ރަޝިޔާގައި ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕު ގުރޫޕު އީގައި ބްރެޒިލް އަދި ކޮސްޓަރީކާ ބައްދަލު ކުރި މެޗުން ބްރެޒިލް އަށް ނަތީޖާ ނެރެވުނީ މެޗު ނިމެން ގާތް ވެފައި ވަނިކޮށެވެ، މެޗު ނިމުމުން އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ނޭމާ ރުއި މަންޒަރެވެ.
2-0 ގެ ނަތީޖާ އަކުން ބްރެޒިލް މޮޅުވިއިރު އެޓީމުގެ ދެވަނަ ލަނޑު ނޭމާ ކާމިޔާބުކުރީ މެޗުގެ ފަހު މިނެޓްގައެވެ.
ބްރެޒިލްގެ ފުރަތަމަ މެޗުގައި ސްވިޓްޒަލޭންޑައި ކުޅެ އެއްވަރު ވުމުން އިއްޔެ މެޗަށް ނިކުތްއިރު ނޭމާ ހުރީ ވަރަށް ބޮޑު ޕްރެޝަރެއްގައެވެ. އުމުރުން 26 އަހަރުގެ ނޭމާ އަކީ ބްރެޒިލް މިފަހަރުގެ ވޯލްޑް ކަޕު ތަށި ނެގުމަށް ކުރާ މަސައްކަތުގައި އެންމެ އިސް ރޯލެއް އަދާކުރާނެ ކަމަށް ބެލެވޭ ކުޅުންތެރިޔާއެވެ. އޭނާއާ މެދު ބްރެޒިލްގެ ރައްޔިތުން ކުރާ އުއްމީދުތައް ވެސް ވަރަށް ބޮޑެވެ.
ކޮސްޓަރީކާ ބަލި ކުރުމަށް ފަހު ނޭމާ ބުނީ އޭނާ ރުއީ ލިބުނު އުފަލާއި ހިތްހަމަ ޖެހުމުން ކަމަށެވެ. އަދި މެޗުން މޮޅުވާން އޭނާ ބޭނުން ވެފައި ހުރި ވަރު ބޮޑު ކަމުން މެޗުން މޮޅު ވުމުން ރޮވުނީ ކަމަށްވެސް ނޭމާ ބުންޏެވެ.
ނޭމާ އަށް ގިނަ ބަޔަކު ތައުރީފު ކުރިއިރު މެޗަށްފަހު ނޭމާ ރުއިމުން އެކަމަށް ބައެއް ފަރާތްތަކުން ފާޑުވެސް ކިޔާފައިވެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ އެއީ އެ މެޗުގައި ނޭމާ އަށް ދެއްކުނު ދަށް ކުޅުމުގެ ސަބަބުން މީހުންގެ ވިސްނުން އެހެން ދިމާލަކަށް ގެންދަން އޭނާ ކުރި ކަމެއްކަމަށް ބުނެފައެވެ.
ޅގފދދސަުިޔފދދވބބ
މި ދެން އެބަ ވޭތަ ހަބަރަކަ؟
ރަޝިޔާ އަންހެނުންނަށް ތިއްތިދައްކަން!!!!!
@
ކަޑަވާ މީހުންވެސް ދުނިޔޭގައުޅޭނެ....ނޭމާ އެއީ ހަމަ އެންމެ އަގުބޮޑު ކުޅުންތެރިޔާ??
ޢޯލްވޭސް އިން މައި ށެޑޯ ?