މިހާރު ރަޝިޔާގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާ އަށް އެންމެ އެދެވޭ ކާމިޔާބީ އެއް ލިބެމުން ނުދާތީ އެޓީމަށް ގިނަ ބައެއްގެ ފާޑު ކިޔުން ދަނީ އަމާޒު ވެގެންނެވެ. ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު އާޖެންޓީނާ އަށް ގެއްލިފައި ވާއިރު އައިސްލޭންޑާއި ދެކޮޅަށް ކްރޮއޭޝިޔާގެ ބެންޗު ޓީމު ނެރުމަކީ އާޖެންޓީނާ އަށް މިހާރު އޮތް އިތުރު ބިރެކެވެ.

މުބާރާތް ފެށިގެން އައި އިރު ގިނަ މީހުން އުއްމީދު ކޮށްގެން ތިބީ އާޖެންޓީނާގެ ބަދަލުގެ އިންގްލޭންޑު ގުރޫޕް ސްޓޭޖުން ކަޓައިގެން ދިޔުމަށެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން އިންގްލޭންޑު ދެވަނަ ބުރަށް ގޮސް އާޖެންޓީނާ ސަލާމަތް ވާން އޮތީ އެންމެ ގޮތެކެެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އައިސްލޭންޑާއި ކުޅެ އެއްވަރު ވެގެން ދިޔައިރު އެ މެޗުގައި ލިއޮނެލް މެސީ އަށް ލިބުނު ޕެނަލްޓީ ވަނީ އައިސްލޭންޑު ކީޕަރު ދިފާޢު ކޮށްފައެވެ. ހަމަ އެހެންމެ ގުރޫޕް ސްޓެޖުގެ ދެވަނަ މެޗުގައި ކްރޮއޭޝިޔާ އަތުން އާޖެންޓީނާ ބަލިވެފައި ވަނީ 0-3 ގެ ނަތީޖާ އަކުންނެވެ.

އާޖެންޓީނާ ދެވަނަ ބުރުގައި ކުޅުމަށް އޮތް ހަމަ އެކަނި ގޮތަކީ ކުރިޔަށް އޮތް ނައިޖީރިއާ މެޗުން މޮޅު ވުމެވެ. ނަމަވެސް ކްރޮއޭޝިޔާގެ ބެންޗު ޓީމު އައިސްލޭންޑާއި ދެކޮޅަށް ނެރެ، އައިސްލޭންޑު މެޗުން މޮޅުވެއްޖެނަމަ އާޖެންޓީނާ ދެވަނަ ބުރުގައި ކުޅުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އައިސްލޭންޑާއި އެކު އާޖެންޓީނާ މޮޅު ވެއްޖެ ނަމަ ގޯލުގެ ތަފާތުން ދެވަނަ ބުރަށް ދާ ބައެއް ކަނޑަ އަޅާއިރު ކްރޮއޭޝިޔާ އިން ވަނީ 2 ގޯލު އިތުރަށް ޖަހާފައެވެ.

ކްރޮއޭޝިޔާގެ ނޫހެއް ކަމަށް ވާ 'ގޮލް' އިން ރިޕޯޓު ކުރި ގޮތުގައި ކްރޮއޭޝިޔާ ޓީމުން އިވާން ޕެރިސިޗް ފިޔަވައި 10 ބަދަލު ކުޅުންތެރިން އައިސްލޭންޑު މެޗުގައި ކުޅޭނެއެވެ. މި ގުރޫޕުގެ އެއްވަނަ ހޯދުމަކީ މުހިންމު ކަމަކަށް ވާއިރު ޖެހިގެން އޮތް ގުރޫޕުގެ އެއް ވަނައިގައި އޮތީ ފްރާންސެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މެސީ

  ހާހެއް ނުވޭ ސީދާ ހެޓްރިކުން ނައިޖީރިއާ ބަލި ކުރާނަން

  • ާނބވ

   ނުކުރެވެނެ ބައްޔެ

  • އަލިބެއްޔާ

   ލާހިކައެއް ނޫން.. ނުވާނެ..

 2. argentina

  Good luck argentina players

 3. ފީފާ

  ހާހެއް ނުވޭ ނޭވާނުލެވެނީ

 4. 3ނިރު

  މިރޭވާނީ މެސީ ބަލިވާނެ އެއީ މަބަލާފައޮތް މެޗެއް މެސީކޮޅަށް 2 ގޯލް ބަލިވާނީ