔައީ. އެކަމުގެ ނާޖަޔާޒު ފައިދާ ނަގާފަ އެއޮތީ ރަން ތަށި ގެނައި ކުދިން ފެލާލާފަ.
އިންޒާރު ދިނުމަކާ ނުލާ ފިޔަވަޅު ނޭޅޭނެ. ކޮބާ ގައުމީ ކޯޗު ފެއިލްވުމުން އޭނާއަށް އެއްވެސް އިންޒާރެއް ދިނުމެއްނެތި ތިޔަ ގެންދަނީއޭނާއާއެކު ކުރިޔަށް. ބައްސާމް ފެއިލްވެއްޖެ ހަމަރަގަޅައްވެސް.
ވަރަށް ރަގަޅު ނިންމުމެއް، ކުޅުންތެރިންވެސް ޖެހޭނީ ގައުމީޓީމް ފުރަތަމަ އިސްކުރަން މިކަމަށް ހަމަ ސާބަސް. އެކަމަކު ގައުމީ ކޯޗް ފެއިލްވުމުން އޭނާ ބޭރުކުރުމެއްނެތި ކުރިޔަށް ދިއުމަކީ ބައްސާމް އާއި އެފްއޭއެމްގެ ވަރަށް ބޮޑު ފެއިލިޔާރއެއް. ބައްސާމް މިހާރުން މިހާރަށް އިސްތިއުފާދީ ގޭގައި މަޑުކުރުން މުހިންމު.
ތިވާނީ އެފްއޭ އެމް އަށް ރުފިޔާ ނުލިބެނީކަމަށް. މުބާރާތްތައް ހިންގާ ވަރަށް އެމީހުން އަތުގަ ފައިސާ ނެތީހެން ހީވަނީ.
ކުޅުން ތެރިންނަށް ކޮންމެ ކުޅުންތެރިއަކަށް އެއްލައްކަ ރުފިޔާ ދޭން ވީ ވަޢުދުގެ ބައެއްކަމަށް ފެންނަނީ.
ތީތަ މިސަރުކާރުން އާމްދަނީ ހޯދާގޮތަކީ މީހުން ފެލާލައިގެން!!؟؟؟؟
ޤައުމީ ޓީމުން މުސާރަ ނަގައިގެން އުޅޭ ކުޅުންތެރިން ޤައުމީ ޓީމަށް ހުޒުރެއްނެތި ނުކުޅުމަކީ ބަލާގަނެވޭނެ ކަމެއްނޫން. ތިޔަކަން ކުރަން ލަސްވެއްޖެ.
ހާސް ކަނޑަޔާ. އެމްޑީޕީ ހަރުގެތެރިން ތިމައްސަލަ ނިންމާލެވޭނެ. ބައިލައްކަ ރުފިޔާ މަހައްދޭ.
ގައުމީ ޓީމް އުވާލާ ރާއްޖެއަށް ބޮޑުލަދެއް