ފުރަބަންދުގެ ދުވަސްތަކުގެ ތެރޭގައި ގޭގައި ތިބެގެން ދިވެހި ދެ އަންހެނަކު ފުލް މެރަތަނެއް ނިންމައިފިއެވެ.

މެރަތަނެއް ނިންމާފައި ވަނީ، އުމުރުން 36 އަހަރުގެ މަރިޔަމް ލީނާ އަދި 53 އަހަރުގެ ޝިޔާމާ އަހުމަދެވެ.

"ވަގުތު"އަށް ދިން އިންޓަވިއުއެއްގައި ލީނާ ބުނީ މެރަތަން ފުރިހަމަ ކުރީ ގޭގައި ތިބެގެން ވެސް އެއީ ކުރެވިދާނެ ކަމެއް ކަން ސާބިތުކޮށް ދިނުމަށް ކަމަށެވެ. ކޮވިޑް-19 ފެތުރެމުން އަންނަ އިރު، ގޭގައި ތިބެގެން ހަށިގަނޑު ދުޅަހެޔޮކަން ހިފެހެއްޓޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

ޝިޔާމާ އެންމެ ފުރަތަމަ ދުވަން ފަށާފައި ވަނީ "އައި ރަނިން" ގައެވެ. އޭނާ އަކީ އާންމުކޮށް ރާއްޖޭގައި ބާއްވާ ދުވުންތަކުގައި ބައިވެރިވަމުން އަންނަ އުމުރުން ދުވަސްވީ މީހަކަށްވީ ނަމަވެސް ވަކި "ޒުވާނުންނަށް ދޫކުރާނެ މީހެއް ނޫން" ކަމަށް ލީނާ ވަނީ ބުނެފައެވެ. ލީނާ ބުނީ އޭނާ މެރަތަން ކާމިޔާބު ކުރީ ޝިޔާމާ އަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

އެ ދެމީހުންވެސް މެރަތަން އަށް ދުވެފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ޝިޔާމާ ޖުމްލަ 5:59:58 ސިކުންތުގެ ތެރޭގައި މެރަތަން ފުރިހަމަ ކުރި އިރު، ދުވަން ފެށީ މެންދަމު 12 ޖެހިއިރުއެވެ. އަދި ދުވުން ނިންމާލީ 6:30 ހާއިރު ކަމަށް ލީނާ މައުލޫމާތު ދިނެވެ.

ލީނާ ބުނި ގޮތުގައި އޭނާ ވަނީ 6:52:27 ސިކުންތު ތެރޭގައި މެރަތަންއެއް ފުރިހަމަކޮށްފައެވެ.

ލީނާ އަދި ޝިޔާމާ އަކީވެސް "އައިރަނާސް"ގެ ދެ ބައިވެރިންނެވެ.

ޝިޔާމާ ވަނީ މި މެރަތަން ކާމިޔާބު ކުރުމަށް އެހީތެރިވި އައިރަނާސްގެ ކޯޗުންނާއި ރަހުމަތްތެރިން އަދި އޭނާގެ ދަރިން ދިން އެއްބާރުލުމާއި ހިތްވަރަށް، އަދި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

"އަހަރެން ބުނެލަން ބޭނުންވަނީ މި ދަނޑިވަޅުގައިވެސް ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތް ކުރާށޭ. ހަމަ ގަދަ އަޅައި މަސައްކަތް ކޮށްފިއްޔާ ކޮންމެ މީހަކަށްވެސް ވާނެ މިކަން. ބޭނުންވަނީ ކުޑަ ހިތްވަރެއް" ލީނާ ބުންޏެވެ.

ލީނާ ބުނި ގޮތުގައި އޭނާ ފުރަތަމަ ދުވަން ފަށާފައި ވާނީ އަމީނިއްޔާ ސްކޫލްގައި ތައުލީމް ހާސިލްކުރަމުން ދިޔައިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދިލް

    ޝުބުހާނައްﷲ.ނަމާދައްވު ރެ އިސްކަން ތިދެނީ އެހެން ކައްތައްތަކަށް ތިކަންތަތަކުގެތެ ރޭ ނަމާދު ވަގުތައް އިސްކަންދިންނަމަ ކިތަމެހާވެސް ރަގަޅުވިސް

    67
    5
    • އާދިލް

      ނަމާދުކުރަން، ފެން ބޯން މެރަތަންގައި ހުއްޓޭނެކަން ނޭނގޭތަ؟

  2. ޢެނގުނު

    ބަލަ އަންހެނުން ވީމަ ނޭނގެއެއްނު ނަމާދު ކުރެވޭ ދުވަހެއް ކަމެއް ވެސް

    38
    9
  3. Anonymous

    އިސްލާމް ދީނުގައި މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅުން މަނާނުކުރެ. އިސްލާމީ ޢިލްމުވެރިން ކަސްރަތު ފަރުވާ ފުރަތަމަ ހޯދީ ވެސް. އެކަމަކު ކޮންމެ ކަމެއް ކުރިއަސް މުސްލިމުން ތިބެންވާނީ ދީނުގެ އިމުގެ ތެރޭގައި. ނަމާދަށް ރައްކާތެރިވުމާއި ހެދުން އެޅުމުގައި އަންހެނާގެ ޢައުރަ އާއި ހިލޭ ފިރިހެނުންނާއި ގައިގޯޅިވެ ނޫޅެވޭ ގޮތަށް ، ކުޅިވަރު ކުޅުން ދީނުގައި މަނައެއް ނުވާނެ

    35
    4
  4. ގުއިދައިތަ

    ނޮޓް އިންޓަރެސްޓިންގ

    30
    5
  5. ނޭނގެ

    ބޭބޭ އަށް ވިސްނާ ވިސްނާ ނޭންގުނު ގޭގަ ތިބެގެން މެރަތަން ކާމިޔާބު ކުރާނެ ގޮތެއް.. ކޮންމެވެސް ކުއްޖަކު ކިޔައިދީފާނަންތަ؟

    16
    2
  6. ތަހުމޯނާ

    ދީނަން ލޯބިކުރާވަރު ތިޔަ ފޮޓޯއިންވެސް ވަރަން ފުރިހަމައަށް އިގޭ

    9
    5
  7. އިސްގްޒާދޭ

    ގޭގަ ތިބެގެން އަންހެން ވެރިން ކުރަން ވީ ހުރިހާކަމެއް ވެސް ،

    11
    3
  8. ނެރަތަން

    މަށަށް ވެސް ޢިހަކަށްރޭ ނިދިން ހޭލެވިޖެ މެރަތަން އެއް ފުރިހަމަ ވެގެން... ނިދީގަ ފެށިފަ ނިމުނީވެސް ނިދީގަ...

    2
    2