2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި 5 ލަނޑު ޖަހައި ސެމީގައި ހެޓް ޓްރިކެއް ހެދުމަށްފަހު ކާޑިފްގައި އޮތް ޗެމްޕިއަންސް ލީގު ފައިނަލުގައި ވެސް ރޮނާލްޑޯ ލަނޑު ޖަހާފައިވާއިރު ރޮނާލްޑޯ އަކީ މުހިންމު މެޗު ތަކުގެ ތަރި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ހަމައެހެންމެ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ރޮނާލްޑޯ އަންނަނީ މިކަން ސާބިތުކޮށްދެމުންނެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްޕެއިން އާއި ދެކޮޅަށް ކުޅެ އޭނާ ވަނީ ފަހު ވަގުތު ފްރީކިކަކުން ލަނޑެއް ކާމިޔާބު ކޮށް ސްޕެއިން ހިފަހައްޓާފައެވެ. މީގެ އިތުރުން ޕޯޗުގަލް އިން ޖެހި 3 ލަނޑުވެސް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯ އެވެ.

މީގެ އިތުރުން މިހަފްތާ ތެރޭގައި އެތްލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސެމިއޯނޭ އޭނާގެ އެސިސްޓެންޓް ޖާމަން ބާގޮސް އަށް ފޮނުވި އޯޑިއޯ މެސެޖެއްގައި ވެސް މިކަން ފާހަގަ ކޮށްފައިވެއެވެ. "މެސީ އަކީ މޮޅު ކުޅުންތެރިއެއް، ނަމަވެސް އޭނާ އަށް މޮޅު ކުޅުން ދެއްކެނީ އެހާމެ މޮޅު ކުޅުންތެރިންގެ އެހީ އާއި އެކު، އާދައިގެ ޓީމަކަށް ކުޅޭނަމަ އެގޮތަށް ކުޅެވޭނީ ރޮނާލްޑޯ ނުވަތަ މެސީ އަށްތަ؟" ބާގޯސް އަށް މެސެޖުގައި ސެމިއޯނޭ ސުވާލު ކުރިއެވެ.

ކޮންމެ ފުޓުބޯޅަ ސަޕޯޓަރެއްވެސް ރޮނާލްޑޯ އާއި މެސީ ބަހުސްގައި ކޮޅެއް ނަގާނެ، ނަމަވެސް ގައުމީ ލެވެލްގައި ޓީމުގެ ލީޑަރެއްގެ ގޮތުގައި ކުޅެ އެކަކު ވަނީ މޮޅު ވެފައެވެ. މިހާތަނަށް ވޯލްޑް ކަޕުގައި 33 އަހަރުގެ ރޮނާލްޑޯ ވަނީ 2 މެޗުގައި ނަތީޖާ ނެރެފައެވެ. ސްޕެއިން ހިފަހައްޓައި މޮރޮކޯގެ މައްޗަށް ކުރި ހޯދަން ލަނޑު ޖަހާފައި ވަނީ ރޮނާލްޑޯއެވެ.

މިހާރު ކުރިޔަށްދާ ވޯލްޑް ކަޕުގައި މެސީ އަށް ގިނަ ބަޔަކު އިތުބާރު ކުރި ނަމަވެސް ޓީމާއި އެކީ މެސީ ވަނީ ދަށަށް ވެއްޓިފައެވެ. އައިސްލޭނޑާއި ދެކޮޅަށް ކުޅުނު މެޗުގައި 3 ޕޮއިންޓު ލިބެން އޮތް ފުރުސަތުގެ ބޭނުން ނުހިފި ޕެނަލްޓީ ނުވަނުމުގެ އިތުރުން ކްރޮއޭޝިޔާ އާއި ދެކޮޅަށް ވެސް އޭނާ އަށް ވަނީ ނަތީޖާ ނެރެވޭ ގޮތް ނުވެފައެވެ.

"ފާއިތުވެ ދިޔަ 4 އަހަރު އާޖެންޓީނާ އަށް ލިބިފައިވަނީ ހުތުރެއް، ޓީމުގެ ލީޑަރެއް ނެތް، ކޯޗެއް ނެތް، ކުޅުންތެރިންގެ ހިތްވަރެއް ނެތް. ކޮންމެވެސް އެއް މީހަކު އެބަ ޖެހޭ އިސްވެ ޓީމާއިގެން ކުރިޔަށް ދާން. މެސީ އާއި އެކު ކުޅެން ބައެއް އާޖެންޓީނާ ކުޅުންތެރިންނަށް ވަނީ އުނދަގުލަކަށް ވެފައި. މެސީ އާއި އެކު ކުރިޔަށް ދާން ބޭނުން ވާއިރު ޓީމަށް އެއްވެސް މެޗަކުން މޮޅެއް ނުވެވޭ. ނަމަވެސް ރޮނާލްޑޯގެ ސަބަބުން ޕޯޗުގަލް މިކަލަ ޕްރެޝާރ އަކަށް ވެއްޓޭ ތަނެއް ނުފެނޭ" ސެމިއޯނޭ ބުންޏެވެ.

