ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރުތައް ހިމެނޭ ޔޫރަޕު ބައްރުގައި ހިމެނޭ ލީގުތަކުގެ ތެރެއިން ސްޕެއިންގެ ލަލީގާ އަކީ މުޅި ފުޓުބޯޅައަށްވެސް ލަދެއް ކަމަށާއި ރަނގަޅުކުރަން ޖެހޭ ކަންކަން ގިނަކަމަށް ރެއާލް ބެޓިސްގެ ތަޖުރިބާކާރު ކޯޗު މެނުއެލް ޕެލެގްރިނީ ބުނެެފިއެވެ.
ޕެލެގްރިނީ މިހެން ބުނެފައިވަނީ ލީގުގައި ރެއާލް ބެޓިސް އާއި ކެޑީޒް 1-1 އިން އެއްވަރުވި މެޗަށްފަހު ހިތްހަަމަނުޖެހިފައި ހުރެ ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ.
""ލަލީގާގެ ގޭމު ވަރަށް ލަސް، ރެފްރީން ތިބެނީ ބަލަހައްޓައިގެން، ފިޔަވަޅެއް އަޅަން ނުކެރޭ، އެބަޖެހޭ މިކަން ހައްލުކުރަން، ގަޑި ދުއްވާލާ ޑައިވްކުރުން އިންތިހާއަށް ގިނަ، މިކަންކަން ހައްލު ނުކޮށް ލަލީގާ ކުރިޔަށް ނުދާނެ" ޕެލެގްރިނީ ބުންޏެވެ.
ޑިފެންސިވް މޮޅު ކުޅުމެއް މި މެޗުގައި ކުޅުނު ކެޑީޒް އާއި ދެކޮޅަށް ރެއާލް ބެޓިސް ވަނީ ލަނޑެއް ޖަހާ ލީޑު ނަގަން ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ.
ސްޕެނިޝް ލަލީގާގައި ޕެލެގްރިނީގެ ރެއާލްބެޓިސް މިހާތަނަށް ކުޅުނު ދެ މެޗުވެސް ވީ އެއްވަރެވެ. ޕެލެގްރިނީގެ ރުޅިގަނޑު ފަޅައިގެން ދިޔައީވެސް މި ސަބަބާހުރެ އެވެ. އެއީ މި ދެ މެޗުންވެސް އެ ޓީމަށް ލަނޑެއް ޖަހާ މޮޅު ނުވެވުމުންނެވެ. އަދި އިދިކޮޅު ޓީމުތަކުން ވަގުތު ބޭކާރުކުރާ މިންވަރު އިތުރުވުމުންނެވެ.
ލަލީގާގެ ގަވާއިދުގައިވާ ގޮތުން މިކަންކަމަށް އެޅޭނެ ފިޔަވަޅެއް ނެތެވެ. މިއީ ގިނަބަޔަކު މީގެކުރިންވެސް މައްސަލަ ބޮޑުކުރި ކަމެކެވެ ރެއާލް ބެޓިސްއަށް ދެން ލީިގުގައި ކުރިޔަށްއޮތީ ވަރުގަދަ މެޗެކެވެ. ދެން އެ ޓީމު ކުޅެންޖެހޭނީ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.
މީނާއަށް ޓީމެއް ބަލަހައްޓަން ނޭގުނީމާ މަސްނުބޭނުނީމާ ކަނޑު ގޯސްވި މީހާއާ އެއްވަރު