އަލިބެ ފުޓްސަލް ކަޕްގެ އެންމެފަހުގެ ޗެމްޕިއަން މާރންސް އިން މި އަހަރުގެ މުބާރާތުގެ ފެށުން ރަނގަޅުކޮށް ފުރަތަމަ މެޗުންވެސް މޮޅެއް ހޯދައިފިއެވެ.

ރޭގެ މެޗުގައި އެފްޓީ ވޭލިއަންޓް އާއި ދެކޮޅަށް މާރންސް ނުކުތް އިރު އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ޝޮޓުތަކެއް ނަގާފައެވެ. މި މެޗު އެޓީމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލަކީ އެފްޓީ ވެލިއަންޓް ޓީމުގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

މެޗަށް ފަހު މާރންސް ޓީމުގެ ކޯޗް ހުސެއިން ނިހާން ބުނީ ފުރަތަމަ މެޗާއި އަޅާ ބަލާއިރު ޓީމުގެ ކުޅުން ރަނގަޅު ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ރޭގެ ޕާފޯމެންސަށް ވުރެ ރަނގަޅު ޕާފޯމެންސެއް ދައްކާނެ ކަމަށް ނިހާން ބުންޏެވެ.

އަލިބެ ފުޓްސަލް ކަޕް 2018 ގައި ދެން މާރންސް ކުޅޭ މެޗް އޮންނާނީ މިރޭ 22:00 ގައެވެ. މިރޭ އެ ޓީމުން ނުކުންނާނީ އާރްބީޖީ އާއިި ދެކޮޅަށެވެ.

އަލިބެ ފުޓްސެލް ކަޕަކީ ރޯދަމަހާއި ދިމާކޮށް އއ. މަތިވެރީގައި ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. އަލިބެ ފުޓްސެލް ކަޕްގައި މާރންސްގެ އިތުރުން ދެން ނުކުންނަ ޓީމުތަކަކީ، "އެފްޓީ ނޫރާނީ"، "ރޯޔަލް ނައިޓްސް"، "އެފްޓީ ވެލިއަންޓް"، "އީ.ޑީ.ސީ"، "ޔަންގް ޕްލޭޔާސް"، "ޓީމް އެފް އެންޑް ބީ" އަދި އާރް.ބީ.ޖީ" އެވެ.

މާރންސް ޓީމުގެ މެއިން ސްޕޮންސާ އަކީ "ވަގުތު" އެވެ. އަދި ކޯ ސްޕޮންސްސާ އަކީ "ވައިން ވިސީ" އެވެ. އެ ޓީމުގެ ޓްރެވަލިން ޕާޓްނާ އަކީ އަރި އަތޮޅުގެ އެންމެ އިތުބާރު ލިބިފައިވާ ލޯންޗް ސާވިސް ކަމަށްވާ "ނެވީ ޓްރާންސްފާ" އެވެ. އަދި ކޮސްޓިއުމް ޕާޓްނާ އަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް، އެބަޔަކު ބޭނުންވާ ފެންވަރެއްގެ ކޮލިޓީ ޖާޒީތައް ހަދައިދޭ ކުންފުންޏެއް ކަމަށްވާ "ކެޕްޓަން މޯލްޑިވްސް" އެވެ.