ވޯލްޑް ކަޕްގެ ގުރޫޕް ބީގައި މިރެ ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރާ މެޗަކީ މި މުބާރާތުގައި މިހާތަނަށް ކުޅޭ އެންމެ ބޮޑު މެޗެވެ. މި ދެ ޓީމަކީ ވެސް ވޯލްްޑް ކަޕްގެ ތައްޓަށް ވާދަކުރާ ފެންވަރުގެ ދެ ޓީމެވެ.

މި މެޗަށް ނުކުންނައިރު، ޕޯޗުގަލްގެ ޓީމުގައި އިންޖަރީގެ މައްސަލައެއް ނެެތެވެ. އެކަަމަކު މި މެޗަށް އެ ޓީމު ނެރޭނެ ފުރަތަމަ 11އާ މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. ޕެޕޭއާއެކު ޑިފެންސް އަށް ކުޅޭނެ ކަމަށް ބެލެވެނީ ފޮންޓޭ ނޫނީ ބްރޫނޯ އަލްވޭސް އެވެ. އަނެއްކޮޮޅުން، ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު އެޓޭކްގައި ކުޅޭނެ ކަމަށް ބެލެވެނީ ގޮންސާލޯ ކުއެޑޭސް ނޫނީ އަންދްރޭ ސިލްވާ އެެވެ.

ސްޕެއިން މި ވަގުތު އޮތީ ވަރަށް އުނދަގޫ ހާލަތެއްގަ އެވެ. މުބާރާތް ފެށުމުގެ ދެ ދުވަސް ކުރިން ސްޕެއިން ކޯޗު ޖުލެން ލޮޕެޓެގޫ ވަނީ މުބާރާތަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވާނެކަން އިއުލާންކޮށްފަ އެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ސްޕެއިންގެ ފެޑަރޭޝަން އިން ވަނީ އޭނާ މަގާމުން ވަކިކޮށް، ކުރީގެ ކެޕްޓަން ފެނާންޑޯ ހިއޭރޯ އަށް ކޯޗުކަން ހަވާލުކޮށްފަ އެވެ. ހިއޭރޯ ކުރިން ހުރީ ސްޕެއިން ފެޑަރޭޝަންގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

ސްޕެއިންގެ ޑިފެންޑަރ ޑެނީ ކަރްވަހާލް ވަނީ އަނިޔާގައި ކުޅުމާ ދުރުގައިި ހުރުމަށް ފަހު ޓްރެއިނިންގައި ބައިވެރިވާން ފަށައިފަ އެވެ. އެކަަމަކު މިރޭގެ މެޗަށް އޭނާ މުޅިން ފިޓުވެދާނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ސްޕެއިން އާއި ޕޯޗުގަލް ވޯލްޑް ކަޕެއްގައި ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. ދެހާސް ދިހަ ވަނަ އަހަރު ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ ސްޕެއިން އެވެ.

ސްޕެއިން:

ސްޕެއިން އެންމެ ފަހުން ކުޅުނު ހަތަރު ވޯލްޑް ކަޕްގެ ތެރެއިން، ތިން ވޯލްޑް ކަޕްގައިި އެ ޓީމުން ވަނީ ގުރޫޕް އެއްވަނަ ހޯދައިފަ.

މިއީ ސްޕެއިން ޖެހިޖެހިގެން ވޯލްޑް ކަޕަށް ކޮލިފައިވި 11 ވަނަ ފަހަރު.

ސްޕެއިިން އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު 14 މެޗުގެ ތެރެއިން، އެންމެ މެޗެއް ވެސް އެއްވަރެއް ނުވޭ.

ޕޯޗުގަލް:

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ވޯލްޑް ކަޕް އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުން.

ވޯލްޑް ކަޕްގައި ކޮލިފައިންގައި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ 15 ލަނޑު ޖަހައި، ތިން ލަނޑު ޖެހުމަށް ފަހު އެސިސްޓްކުރި.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސް މިހާތަނަށް ނިކުތް ބައިނަލްއަޤުވާމީ ތިން މުބާރާުތުގައި ވެސް ވަނީ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދަތުރުކޮށްފަ.

އެނގޭތަ؟

ޕޯޗުގަލް އާއި ސްޕެއިން ވަނީ މިހާތަނަށް ޖުމްލަ 35 ފަަހަރު ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން 16 މެޗުން ސްޕެއިން މޮޅުވިއިރު، ޕޯޗުގަލް މޮޅުވީ ހަ މެޗުން.