ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި ލަފާދޭން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލި ފަސް މެމްބަރުންގެ ކޮމިޓީގެ ޗެއާމަނަކަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޔަންކޮށްފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ޒުވާން ގައުމީ ޓީމުން ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕްގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ގައުމީ ޓީމަށް ލަފާދޭ އެކްޒެކެޓިވް ކޮމިޓީގެ ޗެއާމަނަކަށް މިނިސްޓަރު އަލީ ވަހީދު އައްޔަން ކުރައްވާފައިވާ ކަމަށާއި އަލީ ވަހީދަކީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ނަމަވެސް ފުޓުބޯޅައިގެ މީހެއް ކަމަށެވެ. ބައްސާމް މިހެން ވިދާޅުވެފައިވަނީ މީގެ ކުރިން އަލީ ވަހީދު ދިވެހި ފުޓްބޯޅައިގައި ކުރެއްވި ތަޖުރިބާ އަށް އަލިއަޅުވާލަމުންނެވެ.

އެފްއޭއެމްގެ ރައީސް ވަނީ އަލީ ވަހީދުގެ ލީޑަޝިޕްގެ ދަށުން ދިވެހި ފުޓުބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގައި މި އެކުލަވާލި ކޮމިޓީން އުއްމީދީ މަސަތްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ރޭ ދެއްވާފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންތައްތަކުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަލީ ވަހީދު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އެފްއޭއެމް އިން އެކުލަވާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ބައްސާމް އިސްވެ ހުންނަވައި އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަތީ މަހުލޫފާއި އަލީ ވަހީދުގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އާއި އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެމްބަރު އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދެވެ.

ނަމަވެސް ރައްޔިތުންގެ ފާޑު ކިޔުމާއި ހެދި ގައުމީޓީމަށް މިނިސްޓަރު މަހުލޫފް ވަނީ ކޮމިޓީގައި ބައިވެރި ނުވާން ނިންމައި ނަން އަނބުރާ ގެންނަވާފަ އެވެ. އެއާ އެކު އެ މަގާމަށް ޔޫތް މިނިސްޓްރީގެ އެހެން ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށް ރޭ ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބްލެކް

    މީނާ ދައްކާ ވާހަކަ އަޑު އެހުމަކީ މަށައް މަ އިޚްތިރާމް ނުކުރުން ކަމުގަވޭ.

  2. ކަރާދަނޑު

    ވީހައިވެސް ގިނަ މަގާމުތައް މިބޭބޭފުޅުންނަށް ދެއްވުން އެދި ދަންނަވަން. ކޮންބައެއްގެ ޖީބަށް ކަން ބަރުވަނީ ރައްޔިތުންނަށް ރަގަޅަށް އެބައެނގޭ.

    6
    1
  3. ށުމަން

    ޢެކެއްގެ ބަނޑަށް ހުރިހާ ލާރި އެޅޭ ގޮތަށް ހެދުމުގެ ނަތީޖާ، މިގައުމު ދަރާ ވިކި. ޜައްޔިތުން ބިކަވުން..
    ޢޭ19 ގައި ޕްލޭން ގަ އޮތީ ގައުމު ވ ބޮޑަށް ބިކަ ކޮއްފަ ގޮތް ހުސްވެގެން އިންޑިއާ ގެ އަޅުވެތި ކަމަށް ދާގޮތަށް ހެދުން

  4. ކކ

    ސުނިލް ޗެތުރީ ގެނައިނަމަ ޗެއާމަނަކަށް