ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުނު މެޗުން، ބާސެލޯނާގެ މައްޗަށް ބަޔާން މިއުނިކުން ބޮޑު ތަފާތަކުން ކުރި ހޯދައި ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ލިޒްބަންގައި މިރޭ ކުޅުނު ކުއާޓާ ފައިނަލުގެ މި މެޗު ބަޔާއިން ކާމިޔާބު ކުރީ 2-8 ގެ ނަތީޖާ އަކުންނެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފަސް ލަނޑު ފެނިގެން ދިޔަ އިރު ބަޔާނުން ވަނީ ފުރަތަމަ ހާފުގައި އެކަނިވެސް ބާސާ ކޮޅަށް ހަތަރު ލަނޑު ޖަހާފައެވެ. ބާސާއަށް މި ހާފުގައި ލިބުނު ހަމައެކަނި ލަނޑަކީވެސް ބައިކޮޅަށް ބަޔާނުން ޖެހި ލަނޑެކެވެ.
މެޗު ފެށިގެން ހަތަރުވަނަ މިނަޓްގައި ލެވްންޑޮސްކީގެ އެހީތެރި ކަމާއިއެކު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. އޭގެ މާގިނައިރުތަކެއްނުވެ ބާސާގެ ޖޯޑީ އަލްބާ ނަގައިދިން ހުރަހެއްގައި ޑޭވިޑް އަލަބާ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެ މެޗުގެ ނަތީޖާ އެއްވަރު ވެފައެވެ.
އޭގެ ފަހުން މެޗުގެ 22 ވަނަ މިނަޓްގައި އީވަން ޕެރިސިކް ވަނީ ލަނޑެއް ކާމިޔާބުކޮށް ބަޔާންއަށް ލީޑު ނަގައިދީފައެވެ. ބަޔާންގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސާޖް ގްނެބްރީ އެވެ.
މެޗުގެ 31 ވަނަ މިނަޓް ގައި ބަޔާންއިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކިމިޗްގެ އެހީތެރި ކަމާއި އެކު ކާމިޔާބު ކުރީ ތޯމަސް މުލާއެވެ.
މެޗުގެ ފުރަތަމަ ހާފް 4-1 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފް ފެށި 57 ވަނަ މިނަޓް ގައި ބާސާއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. ޖޯޑީ އަލްބާގެ އެހީތެރި ކަމާއި އެކު ސުއަރޭޒް މި ލަނޑު ކާމިޔާބު ކުރި އިރު އޭގެ ހަމިނަޓް ފަހުން ބަޔާންގެ ކިމިޗް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.
ބަޔާންގެ ހަވަނަ ލަނޑު ލެވަންޑޮސްކީ ކާމިޔާބު ކުރިއިރު ބަދަލުކުޅުން ތެރިއެއްގެ ގޮތުގައި ބާސާއިން ބަޔާންއަށް ލޯނުގެ އުސޫލުން ދޫކޮށްފައިވާ ކުޓީނިއޯ އަރައި ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް ބާސާ ލަދު ގަންނަވާލާފައެވެ.
މި މެޗުން ބަޔާން އިން ޖެހި 8 ލަނޑާއި އެކު ވެގެންގޮސްފައި ވަނީ ޗެމްޕިއަންސް ލީގު ނޮކްއައުޓް މެޗެއްގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ޓީމަށެވެ. މެޗުގެ ނަތީޖާ އަށްފަހު ބާސާގެ ކޯޗު ސްޓެއިން އެ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުންނާނެ ކަމާއި މެދު ސުވާލު އުފެދިފައި ވާއިރު، ބަޔާން ސެމީގައި ނިކުންނަން ޖެހޭނީ މާދަމާރޭ ކުއާޓާގައި ސިޓީ އާއި ލިޔޮން ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
މި ހަބަރު ގެ ސުރުހީ އަށް މަގޭ ސަލާމް
?
ދެން "ބާސެލޯނާ" ކެޓީމަ ކޮބާ ޔޯ މައްސަލައަކީ..އަބަދަކު މޮޅެއްވެސް ނުވާނެ ދޯ.. ދަ މޯސްޓް އިމްޕޯޓެންޓް ތިންގް އިސް ދެޓް ބާސާ ޓްރައިޑް އަ ލޮޓް.. ❤️އިންޝާﷲ ދެން އަންނަ ފަހަރަކު ބާސާ މޮޅުވާނެ ❤️ގުޑް ލަކް ފޯރ "ބަ ޔާން" ??❤️
މި ޚަބަރު ކީއްވެގެންތޯ ބްރޭކިންގް ނިއުސް އަކަށް ވީ؟
މި ކަހަލަ ޚަބަރު އަބަދު ނުލިބޭނެތީ އެއްނު. ނިއުސް އޮފް ދި އިޔަރ ??
ލިޔުންތެރިޔާ ހާދަ ރުޅިއަންނަ ކުލަބެކެ ދޯ
ރޮނަލްޑޯ ބަލިވީމަ ކީއްވެ ނުކީ؟ އަދި ކުއާޓާއަށް ދިޔައިކީ ނުނޭ. މެސީ ބަލި ވީމަ ބްރޭކިންގް ނޫހަކަ ވެއްޖެ. މެސީމެން ކުޅުނީ ވަރުގަދަ ބަޔަކާއޭ!
ދެޓްސް ދަ ޕްރައިސް ޔޫ ޕޭ ފޯ ބިއިން ދަ ގްރޭޓެސްޓް އޮފް އޯލް ޓައިމް?❤
ބާސާ ކޮންއިރަކުތޯ ހަމަބިމުން މައްޗަށް އެރީ މިސީޒަންގައި...
ބާސާ ރޭގަ އެހާބޮޑަށް މި ބަލިވީ ރާއީސް ޔާމީން ޖަލުގަ ހުންނެވުމުން.
ބާސާ ބަލިވީ ކުރީ ސަރުކާރުގެ ސަބަބުން
ބާސާ، ބަޔާން އަދި ދުނިޔޭގެ އެންމެންވެސް ތިބީ ހަމަ "ހަމަ ބިމުގަ"??? މަށަކަށް ނޭނގެ މިއޮށްހާ ދުވަހު ބާސާ އުޅުނީ ޖައްވުގަ ކަމެއް? ޖޭ ވިޔަސް ފުކެއް ބޮޑުވަރު??? ބާސާ♥️??
ފައްޔާޒު ބުނަނީ ބާސަ އެހައި ބޮޑަށް ބަލިވީ މިދިޔަ ސަރުކާރުގެ ސަބަބުބްކަމަށް!
"ބާސާއަށް ބުލީ ކޮށްފި" ސުރުޚީއަކަށް އަޅާލިނަމަ.. ހެހެހެހެ..