ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މަރުގެ ގްރޫޕުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ގްރޫޕް އެފްގެ ކުޅުން މިރޭ ފަށާނެއެވެ. މި ގްރޫޕުގެ ފުރަތަމަ މެޗުގައި ރާއްޖެގަޑިން މިރޭ 21:00 ގައި ބައްދަލުކުރާނީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލް އާއި ހަންގޭރީ އެވެ

ހަންގޭރީގެ ބުޑަޕެސްޓުގައި މި ގްރޫޕުގެ މެޗުތައް ކުރިޔަށްދާއިރު މި ގްރޫޕުގައި ދެން ހިމެނޭ ދެ ޓީމަކީ އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް އާއި އޭގެކުރިން ބޭއްވި ވޯލްޑްކަޕުގެ ޗެމްޕިއަން ޖަރުމަނެވެ. މި މެޗު ކުޅޭ ސްޓޭޑިއަމަކީ 67،000 އަށްވުރެ ގިނަ މީހުންނަަށް ވުރެ ގިނަމީހުންނަށ ވަދެވޭ ސްޓޭޑިއަމެކެވެ. ނަމަވެސް ކޮވިޑުގެ ހާލަތާއި ގުޅިގެން ދަނޑަށް ވަދެވޭނީ ތިން ބައިކުޅަ ދެބައި ސަޕޯޓަރުންނަށެވެ.

މި ފަހަރުގެ މަރުގެ ގްރޫޕުގައި ޕޯޗުގަލް ހިމެނޭއިރު، ޕޯޗުގަލާ ދެކޮޅަށް ނުކުންނަ ހަންގޭރީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައިވަނީ ޕްލޭއޮފް ކާމިޔާބުކޮށްގެންނެވެ. ޔޫރޯގެ ގްރޫޕް އެފް ގެ ފުރަތަމަ މެޗުގައި ޕޯޗުގަލާއި ހަންގޭރީ ބައްދަލުކުރާއިރު، އެ ފަހަރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ގައުމު އެއްވަރުވެގެންނެވެ. އަދި އެ ފަހަރުގެ ޔޫރޯގައި ހަންގޭރީ ވަނީ ޕޯޗުގަލް ހިމެނުނު ގްރޫޕުގެ އެއްވަނަވެސް ހޯދާފައެވެ.

މި ދެ ޓީމު ވަނީ މިހާތަނަށް 13 ފަހަރެއްގެ މަތިން ކުޅެފައެވެ. މީގެތެރެއިން ގިނަ މެޗުތަކުން މޮޅުވެފައިވަނީ ޕޯޗުގަލް އެވެ. އެގޮތުން އެ ޓީމު ވަނީ 8 ފަހަރު މޮޅުވެފައެވެ. ހަންގޭރީ އަށް މިހާތަނަށް އެއްވެސް މެޗަކުން މޮޅެއް ހޯދިފައިނުވާއިރު، މި ދެ ޓީމު ބައްދަލުކުރި މެޗުތަކުން ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޕޯޗުގަލް

ކޯޗު: ފެނާންޑޯ ސަންޓޯސް

ކެޕްޓަން: ކްރިސްޓިއާނޯ ރޮނާލްޑޯ

މެޗުގައި ކުޅޭ ފޯމޭޝަން: 3-3-4

މެޗުގެ ފުރަތަމަ 11:

ފޯވާޑް: ބެނާޑޯ ސިލްވާ، ޑިއޮގޯ ޖޮޓާ، ކްރިސްޓިއާނޯ ރޮނާލްޑޯ

މިޑްފީލްޑް: ބްރޫނޯ ފެނާންޑޭޒް، ވިލިއަމް ކާވަލިއޯ، ޑެނީލޯ

ޑިފެންސް: ގުރޭރޯ، ޕެޕޭ، ރުބެން ޑިއަސް، ނެލްސަން ސެމެޑޯ

ކީޕަރު: ރުއި ޕަޓްރީޝިއޯ

 

ހަންގޭރީ

ކޯޗު: މާކޯ ރޮސީ

ކެޕްޓަން: ޒަލާއި

މެޗުގައި ކުޅޭ ފޯމޭޝަން: 3-5-2

ފުރަތަމަ އެގާރަ: ފޯވާޑް: ޒަލާއި،، ސަލާއި

މިޑްފީލްޑް: ލޮވްރެންސިކް، ކްލެއިންހެެެޒަރ، ނާގީ، ޝެފާ، ފިއޮލާ

ޑިފެންސް: ބޮޓްކާ، އޮރބަން، ބޮޓްކާ

ކީޕަރު: ގުލާކްސީ

ދެ ކޯޗުންގެ ބަސް

ފެނާންޑޯ ސަންޓޯސް (ޕޯޗުގަލް)

އެންމެފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މި މުބާރާތާއި ކުރިމަތިލަނީ އެ ޕްރެޝަރާއެކު އެވެ. ކޯޗު ފާހަގަކުރާ ގޮތުގައި ގްރޫޕުގައި ހިމެނޭ އެހެން ވަރުގަދަ ޓީމުތަކާއި ބައްދަލުކުރުމުގެ ކުރިން ހަންގޭރީ އާއި ބައްދަލުކުރުމަކީ ލިބޭ އެޑްވާންޓޭޖެކެވެ. އަދި ޓީމުގައި އަނިޔާގެ މައްސަލައެއް ނެތުމާއި ހުރިހާ ކުޅުންތެރިންވެސް މެޗަށް ފިޓުވުމަކީ ކޯޗުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

މިފަހަރުގެ ސްކޮޑުގައި ތިބީ ތަށި ދިފާއުކުރެވޭ ފެންވަރުގެ ޓީމެއްކަމަށް ކޯޗު ގަބޫލުކުރެއެވެ. އަދި ހަންގޭރީ އަކީ މި ގްރޫޕުގައި އެއްވެސް ހާލެއްގައި ދަށް ޓީމެއް ނޫންކަމަށާއި މިއީ އުނދަގޫވާނެ މެޗެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބްރޫނޯ ފެނާންޑޭޒް ފަދަ ތަޖުރިބާކާރު ކުޅުންތެރިން ކުޅެވުމަކީ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ކަމަށް ކޯޗު ބުންޏެވެ.

މާކޯ ރޮސީ (ހަންގޭރީ)

މިއީ ކޯޗު މާކޯ ރޮސީ ބޭނުންވި ގޮތެއް ނޫނެވެ. އެންމެ ފުރަތަމަވެސް އެންމެފަހުގެ ޗެމްޕިއަނުންނާއި ދެކޮޅަށް ކުޅެން ޖެހުމަކީ ފަސޭހަކަމެއް ނޫންކަމަށް ކޯޗު ބުންޏެވެ. ނަމަވެސް އިތުރު އެއްވެސް ގޮތެއް ނެތްކަމާޢި މެޗަށް ނިކުންނާނީ ތިން ޕޮއިންޓަށް އަމާޒުހިފައިގެން ކަމަށް ބުންޏެވެ.