ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަބުރުގެ ދެވަަނަ މެޗުގައި މިރޭ 00:00 ގައި ބައްދަލުކުރާނީ އިޓަލީ އާއި އޮސްޓްރިއާއެވެ. އެންމެފަހުން އިޓަލީ ކުޅުނު 30 މެޗުން ބަލިވެފައި ނެތުމަކީ މި މެޗާއި ކުރިމަތިލާއިރު އެ ޓީމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް އެ ޓީމު މޮޅެއް ހޯދާފައިވެއެވެ.

ގްރޫޕް އޭގެ އެއްވަނަ ހޯދިއިރު ވޭލްސް އާއި ތުރުކީ އަދި ސްވިޒަލޭންޑުވެސް ވަނީ ބަލިކޮށްފައެވެ. އެ ޓީމަށް ބައިކޮޅަށް އެއްވެސް ލަނޑެއް މި މުބާރާތުގައި މިހާތަނަށް ވަދެފައެއް ނުވެއެވެ. ގްރޫޕް އޭގެ އެއްވަނައާއެކު ދެވަނަބުރުގައި އެ ޓީމު ބައްދަލުކުރަނީ ގްރޫޕް ސީގެ ދެވަނަ މަޤާމު ހޯދާފައިވާ އޮސްޓްރިއާ އެވެ. ގްރޫޕުގައި އޮސްޓްރިއާ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު އެއް މެޗުން ވަނީ ބަލިވެފައެވެ.

އިޓަލީ އަދި އޮސްޓްރިއާ ވަނީ 35 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. މީގެތެރެއިން އިޓަލީ މޮޅުވެފައިވަނީ 15 ފަހަރެވެ. އަދި އޮސްޓްރިއާ މޮޅުވެފައިވަނީ 12 ފަހަރެވެ. އެއްވަރުވެފައިވަނީ 8 މެޗުންނެވެ. އެންމެފަހުން މި ދެ ޓީމު ބައްދަލުކޮށްފައިވަނީ 2008 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ފުރަތަމަ އެގާރަ

އޮސްޓްރިއާ

އިޓަލީ

 

ދެ ކޯޗުންގެ ބަސް

ރޮބާާޓޯ މަންޗިނީ (އިޓަލީ)

މި މެޗާއި ކުރިމަތިލާއިރު އިޓަލީ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާއިން ރަނގަޅުވެ ކިއެލީނީ ސްކޮޑުގައި ހިމެނުމުންނެވެ. މިއީ މުހިއްމު މެޗެއްކަން ފާހަގަކޮށް އެ ޓީމުގެ ކޯޗު ވަނީ އޮސްޓްރިއާ ގެ ފިޒިކަލް ކުޅުމަށް ހޭނެންޖެހޭ ކަމަށާއި އެއީ ދިމާވާނެ ޗެލެންޖެއް ކަމަށެވެ.

އިޓަލީން މަސައްކަތްކުރާނީ އިޓަލީގެ ކުޅުން ދެއްކޭތޯ ކަމަށާއި އޮސްޓްރިއާގެ ވަރުގަދަ ފިޒިކަލް ކުޅުން ހުއްޓުވާލަން މަސައްކަތްކުރާނެ ކަމަށެވެ. އަދި ހުއްޓުވިއްޖެ ނަމަ މި މެޗުގައި ލަނޑު ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ކޯޗު ބުންޏެވެ. މި މެޗާއިވެސް ކުރިމަތިލާނީ އެޓޭކިން ފުޓުބޯޅައެއް ކުޅުމަށް ކަމަށްވެސް ކޯޗު ބުންޏެވެ.

ފްރެންކޯ ފޯޑާ (އޮސްޓްރިއާ)

މުބާރާތުގެ ދެވަނަބުރަށް ދަތުރުކުރުމަކީ ވެސް އެ ޓީމަށް ރެކޯޑެވެ. އެއާއެކު އެ ޓީމުގެ ދެން އޮތް އަމާޒަކީ ދެވަނަބުރު ފަހަނައަޅާ ދިއުމެވެ.. އެހެންކަމުން އިޓަލީ ބަލިކުރުމަކީ އުނދަގޫވާނެ ކަމެއްގެ ގޮތުގައި ކޯޗު ފާހަގަކުރި އެވެ.