ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރޭ ހިނގައިދިޔަ ހިތާމަވެރި އެއް ހާދިސާއަކީ ފިންލޭންޑާއި މެޗު ކުޅެމުން ދަނިކޮށް ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކުއްލިގޮތަކަށް ދަނޑުމައްޗަށް ވެއްޓުމުންނެވެ. އޭނާ ވެއްޓުނު ސަބަބު އަދި މިހާތަނަށް ހާމަނުވި ނަމަވެސް ތަޖުރިބާކާރު ބައެއް ޑޮކްޓަރުން ވަނީ އެރިކްސަން އަށް ދިމާވިކަމަށް ބެލެވޭ ކަންކަން ހިއްސާކޮށްފައެވެ.

މައިގަނޑު ގޮތެއްގައި ހުރިހާ ޑޮކްޓަރުންވެސް އިއްތިފާގުވީ އެއް ކަމަކަށެވެ. އެއީ އެރިކްސަންގެ ހިތުގެ ކޮންމެވެސް ކަމެއް ފެންމަތިވުމެވެ. މިއީ މަދުން ނަމަވެސް ފުޓުބޯޅައިގައި ފެންނަ ކަމެއް ކަމަށް އެ ޑޮކްޓަރުން ބުނެއެވެ.

ކުޅިވަރުގެ ތަޖުރިބާހުރި ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި އެރިކްސަންގެ ފުރާނަ ސަލާމަތްވީ އޭނާއަށް ސިއްހީ އެހީތެރިކަން ދިން އަވަސްކަމުންނެވެ. މެޗުގައި އެރިކްސަން ވެއްޓުމާއި ގުޅިގެން އެންމެ ފުރަތަމަ އޭނާއަށް އެހީވީ ޑެންކާމުގެ ކެޕްޓަން އެވެ. އޭނާ ވަނީ އެ ވަގުތަށް އެރިކްސަންގެ ދޫ ބޭރަށް ލުމަށްފަހު ސީޕީއާރު ދޭން ފަށާފައެވެ. ސިއްހީ އެހީތެރިން ދަނޑުމައްޗަށް އަރަންދެން އޭނާ އެކަން ކުރިއެވެ.

"އެއީ ވަރަށް ރަނގަޅަށް ކުރި ކަމެއް، ހިތުގެ މައްސަލައެއް ކަމަށް ބޮޑަށް ގަބޫލުކުރެވެނީ، ފުރަތަމަ ކަމަކަށް އެހާ އަވަހަށް ފަރުވާ ފަށައިގަތުމަކީ ވަރަށް ރަނގަޅަށް ކުރި ކަމެއް، އެހެން ނޫންނަމަ އޭނަގެ ފުރާނަ ސަލާމަތް ނުކުރެވުނީސް" ތަޖުރިބާހުރި ޑޮކްޓަރަކު ބުންޏެވެ.

އެހެން ޑޮކްޓަރުން ބުނާގޮތުން މިއީ އެރިކްސަން އަށް މިހާތަނަށް ނޭނގޭ ހިތުގެ ކަމެއް ހުރިކަމުގެ ފުރަތަމަ އަލާމާތެވެ. އެެހެން ނަމަވެސް މިކަން ހާމަވާނީ އިތުރު ޓެސްޓުތަކަށްފަހު އެވެ.

"ހިތުގެ ނާރުތަކާއި ގުޅޭ ބަލިތައް ކުރިމަތިވެފައި އެބަހުރި މީގެކުރިން، އެކަންކަން އިނގެނީ އުމުރުގެ ބޮޑުބައެއް ދާ ފަހުން، އެކަމަކު އެކަން ޔަގީންވާނީ އެ ޓެސްޓުތަކަށް ފަހު" ސްވިޒަލޭންޑުގެ ތަޖުރިބާކާރު ޑޮކްޓަރު ބުންޏެވެ.

ހިތުގައި ބޮޑު މައްސަލަތަކެއް ހުރިކަން ކަށަވަރުވެއްޖެ ނަމަ އެރިކްސަންގެ ފުޓުބޯޅަ ކެރިއަރު އެއްކޮށް ނިންމާލަން ޖެހޭނެއެއެވެ. އެއީ އިތުރަށް ކުޅެފިނަމަ އޭނާއަށް އިތުރު ހާލަތްތަކެއް ކުރިމަތިވެދާާނެ ކަމަށްޓަކައެވެ. ނުވަތަ ފަރުވާ ކުރެވެންދެެން ކުޅުމާއި ދުރުގައި އޭނާ ދުވަސްތަކެއް ވަންދެން ހުންނަންވެސް ޖެހިދާނެ އެވެ.

ކުއްލިގޮތަކަށް ހިތް ހުއްޓިއްޖެ ހާލަތެއްގައި ޑީފިބްލޭޓަރ ނުވަތަ ހިތަށް ޝޮކް ދޭ އާލާތް އެރިކްސަންއަށް ފަރުވާދިނުމުގައި ބޭނުންކުރި އެވެ. ޑީފިބްލެރޭޝަން ގެ ސަބަބުން އެރިކްސަން އަށް ކުރިމަތިވި ކަންކަމުން އަރައިގަންނަން ބޮޑު ފަސޭހައަކަށްވި އެވެ.

"އެރިކްސަން އުމުރުން އަދި ވަރަށް ހަނގު ހިތުގެ މިފަދަ މައްސަލަތަކަށް، އެހެންވީމަ ކަމަށްވެސް ވުން ގާތް އެހާ އަވަހަށް ރިކަވާވުން، އާންމުކޮށް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ރަނގަޅުވާން ވަރަށް ވަގުތު ނަގާ" ސްޕެއިންގެ ސްޕޯޓްސް ފިޒީޝަނެއް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ހިތުގެ މައިނާރުގަ ބްލޮކެއްހުރީ ބޮލޮކް ކުރިންހުރިވަރަށް ވުރެ މަތިވީ ހިތަށް ލޭފޮނުވަންޖެހޭވަރަށް ލޭނުދާންފެށުމުން ހާޓްއެޓޭކެއްއައީ

    9
    5