ލ. ގަމަށް ނިސްބަތްވާ އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް އިން ކުރިއަށްގެންދާ މަތިވަރު ފުޓްސަލް ޗެލެންޖްގެ ސެމީފައިނަލަށް ކަންމަތި އަދި ކަންމަތި އެސްސީ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީއަށް ކަންމަތި ދަތުރުކުރީ ޕެނަލްޓީގައި ޑިޓްރޮއިޓްސް އެސްސީގެ މައްޗަށް 2-3 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަންމަތި ޓީމުގެ މުހައްމަދު ލުފްޝާންއެވެ.

ސެމީގެ ދެވަނަ ޖާގަ ކަންމަތި އެސްސީ އިން ކަށަވަރުކުރީ ރޭ އެފްޒެޑްއާރްއާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަންމަތި އެސްސީގެ މުހައްމަދު ނިޒާމްއެވެ.

މުބާރާތުގެ ކުއާޓާގެ މެޗުތަކެއް މިރޭވެސް ކުޅުމަށް ހަމަޖެހިފައެވެ. އެގޮތުން މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކާގަޅަ އެސްސީ އާއި އޯލް އެޓޭކާސްއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަންމަތި އެފްސީ އާއި ދަނޑުބައްތިއެވެ.

މިރޭގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 10 ޖަހާއިރުއެވެ.