ރާއްޖޭގެ ކުޅިވަރަށް މި ގެންނަ އިންގިލާބީ ބަދަލުން މިއީ އަދި ކޯރެއްގެ ކޯވަރެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޕޫލް ބިލިއާޑް ހޯލުގެ ވީޑިއޯ ހިއްސާކުރަމުން މަހްލޫފް މިފަދައިން ވިދާޅުވީ ދާދިފަހުން މަޝްހޫރުވި ސިމްބޮލިކް ރެކޯޑްސްގެ "ކޯވަރެއް" ލަވައިގެ ބަޔަކަށް އިޝާރާތްކޮށެވެ.
މަހުލޫފު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ކުޅިވަރަށް ގެންނަ އިންގިލާބީ ބަދަލުން މިއީ އަދި ކޯވަރެއް ކަމަށާއި ވަރަށް އަވަހަށް އެތަން ހުޅުވޭނެ ކަމަށެވެ. އަދި މަހްލޫފް ވަނީ އެ ހޯލު ތަރައްގީކޮށްދީ، ކޮށްފައިވާ މަސައްކަތްތަކަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ޝުކުރުއަދާކޮށްފައެވެ. ޓްވީޓުގެ ފަހުކޮޅުގައި މަހްލޫފް ލިޔުއްވީ "މި ބޯންދެނީ އަދި ކޯރެއްގެ ކޯވަރެއް" މިހެންނެވެ.
މާނައަކީ މިއީ އަދި މި ސަރުކާރުން ކުޅިވަރަށް ކުރާ މަސައްކަތްތަކުގެ މިއީ އަދި ކުޑަ މިންވަރެއް ކަމެވެ. މި ސަރުކާރުން ދިވެހި ކުޅިވަރަށް ބޮޑެތި ހަރަދުތަކެއް މިހާތަނަށް ކޮށްފައިވާއިރު، ކުރިޔަށް އޮތްތަނުގައި ބޮޑެތި މަޝްރޫއުތަކެއް ވަނީ ޕްލޭންކުރެވިފައެވެ. ހާއްސަކޮށް މާލޭގެ އިތުރުން އަތޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކުރިޔަށްގެންދާ ކަން ފާހަގަކުރެވެއެވެ.
އަޅުގަނޑުމެން ކުޅިވަރަށް މިގެންނަ އިންގިލާބީ ބަދަލުން މިއީ ކޯވަރެއް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހުޅުވޭނެ. 🇲🇻🎱@maldivespool އިން ކޮށްދީފައިވާ ފުރިހަމަ ޗާލު މަސައްކަތަށް ޝުކުރިއްޔާ.
މި ބޯންދެނީ އަދި ކޯރެއްގެ #ކޯވަރެއް. 🎤 🎶 pic.twitter.com/RZHOqMO5FN
— Ahmed Mahloof (@AhmedMahloof) February 27, 2021
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެނީ ކުޅުންތެރިންނަށާއި އެތްލީޓުންނަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށް ކަމަށާއި ރާއްޖޭގައި މިވަގުތު ހުރި ވަސީލަތްތަކަކީ އެ ކުޅުންތެރިންނާއި ބައްދަލު ނޫން ވަސީލަތްތަކެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިއީ މާލޭގައި ޒަމާނި ފެންވަރަށް ތަރައްގީކުރި ބިލިއާޑް ފެސިލިޓީއެވެ. މި ފެސިލިޓީގެ އިތުރުން ހުޅުމާލޭގައި ވެސް ވަނީ ޒަމާނީ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީކޮށްފައެވެ. މާލޭގައި އަޅާ މި ފެސިލިޓީއަކީ ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެކެވެ. މީގެކުރިން ރާއްޖޭގައި ބިލިއާޑް ކުޅުނީ ދަތި ހާލުގައެވެ.
ބިލިއާޑްގެ އިތުރުން ގިނަ ކުޅިވަރުތަކެއްގެ ފެސިލިޓީތައް ގާއިމުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
މަހުލޫފު ނުވާޥަރުން ފޮނިނުކަޑާ މިހާރު ދެއަހަރުވީ ޕޫލެއްއަޅާތާ އެހެންހުއްޓާ މިފެނުނީ ފޯމުލަކު އަމިއްލަވިޔަފާރިވެރިޔަކު ޕޫލެއް ހެދިވާހަކާ ސަރުކާރުގަ އެފެންވަރުނެތިއްޔާ ބިޑައްލާންވީނޫންތޯ ދެފަރާތްއެބަސްވާގޮތަކައް ޕޫލެއްއަޅަން އެހެންނޫނީ ނުވާނެޔޭކިޔާފަ ގޭގަމަދުކޮއޮލާ ......
މިވެރިކަމުގައި ހަޒާނާއިން ލޫޓުވާލީ ކޯރެއްގެ ކޯވަރަކަށްވުރެ ގިނަބައިވަރުދޯ މަހޭ ވީދާ އިރާ ނޮޅާ ކައިހުސްކޮށްފި
ބަލަމަހުލޫފު އަންހެނެއްގެ ހޭޑުބޭގުގެއަގުއިގޭތަ؟؟ ހުޅުމާލެއިން ބައްލާގެން ޕެންޓަހައުސްގެ އަގުއެގޭތަ؟؟ ދެންކޮއްބާސާއެއްތިކަދަނީ ވަޒީރުކަން ގެލިދާނެކަމްއްތަ ތިކަންވަރައްއަވަހައް މަޖުލީހައް ހުށައަޅާނެ އާޒިބެ؟؟ ވަރައްސަލާމްމަހުލޫފު؟؟
ކޮބާހޭ އަޅަންބުނި ޥޮލީ ކޯޓުތައް!! މާލޭގަ ކުދިން ކުޅެލާނެ ކޯޓެންނެއް!!