ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިހާރު ފުޓްބޯޅަ ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގުވާމީ މެޗުތަކުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އެހެން ނަމަވެސް އޭނާއަށް ވުރެ ގިނައިން ގައުމީޓީމަށް ގޯލު ޖެހި ކުޅުންތެރިއެއް އުޅުނުކަން ގިނަ ބަޔަކަށް ނޭނގެއެވެ.
ދައްކަން މިއުޅެނީ އިރާނުގެ ލެޖެންޑް އަލީ ދާއީގެ ވާހަކައެވެ. 1993 ވަނަ އަހަރު އިރާނުގެ ގައުމީޓީމަށް ކުޅެން ފެށި އަލީ ދާއީގެ ކެރިއަރުގައި ވަނީ 149 މެޗު އިރާނަށް ކުޅެދީ 109 ގޯލު ކާމިޔާބު ކޮށްދީފަ އެވެ. ރޮނާލްޑޯ މިހާތަނަށް ޖެހިފައި ވަނީ 152 މެޗުގައި 85 ގޯލެވެ. އެހެން ކަމުން ދާއީގެ ރެކޯޑް މުގުރާލުމަށް ރޮނާލްޑޯ އަދި 25 ގޯލު ޖަހަން ޖެހެ އެވެ.
ގިނަ ދިވެހިންނަށް ނޭނގޭ ކަމަކީ ދާއީ ރާއްޖެގެ ގައުމީ ޓީމު ކޮޅަށް ޖުމްލަ 8 ގޯލު ޖަހާފައިވާ ކަމެވެ. އިރާނު އަތުން ރާއްޖެ 17-0 އިން ބަލިވި މަޝްހޫރު މެޗުގައި ދާއީ ވަނީ ދެ ގޯލު ޖަހާފައެވެ. އެ މެޗުގައި ޕެނަލްޓީއަކުން އިތުރު ގޯލެއް ޖަހަން އޭނާއަށް ފުރުސަތު ލިބުނު ނަމަވެސް އެ ޕެނަލްޓީ އޭނާއަށް ގޯލުގެ ތެރެއަށް ފޮނުވާނުލެވުނެވެ.
ރާއްޖެ ކޮޅަށް ދާއީ 8 ގޯލު ޖެހި އިރު އޭނާ ވަނީ ލާއޯސް ކޮޅަށް ވެސް 8 ގޯލު ޖަހާފައެވެ. މީގެ އިތުރުން އަވަށްޓެރި ސްރީ ލަންކާ ކޮޅަށް އެއް މެޗުގައި އޭނާ 5 ގޯލު ވެސް ޖެހިއެވެ.
އަލީ ދާއީ އަކީ ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ ފުރަތަމަ އޭޝިއާގެ ކުޅުންތެރިޔާ ވެސް މެއެވެ. އޭނާ ޖަރުމަނުގެ ވަރުގަދަ ބަޔާން މިއުނިކަށް ވެސް ކުޅެފައި ވެއެވެ.
ދާއީގެ ރެކޯޑާއި ކިރިޔާ ގާތް ކުރެވޭ ކުޅުންތެރިއަކަށް ވެސް ހުރީ ރޮނާލްޑޯ އެވެ. އެހެން ނަމަވެސް ރޮނާލްޑޯގެ ކެރިއަރުގެ ވެސް މިވަނީ ނިމުމަކާއި ގާތްވެފައެވެ.
އެންމެ ގިނަ އިންޓަނޭޝަނަލް ގޯލް ޖަހާފައިވާ ކުޅުންތެރިން
1) އަލީ ދާއީ 149 މެޗް, 109 ގޯލް
2) ކްރިސްޓިއާނޯ ރޮނާލްޑޯ 153 މެޗް 85 ގޯލް
3) ފްރެންޗް ޕުސްކަސް 89 މެޗް 84 ގޯލް
4) ކުނިޝިގެ ކަމަމޯޓޯ 84 މެޗް، 80 ގޯލް
5) ގޮޑްފްރީ ޗިޓަލޫ 111 މެޗް 79 ގޯލް
6) ހުސެއިން ސައީދު 137 މެޗު 78 ގޯލް
7) ޕެލޭ 92 މެޗު، 77 ގޯލު
8) ބަޝާރު އަބްދުﷲ 133 މެޗް، 75 ގޯލް
9) ކިއްނާ ފީރީ 115 މެޗް، 71 ގޯލް
9) މާޖިދު އަބްދުﷲ 116 މެޗް، 71 ގޯލް
9) މިރޮސްލާވް ކްލޯސާ 137 މެޗް 71 ގޯލް
ދަގަނޑޭ ކޮބާ
ކޮބާ ދަގަދޭ
ކޮބާ ދަގަޑޭ
ދަގަޑޭ ކޯބާ
ތިދައްކަނީ ފޯކާއިދޫ، ކަޅައިދޫ ކޮޅައް ގޯލް ޖެހިވާހަކަ ދޯ ... އެހެންވެޖެއީއްޔާ ތިވާހަކަ ހުއްޓާލާ...