މީގެ އިތުރުން ކެނެޑާގެ ފުޓުބޯޅަ އެނެލިސްސްޓެއް ވަނީ މެސީ އާއި ރޮނާލްޑޯގެ ތެރެއިން މޮޅު ކުޅުންތެރިޔާ އަކީ ކާކުކަން ބުނެދީފައެވެ. އޭނާ ބުނާގޮތުން މެސީގެ ރަން ޒަމާނުގައި ބާސެލޯނާގައި ހުރިހާ ތައްޓެއް ކާމިޔާބު ކުރަމުން އައީ އެންދްރެސް އިނިއެސްޓާ އަދި ޒަވީގެ ސަބަބުން ކަމަށެވެ. ދެކުޅުންތެރިން ވަނީ އޭރު ވޯލްޑް ކަޕު އަދި ޔޫރޯ ވެސް ނަގާފައެވެ.

ޗެމްޕިއަންސް ލީގަށް ބަލާއިރު ރޮނާލްޑޯގެ ފަރާތުން ރިއަލް މެޑްރިޑަށް ވަނީ ބޮޑެތި މޮޅުތައް ލިބިފައެވެ. ގުރޫޕް ސްޓޭޖުގައި ރޮނާލްޑޯ އަދި މެސީ 60 ގޯލު ޖަހާފައި ވާއިރު މެސީ 60 ގޯލު ޖެހީ ރޮނާލްޑޯ އަށް ވުރެ 15 މެޗު މަދުން ކުޅެގެންނެވެ. ނަމަވެސް މުބާރާތުގެ ފަހުކޮޅަށް އަންނަ އިރު ރޮނާލްޑޯ ގިނަ ގޯލު ޖަހާ ކަމަށް ފާހަނގަ ވެއެވެ. ކުއާޓާ ފައިނަލުގައި ރޮނާލްޑޯ 20 މެޗުގައި 23 ގޯލު ޖަހާފައި ވާއިރު މެސީ 20 މެޗުަގައި ޖަހާފައި ވަނީ 10 ގޯލެވެ. ހަމަ އެހެންމެ ސެމީ ގައި މެސީ 4 ގޯލު ޖަހާފައި ވާއިރު ރޮނާލްޑޯ ޖަހާފައިވަނީ 4 ގޯލެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ކުޅުމުގެ ސްޓައިލަށް ބަލާއިރު މޮޅި މެސީ. އެޗީވްމަންޓަށް ބަލާއިރު ރޮނާލްޑޯ!

  2. ހަލްބެ

    މަށަކީ ތިޔައިން އެކަކަށްވެސް ސަޕޯޜޓު ކުރާ މީހެއް ނޫން އެކަމު ބުނެވޭނީ ރޮނާލްޑޯގެ ނަސީބުވެސް ވަރަށް ރަނގަޅޭ އަސްލު

  3. އަހުމަދު

    ދުނިޔޭގެ އެންމެ މޮޅުކުޅުން ތެރިއަކީ މެސީ.. ދުނިޔޭގެ ފުޓުބޯޅަ ދިރާސާ ކުރާ އެންމެން އިއްތިފާގުވާ ކަމެއްއީ.. އެއްމެޗުން ރަނގަޅު ކުޅުމެއް ނުދެއްކުމުން އޭގެމާނަ އަކީ އޭނަ އަކީ ދަށްމީހެއް ނޫނޭ... ރޮނާލްޑޯ އަކީ މެސީއައް ވުރެ މާދޮސީމީހެއް މީޑިޔާއިން އާނަ މޮޅުކޮއްގެން އެއުޅޭނީ...

  4. ކެނެޑީ

    މެސީއާ ރޮނާލްޑޯގެ ތަފާތު ވަރަށް ކުރުކޮށް ފޮނިކޮށް، މެސީއަކީ ހުނަރުގެ ގޮތުން މޮޅުމީހާ އެޔަކު ޝައްކެއްވެސް ނެތް. ރޮނާލްޑާއަކީ މެސީއަށްވުރެ ހުނަރުގެ ގޮތުން ދަށް ނަމަވެސް ނަފްސާނީގޮތުން މާބޮޑަށްވެސް މޮޅުމީހެއް އެހެންވެ ރޮނާލްޑާއަށް ގިނަ ކާމިޔާބު އެލިބެނީ މިހާރު، ބަލި އަތަށް އެޅިޔަސް ރޮނާލްޑޯގެ ހިތްވަރު ދަށެއް ނުވޭ، އަދި ލީޑާޝިޕްބައިވެސް ވަރަށް ރަގަޅު.

  5. ޢަފަލާ

    ރޮނާލްޑޯ އަކީ ދހުނިޔޭގައި ހާލުގަި ޖެހިފައިވާ ވ ގިނަ މީހުންނާއި ކުޑަ ކުދިންނަށް އެހީތެރިވެ އަޅާލާ އޯގާތެރިއެއް އެއްވެސް ކިބުރު ވެރިކަމެއް ނުހުރޭ މެސީ އަށް މެސީ ފެނިފަ ހުންނަނީ ހަނދަށް ދެވޭނެކަމަށް

    • އިޝާ?

      އަސްލުވެސް

  6. ާަސރ

    ތީހަގީގަތް.

  7. ގިއާފް

    ޢަފަލާ... އައި ޖަސްޓް އެޕްރިޝިއޭޓެޑް ޓް ޔުއާ ޕޮއިންޓް.. ރޮނާލްޑޯ އިސް ދަ ބެސްޓް

  8. އިޝާ?

    މައި ރޮނާލްޑޯ އިސް ދަ ބެސްޓް
    އައި ލަވް ޔޫ ރޮނާލްާޑޯ ??❤
    ޑޯންޓް މެސް ވިތް ހިމް .