އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ބާސެލޯނާއާ އަލްވަދާއު ކިޔަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ވާހަކައަކީ އާ ވާހަކައަކަށް ނުވާނެއެެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ހުރީ ގިސްލަ ގިސްލާ ރޯށެވެ. ކުރިމަތީގައި އޭނާގެ އަންހެނުންނާއި ތިން ދަރިން، އަދި ބާސެލޯނާގެ ކުޅުންތެރިންނާއި ކުލަބުގެ ރައީސް އިނެވެ. އޭނާ ރޯން ފެށުމުން ކަރުނަ ފޮހެދިނުމުގެ ނިޔަތުގައި ޓިޝޫ ދިނީ އަންހެނުންނެވެ.

އެނގޭހެއްޔެވެ؟. މެސީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކަރުނަ ފުހެން ބޭނުން ކުރި ޓިޝޫ މިވަނީ ހޯދާފައެެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި މީހަކު އެ ޓިޝޫ ނަގައި، ވިއްކަން ވަނީ ޖަހާފައެވެ.

މެއިކެޑުއީ ނަމަކަށް ކިޔާ ވެބްސައިޓަކުން އެ ޓިޝޫ ވިއްކަން ޖަހާފަައި ވަނީ މިލިއަން ޑޮލަރަށެވެ.

ގަލްފް ޓުޑޭ އިން ރިޕޯޓް ކޮށްފައިވާގޮތުގައި، މެސީ ކަރުނަ ފުހެން ބޭނުން ކުރި ޓިޝޫ ޑަސްބިނަށް ލުމުން، އެ ޓިޝޫ މީހަކު ވަނީ ނަގާފައެވެ.

ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން ވާހަކަދައްކަމުން މެސީ ބުނެފައި ވަނީ މިހާ ކުއްލިގޮތަކަށް އޭނާގެ މުޅި ހަޔާތް ހޭދަކުރި ކުލަބް ދޫކޮށްދާން ޖެހުމަކީ ވަރަށް ދެރަވާ ކަމެއް ކަމަށެވެ. އޭނާ ވަނީ އެ ކްލަބްގައި އެތައް އަހަރެއް ހޭދަކޮށްފައެވެ. އޭނާ އަދިވެސް އުއްމީދުކުރަނީ މުސްތަގްބަލުގައި ކޮންމެވެސް ގޮތަކުން ބާސެލޯނާއަށް ހިދުމަތްތަކެއް ކޮށްދިނުމަށް ފުރުސަތު ލިބުން ކަމަށް އޭނާ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވެއެވެ.

"އަހަރެން މި ކުލަބުގައި މަޑުކުރަން ކުރެވެން އޮތްހާ ކަމެއް ކުރިން، އެކަން ކުލަބުގެ ރައީސަށްވެސް އެނގޭނެ، އެކަމަކު އެއްވެސް ގޮތެއް އަހަންނަށް ނުފެނުނު، ކުލަބާއި ވަކިވުން ނޫން އިތުރު ގޮތެއް އަހަންނަށް ނުފެނުނު" މެސީ ބުންޏެވެ.

މިހާރު މީސް މީޑިއާގައި ދަނީ އޭނާ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރުއިއިރު ބޭނުން ކުރި ޓިޝޫގެ އިޝްތިހާރު ދައުރުވަމުންނެވެ.

މިހާތަނަށް އެ ޓީޝޫ ވިކިފައިނުވާ ކަމަށް ވެއެވެ.

މެސީ މިހާރު ސޮއިކޮށްފައި ވަނީ ފްރާންސްގެ ޕެެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. އޭނާގެ ޖާޒީ ނަމްބަރަކީ 30 އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މެސިއްކޮ

    ޗީޑި އެ ސޮރު އޭގެން އަރިދަފުސް ވެސް ފުހުން 😒

    27
    1
  2. ޓިސޫ ކޮޅު

    މެސީ ބޭނުން ކުރި ޓޮއިލެޓް ޓިޝޫ ވިކޭނެ ބިލިއަން ޑޮލަރުން. ވ. ފައިދާވާނެ އެ ވިއްކަން ފަށަން އުޅޭ 🌚

    32
    1
    • ހުސޭނުބޭ

      އުޅުނު ގޯތީގެ ފާޚާނާހޮޅި އެއްކޮޅު ނައްޓާލައިގެން ދަޅުދަޅަށް އަޅާއިގެން ވިއްކިނަމަ އެމީހަކު މިހާރު ހުރީހީ ބިލިއަނަރަކަށް ވެފައި!

  3. ޗީޑި

    ބޮޑުވަޜު

    7
    1