ފީފާ ވޯލްޑްކަޕުގެ ޔޫރަޕުގެ ކޮލިފިކޭޝަނުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ދުނިޔޭގެ ވަރުގަދަ ބާރުތައް ކަމަށްވާ ފްރާންސާއި އިޓަލީގެ އިތުރުން ޖަރުމަނާއި ސްޕެއިން ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.

އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް ކުުޅުނު މެޗުން މޮޅުވީ ގްރޫޕް ޑީގައި ކަޒަކަސްތާނާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ. ރަށުންބޭރުގައި ކުޅުނު މި މެޗުގައި ފްރާންސްގެ ދެ ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

ފްރާންސްގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭއެވެ. ފްރާންސްގެ ދެވަނަ ލަނޑަކީ ފުރަތަމަ ހާފުގެ ފަހުކޮޅު ކަޒަކްސްތާނުގެ ސާހީ މާލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ކޮލިފައިންގައި ފްރާންސް މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ މޮޅުވެފައެވެ. ކުޅުނު ފުރަތަމަ މެޗުން ފްރާންސް ވަނީ ޔޫކްރޭނާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި ނަތީޖާއާއެކު ފްރާންސް އޮތީ ތާވަލުގެ އެއްވަނައިގައި ހަަތަރު ޕޮއިންޓާއެކު އެވެ.

ކޮލިފައިންގައި ކުޅުނު މެޗުން ސްޕެއިން މޮޅުވީ ޖޯޖިއާާ އާއި ވާދަކޮށް ފަހަތުން އަރާ 2-1 ގެ ނަތީޖާއަކަުންނެވެ. ގްރޫޕް ބީގައި ހިމެނޭ މި ދެ ޓީމުގެ ކުރިމަތިލުމުގައި ފުރަތަމަ ލަނޑު ޖެހީ ޖޯޖިއާ އެވެ.

ގްރޫޕް ބީގައި ހިމެނޭ ސްޕެއިން މޮޅުވީ ޖޯޖިއާ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖޯޖިއާއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ޚްވިޗާ އެވެ. ސްޕެއިން އިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް އެވެ. މެޗުން ސްޕެއިން މޮޅުވީ އިތުރު ވަގުތުގައި ޑަނިއެލް އޮލްމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ނަތީޖާއާއެކު ސްޕެއިން އޮީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ދެވަނައިގައެވެ.

ގްރޫޕް ސީގައި ހިމެނޭ އިޓަލީ މޮޅުވީ ބަލްގޭރިއާއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ. ބަލްގޭރިއާގައި ކުޅުނު މި މެޗުގައި އިޓަލީން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ އަންދްރެއާ ބެލޮއްޓީއެވެ. މެޗުގައި އިޓަލީއަށް ލީޑު ފުޅާކޮށްދިން ލަނޑު، މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަނުއެލް ލޮކަޓެއްލީއެވެ.